ހުސްއަތާހޭ… ދާނީ ކަލާ!؟

ކިޔާފައިވާ ޢަދަދު: 2794
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ އަސްޢަދު، ހއ. އުތީމު
ހުސް ވަގުތު ދުނިޔޭގެ  ދެ ކޮޅަށް  ހޫރިލާ،
       ހުސް ނުކޮށް  ފައިސާ  ލިބޭތޯ   ފާރަލާ،
             އުސްބިނާތައް އުސްކުރަން ހުރެ   ބަލަބަލާ،
                    ހުސް  އަތާހޭ؟ ދުނިޔެ އިން   ދާނީ ކަލާ؟

ސުންނަތެއް ފަރުޟެއް އަދާވެސް ނުވެވިފައި،
       މުންކަރާތަށް އަރައަރައި ވެސް  ގަނެވިފައި،
              ދުންޔަވީ  އުފަލާއި  މަޖަލަށް  ގެއްލިފައި،
                     ހުސް  އަތާހޭ؟ ދުނިޔެއިން  ދާނީ  ކަލާ؟

ބޮޑީގާޑު

ކިޔާފައިވާ ޢަދަދު: 7444
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުވާހަކަ

ބޮޑީގާޑު

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

މި ވާހަކަ ރޭ ޝާއިޢު ކުރެވުނީ ރަނގަޅަކަށް ނޫނެވެ. ރޭ ޝާއިޢު ކުރެވުނީ ވާހަކަ ނިމޭ ތަންކޮޅު އެކަންޏެވެ. އެހެންވީމާ މިރޭ މުޅި ވާހަކަ ޝާއިޢު ކުރީއެވެ. ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެމުންނެވެ.
ޑޭވިޑް ހުރީ ބިރުން އަވަދިވާ ވަރު ވެފަ އެވެ. އޭނާގެ މުޅި ހަށިގަނޑު ތުރު ތުރު އަޅަ އެވެ. މޫނު ހުރީ ހުދު ވެފަ އެވެ. މިއަދަކީ އެ ދުވަހެއްގެ ހަނދާން އޭނާ އަށް ކުރެވުނީމާ ގައިން ހީބިހި ނަގައިގެން ދާ ދުވަހެކެވެ. އޭނާ ވަތްގަނޑުން ފިސްތޯލަ ނަގައި، ހަ އުންޑަ ލެއްވުމަށް ފަހު ފިސްތޯލަ ޖީބަށް ލައިފި އެވެ. އެއަށް ފަހު ހުރިހައި ކުޑަ ދޮރެއް ރަނގަޅަށް ލައްޕައި، ތަންޑު އެޅުވުމަށް ފަހު، މައި ދޮރުވެސް ތަޅުލައިފި އެވެ.

ގިނަގުނަ ސަވާބުތަކާއި ދަރުމައިގެ މަސް(2)

ކިޔާފައިވާ ޢަދަދު: 4595
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ރަޝީދު މޫސާ

ރަމަޟާންމަހަކީ ހެވާއި ދަރުމައިގެ މައްސަރެވެ. ކުރާއަޅުކަންތަކުގެ ސަވާބު އެކަކުން ހާހަކަށް އިތުރުވެގެންދާ މައްސަރެވެ.
ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ކީރިތި ޤުރްއާނުގެ ކޮންމެ އަކުރަކަށް ދިހަ ސަވާބުލިބިގެންވެއެވެ. އެހެންކަމުން ރަމަޟާން މަހުގައި އެއިން ކޮންމެ އަކުރަކަށް އެއްހާސް ސަވާބު ލިބިގެންވެއެވެ. މި ސަވާބު މިއަށް ވުރެ ބޮޑަށް ރަމަޟާންމަހުގެ ހުކުރުދުވަސްތަކުގައި އިތުރުވެގެންދާނެއެވެ. އަދި މި ސަވާބު ލައިލަތުލްޤަދްރި ވިލޭރޭގައި އެތައްއެތައް ހާހަކަށް އިތުރުވެގެންދާނެއެވެ.

ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް

ކިޔާފައިވާ ޢަދަދު: 2618
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަހްމަދް ސަމީރު ޢަލީ
ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް އަކީ ދިވެހީންނަށް މިހާރު އާ މޫނެއް ނޫނެވެ. ދެ ފަހަރަކު ރާއްޖެއަށް ވަޑައިގެން ވަރަށް އަގުހުރި ދަރުސްތަކެއް ދެއްވާފައިވުމާއި ޕީސް ޓީވީންވެސް އެމަނިކުފާނުގެ ދަރުސްތައް ކެނޑިނޭޅި އިވެމުންދާތީއެވެ.
މި މުރާލި އިސްލާމީ ދާޢީ އަކީ ޖެމެއިކާގެ ވެރިރަށް ކިންގްސްޓަން އަށް އުފަން ބޭކަލެކެވެ. ނަމަވެސް ބޮޑުފުޅުވެ ޒުވާންދުވަސްވަރު ހޭދަ ކުރައްވައި، އިސްލާންވެ ވަޑައިގަތީ1972 ގައި ކެނެޑާގައެވެ. މުޅި އުމުރު ހޭދަ ކުރައްވަމުން ގެންދަވަނީ ” ހަރުދަނާ އިސްލާމީ ތައުލީމުން އިސްލާމީ އުންމަތް ބަދަލުކުރުން ” މި މަތިވެރި ޝިއާރުގެ ދަށުން އެކި އެކި ޔުނިވަރސިޓީ ތަކުގައްޔާއި ތަފާތު ޖަމާއަތް ތަކަށް ދަރުސްތައް ދެއްވަމުންނެވެ.

