އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ނުރައްކާތައް

ކިޔާފައިވާ ޢަދަދު: 4377
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ފާރޫޤު ޙަސަން
މާޒީގެ ތާރީޚުގެ ފިލާވަޅުތަކުން ނަސޭހަތް ލިބިގަތުމަކީ ބުއްދިވެރީންގެ ކަމެކެވެ. ހަމައެފަދައިން އަލަށް ކުރިމަތިވާ ނުރައްކާތަކާމެދު ފިޔަވަޅުއަޅަމުން ގެންދިޔުމަކީވެސް އެހައިމެ ބޭނުންތެރިކަމެކެވެ. އިސްލާމީ އުންމަތުގެ މިއަދުގެ ޙާލަތަށް ބަލާއިރު އެތައް ނުރައްކާތަކަކާއި ގޮންޖެހުންތަކެއްވަނީ އިސްލާމީ ދައުލަތުތަކުގެ ތަރައްޤީއަށް ހުރަސްއަޅައިފައެވެ. އިސްލާމީ އުންމަތް ދިރިދެމިއޮތުމަށްޓަކައިވަނީ އެނުރައްކާތައް ދެނެގަނެ އެކަންކަމަށް ފަރުވާކޮށް އެކަންކަން ދިފާޢުކުރަން ބޭނުންވެފައެވެ. ތިރީގައި މިވަނީ އޭގެތެރެއިން ބޮޑެތިބޮޑެތި ބައެއް ކަންތައްތަކެވެ.

ގދ. މަޑަވެލީގެ ރަށްވެހިކަން (7)

ކިޔާފައިވާ ޢަދަދު: 5454
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަޞީރު، މަޑަވެލި
ކުރީގެ ބަޔާންތަކުގައި ދަންނަވާފައިވާނެ ފަދައިން، މަޑަވެލީގެ ރަށްވެހިކަން ނުވަތަ އެރަށް އާބާދުވެފައި ވަނީ، އެންމެ ފުރަތަމަ އެރަށް ހިޖްރަކުރި ދެ ޢާއިލާގެ ދަރިފަސްކޮޅާއި، އޭގެފަހަށް ހިޖްރަކުރި މީސްމީހުން، ކައިވެނީގެ ގޮތުން ގުޅިގެންނެވެ. އެގޮތުން ދޮންނެއިގެ ޢާއިލާ އަށް ނިސްބަތް ވަނީ، ހަތްފިރިހެނުން ނެވެ. މޫސާ މާލިމީގެ މަޑަވެލީ އިސްމާޢީލްކަލޭގެ ޢާއިލާއަށް ނިސްބަތް ވަނީ (އަންހެން/ފިރިހެން) ފަނަރަ މީހުން ނެވެ. ދެން އެންމެ ގިނަ މީހުން ނިސްބަތްވާ ޢައިލާއަކީ، ކާށިހުޅުދޫ އުތުވާނާގެ ޢާއިލާ އެވެ. މި ޢާއިލާއަށް ނިސްބަތް ވަނީ (އަންހެން/ފިރިހެން) ބާރަ މީހުން ނެވެ. ނަމަވެސް މި ޢާއިލާ އަކީ، ތަންކޮޅެއް ފަހުގެ ޢާއިލާ އެކެވެ.

އޭރުގެ ފަތްފުށްތަކުން…… (40)

ކިޔާފައިވާ ޢަދަދު: 5718
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހުކުރު

ملم محمد ދީދީ


މިއީ، އަންނަބީލް މަލިން މުޙައްމަދު ދީދީ (ރަޙިމަހުﷲ) ގެ ލިޔުއްވުމެކެވެ. މަލިން މުޙައްމަދު ދީދީއަކީ ދިވެހިބަހުގެ އަދީބެކެވެ. އޭނާއަކީ، ލިޔުއްވުމުގައި އަމިއްލަފުޅު ގޮތްތަކެއް ގެންގުޅުއްވި ލިޔުންތެރިއެކެވެ. އޭނާ ލިޔުއްވާފައިވާ ލިޔުންތަކުގެތެރޭގައި ވާހަކައާއި ދިވެހި ބޭހުގެ ފޮތެއްވެސް ހިމެނެއެވެ. “އެކުވެރިންގެ ހަދިޔާ ވަކިބޭހުގެ ފައިދާ” އަކީ ބޭސް ހެދުމުގައި ބޭނުންކުރާ 300 އަށްވުރެ ގިނަ ތަކެތީގެ ފައިދާ ބަޔާންކުރައްވާފައިވާ ފޮތެކެވެ. އޭނާ ލިޔުއްވާފައިވާ ވާހަކަތަކުގެތެރޭގައި “އިހުގެ ކުޅިވަރައި މިހާރުގެ ކުޅިވަރު” ، “ރައިވެރިބެއާއި ރުކާ” ފަދަ ވާހަކަތައް ހިމެނެއެވެ. “އައްރަފީޤު” މަޖައްލާގެ ދުވަސްވަރު އޭނާ ލިޔުއްވަމުން ގެންދެވީ، “އަބޫގުއްޕާލުއްދީފުރަމީ” ގެ ނަމުގައެވެ.

