ބަހުގެ ސަބަބުން އިންސާނިއްޔަތަށް އައި ކުރިއެރުން (2)

ކިޔާފައިވާ ޢަދަދު: 8451
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު އަލީ
މުޖްތަމައެއްގެ ތެރެއިން އެކަކު، އަނެކަކު ކުރާ ކަންތައް ފާހަގަކޮށް ދަސްކުރުމަކީ ‘ ބެލުމުން ވައްކަން ކުރުމޭ ‘ ވެސް ބުނެވިދާނެއެވެ! ތިބާ ކުރައްވާ ކަމެއް ބަލަން ހުރެގެން އަޅުގަނޑަށް، ތިބާ އެތައް ދުވަހަކުން ދަސްކުރެއްވި ހުނަރުތަކެއް ހުއްދައަކާއި ނުލައި ދަސްކޮށް ‘ވަގަށް ނެގުމުގެ’ ގާބިލުކަން އަޅުގަނޑަށް ލިބިގެންވެއެވެ! އެމަސައްކަތް ދަސްކުރަން ތިބާ ހޭދަ ކުރި ގިނަ ވަގުތު ހޭދަ ނުކޮށް އަޅުގަނޑަށް އެ ހުނަރު ލިބުން އެކަށީގެންވެއެވެ.

ރަމަޟާން މަހެއްގެ އެންމެ ފަހު ދުވަހުގެ ޝުޢޫރު

ކިޔާފައިވާ ޢަދަދު: 3153
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފުސްކަމެއްގައި ހުސްއަތާ

އާދަމް ޢަބްދުއްރަޙްމާން- ހއ. އުތީމު

ދައުރަކަށް އައު އަލިކަމެއް ދިން ނޫރެކޭ އަދު އޮއްސުނީ
                ދައުރުގައި ވިސްނާލި ބަޔަކަށް ފައުރު ތެރެއަށް ވަދެވުނީ

ފަރުމަތީން ނާރާނެކަން އެނގިހުރެ، ދަށަށް ދީލައި ނުލާ
        ދަރުމަވެރި މަންޒިލް ހިފަން ހީކޮށް ރިޔާ ފުރޮޅައިނުލާ
                ފަރުގެ ތޮށްޓަށް އޮޑި އުރެންދެން މަރުވުމެއްގައި ހުރެވުނީ

” ޤުރްއާނާއި އިންޖީލާއި ސައިންސް ” މި ފޮތުގެ ލިޔުންތެރިޔާ

ކިޔާފައިވާ ޢަދަދު: 331
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ސުރުޚީގައި އެވާ ފޮތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ތައުލީމީ މުސްލިމުންގެ ތެރޭގައި ވަރަށް މަގުބޫލު ފޮތެކެވެ. މި ފޮތް ލިޔުއްވީ ފަރަންސޭސި ވިލާތުގެ މެޑިކަލް ޑަކްޓަރެކެވެ. ބޭސްވެރިކަމުގެ ޚާއްސަ ފަންނަކީ އެތެރެހަށީގެ އޮޕަރޭޝަން ކުރެއްވުމެވެ.
 

ޟަމީރުގެ އުދާސް

ކިޔާފައިވާ ޢަދަދު: 3028
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ އަސްއަދު، ހއ. އުތީމު

އޮހުނު ކަރުނައިގެ މާޟީއަށް އަލުން ދާކަށް ނެތިން އަނބުރާ  
                 ވެހުނު ވާރޭގެ ސައިލު  ދެކޭކަށެއް  ނޭދެން  އެކީ  ހަތުރާ  
        
ނުހަނު  މާޔޫސް ކަމާ އެކުގައި  އެކަނިވެރިކަމުގެ  ވާދީގައި
                 ހުހަށް ހުންނަން ވިޔަސް ހިޔަލަށް ނުދާނަން ތިޔަ ގަހުންފަތުރާ

