ރޯދަ ހަދިޔާ – (ހަލީސާ – 19)

ކިޔާފައިވާ ޢަދަދު: 3937
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

މައިދައިތައަށް ފޮނުވި ސިޓީގެ ހަލުއި ޖަވާބު

އާދައިގެ ދިރިއުޅުމެއް ވޭތުކުރަމުންދާ ދެމަފިރިންނެވެ. ނަމަވެސް ދިރިއުޅުމުގެ ސާދާކަން ކޮންމެ ފަހަރަކުވެސް ގެއްލެންދިމާވަނީ ދެމީހުންކުރެ މީހެއްގެ މަންމަ އެ ދެމީހުން ގާތަށް ޗުއްޓީ ހޭދަކޮށްލަން ނުވަތަ އެނޫންވެސް ބޭނުމަކު އައިސް ހުންނަ ދުވަސްކޮޅުގައެވެ. އެހެންކަމުން މިފަހަރު ޗުއްޓީއާ ދިމާކޮށް ފިރިހެންމީހާ އޭނާގެ މައިދައިތައަށް ސިޓީއެއް ފޮނުވިއެވެ. ސިޓީ ފޮނުވިތާ ހަފްތާއެއް ފަހުން މައިދައިތަ ހުރީ  އެގޭގައެވެ. މިކަމާ ފިރިހެން މީހާ ޙައިރާންވެގެން އޭނާގެ އަންހެނުންނާ ސުވާލުކުރިއެވެ.

ލިޔުންތެރީންގެ ގުޅުމުގެ ރައީސަށާއި ހިންގާކޮމިޓީގެ މެންބަރަކަށް ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެންފި.

ކިޔާފައިވާ ޢަދަދު: 2791
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލް
ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން (ނޢޢވ) ލިޔުންތެރީންގެ ގުޅުމުގެ ރައީސް އަދި “ލިޔުންތެރިޔާ”ގެ އެޑިޓަރ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެންބަރު އަލްފާޟިލް ޢައްބާސް އިބްރާހީމަށް މި ރޭ (26 ޖުލައި 2013 ދުވަހުގެ ރޭ) ލިބިވަޑައިގެންފި އެވެ.

ރޯދަ މަޤުބޫލު ވޭތޯ ބަލަމާ!

ކިޔާފައިވާ ޢަދަދު: 3042
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު

ހިފާ  ރޯދަ  މަޤުބޫލު  ވޭތޯ  ބަލަން
                ދިފާޢުގެ ކަމަރު ބަނދެލަމާ ހޭ ނިކަން

ވަރަށް ހިތްވަރާއެކު މި އަޅުކަން މަތީ
                ވަރަށް  ވާނެ ކެތްތެރި ވެވޭތޯ ބަލަން

ވެވޭ ކަންކަމާ އޮންނަ ފާޙިޝް ނުބައި
                ޖެހޭނޭ މުޅިން ދުރު  ވެވޭތޯ  ބަލަން

ވަގުތު ބޭކާރު ނުކުރުން

ކިޔާފައިވާ ޢަދަދު: 4593
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ސުލޫކާ ނުގުޅޭ ކަންތައްތަކުގެ ތެރެއިން

ވަގުތު ބޭކާރު ނުކުރުން

އިބްރާހީމު ރަޝީދު މޫސާ

ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި ވަރަށްމަތިވެރި މަހެކެވެ. އިޙްތިރާމާއި ޤަދަރު ލިބިގެންވާ މަހެކެވެ. އެއީ ހެޔޮކަންތައްތަކުގެ މައްސަރުކަމަށް ވާތީއެވެ. އެއީ ރޫޙާނީ ނަފަޙާތުތަކުގެ މައްސަރުކަމުގައި ވާތީއެވެ.

ރަމަޟާންމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހެއްކަމުގައި ވިޔަސް އެމަހުގައި ހިފިރޯދައިގެ އަސަރު މުޅިއަހަރަށް ދެމިގެންދާން ޖެހޭނެއެވެ. އެ މަދްރަސާއިން ލިބުނު ފިލާވަޅުތައް ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ. އެމަހުގައި ލިބުނު ތަމްރީނުތަކުގެ ބޭނުން އަންނަ އަހަރުގެ އައުބުރާ ހަމަޔަށް ދަމަހައްޓަން ވާނެއެވެ.

ކޮންމެ މީހަކީ ވެސް ބަޠަލެއް

ކިޔާފައިވާ ޢަދަދު: 5348
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (8)

ކޮންމެ މީހަކީ ވެސް ބަޠަލެއް

ޢައްބާސް އިބްރާހީމް
އެއްދުވަހަކު ހިސާބު ޢިލްމުވެރިޔަކު ހިސާބު އަކުރުތަކުގެ ޖަލްސާއެއް ބާއްވަން ގަސްތުކޮށްގެން ސުމެއްވެސް ހިމެނޭގޮތުން ހުރިހާ އަކުރުތައް އޭނާގެ ކައިރިއަށް އައުމަށް ދަޢުވަތު ދީފިއެވެ. ސުމެއްނޫން އެހެންހުރިހާ އަކުރުތައް އަތުވެއްޖެއެވެ. ސުމެއް ނާންނާތީ އޭނާ ހޯދަން އެހެން އަކުރުތައް ނުކުމެއްޖެއެވެ. އެންމެފަހުން ސުމެއް ފެނުނީ ހޭޅީގައިހުރި ގަސްތަކެއްގެ ތެރޭގައި ފިލާއޮއްވައެވެ. އެކަކާއި ހަތަކާވެގެން ސުމެއްވެސް ހިސާބު ޢިލްމުވެރިޔާގެ ކުރިމައްޗަށް ގެނެސްފިއެވެ.
 
