ހަމައެކަނި ވިދާޅުވެލެއްވުމަށް…. (21)

ކިޔާފައިވާ ޢަދަދު: 2766
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މާލޭގައި ތެލިފޯނުލުމަށް އެކުގައި خردވާނީ-/26000 ރުފިޔާއެވެ.

ޕޯސްޓްމާސްޓަރގެއަރިހުގައި…

  حميد   

އިއްޔެ ހެނދުނުގެ އޮފީސް ވަގުތުގައި، ޕޯސްޓް މާސްޓަރ الفاضل عبدالمجيد ماهرއާއި ބައްދަލުވުމުގެ  شرف އޭނާ އަޅުގަޑަށް ދެއްވި އެވެ.. އާދެ، ޕޯސްޓް އޮފީހުގައެވެ. އެ އަގުހުރި فرصة އަޅުގަޑު ހޯދީ މާލޭގައި ތެލިފޯން ލުމާބެހޭގޮތުން ބައެއް معلومات ހޯދުމަށްޓަކައެވެ. ވަރަށް ދީލަތިފުޅުކަމާއެކު އަޅުގަޑުގެ سؤال ތަކަށްޖަވާބުދެއްވަމުން ވަޑައިގެންވިދާޅުވިއެވެ.

އޭރުގެ ފަތްފުށްތަކުން……(41)

ކިޔާފައިވާ ޢަދަދު: 3317
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

حجّ ވުން

 الشيخ محمد جميل


މިއީ، މީގެ 60 އަހަރުކުރިން ނުކުތް “ދީނީރޫޙް” ގެ 20 ވަނަ އަދަދު (15 ޛުލްޤަޢިދާ 1373) ގައި އޮނަރަބްލް އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
އައްޝައިޚް މުޙައްމަދު ޖަމީލު ދީދީ އަކީ، ދިވެހި އަދަބީ  އުފެއްދުންތެރިކަމުގެ ފަންނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭނޭ ބޭފުޅެކެވެ. އަދަބީ ފަންނުގެ ހުރިހާ ރޮނގެއްގައި ފައިހަމަކުރެއްވި ބޭފުޅެކެވެ. ރަސްމީ ގޮތުންނާއި އަމިއްލަފުޅުގޮތުންވެސް ދީނީ މަޖައްލާތައް ނެރުއްވާފައިވެއެވެ. ގިނަ ޢަދަދެއްގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވެއެވެ.

އަޅުގަނޑުގެ އަތުން ގާސިޔާއަށް އެ ސިޓީފުޅުރައްދުކޮށްދިނުން (ތިންވަނަބައި)

ކިޔާފައިވާ ޢަދަދު: 7851
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ލެފްޓިނެންޓްއެންޑްރޫސަމާޒްރޯވަން
ތަރުޖަމާ: އަޙްމަދްސަމީރުޢަލީ
ޖެނަރަލް ގާސިޔާ ވަރަށް ފުންކޮށް ވިސްނަވަން އިރުކޮޅަކު އިންނެވިއެވެ. މިހެން އިންނަވާފައި އޭނާގެ ދަރިކަލުން ކާނަލް ގާސިޔާ އާއި އަޅުގަނޑާއި ދެމީހުން ފިޔަވައި އެހެން ހުރިހާ އޮފިސަރުން ގޮވައިގެން މަޝްވަރާ މަޖިލީހަކަށް ވަޑައިގެންފިއެވެ. މެންދުރުން އަނބުރައިލިފަހުން ވަޑައިގެން ވިދާޅުވީ އަޅުގަނޑާއި އެކު އޭނާގެ ލަޝްކަރުން ހޮވާލެވޭ، ތިން އޮފިސަރުން އެމެރިކާއަށް ފޮނުއްވާނެ ކަމުގައެވެ. މި ތިން އޮފިސަރުންނަކީ ކިޔުބާއަށް އުފަން، ވަރަށް ފުރިހަމައަށް އެ ރަށުގެ މަގުތަކާއި ފަރުބަދަތަކާއި، ވާދީ ތަކާއި ޖަންގަލިތައް ދަންނަ މީހުންނެވެ. މިލިޓަރީ ތަމްރީނު ވަރަށް ފުރިހަމައަށް ލިބިފައިވާ ތިން އޮފިސަރުންނެވެ. އެމެރިކާގައި، ރައީސް މެކިންލީ ބޭނުންފުޅު ކޮންމެ ޖަވާބެއް މި ތިން އޮފިސަރުންގެ ކިބައިން ލިބިލައްވާނެއެވެ.

