ރޯދަ ހަދިޔާ – (ހަލީސާ – 21)

ކިޔާފައިވާ ޢަދަދު: 4242
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ޒަމާނީ ކުރެހުންތެރިކަން

ކުރެހުމުގެ މައުރަޒެއް ބަލައިލަން ގޮސް ހުރި މީހެކެވެ. މީނާއަކީ ކުރެހުމުގެ ފަންނާ ބެހޭގޮތުން މަޢުލޫމާތު އެއްކުރާ އެ ފަންނަށް  ޝައުގުވެރިވާ މީހަކަށްވާތީ ކޮންމެ ކުރެހުމެއްވެސް ވަރަށް ގާތުން ބަލައި އެއިން ކޮންމެ ކުރެހުންތެރިއެއްގެ ކުރެހުމުގެ ވައްޓަފާޅިއާއި ހުނަރުވެރިކަމާމެދު ވިސްނައެވެ. ކުރެހުންތައް ބަހައްޓާފައި ހުރި އެކި ހޯލުތަކުގެ ތެރޭގައި ހިނގަމުންގޮސް ޒާތަކަށް ކުރަހާފައި ހުރި ކުރެހުމެއް ފެނިގެން ހިތަށް އެރިއެވެ. “މިއީވެސް ކުރެހުމެއް ހެއްޔެވެ. ކުރެހުމުން ދައްކުވައިދެނީ ކޮން އެއްޗެއްކަމެއް އެނގެނީކީ ނޫނެވެ.” މިހެން ހިތަށް އަރާފައި ހުއްޓައި އެމައުރަޒު އިންތިޒާމުކުރި މީހުންގެ ތެރެއިން މީހަކާ ދިމާވެގެން އެކުރެހުން ދައްކާފައި މަލާމާތުގެ ރާގަކަށް ސުވާލުކޮށްލިއެވެ. “މިއީ ކަލޭމެން ތި ކިޔާ ޒަމާނީ ކުރެހުންތެރިކަމުގެ (މޮޑަރން އާޓް) ފަންނު ދައްކުވައިދޭ ކުރެހުމެއް ދޯ.”

ފަހުދުވަސް ފަހިކުރެވޭތޯ!

ކިޔާފައިވާ ޢަދަދު: 4355
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
ރޯދައިގެ ބަރަކާތާއި ދަރުމަ އަޅުކަންތަކުން ވަކިޚާއްޞަ ވޭ
          ހޯދައި ވަކިން ނުމެ އެނގުނަކަސް އެމަހުގެ ތެރޭ އެއްރޭ ވެޔޭ

އެއްހާސް މަހަށްވުރެ މާތް އެރޭ ތެދުވެރިކަމާއެކުގައި ވެވޭ
          ދެއްވާ އިޖާބަ ވެ ހެޔޮ ދުޢާ ފާގަތިވެ  ހެޔޮ މަގުގައި   ވެޔޭ

ލައިލަތުލްޤަދްރީގެ މަސް

ކިޔާފައިވާ ޢަދަދު: 5465
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ރަމަޟާންމަހުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ލައިލަތުލްޤަދްރި ނަމަކަށް ކިޔާ ބަރަކާތްތެރި، ޝަރަފުވެރި ރެއެއް އެމަހުގައި ލެއްވުން ހިމެނެއެވެ.
އެއީ މާތްﷲގެ ޙަޟްރަތުގައި ޤަދަރު މަތިވެރި ވެގެންވާ ރެއެކެވެ. އެރެއަށް މިނަން ދެއްވީ މާތްﷲ އެވެ.
އެ ރެއަށް ލައިލަތުލްޤަދްރި އޭ ކިޔުނީ ކީއްވެގެންތޯއެވެ. ދަންނަ ބޭކަލުން ވިދާޅުވަނީ އެ ރެއަށް “لَيْلَةُ الْقَدْر” އޭ ކިޔުނީ:

ދަރިކަލުންގެ ސުވާލު

ކިޔާފައިވާ ޢަދަދު: 8056
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދަރިކަލުންގެ ސުވާލު

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އަމީރުލް މުއުމިނީން عمر بن عبد العزيز (رضي الله عنه) އަކީ އަޅުގަނޑުމެން އަބަދުވެސް އަޑުއަހަމުން އަންނަފަދައިން، ވިސްނުންފުޅު ތޫނު، އިންސާފުވެރި އަދި އެހައިމެ އޯގާވެރި ޙާކިމެކެވެ. އެއްދުވަހަކު عمر بن عبد العزيز (رضي الله عنه) ގެ ފިރިހެން ބޭފުޅަކު ދެންނެވިއެވެ. ބައްޕާއެވެ! ބަައެއް ކަންތަކުގައި މާބޮޑަށް ބައްޕަ ރައްޔިތުންނަށް ދޫދެއްވަނީ ކީއްވެތޯއެވެ؟ މާތް ﷲ ގަންދީ ދަންނަވަމެވެ! އަޅުގަނޑު ނަމަ، ހައްގު މަގުގައި އެއްވެސް މީހަކު ދެކެ ބިރެއް ނުގަތީމުހެވެ!