“ކަލޭ ފިލައި އޮތީ ކީއްވެތަ؟” އޭނާ ސުމަކާ ސުވާލުކުރިއެވެ.

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެ ނަމަ (ފަހު ބައި)

ކިޔާފައިވާ ޢަދަދު: 7609
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(25 ޖުލައި 2012 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
ދެވަނަ ދުވަހުގެ ރޭގަނޑު، އަޅުގަނޑު ދާހިތް އޮތީ އިސްޓޭޖްގައި ކުޅޭ ތަމްސީލެއް ނުވަތަ ސިނަމާއަކަށް ފިލްމެއް ބަލައިލާށެވެ. މިހާރުވެސް އަޅުގަނޑު އިސްޓޭޖުމަތީގައި ކުޅޭ ތަމްސީލުތައް ‘ބަލަން’ ދަމެވެ. ނަމަވެސް އަޅުގަނޑަކީ ބީރު، އަދި ލޯފަން މީހެއްކަމުން އަޅުގަނޑުގެ އެކުވެރިޔަކު އަޅުގަނޑުގެ އަތަށް ފިއްތައިގެން އަޅުގަނޑަށް ތަމްސީލު ކިޔައިދެނީއެވެ. މިހާރު އަޅުގަނޑު މި ލިޔަނީ އަޅުގަނޑަށް ހަމަލޮލަށް ތަންތަން ފެންނާނެ ނަމަ ކުރާނެ ކަންތަކެވެ. މިގޮތުން (އިނގިރޭސި އަދީބު ވިލިއަމް ޝޭކްސްޕިއަރގެ) ހެމްލެޓް ތަމްސީލު ހާދަހައި ދެކިލާހިތްވެއެވެ! އިސްޓޭޖް މަތީގައި ހެމްލެޓްގެ ބައި އެކުޅޭ މުމައްސިލެއް ހެމްލެޓްގެ ބައި ކުޅޭއިރު އިސްޓޭޖުގެ ކޮޅުކޮޅަށް ހަލުވިކަމާއެކު ހަރަކާތްތެރިވާ މަންޒަރު ފެނިއްޖެ ނަމަ އެއީ އަޅުގަނޑަށް ލިބޭނެ ކޮންފަދަ އުފަލެއްތޯއެވެ!

ފިލްމީ ތަރިި

ކިޔާފައިވާ ޢަދަދު: 7789
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ފިލްމީ ތަރިި

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ދިމްނާ އަށް ދެތިން ފިލްމެއްގައި މަސައްކަތް ކުރާނޭ ފުރުސަތު ލިބުމާ އެކު ތިމާ އަކީ ވަރަށް ރީތި މީހެކޭ ހީ ކުރެވޭން ފަށައިފިއެވެ. ހިތް އަރައިގެން އެ ދިޔަ ގޮތަށް ގޮސް މަޑު ކޮށްލީ ހަތް ވަނަ އުޑުގައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ގޮތް ދޫ ނުކުރުމާއި، ބޮޑާ ކަން ދިޔައީ އިތުރު ވަމުންނެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 18)

ކިޔާފައިވާ ޢަދަދު: 4234
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ދަތުގެ ޑޮކްޓަރު ދަތުގެ މުޢާއިނާ ކުރާނީ ބަލިމީހާގެ އަނގައިގެ ތެރެއަށް އެރިހުރެގެނެއް ނޫނެވެ.

މީހަކު ދަތެއްގައި ރިއްސާތީ ދަތުގެ ޑޮކްޓަރެއްގާތަށް ދިޔައެވެ. އަދި ބުންޏެވެ. “ޑޮކްޓަރ، އިއްޔެއިންސުރެން މިއުޅެނީ ދަތެއްގައި ވަރަށް ރިހޭތީ.” މިހެން ބުނުމުން އޭނާގެ ދަތުގައި ރިއްސަނީ ކީއްވެގެންތޯ ބެލުމަށްޓަކައި އޭނާގެ އަނގަތެރެ ބަލައިލަން ބޭނުންވެގެން އޭނާގެ އަނގަ ހުޅުވުމަށް ޑޮކްޓަރު އެދުނެވެ.

އޭތް! ރޯދަވެރިޔާއޭ

ކިޔާފައިވާ ޢަދަދު: 4427
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ވަރަށްބޮޑަށް ކަރު ހިއްކައިފިކަން އެނގިއްޖެ މިހާރު
              ވަރަށްބޮޑަށް ބަނޑުހައިވެއްޖެކަން އެނގިއްޖެ މިހާރު   

ނިކަން ބަލާށެ މިވީ  އިރުކޮޅަށް  ދުވާލުދަމުން
              ނިކަން ރުޅީގެ އަސަރު ގަދަވެގެން ދަނީއެ  މިހާރު

ދެތަލިވަނީ ހިކިފައި  ބަރުވެ ބޯ،  ހަކަތަ ނެތިފައި
              އެ ތަށިމަތީގެ ހަނދާން  ރޭގެ،   އާވަނީއެ މިހާރު

ކާބޯތަކެތި އިސްރާފުކުރުން

ކިޔާފައިވާ ޢަދަދު: 5316
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދައިގެ ސުލޫކާ ނުގުޅޭ ކަންތައްތަކުގެ ތެރެއިން..