ފަލަޞްޠީން – ޤުރުއާނާއި ސުންނަތުން

ކިޔާފައިވާ ޢަދަދު: 2681
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
فضيلة الشيخ محمودعبدالكريم مهنا
ތަރުޖަމާ: މޯލްޑިވްސް ޕެލަސްޓައިން ބްރަދަރހުޑް އެސޯސިއޭޝަން
ފަލަޞްޠީނާ ބެހޭ ގޮތުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ތަފާތު އެތައް ވާހަކަތަކެއް ބަޔާންކުރައްވައިފައިވެއެވެ. އެ ގޮތުން ބަލާއިރު  ފަލަޞްޠީނަކީ މުސްލިމުންގެ ބިމެއް ކަމާއި އަދި އެ ތަނުގެ މެދުގައިވާ އަލްޤުދުސްއާއި އަދި ޤުދުސްގެ ރަމްޒު ކަމުގައިވާ އަލްމަސްޖިދުލްއަޤުޞާ ފާހަގަކުރެވެއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އަދި ބިންމަތީގައި ﷲއަށް އަޅުކަންކުރުމަށް ބިނާޚުރެވުނު ދެ ވަނަ މިސްކިތެވެ. ހަމައެހެންމެ މުސްލިމުންގެ ޙުރުމަތްތެރިވެގެންވާ 3 ޙަރަމްފުޅުގެ ތެރެއިން ތިންވަނަ ޙަރަމްފުޅެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުކަން ނޭނގި 29 އަހަރުވަންދެން ޖަންގަލީގައި

ކިޔާފައިވާ ޢަދަދު: 3079
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
ޖަޕާނުގެ ޒުވާން Hiroo Onoda ގެ އުމުރުން އެންމެ ވިހި އަހަރުގައި ރަސްގެފާނުގެ ދިފާއީ ބާރާއި ގުޅުމަށް އަމުރު އައެވެ. އަމުރު އައުމުން ހަމަ ވަގުތުން ލަޝްކަރުތަކާއި ގުޅި ތަމްރީނުތައް ފެށިއެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް، ނަކާނޯ ސްކޫލުގައި، ޚަބަރާއި މައުލޫމާތު އެއްކުރާ ބައިގެ އޮފިސަރެއްގެ ތަމްރީނުތައް ދަސްކޮށްދެވެން ފެށިއެވެ. ވަކިން ޚާއްސަ ގޮތެއްގައި، ޖާސޫސީ މައުލޫމާތު ހޯދައި ފޯރުކޮށްދޭން ޖެހޭ ތަންތަނަށް، ނުވަތަ މީހުންނަށް ފޯރުކޮށްދޭނެ ގޮތްގޮތާއި ގެރިއްލާ ހަނގުރާމައިގެ އުކުޅުތައް މީނާއަށް ދަސްކޮށްދެވުނެވެ. (ގެރިއްލާ ހަނގުރާމައިގެ މާނައަކީ ނިޒާމީ ލަޝްކަރެއްނެތި، މަދު މީސްކޮޅެއް ފިލާތިބެ ހަމަލާއެއްދީ، އެތަނުން ފިލައިގެން ގޮސް އެހެން ތަނަކަށް ގެއްލުމެއްދީ، މިފަދަ އެކަހެރިގޮތަކަށް ދޭ ހަމަލާތަކެވެ).

ކުދިވާހަކަ (11), ގެސްޓް ހައުސް

ކިޔާފައިވާ ޢަދަދު: 5052
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އެތަނާއި މިތަނުން
ކުދިވާހަކަ (11)

ގެސްޓް ހައުސް

ޢައްބާސް އިބްރާހީމް
ވަރަށް އަޅައިގަންނަ ގޮތަކަށް ހެދުން ލައިގެންހުރި ދީންވެރި މީހަކު ގަނޑުވަރުތެރެއަށް ވަދެއްޖެއެވެ. އަދި އެގަނޑުވަރުގެ ވެރި ރަސްގެފާނު، އިބްރާހީމް ބިން އާދަމް އިންނަވާ ތަޚްތާހަމައަށް ދިޔައިރުވެސް، އެއްވެސް މީހަކަށް އޭނާ ހުއްޓުވާކަށްވެސް ނުކެރުނެވެ.

“ކަލޭ ބޭނުމީ ކޮންކަމެއްތަ؟” ރަސްގެފާނު ސުވާލުކުރެއްވިއެވެ.

