މިސްރުގައި ބަޑި ޖަހައި މަރާލެވުނު ދަރިއަކަށް ބައްޕަ ލިޔުއްވި ސިޓީ

ކިޔާފައިވާ ޢަދަދު: 8382
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

 ތިރީގައި އެވަނީ މިސްރުގެ އިޚްވާނުލް މުސްލިމީންގެ ތަރުޖަމާނު އަދި މިސްރުގެ ޕާލިއަމެންޓް މެންބަރު މުޙައްމަދު އަލް ބަލްތާޖީގެ އެންމެ 17 އަހަރުގެ އަސްމާ އަލް ބަލްތާޖީގެ ގަޔަށް ބަޑި ޖަހައި މަރާލުމުގެ ހިތާމާގައި ބައްޕަ މުޙައްމަދުއަލްބަލްތާޖީ ލިޔުއްވި ސިޓީއެކެވެ. ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އުރުދުޣާނަށް، ޓީވީ ޕްރޮގްރާމެއްގައި މި ސިޓީ އިއްވުމުން، ކީރިތި ކުރައްވައި ވިދާޅުވީ އޭނާއަށްވެސް އާއިލާ އާއި އެކު ވަގުތު ހޭދަ ނުކުރެއްވޭތީ އޭނާގެ ބޭފުޅުންވެސް ޝަކުވާ ކުރައްވާ ކަމުގައެވެ. ކޮޓަރި ކޮޅުގެ ބޭރުގައި “އަޅުގަނޑުމެނަށް އެންމެ ދުވަހެއް” ދެއްވާށޭ ތުއްޕުޅު ބޭފުޅުން ލިޔުއްވައި ނޯޓް ހަރުކުރައްވާ ކަމަށް އެ ޕްރޮގްރާމުގައި  ވިދާޅުވިއެވެ!

ގައުމިއްޔަތު ބިނާކުރުމާއި، ފަނާކުރުން (3)

ކިޔާފައިވާ ޢަދަދު: 5914
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(ސަމާލުކަމަށްޓަކައި: މިސުރުޚީގެ ދަށުން، ލިޔެފައިވާ ދެބަޔާނާއި، މިހާރު މިލިޔާ ތިންވަނަ ބަޔާނާއި، މީގެފަހަތަށް ލިޔާ ބަޔާންތައް ލިޔުމުގައި “ދިވެހިރާއްޖޭގެ ރަހުނާއި، ރަނިން” މިފޮތާއި، ދިވެހި ތާރީޚުގެ ފަތްފުށްތައް ބަލާފައި ވާނެ އެވެ. މިނޫން އެހެން ފޮތެއް ބެލިނަމަ، އެކަން ވެސް ބަޔާންކުރާހުށީ މެވެ.)

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (19)

ކިޔާފައިވާ ޢަދަދު: 5029
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(19 އޮގަސްޓް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭގެ އަނެއްދުވަހު ބީބަރަސް އާއި މޭރިއޭން ކާން ތިއްބައި މަމްލޫކުންގެ އަސްވާރުންކޮޅަކާއި އެކު ކުފާސް، އެ ގެއަށް އައެވެ. ކުފާސްގެ މުޅިމޫނު ހުރީ ޒަޚަމްވެފައެވެ. ލޭތައް ފައިބައި އެކި ހިސާބުގައި ލޭ ގަނޑުވެފައި ހުއްޓެވެ. އޭގެ އިތުރުންވެސް ޒަޚަމްތަކެއްގެ ނިޝާން އޭނާގެ ހަށިގަނޑުން ފެންނަން ހުއްޓެވެ.

ފައިވާން ގެންދިޔުމާއި ގެންދެވުން!

ކިޔާފައިވާ ޢަދަދު: 6529
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

تجربة ގެ އަލީގައި…!

ފައިވާން ގެންދިޔުމާއި ގެންދެވުން!

حسن شاكر محمد

ޒަމާނަށް އައިސްފައިވާ بدلއާއެކު ފައިވާނަކީ، ވަރަށް مهمّ އެއްޗެކެވެ. خاصّކޮށް ރާއްޖެފަދަ ހޫނު قومތަކުގައެވެ. އަދި އެއަށްވުރެ ބޮޑަށް މާލެ ފަދަ މަގުތަކުގައި ގާ އަތުރާފައިވާ ސިޓީތަކުގައެވެ. ހޫނަގަދަ ދުވަހެއްގައި ހުސްފަޔާ ކުޑަ ތަންކޮޅަކަށްވެސް ހިނގައިލުމަކީ، ކުޅަދާނަވާ ވަރުގެ ކަމަކަށް ނުވާތީއެވެ.

