ކަރުނަ ތިކި (6)

ކިޔާފައިވާ ޢަދަދު: 3975
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ނަޖުމީ
(16 ސެޕްޓެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އޭނަ އުޅުނީ ތިބޭފުޅާއާ ބެހޭ ކަންތައް އަޅުގަނޑުގެ ގާތުން އޮޅުން ފިލުވުމަށް. އޭނަ ހީކުރީ ހުރިހާ ކަމެއްވެސް އަޅުގަނޑަށް އެނގޭ ކަމަށް. މި ދެތިން ދުވަހަކުން  އަޅުގަނޑަކަށް  މާގިނަ ކަމެއް ނޭނގޭނެ ކަމެއް އޭނައަކަށް ނުވިސްނުނު. އަދި އަޅުގަނޑު އެހެން ބުނީމަ  ގަބޫލެއް ވެސް ނުކުރި.”

ދިވެހިރާއްޖޭގައި ބަބުރުން އުފެދުނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 4297
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢުދު ޢަބްދުލްކަރީމް، އއ.ފެރިދޫ
ދިވެހި ތާރީޚްގެ ތެރޭގައި ހިރަފުސް އަރާ ފޮރުވިފައިވާ ޙާދިޘާތަކާއި ހިރަފުސް އަރަމުން ފޮރުވެމުންދާ ޙާދިޘާތައް ވަރަށް ގިނައެވެ. ޚާއްޞަކޮށް އެވޭލާ ޒަމާނުގައި ހިނގާފައި ހުރި ރަށްފުށު ކަންތައްތަކަކީ ދޫދޫ މަތިން ދެކެވެމުންގޮސް މުޅިން ގެއްލި ނެތިދާ ކަންތައްތަކެވެ. ނުވަތަ  ހަނދާނުން ކެހިގެންދާ ކަންތައްތަކެވެ.

ޢަންދަލުސްގެ އަމީރާއި ޢީސާއީއެއް

ކިޔާފައިވާ ޢަދަދު: 4968
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
“މާތް ޢިއްޒަތްތެރިޔާ ކަލާ މިހިސާބަށް ވަޑައިގަތުމުގެ އުނދަގޫ ތިޔަ އުފުލެއްވީ ކޮންކަމަކާތޯ؟” ރަސްގެފާނު ތެދުވެވަޑައިގެން ޢީސާއީ ފާދިރީއާ އިސްތިޤްބާލް ކުރައްވަމުން ވިދާޅުވިއެވެ.
“މާތް އަމީރުއެވެ! ތިޔަބޭފުޅުން އަޅުގަނޑުމެންގެ ފައްޅިހުރި ތަނާ ގުޅިފައިވާ ހުސްބިމުގައި މިސްކިތެއް ބިނާކުރައްވަން އުޅުއްވާ ޚަބަރު އަޅުގަނޑު އެހިން. އެއީ ތެދެއްތޯ؟” ޢީސާއީ ފާދިރީ ދެންނެވިއެވެ.

ސަރާ (53)

ކިޔާފައިވާ ޢަދަދު: 5804
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
(15 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު  ޝާއިޢުކުރި ބަޔާ ގުޅޭ)
ނަޝާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ފަސީޙަކީ މަދުރަސީ ދައުރުގައި ކޮންމެވެސް ވަރަަކަށް ނަޝާޔާހެދި އުޅުނު ކުއްޖެކެވެ. ނަމަވެސް އެއްވެސް ފަހަރަކު އޭނާ ނަޝާދެކެ ލޯބިވާ ކަމެއް ނަޝާއަކަށް ނާންގައެވެ. މިހާރު ރޭވެމުންދަނީ އެކަނި ނަޝާގެ ކައިވެންޏެއް ނޫނެވެ. އެޢާއިލާގެ ތެރެއިން މިހާރު އެހެން ކަމެއްވެސް ފެށިގެން ކުރިޔަށް އެބަދެއެވެ. އާދެ! ޑޮކްޓަރ ޝީކާއާއި ނިޔާޒްގެ ގުޅުމުގައި ލޯބީގެ ކުލަ ޖެހިއްޖެއެވެ. މިހާރު އެދެމީހުން އެކުގައި ތަންތަނަށްދާތަންވެސް ފެންނަން ފަށައިފިއެވެ.
  

މާމުއި…… އެހާ ޚާއްސަ ކާނާ އަކަށްވަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 9889
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އާސާރު ދިރާސާ ކުރާ އިލްމުވެރިން، މިސްރުގެ (ބިމުއަޑީގައިވާ) ގަދީމީ ގަބުރުސްތާނު ތަކުގެ ދޮރެއް ހުޅުވައި، އަލަށް ވަންނަ ވަރަށް ގިނަފަހަރު ފެންނަ އެކައްޗަކީ ކުދި ރުނބާ ފާޑުގެ ކަންވާރުގައި މާމުއި ބަންދު ކޮށްފައި ހުއްޓައެވެ.  ކޮންމެ ފަހަރަކު ވެސް ފެންނަ މާމުއި ހުންނަނީ ހަމަ އިއްޔެ ބަންދު ކުރި އެއްޗެއް ފަދައިން އެންމެ ތާޒާ ކަންމަތީގައެވެ!

ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުޑަކުދީންގެ ތަރުބިޔަތު

ކިޔާފައިވާ ޢަދަދު: 2840
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުޑަކުދީންގެ ތަރުބިޔަތު

(9 އަހަރާއި 10 އަހަރުގެ ޢުމުރުފުރާ)

 އިބްރާހީމް ޢަފީފް

9 އަހަރު
މި ޢުމުރަކީ، ކުއްޖާ އޭނާގެ އަމިއްލަ މިނިވަންކަމެއްވާކަމަށް ދެކޭ ޢުމުރެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ މިނިވަންކަން ފާޅުކުރުމަށް އެދޭނެއެވެ. އެހެންކަމުން ބައެއްފަހަރަށް މިފަދަ ކަންކަމުން އޭނާއަށް ނުރައްކާތަކާ ކުރިމަތިލާންޖެހިދެއެވެ. އޭގެ ސަބަބުން އޭނާގެ ބެލެނިވެރީންނަށް ތަޙައްމުލުކުރަންދަތި ބުރަތަކަކާ ކުރިމަތިލާންޖެހެއެވެ. ބައެއް ބެލެނިވެރީން ހަރުކަށިކަމާއެކު ކުޑަކުދީންގެ މިޢަމަލުތަކާ ކުރިމަތިލައެވެ. އެހެނީ، އެފަދަ ބެލެނިވެރީން ދެކޭގޮތުގައި އެކުދީންނަކީ އަދިވެސް ތުއްތުތުއްތު ކުދީންނެވެ.
 

އަހަރެންގެ ކާފަ

ކިޔާފައިވާ ޢަދަދު: 3780
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ޝިޔާމް
އަހަރެންގެ ކާފަގެ ހަދާން އާވާން ފެށީ ކުޑައިރުގެ ތަފާތު އިހުސާސްތަކުގެ ހަނދާންތައް އާވާންފެށުމުންނެވެ. ކާފަގެ އަތުގައި ހިފައިގެން އެއްތަނުން އަނެއްތަނަށް ހިނގާއުޅުނު ހަނދާން އާވުމުންނެވެ. އަހަރެންގެ އުމުރުން 7 އަހަރުގެ ހަނދާންތައް ވެސް ވަރަށް ރަގަޅަށް މިއަދު އާވެއެވެ.

އަޅުގަނޑުގެ އަތުން ގާސިޔާއަށް އެ ސިޓީފުޅު ރައްދު ކޮށްދިނުން (ދެވަނަ ބައި)

ކިޔާފައިވާ ޢަދަދު: 8064
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ލެފްޓިނެންޓް އެންޑްރޫ ސަމާޒް ރޯވަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން ކިޔުބާއަށް އައި އިރު ކަނޑުމަތީގައި ފޯރިމަރާ ބޯޓުފަހަރުގެ ނުރައްކާ އޮތެވެ. ނަމަވެސް ކިޔުބާއަށް އެރުމަށްފަހު އަދި މާބޮޑެތި ނުރައްކާތައް ކުރިމަތި ވާނެކަން ޔަގީނެވެ. ސްޕެއިންގެ ލަޝްކަރުތަކުން ކިޔުބާގެ ހަނގުރާމަވެރިން ހޯދައި ވަރަށް އަނިޔާވެރިކަން ދައްކަމުން ދެއެވެ. ހަތިޔާރު އަތްމަތީގައި ނެތް މީހުންނަށްވެސް ކުޑަވެސް ހަމްދަރުދީއެއް ނުދައްކާކަމަށް ޚަބަރު ލިބުނެވެ. ވީމާ މި އަތިރިމަތިން ފެށިގެން ގާސިޔާ ހުންނެވި ހިސާބަކަށް ދެވެންދެން އަމާންކަމެއް ނެތްކަން ޔަގީންވިއެވެ. ނަމަވެސް މިއީ މި ރޮނގުން ވިސްނަންވީ ވަގުތެއްނޫނެވެ. އަޅުގަނޑު ދާންވީ ހަވާލުކުރެވިފައިވާ ވާޖިބައިގެން ކުރިޔަށެވެ.!

ބޯތައް ކަނޑާލަންޖެހޭތަ؟

ކިޔާފައިވާ ޢަދަދު: 5025
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (16)

ބޯތައް ކަނޑާލަންޖެހޭތަ؟

 ޢައްބާސް އިބްރާހީމް

ޖޯޖް ބާރނާޑް ޝޯއަކީ ރީތިއެއްޗެއްސަށް    ލޯބިކުރައްވާ ބޭފުޅެކެވެ. އަދި އޭނާގެ ގޭގައިވެސް ރީތި އެއްޗެހި ބަހައްޓަވައިގެން އުޅުއްވާ ބޭފުޅެކެވެ. އަދަބިއްޔާތާއި، ރީއްޗަކީ މީހެއްގެ ޙަޔާތަށް އެންމެ ބޭނުންތެރި ދެފަންނުކަމުގައި އޭނާ ވަރަށް ބޮޑަށް ދެކެވަޑައިގަންނަވައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް…. (21)

ކިޔާފައިވާ ޢަދަދު: 2809
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މާލޭގައި ތެލިފޯނުލުމަށް އެކުގައި خردވާނީ-/26000 ރުފިޔާއެވެ.

ޕޯސްޓްމާސްޓަރގެއަރިހުގައި…

  حميد   

އިއްޔެ ހެނދުނުގެ އޮފީސް ވަގުތުގައި، ޕޯސްޓް މާސްޓަރ الفاضل عبدالمجيد ماهرއާއި ބައްދަލުވުމުގެ  شرف އޭނާ އަޅުގަޑަށް ދެއްވި އެވެ.. އާދެ، ޕޯސްޓް އޮފީހުގައެވެ. އެ އަގުހުރި فرصة އަޅުގަޑު ހޯދީ މާލޭގައި ތެލިފޯން ލުމާބެހޭގޮތުން ބައެއް معلومات ހޯދުމަށްޓަކައެވެ. ވަރަށް ދީލަތިފުޅުކަމާއެކު އަޅުގަޑުގެ سؤال ތަކަށްޖަވާބުދެއްވަމުން ވަޑައިގެންވިދާޅުވިއެވެ.