ހެމުން ބުލްބުލް ކިޔާ ފޮނިފޮނި ނަޝީދު އިވޭނެ މަހެފިލްގައި
                 ދެމުން  ލޯބީގެ ދާ، ލައްޛަތު  ދެނެއް  ނުމެވާނެޔޭ  ފިކުރާ

ަބަހުގެ ސަބަބުން އިންސާނިއްޔަތު ކުރިއެރުން

ކިޔާފައިވާ ޢަދަދު: 8890
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު އަލީ

ތިރީގައި އެވަނީ TED TALKS ގައި އިނގިރޭސި ޕްރޮފެސަރ މާކް ޕޭޖަލް ދެއްވި ދަރުސެއް އަޑު އަހާފައި އަޅުގަނޑު ޚުލާސާ ކޮށްލި ލިޔުމެކެވެ. www.tedtalks.com   ގައި މިފަދަ ވަރަށް ގިނަ ދަރުސްތައް ހިމެނެއެވެ. ތަފާތު ފަންނުގެ މީހުން ދެއްވާފައިވާ އެތައް ހާސް ދަރުސް (ލެކްޗަރ) ގެ ވީޑިޔޯ ވަރަށް ފަސޭހައިން އަޑުއަހައިލެވެއެވެ. ބޫޓުގެ ނާޑުވާ ގޮއްޖަހާނެ އެންމެ ފަހި ގޮތާއި، މޭސްތިރީންގެ ތަފާތު އީޖާދު ތަކާއި ޗަރުކޭސް ފަދަ ހުނަރުގެ އިތުރުން ސައިންޓިސްޓުންނާއި ފަންނުވެރިންގެ ވަރަށް އަގުހުރި ދަރުސްތަކެވެ.

ކަރުނަ ތިކި (1)

ކިޔާފައިވާ ޢަދަދު: 4468
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ

ޗެޕްޓަރ  1

“އެ ވަޑައިގަންނަވަނީ ޝާން!”   ހުދު ޔުނިފޯރމެއްގައި ހުރި ފަޅުވެރިޔަކު އާދިލާ ގާތު ބުންޏެވެ. އޭނާ އިޝާރާތް ކުރި ދިމާއަށް އާދިލާ ބަލައިލިއިރު ބާރަށް   އަންނަ ހައިސްޕީޑް ލޯންޗެއް ފެނެއެވެ. އެ ލޯންޗްގައި ވަރަށް ގިނަ އަދަދެއްގެ ރިޕޯރޓަރުންނާއި ފޮޓޯގްރާފަރުން ތިއްބެވެ. އެމީހުން ޝާން ފަކީރަށް ނޭވައެއްވެސް ލިޔަކަ ނުދެއެވެ. ” ޝާން މި މީހުނާއެކު ކެތްކުރަނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އަރާ.” އެމީހާ ބުންނެވެ.
  

މުޅި ދުނިޔޭގެ ކޮންމެ ގައުމަކުން ފޮތެއް ކިޔުން

ކިޔާފައިވާ ޢަދަދު: 8230
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޅި ދުނިޔޭގެ ކޮންމެ ގައުމަކުން ފޮތެއް ކިޔުން

ދިވެހިރާއްޖެއިން، “ދޮން ހިޔަލަ އާއި އަލިފުޅު”

ބައިނަލްއަޤުވާމީ އަދަބީ މުރާސިލް

އިނގިރޭސި ލިޔުންތެރިޔާ Ann Morgan އަމިއްލަ ފުޅަށް ކަނޑައެޅުއްވި އަޒުމަކީ އެއް އަހަރު ދުވަހުގެ ތެރޭގައި އދ ގެ މެންބަރު ކޮންމެ ގައުމަކުން ފޮތެއް ވިދާޅުވުމަށެވެ! އާދެ، 365  ދުވަހުގެ ތެރޭގައި މަދުވެގެން 196 ގައުމުގެ ލިޔުންތެރިންގެ ފޮތް ވިދާޅުވުމަށެވެ! ( އދ ގައި ހިމެނޭ 195 ގައުމާއި ޓައިވާން )