ސަރާ (49)

ކިޔާފައިވާ ޢަދަދު: 5340
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު، މަރަދޫ

(18 އޮގަސްޓް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޖެހިގެން އައި ދުވަހު ސަރާ އޭނާގެ ބައްޕަ ގާތު އެވާހަކަ ބުނެފިއެވެ. ވަޖްދީ ވަގުތުން ރަސްމީ ސިފައިގައި ސަރާ އޭނާގެ ދަރިޔަކަށް ހެދުމަށް މަސައްކަތް ފެށިއެވެ.

“ބައްޕަ ބުނީ މަންމަ ނުބުންޏަސް އެކަން ކުރަން ހަމަޖައްސާފައިވާ ކަމަށް.” ސަރާ އޭނާގެ މަންމަ ގާތު ބުންޏެވެ.

سعيد علىފުޅާއި أنور إبراهيم އަށް، އުފަލާއެކު تهنئة ދަންނަވަމެވެ.

ކިޔާފައިވާ ޢަދަދު: 5678
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
حسن شاكر محمد، ލިޔުންތެރީންގެ ގުޅުން
މިއަހަރުގެ މިނިވަން ދުވަހުގެ رسمى جلسة  އިއްޔެ ރޭ (23 އޮގަސްޓް 2013 ވީ ހުކުރުވިލޭރޭ) ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޮތެވެ. جلسة ގައި ލިޔުންތެރިންގެ ގުޅުމުގެ ގާތް ދެފަރާތަކަށްވަނީ އިނާމު ލިބިވަޑައިގެންފައެވެ. އެއްފަރާތަކީ، ލިޔުންތެރީންގެ ގުޅުމުގެ ވެބްސައިޓަށާއި “ލިޔުންތެރިޔާ” މަޖައްލާއަށާއި “ޅެންވެރިޔާ” ޅެންފޮތަށް މޮޅު ޅެންތަކެއް ހަދިޔާކުރައްވަމުން ގެންދަވާ ބ. ދަރަވަންދޫ، މިޔުނިކު الفاضل سعيد علىފުޅެވެ. އަނެއްބޭފުޅަކީ، ލިޔުންތެރީންގެ ގުޅުމުގެ ވެބްސައިޓަށާއި “ލިޔުންތެރިޔާ” مجلّةއަށާއި “ޅެންވެރިޔާ” ޅެންފޮތަށްލިޔުއްވަމުން ގެންދަވާ، “ލިޔުންތެރިޔާ” مجلّة ކޮމިޓީގެ ممبرކަން ވެސް ކުރައްވާފައިވާ الفاضل أنور إبراهيم އެވެ.

ދިރިއުޅުމުގެ ފަލްސަފާއެއް

ކިޔާފައިވާ ޢަދަދު: 3979
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމު، ގ.މަންޒިލް
މިއީ އީލިޔާ އަބޫ މާޟީގެ فلسفة الحياة (ހަޔާތުގެ ފަލްސަފާ) ގެ ދިވެހި ތަރުޖަމާއެކެވެ. މީގެ ކުރީން ވެސް އީލިޔާގެ ޅެމެއްގެ ތަރުޖަމާ ގެނެސް ދެވިފައި ވާނެއެވެ. އީލިޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1889 ވަނަ އަހަރު ލުބްނާން ގައެވެ. ތުއްޕުޅު އިރު ކުޑަދުވަސް ކޮޅެއް މިސުރުގައި ހޭދަކުރެއްވުމަށް ފަހު، 1912 ވަނަ އަހަރު އެމެރިކާ އަށް ހިޖުރަ ކުރެއްވިއެވެ. އަދި ބައެއް ނޫސް މަޖައްލާ ޝާއިއު ކުރެއްވިއެވެ. އީލިޔާ އަކީ ‘މަހުޖަރު’ގެ އާދެ، އަރަބި ދުނިޔެ ދޫކޮށް އެހެން ރަށްރަށުގައި، ވަޒަންވެރިވި، އަރަބި ޅެންވެރީންގެ ތެރެއިން އެންމެ މަޝްހޫރުވި ޅެންވެރިންގެ ތެރޭހިމެނޭ ޅެންވެރިއެކެވެ. އޭނާގެ ޅެންތައް އެއްކުރެވި ޝާއިޢު ކުރެވިފައިވެއެވެ. މީގެ ތެރޭގައި “ޖަދާއިލު”، “ޚަމާއިލު” އަދި “ތިބްރު ވަތުރާބު” މިތިން ދީވާނު ހިމެނެއެވެ. އީލިޔާ އަވަހާރަވީ 1957 ގައި ނިޔޫޔޯރކްގައެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުކަން ނޭނގި 29 އަހަރުވަންދެން ޖަންގަލީގައި (ދެވަނަބައި)