ليلة القدر ލިބޭތޯ؟

ކިޔާފައިވާ ޢަދަދު: 6042
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
حسن شاكر محمد
އޮނަހިރި ދުވަސްތައް ފަހުދިހައިން ހޯދާ  عملހެޔޮ ގިނަކުރޭ!
                 ގުނަމުން މިދާ  ރޭތައް ވަކިން ބޭނުން  ކުރަން ހިތްވަރުކުރޭ!
އެއްހާސް މަހަށްވުރެ ހެޔޮވެދާ ގިނަގުނަ ثوابގެوقتގައި
                 އެއްހިތްވެ  إخلاصތެރިކަމާ  އެކުގައި  دعاء ހެޔޮ ގިނަކުރޭ!

ގިނަގުނަ ސަވާބުތަކާއި ދަރުމައިގެ މަސް

ކިޔާފައިވާ ޢަދަދު: 4502
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ރަމަޟާންމަހަކީ ހެވާއި ދަރުމައިގެ މައްސަރެވެ. ކުރާއަޅުކަންތަކުގެ ސަވާބު އެކަކުން ހާހަކަށް އިތުރުވެގެންދާ މައްސަރެވެ.
ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި ކީރިތިޤުރްއާނުގެ ކޮންމެ އަކުރަކަށް ދިހަ ސަވާބުލިބިގެންވެއެވެ.އެހެންކަމުން ރަމަޟާންމަހުގައި އެއިން ކޮންމެ އަކުރަކަށް އެއްހާސް ސަވާބު ލިބިގެންވެއެވެ. މި ސަވާބު މިއަށް ވުރެ ބޮޑަށް ރަމަޟާންމަހުގެ ހުކުރުދުވަސްތަކުގައި އިތުރުވެގެންދާނެއެވެ. އަދި މި ސަވާބު ލައިލަތުލްޤަދްރި ވިލޭރޭގައި އެތައްއެތައް ހާހަކަށް އިތުރުވެގެންދާނެއެވެ.

އިނގިރޭސި ޝާހީ ޚާންދާނުގެ ލޯޑް ހެޑްލީ އިސްލާންވެ ވަޑައިގަތުން

ކިޔާފައިވާ ޢަދަދު: 7622
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ލޯޑް ހެޑްލީ (Rt. Hon. Sir Rowland George Allanson) ގެ ވާހަކައަކީ، މި ދުނިޔޭގެ އިއްޒަތާއި ތައުލީމާއި ތަނަވަސްކަމުން އެކަހެރިވެ، ފުން ވިސްނުމަކުން ގިނަދުވަހު ވަކިފަރާތަކަށް ބުރަނުވެ ވިސްނައި އެކަށަ އެޅުއްވި ނިންމުމެއްގެ ސަބަބުން ވަށައިގެން ތިބެ އެންމެންގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވެ އެކަންކަމަށް ކެތްކުރެއްވި ފަހުލަވާނެއްގެ ވާހަކައެވެ. އޭނާގެ ކާބަފައިންގެ ދީނަށް ފުރަގަސް ދެއްވައި ކީރިތި ޤުރްއާނުގެ ނޫރުގެ އަލިކަމަށް ނިކުމެވަޑައިގެން ދުވަސްވަރަކީ އިނގިރޭސީންގެ އެންމެ ބާރުގަދަ ދުވަސްވަރެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 26)

ކިޔާފައިވާ ޢަދަދު: 4084
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

މިއީ ކާކުގެ ކުއްޖެއްތޯ ނަމަނަމަ އަނބިމީހާ ގާތު ނާހާތި؟

ދެމަފިރިއެއްގެ ތިބި 12 ކުދިންގެ ތެރެއިން އެއް ކުއްޖަކު އަނެއް 11 ކުދިންނާ ވަރަށް ތަފާތެވެ. މިކަމާ ފިރިމީހާ ހުންނަނީ ވަރަށް ފިކުރުބޮޑުވެފައެވެ. އެ ކުއްޖާ އެހާ ތަފާތީ ކީއްވެގެންތޯ އަންހެނުން ގާތު އަހައިލާކަށްވެސް  ނުކުރޭނެތާއެވެ. މިހެން އުޅެމުންދަނިކޮށް އަނބިމީހާ ވަރަށް ބޮޑަށް ބަލިވެ ބަލިއެނދުގައި އޮށޯންނަން ޖެހިއްޖެއެވެ. އަދި އޭނާ ދިރިހުންނާނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަން ޔަގީންވާ ހިސާބަށް ދިއުމުން ފިރިމީހާ އެއްކަލަ ތަފާތު ކުއްޖާއަށް އިޝާރާތްކޮށް އޭނާ ގާތު އަހާލިއެވެ.

ރަމަޟާން މަހެއް ނިމެނީ

ކިޔާފައިވާ ޢަދަދު: 3124
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
    
ރޯނުގޭ ޙަސަން މަނިކު
އިތުރު މާތް ވި ރަމަޟާން މަހެއް ނިމި ދަނީއޭ           
              މިތުރުނާ  ސަލާމް ކޮށް މުޅިން   ވަކި ވަނީއޭ
ލިބުނު މިންވަރުން ހެޔޮ އެ ފޯރުވި އަނެކުނަށް
              ލިބުނު ރަނުގެ  ފުރުސަތު މުޅިން  ނިމިދަނީއޭ
ކިތައް ވަޢުޡު ބާއޭ، އެހީ ހިތުގެ ޢުމުޤުން
              އެތައް ޢިބުރަތެއް ދިން އެ މަސް  ނިިމި ދަނީއޭ