އަޅުގަނޑުގެ އަތުން ގާސިޔާއަށް އެ ސިޓީފުޅު ރައްދު ކޮށްދިނުން

ކިޔާފައިވާ ޢަދަދު: 8368
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ލެފްޓިނެންޓް އެންޑްރޫ ސަމާޒް ރޯވަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ލެފްޓިނެންޓް އެންޑްރޫ ސަމާޒްރޯވަންއަކީ، އެމެރިކާގެ އެންމެ މަޝްހޫރު އެއް މިލިޓަރީ ކޮލެޖްގައި (ވެސްޓް ޕޮއިންޓްގައި) ކިޔަވައިވިދާޅުވި ބޭކަލެކެވެ. އަސްކަރީ ދާއިރާގައި ވަރަށް ކުލަގަދަ ބަޠަލެކެވެ. އާންމުންނަށް ލެފްޓިނެންޓް ރޯވަން މަޝްހޫރުވީ، ލިޔުންތެރިޔާ އެލްބަރޓް ހަބަޑް 1899 ގައިލި ޔުއްވި މަޝްހޫރު މަޒުމޫނު، “ގާސިޔާއަށްމެސެޖެއް” ގައި ލެފްޓިނެންޓް ރޯވަންގެ ހުޝިޔާރުކަމާއި އަމުރަށް ކިޔަމަންތެރިވުމާއި، އަމާނާތްތެރިކަމާ ބެހޭ ގޮތުން ލިޔުއްވުމުގެ ސަބަބުންނެވެ.
 

ކަރުނަ ތިކި (4)

ކިޔާފައިވާ ޢަދަދު: 4010
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(2   ސެޕްޓެމްބަރ 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
“ނޫހަށް އަރާފާނެތީ ތިބޭފުޅާގެ ސެކެޓްރީ ހާދަ ބިރެއްގަނޭތާ.  އަވަހަށް ކަނޑުގެ ތާޒާވައި ލިބޭ ހިސާބަކަށް އޭނާ ގޮވައިގެން ވަޑައިންނަވަންވީނޫންތޯ؟”
   
މިހާ ހިސާބުން އާދިލާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާ އެތަނުން ދުރަށް ގޮސް މޫދު ފެންނަ ހިސާބުގައި ހުރި ގަހަކަށް ލެނގިލައިފިއެވެ. އޭނާއަށް މި ހަދާލެވުނު ގޮތުން އަފީފަށް މި ދެވުނީ އިތުރު ފުރުސަތެކޭ އޭނާގެ ހިތަށް އެރީ މާފަހުންނެވެ. އޭނާ އެނބުރި ބަލާލިއިރު މިހުރެވުނީ އަކީ އަދި އެކަންޏެއްވެސް ނޫންކަން އެނގުނެވެ. އޭރު އޭނާގައި ޖެހޭ ހިސާބުކާރީގައި ޝާން ހުންނެވިއެވެ.
 

ޔުނެސްކޯގެ ޑިރެކްޓަރ ޖެނަރަލް އިރީނާ ބޮކޯވާގެ ޚިޠާބު

ކިޔާފައިވާ ޢަދަދު: 8506
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ލިޔަންކިޔަން ދަތުމުގެ ބައިނަލްއަޤްވާމީ ދުވަސް

ޔުނެސްކޯގެ ޑިރެކްޓަރ ޖެނަރަލް އިރީނާ ބޮކޯވާގެ ޚިޠާބު

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މިއަދަކީ ބައިނުލްއަޤުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މިއަދުގެ މުނާސަބާ ގައި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޢާއްމުކޮށް، އަދި ޚާއްޞަކޮށް ‘ލިޔުންތެރިޔާ’ އާއި ‘ލިޔުންތެރީން’ގެ އެންމެހާ މެންބަރުންނަށާއި ކިޔުންތެރީންނަށާއި ލިޔުންތެރީންނަށް ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ.

