އޭރުގެ ފަތްފުށްތަކުން……(44)

ކިޔާފައިވާ ޢަދަދު: 2824
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެންމެނަށް ކެހިދޭ ދުނިޔެ

الشيخ عبدالله سعيد


އައްޝައިޚް ޢަބްދުﷲ ސަޢީދު (ރަޙިމަހުﷲ)އަކީ، ޏ.ފުވައްމުލަކަށް އުފަން ޢިލްމުވެރިއެކެވެ. އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ، އިންޑިޔާއިންނެވެ. އެ މަނިކުފާނުވަނީ، ރާއްޖޭގައި ނުކުތް ތަފާތު ނޫސް މަޖައްލާތަކަށް ލިޔުއްވައިފައެވެ.

އައްޝައިޚް ޢަބްދުﷲ ސަޢީދަކީ، މަޙްކަމަތުއްޝަރްޢިއްޔާގެ ނާއިބުކަމާއި އެނޫން ވެސް ބައެއް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނުވަނީ، އެމަނިކުފާނުގެ ގޭގައި އާދެ! ފުވައްމުލަކު މާދަޑުގޭގައި މަކްތަބެއް އުފައްދަވައިގެން ކިޔަވައިދެއްވުމުގެ މަސައްކަތްޕުޅު ވެސް ކުރައްވައިފައެވެ.

ކަރުނަ ތިކި (7)

ކިޔާފައިވާ ޢަދަދު: 3917
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(23 ސެޕްޓެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެ ވަގުތު ޅަހުއްތު އެތެރޭން ނުކުމެ ދެންނެވިއެވެ. “މިރެއަށް ތައްޔާރު ކޮންކަހަލަ ހެދުން ކޮޅެއް ތޯ ؟”

“އަހަންނަށް ކުލަގަމީހަކާ ޖީންސެކެވެ. މީނައަށް ބޯވަޅު އެޅި ދިވެހި ހެދުމަކާ ފޭއްޔެއް ގެނަސްދީ. އެހެން އެއްޗެހިތައް ދެން ބޯޓަށް ގެންދޭ. އާދިލާއަށް އައިސް ހުރި ހަދިޔާ ޕާރސަލްތައްވެސް ގެންދޭ.”

ހަނދާނަށް އަންނަނީ……!

ކިޔާފައިވާ ޢަދަދު: 3055
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢުދު އަބްދުލްކަރީމް، އއ.ފެރިދޫ
ހަނދާނަށް އަންނަނީ އެދުވަސް ޚިޔާލަށް ވެރިވަނީ މަންޒަރު
         ވަދާޢުގެ ވަގުތުގައި އޮހިގަތް ކަރުނަތައް މީއެހިނދު ހުރިވަރު

ދުވާލާ ރޭތަކާ  އެ ހަނދާނުގައި  މާޒީވެގެން  ދާއިރު
         އުވާނުލެވޭ ގޮތަށް  ކުރިހާ ހުވާ  މި ހަނދާނުގައި ހުރިވަރު

މަލާއިވަހާއި އެކުވާހެން ހަނދާހަނދުވަރު ގުޅޭ މިންވަރު
         ބަލާ ފޫއްސެއް ނުވޭ  މަންޒަރު ތެރޭ ލޯބީގެ ކުލަ ހުރި ވަރު

ސަރާ (54)

ކިޔާފައިވާ ޢަދަދު: 858
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
(22 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)   
ޖެހިގެން އައި ދުވަހެވެ. ސަރާގެ ކޮޓަރި ފޯނު ރިންގްވާން ފެށީ ސަރާ ބޮޑުކޮޓަރީގައި އިންދައެވެ. ސަރާ ދަރިފުޅު އުރާލައިގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރުވެސް ފޯނު ރިންގްވަމުންދެއެވެ.

ގޭ ދޮރުމަތިން ފެންނަ ކޮތަޅު

ކިޔާފައިވާ ޢަދަދު: 2704
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކޮމަންޑޫ ޢަލީ އިބުރާހީމް
މާލެއަކީ ދޭސީންގެ އިތުރަށް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަނެކެވެ. ދެކުނު އޭޝިޔާގެ ސަރަޙައްދުގެ ނިޞްބަތުން އަވަށްޓެރި ގައުމުތަކުގެ މަސައްކަތު މީހުން އައިސް އުޅޭ ތަނެކެވެ. ޚާއްޞަކޮށް ބަގުލަދޭޝްގެ ރައްޔިތުން (ބަންގާޅީން) ގިނަ ޢަދަދަކަށް ޙަރަކާތްތެރިވާ ތަނެކެވެ.

އިނގިރޭސި ބަހަކީ ދަރިވަރުންގެ ތޫނުފިލިކަން ބަލާ މިންގަނޑަކަށް ނުހައްދަވާށެވެ!

