މަތިވެރި ކާމިޔާބީތަކުގެ މަސް

ކިޔާފައިވާ ޢަދަދު: 5641
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރަމަޟާން މަސް

މަތިވެރި ކާމިޔާބީތަކުގެ މަސް

އިބްރާހީމް ރަޝީދު މޫސާ

އިސްލާމީ  ތާރީޚުގައި ރަމަޟާންމަހަކީ ކާމިޔާބުތަކުން ފުރިގެންވާ މަހެކެވެ. ކީރިތިރަސޫލާގެ ޒަމާނުން ފެށިގެން އަދި އަދާ ޖެހެންދެންވެސް މެއެވެ.މިތާނގައި ފާހަގަކޮށް މިލަނީ ރަމަޟާންމަހުގައި މުސްލިމުންނަށް ލިބިފައިވާ ބައެއް ކަމިޔާބީތަކެވެ.

1-ބަދްރުހަނގުރާމަ: ހިޖްރައިން 2 ވަނަ އަހަރުގެރަމަޟާންމަހުގައިހިނގާފައިވާ ހަނގުރާމައަކީ ޙައްޤާ ބާޠިލު ވަކިވެގެންދިޔަ މުހިއްމު ހަނގުރާމައެވެ. يوم الفرقانގެ ނަން ލިބިގެންވާ ބަދްރުހަނގުރާމަ ހިނގީ އެއަހަރުގެ ރަމަޟާންމަހުގެ 17 ވަނަ ދުވަހުއެވެ. މުސްލިމުންގެ ޢަދަދު މަދުކަމާއި އެމީހުންގެ އަތުގައިހުރި ހަތިޔާރުގެ ބަލިކަށިކަމާ އެކުގައިވެސް ނަޞްރު ލިބުނީ  މުސްލިމުންނަށެވެ. އެމީހުންގެ އީމާންކަމުގެ  ސަބަބުންނެވެ. އެމީހުންގެ އިޚްލާޞްތެރިކަމާއި ވެރިޔާއަށް ކިޔަމަންގަތުމުގެ ބޮޑުކަމުންނެވެ. އެމީހުންގެ ހިތްވަރުގަދަކަމާއި ސާބިތުކަމުގެ ސަބަބުންނެވެ.

ރޯދަމަހުގެ ހަނދާންތައް

ކިޔާފައިވާ ޢަދަދު: 3274
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުޑައިރުގެ ހަނދާން (2)

ރޯދަމަހުގެ ހަނދާންތައް

އަޙުމަދު ޝިޔާމް
މުލަރޯދަ ދުވަހަށް އިރުއަރައިގެން އައިސް ފޫކޮޅަށް  ހޫނުވާ ފަހުން ގޭގޭގައި ހޭލަމޭލަވެ އުޅޭއަޑު އިވެން ފަށައެވެ. އެހެންމަސްމަހާ ޚިލާފަށް ރޯދަމަހު މީހުން ހޭލަނީ ލަހުންނެވެ.
ގޭގޭގައި ތިބޭ އެންމެ ކުޑަކުދިންވެސް އެދުވަހު ރޯދައަށް ތިބެއެވެ. ބައެއްކުދިންނަށް ހާރުކާން ގޮވާ ހޭނުލެވިގެން ރޯދައަށް ނުތިބެވޭ ކުދިން މަންމައާއި މާމަކައިރީ އާދޭސްކޮށްގެން ރޯދައަށް ތިބޭލެއް މަދެއްނޫނެވެ. މެންދުރުވާއިރު ބައެއްކުދިން ކުޑަކަމުން ރޯދައަށް ނުހުރެވި ރޯދަވީއްލާފަހަރުވެސް އާދެއެވެ. ރޯދައަށް ނުތިބޭ ކުދިންނާ އެހެންކުދިން ދިމާކުރެއެވެ. އެގޮތުން ކިޔާލަވައެއް އޮވެއެވެ.