މަޖިލީހަށް އެރުވުން

ކިޔާފައިވާ ޢަދަދު: 4789
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަލީ ނަސީރު ގދ.މަޑަވެލި
މަޖިލީހަށް އެރުވުމަކީ އިހުގައި ދިވެހިވެރިކަމުގެ އެންމެމަތީ ފަރާތްޕުޅުން އެކި ބޭބޭފުޅުންނަށް ދެއްވަމުން ގެންދަވައިފައިވާ ޢިއްޒަތެއްގެ ދަރަޖައެކެވެ. މިދަރަޖަ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ނަންފުޅުގެ ފަހަތަށް “ކަލޭގެ” “ކަލޭގެފާނު” “ކަނބުލޭގެފާނު” އާދެއެވެ. އެގޮތުން ޢަލިކަލޭގެ، ދޮން މޫސާކަލޭގެ، އިބްރާހީމް ކަލޭގެފާނު، ޢަލިކަލޭގެފާނު، އާމިނާ ކަނބުލޭގެފާނު، ފާޠިމާ ކަނބުލޭގެފާނު ފަދަ ބޭފުޅުންނަކީ މަޖިލީހަށް އެރުވުމުގެ ދަރަޖަ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެހެން ނަމަވެސް ދީދީ، މަނިކުފާނު، އަދި ތުއްތު ކިޔާ މީހަކުމަޖިލީހަށް އެރުވިނަމަވެސް އޭނާގެ ނަމަކަށް ބަދަލެއް ނާންނާނެކަމަށް ލިޔުންތަކުން އެނގެއެވެ.

ސަރާ (51)

ކިޔާފައިވާ ޢަދަދު: 5401
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު، މަރަދޫ

(01 ސެޕްޓެމްބަރ 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
   
“އާނ…މަންމަވެސް ދާނަން. ކީއްވެ ނުދާންވީ؟” ފަހީމާ ބުންޏެވެ.

އެދުވަސް ވެގެންދިޔައީ އެގެއަށް ވަރަށް އުފާވެރިކަން ގެނެސްދިން ދުވަހަކަށެވެ. ޑޮކްޓަރ ޝީކާއަށް މަރްޙަބާ ކިޔުމަށްޓަކައި ގޭގެ ހުރިހާ ނޯކަރުންތައްވެސް ތިބީ ނަލަހެދިލައިގެނެވެ.

“ދަރިފުޅު ޑޮކްޓަރަކަށްވެގެން އަންނާނޭ ދުވަހަކަށް ދައްތަ އިންތިޒާރު ކުރާތާ ވަރަށް ދުވަސްވެއްޖެ. މިއަދު ދައްތަ ވަރަށް އުފާވެއްޖެ.” ފަހީމާ ޝީކާގެ ބޮލުގައި ފިރުމާލިއެވެ.

އައިބައިފިލީގެ ހަމަ ނުހިފެއްޓެނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 3235
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަޢީމް، ރާޝިދާމަންޒިލް، ރ. މީދޫ
ދިވެހިބަހުގެ ގަވާއިދުގައި ނުވަތަ ދިވެހިބަހުން ލިޔުމުގައި ބޭނުންކުރާ ހަމަތަކުގެ ތެރެއިން އައިބައިފިލީގެ ހަމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ފަރިތަ ހަމައެއް ނޫނެވެ. އަދި މި ހަމަ ކޮންމެވެސް މިންވަރަކަށް ބޭނުންކުރާ ފަރާތްތަކަށްވެސް އެއް ގޮތެއްގައި ހިފެހެއްޓުމަށް ފަސޭހަ ހަމައެއްވެސް ނުމެ ނޫންމެއެވެ. އައިބައިފިލި ބޭނުންކުރުމުގައި އޮޅުން އަރަނީ ނުވަތަ ދިވެހިބަހުން ލިޔުމުގައި މި ހަމަ ރަނގަޅު ގޮތުގައި ނުހިފެއްޓެނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ.

ގދ. މަޑަވެލީގެ ރަށްވެހިކަން (6)

ކިޔާފައިވާ ޢަދަދު: 5507
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ގދ. މަޑަވެލީގެ ރަށްވެހިކަން (6)

(ތަޢުލީމު)

މަޑަވެލީ ޢަލީ ނަޞީރު

ދިވެހި ރާއްޖޭގެ އެހެނިހެން ރަށްތައް ފަދައިން، މަޑަވެލީގައި ވެސް އެންމެ ފުރަތަމަ ފެށިފައިވަނީ، ވޮށުފިލާގެ ތަޢުލީމުކަމަށް ވިއަސް، ދުވަހު ހިނގާ ކަންކަން ނޯޓުކުރާ ސަރުކާރުގެ ފޮތުގައި ލިޔެފައިވަނީ، މުޙައްރަމް 29، 1371ހ. ގައި މާލޭގެ ނާދީގައި އޮތް ޓެސްޓެސްގައި އެރަށު ފާޠުމަތު އަނީސް ބައިވެރިވެފައިވާކަމަށެވެ.