ރޯދައިގެ އެންމެ މުހިއްމު ލަނޑުދަނޑި (1)

ކިޔާފައިވާ ޢަދަދު: 4855
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ރަޝީދު މޫސާ

ރޯދަ ފަރްޟުކުރެއްވުމާބެހޭގޮތުން ބާވައިލެއްވި އާޔަތުގައި މާތްﷲ ވަޙީކުރައްވަނީ “يَـٰأَيُّهَاٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ( البقرة : 183)  އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”
މި ބަސްފުޅުން އެގޭގޮތުގައި ރޯދަ ފަރްޟުކުރެއްވީ މުއުމިނުން ތަޤްވާވެރިކުރެއްވުމަށްޓަކައެވެ. ރޯދައަކީ އިންސާނާ ތަޤްވާވެރިކަމުގެ ދަރަޖައަށް ތައްޔާރުކުރުވާ އެއްޗެކެވެ. ތަޤްވާވެރިންގެ މަންޒިލަށް ރޯދަވެރިޔާ ގެންގޮސްދޭނެ އެއްޗެކެވެ. މާތްﷲ ވަޙީކުރައްވަނީ ރޯދަ ފަރްޟުކުރެއްވީ لَعَلَّكُمْ تَتَّقُون ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ. އެބަހީ އެކަމުގެ ސަބަބުން ތަޤްވާވެރިކަން ޙާޞިލު ކުރެވޭތޯއެވެ.

ކުރީގެ ފާދިރީ އާއި އާއިލާ އިސްލާންވުން(2)

ކިޔާފައިވާ ޢަދަދު: 7689
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުކޮށްލުމުގެ ގޮތުން އެޑިޓްކޮށް ތަރުޖަމާކުރުން: އަޙްމަދް ސަމީރު ޢަލީ
މި އެކަނިވެރި މީހާ އަށް ‘ދީނަށް ގޮވާލަން’ ގަސްތުކޮށް ކުޑަކޮށްރަހުމަތްތެރިވެލައި ވާހަކަ ދެއްކޭތޯ ބަލަން ފަށައިފީމެވެ. އިންޖީލުން ތަފާތު  ވާހަކަތައް ކިޔައިދީ މިހެން އުޅުމުގެ ތެރޭގައި އޭނާ ވަރަށް ދެރަވެ ކުރިން ދެއްކި ހަރުކަށިކަމަށް މާފަށް އެދި،ކެތޮލިކް މަޒްހަބުގެ މީހުން ފާފަ ފުއްސެވުމަށް އެދި، ކުރެވުނު ފާފަތަކަށް އިއުތިރާފުވާ ބީދައިން ބައެއްވާހަކަތައް އަހަންނަށް ކިޔައިދޭން އުޅުމުން، އަހަންނަކީ ކެތޮލިކް ފާދިރީއެއް ނޫނޭ ބުނެފީމެވެ. އޭނާ އަށް އެނގޭ ކަމަށާއި ހަގީގަތުގައި އޭނާ އަކީ ކެތޮލިކް ފާދިރީއެއްކަމަށް ބުންޏެވެ!

ރޯދަ ހަދިޔާ – (ހަލީސާ – 29)

ކިޔާފައިވާ ޢަދަދު: 4097
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ބުއްދިއަކީ ފާޑެއްގެ އެއްޗެއް

ޖިމް އާއި މޭރީއަކީ މޮޔައިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ދެމީހުންނެވެ. އެއްދުވަހަކު މި ދެމީހުން ހޮސްޕިޓާ ތެރޭގައި އޮތް ހުސް ބިމުގައި ހިނގާލަން ނިކުތެވެ. އަދި އެތަނުގައި އޮތް ސްވިމިންގ ޕޫލަކާ އަރާ ހަމަވުމާއެކު ކުއްލިއަކަށް ޖިމް އެ ޕޫލަށް ފުންމާލައިފިއެވެ. މޭރީ މިތަން ބަލަން ނުހުރެ ޖިމްގެ ފުރާނަ ސަލާމަތް ކުރަން އޭނާގެ ފަހަތުން ފުންމާލިއެވެ. އަދި ޖިމް އެއްގަމަށް އެރުވިއެވެ.

ތައުބާވަމާ ހިނގާ!

ކިޔާފައިވާ ޢަދަދު: 6219
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ފާފައިންވެވޭ،  ތައުބާ ވަމާ ހިނގާ
            ހޯދަން އަމާން އެކީ އެކުގައި ދުނިޔޭގެ ލާބަޔާ!
               + + + + + + +

ދޮރުތައްވަނީ މި ތާނގައި އެދޭހާ  ހުޅުވާލެވޭނޭ  ތެދޭ
                  ޢަޒުމާއެކީ ދަމާ  ތައުބާވަމާ ހިނގާ!