އައު އީޖާދު

ކިޔާފައިވާ ޢަދަދު: 7187
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

އައު އީޖާދު

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން އިނީ ޕާކުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ދެކޭ މީހަކަށް ހީވާނީ އަވީގައި ޖެހިލަން އިނީ ކަމުގައެވެ. ކައިރީގައި ހުންނަ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން މެންދުރު ކާށާއި އަރާމު ކޮށްލަން މި ޕާކަށް އައިސް އުޅެއެވެ. ބައެއް މީހުން އަވީގައި ޖެހިލައިގެން ނާރުތަކަށް ލިބިފައިވާ ލޮޑުކަން ފިލުވައިލަނީއެވެ. އަހަރެންވެސް މަސައްކަތް ކުރަމުން ދިޔައީ އެއިން ކަމެއް ކުރާ މީހެއްގެ ގޮތް ދެއްކޭތޯއެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 23)

ކިޔާފައިވާ ޢަދަދު: 4157
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

ކޮންމެ ހަފުތާއަކު މީހަކު މެރުމަށްވުރެ އެއް ފަހަރުން އެކަކު މަރާލުން ފަސޭހަވާނެތާއެވެ.

ދެމަފިރިންގެ ތެރެއިން އަނބިމީހާ އެހެން މީހަކާ ރައްޓެހިވެގެން އުޅޭކަން ފިރިމީހާއަށް އެނގިގެން އެކަމާ އައި ރުޅީގައި އެ އަންހެންމީހާގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ. މި ކަމާ ގުޅިގެން ފިރިމީހާ ޝަރީޢަތުގެ ކުރިމައްޗަށް ގެނެވިއްޖެއެވެ. ޤާޟީ ސުވާލުކުރިއެވެ. “ކަލޭ ފިރިހެން މީހާގެ ގަޔަށް ބަޑި ޖަހައި  މަރާލުމުގެ ބަދަލުގައި އަންހެން މީހާ މަރާލީ ކީއްވެގެން؟”

رمضان މަސް ހުސްވަނީ …

ކިޔާފައިވާ ޢަދަދު: 4846
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
عبدالرّشيد حسين
ފުއްސެވުން  ރުއްސެވުމަށް  ހުސްވެ ތިބެންވީ އެއްމަސް
        ގޮސް ނިމެން ކައިރިވަނީ بركات ތެރި رمضان މަސް

ހިތް ބުނޭ  އެކަނި  ވުމުން ކޮށްލަބަލާށޭ  މި سؤال
        ހިތްވަރެއް  ކުރެވުނުހޭ   އެދުނު ވަރާ  ގާތަށް ވެސް

އައި މިبركاتގެ ތެރެއިން  ލިބުނީ ކޮން  އެއްޗެއް
        ހައިބަނޑާ نية އެއް ގަނެގެން މިގޮތަށް ތިބި ނަމަވެސް

ރަމަޟާން މަސް އިޙްޔާކުރުމަށް ލުއި ޕްރޮގްރާމެއް (2)

ކިޔާފައިވާ ޢަދަދު: 4932
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ހެޔޮވިސްނުން ލިބިގެންވާ ކޮންމެމީހަކު ބަރަކާތްތެރި ރަމަޟާންމަހުގެ ބޭނުން  ހެޔޮގޮތުގައި ހިފުމަށް މަސައްކަތް ކުރާނެއެވެ. އެމަހުގެ ކޮންމެ ދުވަހަކީވެސް، އަދި ކީއްތޯއެވެ؟ އެމަހުގެ ކޮންމެ ވަގުތުކޮޅަކީވެސް ﷲގެ ޙަޟްރަތަށް  ކުއްތަންވުމަށްޓަކައި، ﷲގެ ރުއްސެވުމާއި ފުއްސެވުން  ހޯދުމަށްޓަކައި، މަސައްކަތްކުރަން ލިބިފައިވާ ރަނގަޅު ފުރްޞަތެކެވެ. ﷲއަށް ކިޔަމަންގަތުމާއި ތަފާތު އަޅުކަންތަކުން އެކަލާނގެ ވަޖްހުފުޅު އަދައިގެން ޢަމަލުތައް ގިނަކުރަންވީ ވަގުތުތަކެކެވެ.
 

އިސްލާންވީ މައިންބަފައިންނަށް އޯގާތެރިވުމަށް އިސްލާން ދީން ނަސޭހަތްތެރިވާ ވަރުންނެވެ.