ހަ ރޯދަ: އެއް އަހަރު ދުވަހުގެ ރޯދަހިފުމުގެ ސަވާބު

ކިޔާފައިވާ ޢަދަދު: 7354
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޝަހުރު ރަމަޟާނުގައި ވާޖިބުވި ހުރިހާ ރޯދަ ހިފި ނިމުމުން
                    އަހުލުނަށް  ސުންނަތޭ ޝައްވާލުގައި ހަ ދުވަހުގެ ރޯދަ ހިފުން

ހަޔެއް ހަމަކޮށްލުމުން ފުރިހަމަ އަހަރު ދުވަހުގެ ސަވާބު ލިބުން-
                   ބަޔެއް ތިބެދާނެތޯ   ނޭދޭ،  (މިހާ ފުރިހަމަ  ސަވާބު ލިބުން)

އެކަން ބޭނުންކަމަށް ވަންޏާ އިތުރު ހަ ދުވަހުގެ ރޯދަ ހިފަން
                   ނިކަން  ސާބިތުކަމާ އެކުގައި  ފަށާށޭ  ޢީދު ވެސް  ނިމުމުން

އުޅޭ މާހައުލަށް ހަށިގަނޑު ހޭނުމާއި ތަނެއްގެ ސަގާފަތަށް ހޭނުން

ކިޔާފައިވާ ޢަދަދު: 8149
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ

ތިރީގައި އެވަނީ އިނގިރޭސި ނޫސް ސަންޑޭ އޮބްސާރވަރގައި Professor Mark Pagel ދެއްވި ބަސްދީ ގަތުމެއްގެ ތަރުޖަމާއެވެ. ޕްރޮފެސަރ ޕޭޖަލް އަކީ، އިނގިރޭސި ވިލާތުގެ University of Reading ގައި ދުނިޔޭގެ އެކި ކަންކޮޅުގައި، މީހުންގެ ސަގާފަތަށް އަންނަ ބަދަލު ދިރާސާ ކުރާ ގޮފީގެ އެންމެ އިސް ޕްރޮފެސަރެވެ. 115 ވަރަކަށް އަހަރު ވެފައިވާ މި ޔުނިވަރސިޓީ ހުންނަނީ އިނގިރޭސިވިލާތުގެ ރީޑިންގް ކިޔާ ސަހަރެއްގައި ކަމުގައިވާތީ ޔުނިވަރސިޓީއަށް އެސަހަރުގެ ނަމުން ނަންދެވިފައިވަނީއެވެ.

މިހާތަނަށް ތަޖުރިބާކުރެވުނު އެންމެ ބިރުގަތް ވައިގެ ދަތުރު

ކިޔާފައިވާ ޢަދަދު: 7644
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މި އޮގަސްޓް މަހު 6 ވަނަ ދުވަހުގެ ރޭ ރާއްޖޭން ބޭރަށް އަޅުގަނޑު ދަތުރެއް ކުރީމެވެ. ދަތުރު ހަމަޖެހިފައި އޮތް ގޮތުން ފުރަތަމަ ދާންޖެހެނީ ސިރީލަންކާއަށެވެ. ކަނޑައެޅިފައި އޮތް ގަޑިއަށް ވުރެ ސާޅީހަކަށް މިނިޓް ފަހުން މަތީންދާ ބޯޓް ބާރު ދުވެލީގައި ހުޅުލޭގައި އޮންނަ އ. ނ. އިންޓަރނޭޝަނަލް އެއަރޕޯޓުން ބޯޓް ނައްޓައިލައިފިއެވެ. ސްރީލަންކަންގެ ކުޑަ މަތީންދާ ބޯޓެކެވެ. ބޯޓަށް ނަންބަރުދީފައި އޮންނަ ގޮތުން އެ އުދުހުމުގެ ނަންބަރަކީ ޔޫއެލް 104 އެވެ.