ކިޔާފައިވާ ޢަދަދު: 8744
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ

މިއީ ted talks  ޑުބާއި ގޮފިން އިންތިޒާމު ކުރި ދަރުސެއްގައި މިސިޒް Patricia Ryan ދެއްވިދަރުސެއް އަޑު އަހާފައި އަޅުގަނޑު ލިޔުނު މަޒްމޫނެކެވެ. ފާއިތުވި 30އަކަށް އަހަރު ގަލްފުގެ ރަށްތަކުގައި އިނގިރޭސި ބަސް ކިޔަވައި ދެއްވާފައިވާ މިސިޒް Patricia Ryan މިހާރު ކިޔަވައިދެއްވަނީ ޑުބާއިގެ ޒާއިދް ޔުނިވަރސިޓީގައެވެ.

.

އޭރުގެ ފަތްފުށްތަކުން……(43)

ކިޔާފައިވާ ޢަދަދު: 2653
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަނޑުގެ ޑައިރީގެ صفحةއެއް

جمال عبدالناصر އަވަހާރަވީ ދުވަސް

مأمون عبدالقيوم


މިއީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނިޝާނުލް ޣާޒީގެ ޢިއްޒަތްތެރިވެރިޔާ) މީގެ 43 އަހަރު ކުރީން ލިޔުއްވަފައިވާ ލިޔުއްވުމެކެވެ. އެމަނިކުފާނަކީ، 1978 ވަނަ އަހަރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހުގެ ނަމުގައި ޤައުމީ އިދާރާއެއް އުފައްދަވައި ރާއްޖޭގައި އެދުވަސްވަރު ތިއްބެވި އަދީބުން މެދުވެރިކުރައްވައި، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.  އޭގެ ހެޔޮ ނަތީޖާ ފާޅުކަންބޮޑުގޮތެއްގައި ފެންނަމުން ދިޔައެވެ.

މަލުގެ ޙާލު

ކިޔާފައިވާ ޢަދަދު: 2993
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނިޔަނދުރު މުޙައްމަދު މަނިކު

ފޮނިފޮދު ބޯން އެދިގެން ދާ މާބުރު،
      ފިޔަތަކުގައި ގޮސް ބީހި އުޅޭ  އިރު،
             މޮޅިވެރިކަން ލިބުމުން ގެއްލި އަބުރު،
                      ތިބެނީ މާތައް އެކަނިވެފައިތާ!

އެކިރާގަށް ގޮވަމުން ތިބެދާއިރު،
       ކުރަމުންދާ ތާރީފުއިވޭއިރު،
               ލެބިގެން އުފަލުން ހިނިތުންވީއިރު،
                      ތިބެނީ މާތައް އެކަނިވެފައިތާ!

ބޭވަފާތެރިޔާ

ކިޔާފައިވާ ޢަދަދު: 3942
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޑރ. ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމު
ދުވަސްކޮޅެއް މެދު ކެނޑުމަށްފަހު އަނެއްކާ ވެސް ލަވައެއްގެ ތަރުޖަމާ ހުށަހަޅާލަމެވެ. މި ލަވަޔަކީ މެކްސިކޯގެ މޫސީގާރަކުކަމުގައިވާ އަލްބެރްޓޯ ޑޮމިންގުއޭޒްގެ “ޕަރފީޑިއާ” (ބޭވަފާތެރިވުން، ޚިޔާނަތްތެރިވުން) ގެ އިގިރޭސިކޮޕީއެވެ. މިކޮޕީ ލިޔުއްވީ މިލްޓަން ލީޑްސެވެ. ލަވައިގެ މައުޟޫއަކީ ލޯތްބާއި ބޭވަފާތެރިވުމެވެ. ތަފާތު ފަންނާނުން މިލަވަ ކިޔައިފައިވެއެވެ. އިސްޕެނިޝް ބަހުންނާއި އިގިރޭސިބަހުން ވެސްމެއެވެ. މީގެތެރޭގައި ޒާވިޔޭ ކޫގހާޓް، ނެޓް ކިންގް ކޯލް،ލިންޑް ރޮންސްޑަޓް، އަދި ޖޫލީ ލަންޑަން ހިމެނެއެވެ.

ލޯބީގެ ސަމާތާރަ

ކިޔާފައިވާ ޢަދަދު: 249
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
           
ޢަލީ މޫސާ ދީދީ
ޙަޤީޤަތް ނޭނގެނީ ނަމަ ލޯބި  ވިޔަކަސް  ހިތް ނުދެއްވައްޗޭ
             ފަޟީޙަތް  ވެއްޖެ  ނަމަ އެ ލިބޭ ސަޒާތައް ހާދަ ހިތްދައްޗޭ

ބަލައިލީމާ  ބަލައިނުލިޔަސް   ގޮވައިލީމާ  އަޅައި ނުލިޔަސް
             ތަޢާރުފު  ވާނަމޭ  ހީކޮށް   އުޅޭ  ނަމަ  ހާދަ  ނިކަމެއްޗޭ

ދެކޭ ރައްޓެހިކަމެއް  އޮތަކަސް އެކީ އެއް ތާކު އުޅެވުނަކަސް
             ގޮތޭ ފެނިފައި  އޮތީ  ކިޔަކަސް ނުވީ ނަމަ ވީ އެ ހިތްދައްޗޭ