ކިޔާފައިވާ ޢަދަދު: 8010
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“الدعوة ”  މަޖައްލާއިން. ކިޔައިދެއްވީ أم عبد الملك
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އެންމެ ފުރަތަމަ އިސްލާންދީނުގެ މައުލޫމާތުކޮޅެއް އަހަންނަށް އަޑުއިވުނީ، ޓީވީ ބަލަން އިންދައެވެ. އިވުނު އެއްޗަކުން، މަލާމާތުގެ ރާގަކަށް ހީލީމެވެ. އޭގެ އެއް އަހަރު ފަހުން އިސްލާމެއްގެ ގާތުން އިސްލާން ދީނާއި ބެހޭ މައުލޫމާތު އަމިއްލަ އަށް އިސްނަގައިގެން ހޯދީމެވެ! އެކަން ދިމާވީ އަހަރެން މަސައްކަތްކުރި ހޮސްޕިޓަލެއްގައެވެ.

އެންމެ ފަހު މީހާ (2)

ކިޔާފައިވާ ޢަދަދު: 7048
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

އެންމެ ފަހު މީހާ (2)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(29 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)

“އަޅުގަނޑު ބުނެފިން- އަވަހަށް ވަޑައިގަނޭ- މަނިކުފާނާ ބައްދަލު ކުރަން އޭނާ އެއްބަސްވީ ވަރަށް އުނދަގުލުން- އެއީ ޙައިރާން ވާ ކަހަލަ މީހެއް- އޭނާ ވާހަކަ ހުއްޓާލައިފައި ހިނިތުން ވެލި އެވެ. މިހާރުވެސް އަޅުގަނޑު ދަންނަވާނީ އޭނާޔާ ބައްދަލު ކުރެއްވުމަކީ ބޭކާރު ކަމެކޭ- އަގު ހެޔޮ ކުރާކަށް އޭނާ އެއް ގޮތަކަށްވެސް އެއްބަހެއް ނުވާނެ- އަދި ދަންނަވަންތޯ-؟ އޭނާ އަކީ ވަރަށް ހަރުކަށި މީހެއް- އެ ކަން ވިސްނަވައިގެން ވާހަކަފުޅު ދައްކަވާތި- މުސްކުޅި ވީމާ އެ ކަހަލަ ގޮތް ގޮތް ވެސް ވާނެ-“

ރޯދަ ހަދިޔާ – (ހަލީސާ – 22)

ކިޔާފައިވާ ޢަދަދު: 4099
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

އަހަރެންގެ ރިޕޯޓު ދައްކައިލީމާ މައިންބަފައިން ބިރުގަންނާނެ

އިމްތިޙާން ނިމި ދަރިވަރުންގެ ރިޕޯޓު ފޮތްތައް ލިބުމުން، ބައްޕައަކު އޭނާގެ ދަރިފުޅު ގާތު އޭނާގެ ރިޕޯޓު ބަލައިލުމަށް އެދުމުން އެކުއްޖާ ޖަވާބު ދިނެވެ. “ބައްޕާ، އަހަރެންގެ ރިޕޯޓު ފޮތް ވީ ކުލާސް ކުއްޖެއް ގެންގޮސްފައި. އޭނާ ބުނީ އޭނާގެ މަންމައާއި ބައްޕަ ބިރުގަންނަވާލާފައި އަހަރެންގެ ރިޕޯޓު ފޮތް ގެނެސްދޭނަމޯ.”

ހުރިހާ ހެޔޮ ކަމެއްގެ މައްސަރު

ކިޔާފައިވާ ޢަދަދު: 7269
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
شَهْرُ  رَمَضَانَ   الَّذِيَ   أُنزِلَ   فِيهِ  الْقُرْآن
           ވަހުމުތައް  ނެތިކޮށް   ސާބިތުކޮށްދޭހެން   ބުރުހާން

ކިލަނބުކަން ހިތުގައި އުފެދުނު ފިލުވައި ތާހިރުކޮށް
           މިލަތަކުން  ނަފުސުގެ  ޠާހިރުކޮށް   ގެންނެ “އަމާން”

ކުނިތަކުން  ނަފުސަށް ގެންނަ  ނުބައި  ހުރިހާ
           ދުނިޔެވީ  އެދުމުން  ދުރުހެލިކޮށް ވާފަދައިން ޤުރުބާން