ގދ.މަޑަވެލީގެ ރަށްވެހިކަން (2)

ކިޔާފައިވާ ޢަދަދު: 3299
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަޞީރު
ހުވަދު އަތޮޅު މަޑަވެއްޔަކީ، އެއަތޮޅު ހުޅަނގު ދުނީގައި، ކާނޑެއްދޫ ކަނޑުގެ ދެކުނަށްއޮތްފަރު ނުވަތަ މައިތޮށީގައިއޮތް ރަށެކެވެ. ރަށް އުފެދިފައިއޮތް އާނުގަނޑަކީ، ވަރަށްހަރު އާނުގަނޑެކެވެ. ރަށް އުފެދިފައިވާނީ، ވެލިއަކިރިންނެވެ. ރަށް އުފެދެން ފަށާފައިވަނީ، ހުޅަނގުފަރާތު މައިން ތޮށިން ފެށިގެން ގާތްގަނޑަކަށް އެއްހާސް ފޫޓު ނުވަތަ ފަނަރަސަތޭކަ ފޫޓުން ފެށިގެން އިރުމައްޗަށެވެ. ރަށުގެ އުފެދުން ނިމިފައިވަނީ ވެސް އިރުމަތީ މައިތޮށިން ހުޅަނގަށް، ހަމަ އެހާކާންހާ ދުރުމިނުގައެވެ. އެ ރަށުގެ ފަޅަކީ، ވަރަށް ފުޅާ އަދި ވަރަށް ގަނބާ، މޫދުވިނަ ވަރަށްގިނައި ފަޅެކެވެ. މޫދުވިނަ ހެދިފައިވާ އެބަޔަކީ، ވަރަށްކުރީގެ ޒަމާނެއްގައި ހިކިފަސްބިންކަމަށް ލަފާކުރެވެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(17)

ކިޔާފައިވާ ޢަދަދު: 2695
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(17)

ސާދާ 10

محمداسماعيل ހ. މީރުބަހުރުގެ

މިފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އަޅުގަޑުގޭގައި حجاج بن يوسفގެ ވާހަކަ ތަރުޖަމާކުރާން އިންދާ ތެލިފޯނު ކޯލެއް އައިވާހަކަ ބުނީމާ ފޯނު ކައިރިއަށް ދިޔައިރު ޑީ.އެޗް.ޕީ. ޑިވިޝަންގެ ފަރާތުން الفاضل زاهرنصير ބުނުއްވައިގެންނެވެ. އޭނާ އަޅުގަޑުގެ ކިބައިން އެދިލެއްވީ ސާދާ 10 ޔަކާ މެދު ކޮންމެވެސް އެއްޗެއް ލިޔެދިނުމަށެވެ. ދެން އަޅުގަޑު ބުނީ ކުޑައިކޮށް ބަލިވެއުޅޭތީ އަދި އެتمثيلބެލޭނެގޮތެއް ނުވެއެވެ. އެހެންކަމުން ލިޔާނޭ އެއްޗެއް ނެތެވެ.

ކޮންފަދަ ޢިބްރަތެއްތޯ؟ (1)

ކިޔާފައިވާ ޢަދަދު: 2843
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކޮޕީ މުޙައްމަދު ރަޝީދު
 
އެއަށް ބޮލެއް ލިބިފައިވާ އަފުނޯސްކަށި ތޫނަކަސް
އެއަށް ނުވޭ ބުއްދިއެއް، ކޮންފަދަ ޢިބްރަތެއްތޯ؟
 
ފައިތައް މޭޒާ ގޮނޑިން، އެކި ވައްތަރު ފެނުނަކަސް
ފައިން އެފަދަ ނުހިނގެޔޭ، ކޮންފަދަ ޢިބްރަތެއްތޯ؟
 
ހެދުމާ އަދި ލިބާހަށް، ކަރެއް ވެޔޭ ބުނެވުނަސް 
ނުދިރޭ އެއްޗެއް އެއިން، ކޮންފަދަ ޢިބްރަތެއްތޯ؟
 

އޭރުގެ ފަތްފުށްތަކުން…. (37)

ކިޔާފައިވާ ޢަދަދު: 2753
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބާއްޖަވެރި ލޯބި