މުޞީބާތުގެ މަންނަ

ކިޔާފައިވާ ޢަދަދު: 7814
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުވާހަކަ

މުޞީބާތުގެ މަންނަ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ރެކިސާ މަގު މައްޗަށް ނުހުއްޓުނު ނަމަ އެ ކަމެއް އެހެން ނުވީހެވެ. ޤަތުލު ފަދަ ބޮޑު ކުށެއް ހިނގާކަށް މެދުވެރިއެއް ނުވީހެވެ.
އޭނާއަށް އިސްޓޭޝަނަށް އާދެވުނު އިރު ރޭލު ފުރައިގެން ހިނގައްޖެ އެވެ. އޭރު ރޭލުގެ ދުވެލި ވަރަށް ބާރުވެސް ވެއްޖެއެވެ. އޭނާ އެއްވެސް ވިސްނުމަކާ ނުލައި ބޮކްސާ ހިފައިގެން ވަރަށް ބާރަށް ރޭލުގެ ފަހަތުން ދުއްވައިގެންފިއެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެ ރޭލަށް އަރަން އޭނާ ބޭނުން ވެއެވެ. ހަނީ ބޭ ކްލަބް ގައި އޮތް ތާސް ކުޅުމުގައި ބައިވެރި ވުމަކީ އޭނާ އަށް ވަރަށް މުހިއްމު ކަމަކަށް ވަނީ ވެފައެވެ. އޭނާގެ ނަސީބު ވަރަށް ރަނގަޅެވެ. ހާދިސާ އަކާ ކުރިމަތި ލާން ނުޖެހި ރޭލުގެ އެންމެ ފަހަތު ވަތްގަނޑަށް އެރިއްޖެއެވެ. އޭނާ ކުޑަ އިރު ކޮޅެއް ވާންދެން ވަތްގަނޑުގެ ދޮރުމަތީގައި މާ ނޭވާ ލާން ހުއްޓެވެ. އެއަށް ފަހު ދޮރު ލައްޕާލާފައި އެންމެ ކައިރީގައި ހުރި ގޮނޑިއަށް ވެއްޓިގެންފިއެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 20)

ކިޔާފައިވާ ޢަދަދު: 4127
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

ސުވިޗަށް ފިތާނީ ކާކު؟

ދިރިއުޅުމަށްޓަކައި އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް މަންމައާއި ބައްޕަ ދިނީމާ ކާލައިގެން، އެ ދެމީހުން ދިނީމާ އުނުއޮރިޔާން ނިވާކޮށްގެން ދިރިއުޅުން ވޭތުކުރަމުންދާ ޒުވާނެކެވެ. މިޒުވާނާގެ މައިންބަފައިންނަކީ ތަނަވަސް ބައެއް ނަމަވެސް އޭނާގެ ކަންތައްތައް ހުންނަ ގޮތުން ވަރަށް ކަންބޮޑުވެއެވެ. އޭނާއާ މެދު ނުވިސްނާ އެންމެ ދުވަހެއްވެސް ނުދެއެވެ. މިހެން ވިސްނުމުގެ ތެރޭގައި އޭނާގެ ބައްޕައަށް ވަރަށް މޮޅު ޚިޔާލެއް ކުރެވިއްޖެއެވެ. އަދި އެޚިޔާލު އެޒުވާނާއާ ހިއްސާކުރިއެވެ.

رحمن ވަންތަ إله ލައްވާނީ މުޅިންވެސް رحمةއޭ

ކިޔާފައިވާ ޢަދަދު: 6006
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
حسن شاكر محمد
ތެދުވެރި ވަފާތެރި مخلصންނަށް دينގައި  ހުރަހެއްނެތޭ
             އެދުމެއް އަމިއްލަނުވާ ކަތުންނަށް ހުރިنصيبނިމުން ނެތޭ

އެކުވެރިކަމާ   ލޮބުވެތިކަމާ   އެކުގައިއުޅޭހާ  މީސްތަކުން
             އެކުގައިވުމުށް  މަތިވެރި إلهى ވާގިފުޅު  އަބަދަށް ވެތޭ

ހާރު ނުކެއުން

ކިޔާފައިވާ ޢަދަދު: 4857
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ސުލޫކާ ނުގުޅޭ ކަންތައްތަކުގެ ތެރެއިން…

ހާރު ނުކެއުން

އިބްރާހީމު ރަޝީދު މޫސާ
   

ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި ވަރަށްމަތިވެރި މަހެކެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންވާ މަހެކެވެ. އެއީ ހެޔޮކަންތައްތަކުގެ މައްސަރުކަމަށް ވާތީއެވެ. އެއީ ރޫޙާނީ ނަފަޙާތުތަކުގެ މައްސަރުކަމުގައި ވާތީއެވެ.

ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއްކަމުގައި ވިޔަސް އެމަހުގައި ހިފިރޯދައިގެ އަސަރު މުޅިއަހަރަށް ދެމިގެންދާން ޖެހޭނެއެވެ. އެ މަދްރަސާއިން ލިބުނު ފިލާވަޅުތައް ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެމަހުގައި ލިބުނު ތަމްރީނުތަކުގެ ބޭނުން އަންނަ އަހަރުގެ އައުބުރާ ހަމަޔަށް ދަމަހައްޓަން ވާނެއެވެ.

ބަދަލު ހިފުންް

ކިޔާފައިވާ ޢަދަދު: 7408
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ބަދަލު ހިފުންް

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އިރު އޮއްސެނީއެވެ. ދޫނި ތައް އެ ސޮރުމެންގެ ހާލިތަކަށް އެނބުރި އަންނާން ފަށައިފިއެވެ. އަވަށުގެ ހަނި މަގުތައް އޮތީ ފަޅު ވެފައެވެ. މަގުމަތީން ފެންނަނީ ހަމައެކަނި އަޝްރަފެވެ. އޭނާ ބަރުހެލި ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ދަނީއެވެ. އޭނާ ލައިގެން ހުރީ ވަރަށް ބޮޑު ކޯޓެކެވެ. ބޮލުގައި ތޮތްޕެއް އޮތެވެ. ލޮލުގައި އޮތީ ކަޅު އަވި އައިނެކެވެ. ހަމަ ހިމޭން މަގު މަތީގައި އޭނާ ހިނގަމުން ދާއިރު ފިޔަވަޅުގެ އަޑުން ޢަޖާއިބެއް ފަދަ މިއުޒިކެއް އުފައްދައެވެ.

ތަޚައްލުސުގެ ވެރިޔަކީ ކާކުކަން އެނގުމުން ފޮތް ވިކުން ފަސް ލައްކަ ގުނައަށް!

ކިޔާފައިވާ ޢަދަދު: 8186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ބައިނަލް އަގުވާމީ އަދަބީ މުރާސިލް
ދާދި ފަހުން ބޭރުގެ ފޮތް ފިހާރަތަކުން ފެންނަންފެށި އެއް ފޮތަކީ The Cuckoo’s Callingމިނަމުގައި ނެރެވުނު ފޮތެކެވެ. މި ފޮތުގެ މުސައްނިފަކީ Robert Galbraith ކަމަށް ފޮތުގެ ބަނޑޭރިގަނޑުން ވަރަށް ބޮޑުއަކުރުން ލިޔެފައިވެއެވެ. މިފޮތް ކީ މީހުންނަށް މިއީ ވަރަށް ފެންވަރު މޮޅު އުސްލޫބަކުން ލިޔެފައިވާ ފޮތެއްކަން ހާމަވެއެވެ.  ތަޖުރިބާހުރި ކިޔުންތެރިންގެ ބައެއް މީހުންނަށް ގަބޫލުކުރަން ދަތި އެއްކަމަކީ އަލަށް ވާހަކަ ފޮތެއް ލިޔުނު މީހަކަށް ބަލާފައި މިސްޓަރ ގޯލްބްރެއިތް މާ ކުޅަދާނައީ ކަމުގައެވެ. ކުރިން ދުވަހަކުވެސް ހަމަ ފޮތެއް ނުލިޔޭ ބާއޭ، ނުވަތަ ނުލިޔެ މަޑުކުރީ ކީއްވެ ބާއޭވެސް ބައެއް މީހުން ހިތަށް އެރިކަމަށް މިހާރު އެބަބުނެއެވެ.  އަދި އެހެން ކިޔުންތެރިޔަކު ބުނީ މިސްޓަރ ގޯލްބްރެއިތަށް އަންހެނުންގެ ހެދުން ސިފަ ކުރުމުގައި ލިބިފައިވާ ހުނަރަކީ އާދައިގެ ކަމެއް ނޫން ކަމުގައެވެ.