ކަރުނަ ތިކި (5)

ކިޔާފައިވާ ޢަދަދު: 3885
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(9 ސެޕްޓެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަނެއްކާވެސް އާދިލާއަށް ނިދުނީއެވެ. ހޭލެވުނުއިރު އެތާނގައިތިބީ އޭނާ އެކަންޏެއް ނޫނެވެ. ޝާން އޭނާގެ ކާރީ ގުދުވެވަޑައިގެން އޭނާގެ ރީނދޫ ވެފައިވާ މޫނަށް ބައްލަވަން ހުންނެވިއެވެ.

“މިހާރު ކިހިނެއްތަ؟ ކުޑަކޮށް ރަނގަޅު ދޯ؟”

ސަރާ (52)

ކިޔާފައިވާ ޢަދަދު: 5773
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(8 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު    ޝާއިޢުކުރި ބަޔާ ގުޅޭ)
ނަޝާ ގެއަށްއައިސް ވަނީ އެވަގުތުއެވެ. އޭނާ ސަރާއާ ދިމާއަށް ބަލައިވެސް ނުލައި ގޮސް ސޯފާގައި އިށީނެވެ.
   
“ނަޝާ…ކިހިނެއް؟” ސަރާ ނަޝާއަށް ގޮވާލިއެވެ. ނަޝާ ސަރާއާ ދިމާއަށް ބަލައިވެސް ނުލިއެވެ. އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު، އަނެއް ފަރާތަށް އެނބުރުނެވެ.
   
“ނަޝާ ކީއްވެތަ ފަހަރިއާ އަނގައިން ނުބުނެ ތިހުރީ. ކޮންކަމަކާތަ ރުޅިއައިސްފައި ތިހުރީ؟”  ޒާހިދާ ނަޝާގެ މޫނަށް ބަލަން ހުރެފައި އެއްސެވެ.

“އިނބަ”ގެ ޙަޤީޤަތަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 8557
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެތެރެއިން

“އިނބަ”ގެ ޙަޤީޤަތަކީ ކޮބާ؟

ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހަކީވެސް އެހެން ބަސްބަހުގެ ޠަބީޢަތާ އެއްގޮތަށް ހެދި ބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މިބަހުން ވާހަކަދައްކާ މުޖުތަމަޢެއް ދިރިއުޅޭ ތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެން އެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެ. ޖުޣުރާފީގޮތުން އެ މުޖްތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއި މުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތު ބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރިހައި ބަހެއްގެ ވެސް ޠަބީޢަތެވެ. މި ދެންނެވި ތަފާތަށް އަދަބިއްޔާތުގެ ޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ‘ބަހުރުވަ’އެވެ.