ރޯދައާއި ދުޢާ

ކިޔާފައިވާ ޢަދަދު: 5180
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ރަމަޟާންމަހުގައި ރޯދަހިފުން ފަރްޟުކުރެއްވިކަން އަންގަވައި ބާވައިލެއްވި އާޔަތާމެދު ވިސްނައިލަމާތޯއެވެ. މާތްﷲ މި އާޔަތުގައި ރޯދަހިފުން ފަރްޟުކުރައްވާފައި މި ވަނީ މުއުމިނުންގެ މައްޗަށެވެ. އާދެ!މާތްﷲ ވަޙީކުރައްވަނީ “يَـٰأَيُّهَاٱلَّذِينَ ءَامَنُوا كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾

ކުރީގެ ފާދިރީ އާއި އާއިލާ އިސްލާންވުން

ކިޔާފައިވާ ޢަދަދު: 7892
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުކޮށްލުމުގެ ގޮތުން އެޑިޓްކޮށް ތަރުޖަމާކުރީ: އަޙްމަދް ސަމީރު ޢަލީ
އަހަރެން، ޔޫސުފް އެސްޓީސް އިސްލާންވާން ދިމާވި ސަބަބު ވަރަށް ގިނަ މީހުން އަހައެވެ. މިގޮތުން ނަސޯރާ ދީނުގެ މީހަކު ނުހަނު ހިތްހެޔޮ ކަމާއި އެކު ފޮނުވި އީމެއިލަކަށް އަހަރެން ދިން ޖަވާބު ތިރީގައި އެވަނީއެވެ.
“އަހަންނަކީ ޔޫސުފް އެސްޓީސް އެވެ. މިހާރު ކުރާ މަސައްކަތަކީ އިސްލާމީ އިލްމުވެރިއެއް/ އިމާމެއްގެ ހައިސިއްޔަތުން މުޅި އެމެރިކާގައި ދަތުރުކޮށް އެހެން ދީން ދީނުގެ މީހުންނަށް އިސްލާންދީން އޮޅުން ފިލުވައިދިނުމެވެ.

ކުލީސިފައިންގެމީހާ

ކިޔާފައިވާ ޢަދަދު: 7612
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ކުލީސިފައިންގެމީހާ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އެ ތަނުން އަހަރެންގެ ސައިލެންސަރު ޖަހާފައި އޮތް ފިސްތޯލަ ނަގާން ހޭދަ ވެގެން ދިޔައީ އެންމެ ވިހި ސިކުންތެވެ. އެއީ އެއްވެސް މީހަކަށް ނޭނގޭ ސިއްރު ތަނެކެވެ. އަހަރެންގެ އަތަކު އެ ފިސްތޯލައިގެ ލައިސަންސެއް ނެތެވެ. އެކަމަކު ފިސްތޯލަ އަކީ އަހަރެންގެ ވިޔަފާރީގެ ވަރަށް މުހިއްމު ބައެކެވެ. އަހަރެން ބޭރު ދޮރުގެ ތަންޑު ނައްޓައިލީމެވެ. އެއަށް ފަހު އަހަރެންގެ ނިދާ ކޮޓަރިއަށް އައިސް ބޭރުގެ ދޮރު އަހަރެންނަށް ރަނގަޅަށް ފެންނާނޭ ތަނެއްގައި ހުރެއްޖައީމެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 28)

ކިޔާފައިވާ ޢަދަދު: 4223
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

ވާރޭވެހުނެއްކަމަކު ގަސްތަކަށް ފެން ދޭންޖެހޭނެ

ޞާޙިބު މީހާ އޭނާ ގެންގުޅޭ ނޯކަރާ ދިމާއަށް ބުންޏެވެ. “ދޭ އަވަހަށް ގޮސް ގަސްތަކަށް ފެންދީ”

ނޯކަރު: “ބައްލަވާ ސާހިބާ މިހާރު އެއޮތްގެން ވާރޭ ވެހޭނީ”

ހުސްއަތާހޭ… ދާނީ ކަލާ!؟

ކިޔާފައިވާ ޢަދަދު: 2791
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ އަސްޢަދު، ހއ. އުތީމު
ހުސް ވަގުތު ދުނިޔޭގެ  ދެ ކޮޅަށް  ހޫރިލާ،
       ހުސް ނުކޮށް  ފައިސާ  ލިބޭތޯ   ފާރަލާ،
             އުސްބިނާތައް އުސްކުރަން ހުރެ   ބަލަބަލާ،
                    ހުސް  އަތާހޭ؟ ދުނިޔެ އިން   ދާނީ ކަލާ؟

ސުންނަތެއް ފަރުޟެއް އަދާވެސް ނުވެވިފައި،
       މުންކަރާތަށް އަރައަރައި ވެސް  ގަނެވިފައި،
              ދުންޔަވީ  އުފަލާއި  މަޖަލަށް  ގެއްލިފައި،
                     ހުސް  އަތާހޭ؟ ދުނިޔެއިން  ދާނީ  ކަލާ؟