ކިޔާފައިވާ ޢަދަދު: 7871
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ

(22 އޮގަސްޓް 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެންމެ ހައިރާންވާ ކަމަކީ، ފާއިތުވި 29 އަހަރު، އެތައް ބަޔަކަށް ނުކުރެވުނު ކަމެއް މި ދަރިވަރަށް ކާމިޔާބު ކުރެވުނީތީއެވެ! މި ޒުވާނާގެ ހިތްވަރާއި  ކުޅަދާނަ ކަމުން، އޮނޯޑާ ދިރި އުޅޭ ޖިފުޓިއާއި، އޮނޯޑާވެސް ހޯދީއެވެ! މަޑުމަޑުން އޮނޯޑާގެ އިތުބާރު ހޯދައި، މި ދަރިވަރު މުސްކުޅި ފަހުލަވާނުގެ ކިބައިން އެދުނީ ދެމީހުން އެކީގައި ޖަޕާނަށް އެނބުރި ދިޔުމަށެވެ. ނަމަވެސް އޮނޯޑާ ދެކޮޅު ހެދިއެވެ. އޭނާގެ ގޮތުގައި، ބުނީ އޭނާގެ އޮފިސަރު ވައުދު ވެފައި އޮތީ އޮނޯޑާ ބަލައި އަންނާނެ ކަމުގައެވެ. ހަނގުރާމަ ނިމުނު ކަމަށް ގަބޫލު ކުރާނީ އޭނާގެ އޮފިސަރު  ވަޑައިގަތުމުން ކަމުގައި ބުންޏެވެ.

ފަލަޞްޠީން – ޤުރުއާނާއި ސުންނަތުން

ކިޔާފައިވާ ޢަދަދު: 2654
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
فضيلة الشيخ محمودعبدالكريم مهنا
ތަރުޖަމާ: މޯލްޑިވްސް ޕެލަސްޓައިން ބްރަދަރހުޑް އެސޯސިއޭޝަން
ފަލަޞްޠީނާ ބެހޭ ގޮތުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ތަފާތު އެތައް ވާހަކަތަކެއް ބަޔާންކުރައްވައިފައިވެއެވެ. އެ ގޮތުން ބަލާއިރު  ފަލަޞްޠީނަކީ މުސްލިމުންގެ ބިމެއް ކަމާއި އަދި އެ ތަނުގެ މެދުގައިވާ އަލްޤުދުސްއާއި އަދި ޤުދުސްގެ ރަމްޒު ކަމުގައިވާ އަލްމަސްޖިދުލްއަޤުޞާ ފާހަގަކުރެވެއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އަދި ބިންމަތީގައި ﷲއަށް އަޅުކަންކުރުމަށް ބިނާޚުރެވުނު ދެ ވަނަ މިސްކިތެވެ. ހަމައެހެންމެ މުސްލިމުންގެ ޙުރުމަތްތެރިވެގެންވާ 3 ޙަރަމްފުޅުގެ ތެރެއިން ތިންވަނަ ޙަރަމްފުޅެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުކަން ނޭނގި 29 އަހަރުވަންދެން ޖަންގަލީގައި

ކިޔާފައިވާ ޢަދަދު: 3059
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
ޖަޕާނުގެ ޒުވާން Hiroo Onoda ގެ އުމުރުން އެންމެ ވިހި އަހަރުގައި ރަސްގެފާނުގެ ދިފާއީ ބާރާއި ގުޅުމަށް އަމުރު އައެވެ. އަމުރު އައުމުން ހަމަ ވަގުތުން ލަޝްކަރުތަކާއި ގުޅި ތަމްރީނުތައް ފެށިއެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް، ނަކާނޯ ސްކޫލުގައި، ޚަބަރާއި މައުލޫމާތު އެއްކުރާ ބައިގެ އޮފިސަރެއްގެ ތަމްރީނުތައް ދަސްކޮށްދެވެން ފެށިއެވެ. ވަކިން ޚާއްސަ ގޮތެއްގައި، ޖާސޫސީ މައުލޫމާތު ހޯދައި ފޯރުކޮށްދޭން ޖެހޭ ތަންތަނަށް، ނުވަތަ މީހުންނަށް ފޯރުކޮށްދޭނެ ގޮތްގޮތާއި ގެރިއްލާ ހަނގުރާމައިގެ އުކުޅުތައް މީނާއަށް ދަސްކޮށްދެވުނެވެ. (ގެރިއްލާ ހަނގުރާމައިގެ މާނައަކީ ނިޒާމީ ލަޝްކަރެއްނެތި، މަދު މީސްކޮޅެއް ފިލާތިބެ ހަމަލާއެއްދީ، އެތަނުން ފިލައިގެން ގޮސް އެހެން ތަނަކަށް ގެއްލުމެއްދީ، މިފަދަ އެކަހެރިގޮތަކަށް ދޭ ހަމަލާތަކެވެ).