عبدالمجيد ماهر 

އަލްފާޟިލް ޢަބްދުލްމަޖީދު މާހިރަކީ، މިފަންނުގައި ގިނަ ބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ބޭފުޅަކަށް ވެދާނެއެވެ. ނަމަވެސް އޭނާއަކީވެސް ލިޔުންތެރިޔެކެވެ. ތަފާތު މައުޟޫޢުތަކަށް ލިޔުއްވާފައިވެއެވެ. އޭނާ ވަނީ ދިވެހިބޭސްވެރިކަމާބެހޭ ފޮތެއްވެސް ލިޔުއްވައިފައެވެ. 
 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(17)ހަމައެކަނި ވިދާޅުވެލެއްވުމަށް….(17) ސާދާ 10 محمداسماعيل ހ. މީރުބަހުރުގެ މިފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އަޅުގަޑުގޭގައި حجاج بن يوسفގެ ވާހަކަ ތަރުޖަމާކުރާން އިންދާ ތެލިފޯނު ކޯލެއް އައިވާހަކަ ބުނީމާ ފޯނު ކައިރިއަށް

ކިޔާފައިވާ ޢަދަދު: 230
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(17)

ސާދާ 10

محمداسماعيل ހ. މީރުބަހުރުގެ

މިފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އަޅުގަޑުގޭގައި حجاج بن يوسفގެ ވާހަކަ ތަރުޖަމާކުރާން އިންދާ ތެލިފޯނު ކޯލެއް އައިވާހަކަ ބުނީމާ ފޯނު ކައިރިއަށް ދިޔައިރު ޑީ.އެޗް.ޕީ. ޑިވިޝަންގެ ފަރާތުން الفاضل زاهرنصير ބުނުއްވައިގެންނެވެ. އޭނާ އަޅުގަޑުގެ ކިބައިން އެދިލެއްވީ ސާދާ 10 ޔަކާ މެދު ކޮންމެވެސް އެއްޗެއް ލިޔެދިނުމަށެވެ. ދެން އަޅުގަޑު ބުނީ ކުޑައިކޮށް ބަލިވެއުޅޭތީ އަދި އެتمثيلބެލޭނެގޮތެއް ނުވެއެވެ. އެހެންކަމުން ލިޔާނޭ އެއްޗެއް ނެތެވެ.

ގދ.މަޑަވެލީގެ ރަށްވެހިކަން (1)

ކިޔާފައިވާ ޢަދަދު: 4919
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަޑަވެލީ ޢަލީ ނަޞީރު
މަޑަވެއްޔަކީ، ހުވަދުއަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެތެރެއިން ރަށެކެވެ. ވުމާއެކު، މިބަޔާނުގައި ގެނެސްދީފައިމިވަނީ އެރަށުގެ ރަށްވެހިކަމުގެ ބައެއް މަޢުލޫމާތެވެ. ހުވަދު އަތޮޅު އޮންނަނީ، އުތުރު އަރުޟުން 0°  .11′.30″ N އާއި 0°  .55′.01″ N އާއި އިރުމަތީ ޠޫލުން 72°  .56′.00″ E އާއި 73°  .31′.00″ E އާއި ދެމެދުއެވެ. ހުވަދު އަތޮޅު އޮތީ، އީކްއޭޓަރުގެ އުތުރުގައެވެ. އީކްއޭޓަރުގެ ދެކުނުގައިއޮތީ، ފުވައްމުލަކު އަތޮޅެވެ. ފުވައްމުލަކާ ޖެހިގެން ދެކުނަށްއޮތީ، އައްޑު އަތޮޅެވެ. ހުވަދޫ ކަނޑާ، ފުވައްމުލައް ކަނޑާ ދެމެދު އޮތް ހުވަދު އަތޮޅަކީ، އެއްއަތޮޅެއްގެގޮތުގައި (މުރަކައިން އުފެދިފައިއޮތް) އެންމެ ބޮޑު އަތޮޅެވެ.
 

ބޭނުމެއް ނެތެވެ.

ކިޔާފައިވާ ޢަދަދު: 3102
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ އަސްޢަދު، ހއ. އުތީމު
ނުވާނަމަ ހަނދުވަރެއް ހަނދުގައި ކޮބައިހޭ ހަނދުގެ ބޭނުމަކީ؟
              ދުވާލަށް އަލިކަމެއް ނެތްނަމަ، ކޮބައިހޭ އިރުގެ ބޭނުމަކީ؟

ކުރާ ކަމުގައި މުރާދެއްނެތް ކޮބައިހޭ ކަމުގެ ބޭނުމަކީ
              ކުރާ ތަޢުބީރު ނެތް ނަމައީ،  ކޮބައި ހުވަފެނުގެ ބޭނުމަކީ؟

މަލާމެލި ފަރިވެ ނުފޮޅެންޏާ ކޮބައި ގުލްޝަންގެ ފަރިކަމަކީ،
              ބަލައިލަން ލޯ ނުހުޅުވެންޏާ  ކޮބައިހޭ ލޮލުގެ  ބޭނުމަކީ؟