ވަޢުދަށް ތެދުވެރިވުން

ކިޔާފައިވާ ޢަދަދު: 4833
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މުޣަލް އެމްޕަޔަރުގެ ރަސްކަލެއް ކަމުގައިވާ އަކުބަރުގެ ރަސްކަމުގެ ދުވަސްވަރު ރާޖުޕޫތު ސަރުދާރަކު ސަރުކާރާ ދެކޮޅުވެރިވެއްޖެއެވެ. އޭނާ ރައްޓެހިންކޮޅަކާއެކު ޖަންގައްޔަށްވަދެ ފިލައި ރައްކާވެއްޖެއެވެ. ރަސްގެފާނު އޭނާ ހިފައި ހައްޔަރުކުރައްވަން އުޅުއްވަ އުޅުއްވާވެސް އޭނާ އަތުލެއްވޭ ގޮތެއް ނުވިއެވެ. ރަސްގެފާނު ވަރަށްބޮޑަށް މަސައްކަތް ކުރައްވާވެސް ވެވަޑައިގަތީ ނާކާމިޔާބެވެ. ދެން ރަސްގެފާނު އިޢުލާނު ކުރެއްވިއެވެ. އެ ބާޣީ ސަރުދާރު ހައްޔަރުކޮށްގެން ގެނެސްދިން ކޮންމެ މީހަކަށް ހިތްފުރެންދެން އިނާމުދެއްވާނަމެވެ.

ބަސް ދަބަސް

ކިޔާފައިވާ ޢަދަދު: 5406
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ އަލީ ނަސީރު
ކުޑަވެސް ޝައްކެއް ނެތެވެ. ބަހަކީ، ދިރުން ލިބިގެންވާ އެއްޗެކެވެ. އެހެންނަމަވެސް ބަހަށް ލިބިފައިވާ ދިރުމަކީ، އިންސާނުންނާއި، ޖިންނިޝައިޠާނުންނާއި، މާމެލާމެއްޔާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، މިނޫނަސް މިފަދަ ތަކެއްޗަށް ލިބިފައިވާފަދަ އާދެ! ހެލިފެލިވެ، އުފެދިބޮޑުވެ، ނުވަތަ ޙަރަކާތްކުރުން ފަދަ ދިރުމެއް ނޫނެވެ. ބަހަށް ލިބިފައިވާ ދިރުމަކީ، ތަރައްޤީ އާއި، ކުރިއެރުމާއި، ބުރުސޫރަ އާއި، އޮމާންކަމާއި، އަޑުމަޚްރަޖަ އާއި، ޒަމާނާއި އެއްގޮތަށް އަންނަމުންދާ ބަދަލުތަކާއި، އަޚްލާޤިއްޔާތާއި އާއި، އަދަބިއްޔާތުގެ ސިފަތަކެވެ.

ޗައިނާގައި ގައިދީން ކުއްޔަށް ހިފަނީ؟

ކިޔާފައިވާ ޢަދަދު: 7648
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ޗައިނާގައި ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ ސިޔާސީ ހަރުފަތްތައް ފަހަރަކު ދެ ހަރުފަތުން ތިން ހަރުފަަތުން ގިރާ ކުރަމުން އައި (ޗައިނާގެ ނިސްބަތުން ޒުވާން) Bo Xilai  އަކީ ދާދި ފަހަކާއި ޖެހެންދެން ސިޔާސީ މަސްރަހުން ވަރަށް އަލިގަދަ ތަރިއެއްގެ ގޮތުގައި ފާހަގަވަމުން އައި މީހެކެވެ. ނަމަވެސް އެ އުފާވެރި ދުވަސްތައް ފާއިތުވެ މޯހިރަށް ގޮސް އޮބާލައިފިއެވެ.

ގެންގެރުމާއި ގެންގަރުން

ކިޔާފައިވާ ޢަދަދު: 8486
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން:

ގެންގެރުމާއި ގެންގަރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ކޮންމެ ބަހުރުވައަކީވެސް ވަކި ޚާއްއްޞިއްޔަތެއް އޮންނަ ބަހުރުވައެކެވެ. ބަހުގެ މުއްސަނދިކަން ދެނެގަތުމަށްޓަކައި އެކި ބަހުރުވަތަކުގެ ޚާއްޞިއްޔަތުތައް ދެނެގަތުން ވަރަށް މުހިއްމެވެ. ބަހުރުވައިގެ ހަމަތަކާއި އުޞޫލުތައް ދިރާސާކުރުމަކީ ދިވެހިބަހުގެ ކިތަންމެ ޙަޤީޤަތްތަކެއް ދެނެގަނެވޭނެ ކަމެކެވެ.