ރޯދައަށް ތައްޔާރުވުން

ކިޔާފައިވާ ޢަދަދު: 2850
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ކުޑައިރުގެ ހަނދާންތައް(1)

ރޯދައަށް ތައްޔާރުވުން

އަޙްމަދު ޝިޔާމް
ކުޑައިރުގެ ހަނދާންތަކަކީ ފަސޭހައިން ފޮހެވޭނޭ ހަނދާންތަކެއް ނޫނެވެ. އަޅުގަނޑުގެ ޢުމުރުން 8 އަހަރުން ފެށިގެން ގޭތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އަވަދިނެތި އުޅުނީމެވެ. އޭރުގެ ދިރިއުޅުން ބައްޓަންވެފައި އޮތް ގޮތުން މިހާރުގެ ކުޑަކުދިން ކުރަން ނުޖެހޭ ކިތަންމެ މަސައްކަތެއް އޭރު އަޅުގަނޑުމެން ކުރަންޖެހެއެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 13)

ކިޔާފައިވާ ޢަދަދު: 4013
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ފާޠިމަތު ޒާރާ

ވާރޭވެހޭތޯ ދުޢާކޮށްކޮށް އިނުމަކީ އަޅެ ކުޑަކަމެއްތަ؟

ކަންނެތްކަމަށް ރަށުތެރެއިން އެންމެ ހޮވާލެވޭ މީހާގެ ގޭގައި ރޯވެ އަނދާ ހުލިވަނީއެވެ. އެކަމަކު މިމީހާ މަގުގެ އަނެއް ފަރާތުގައި ބިންމަތީގައި ހަމަޖެހިލައިގެން އިނީއެވެ. މިކަމާ ޙައިރާންވެގެން މީހަކު މީނާއާ ސުވާލުކުރިއެވެ. “ބަލަ އަލިފާން ނިއްވަން ނޫޅެ މަޑުމަޑުން ތިޔަ އިންނަނީ ކީއްވެގެންތަ؟” ގޭގެ ވެރިމީހާ ޖަވާބު ދިނެވެ. “އަޖައިބުވެދާނެއެއްނު! މަ މިއިނީ މަޑުމަޑުންތަ؟ މިއޮތްހުރިހާއިރު މަ މިއިންނަނީ ވާރޭވެހޭތޯ ދުޢާކޮށްކޮށް”

ނަމުގެ މާނަ

ފުރާވަރުގެ އަންހެން ކުއްޖެކެވެ. އެއްދުވަހަކު މި އަންހެން ކުއްޖާ އޭނާގެ މަންމަ ގާތު އެއްސެވެ. “މަންމާ، އަހަރެންގެ ނަމުގެ މާނައަކީ ކޮބާތަ؟”

މަންމަ ވަރަށް ގަޔާވެލާފައި ބުންޏެވެ. “ދަރިފުޅާ، ޢަރަބި ބަހުން ދަރިފުޅުގެ ނަމުގެ މާނައަކީ “ޑްރީމް” (ހުވަފެން)”
އެ ކުއްޖާ މޫނުކުނިކޮށްލާފައި ބުންޏެވެ. “ޑްރީމޭ؟! އެކަމަކު ދެން މަންމާ. ސައިކަލެއްގެ ނަމެއް ނޫނީ ނޭނގުނީތަ މަށަށް ކިޔަން؟”
————————–

މާތް رسولއާ އަށް سلام

ކިޔާފައިވާ ޢަދަދު: 6022
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
“رَحْمَةً للْعَالَمِيْن” ގެ  މާތް  ރަސޫލާއަށް   ސަލާމް
             ރަޙްމުވެތި  އޯގާވި  މަތިވެރިވީ  ނަބިއްޔާއަށް  ސަލާމް
        * * * * * * * * * * * *
ތެދުވެރިން ތެރެއިން  މިސާލެއް  ނެތް  أمين الأمةއަށް
             އެދުމުގައި މަތިވެރި ނިހާއީ އެދި ވަމޭ ގިނަގުނަ  ސަލާމް

ރަމަޟާން މަސް އިޙްޔާކުރުން … ޤުރްއާން ކިޔެވުން

ކިޔާފައިވާ ޢަދަދު: 5563
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ކީރިތިރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވަނީ ” مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (رواه مسلم والبيهقى والنسائى والترمذى والدارمى) މާތްﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުން ސަވާބަށް އެދި ރަމަޟާންމަސް ދިރުވިމީހާގެ އިސްވެދިޔަހާ ފާފަތަކާއި  ކުރިއަށް އޮތްހައި ފާފަތައް ފުއްސަވާދެއްވާނެތެވެ.”

މަޣުރިބު ނަމާދު ކުރާއިރު މިސްކިތު ކުޑަދޮރުން އިރު ފެނެއެވެ!

ކިޔާފައިވާ ޢަދަދު: 7615
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެނަން މި ދިވެހިރާއްޖޭގައި، އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު އެއްދުވަހުން އަނެއް ދުވަހަށް މާބޮޑު ތަފާތެއް ނެތި ވަރަށް ފަސޭހަ ކަމާއި އެކު ހަމަ ލޮލަށް ފެނެއެވެ. ޖޯގްރަފީގޮތުން ދުނިޔޭގެ ދެބައި ހަމަވާ ހިސާބުގައި ދިރިއުޅެވޭތީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އިސްލާން ދީން މެދުއިރުމަތިންފެށިގެން ފެތުރެމުން ދިޔައީވެސް އިރުމައްޗަށާއި  ހުޅަނގަށެވެ. ދާދި ފަހަކާއި ޖެހެންދެން،  މާ އުތުރަށާއި އެންމެ ދެކުނަށްވުރެ މެދު ތެރޭގައޭ ދެންނެވޭ ކަހަލަ ގޮތަކަށް މުސްލިމުން ދިރިއުޅެމުން އައިސްފައިވެއެވެ. ހޫނު މޫސުމުގައި ދުވާލެއްގެ ދިގުމިން 16 ގަޑިއިރަށް ދެމިގެން ދިޔަޔަސް މުސްލިމުން ހަމަ ރޯދަ ހިފަމުން ދިޔައީ ހަމަ އިރު އޮއްސެންދެންނެވެ.

ހުއްދަ (2)

ކިޔާފައިވާ ޢަދަދު: 7163
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ހުއްދަ (2)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

(19 ޖުލައި 2013 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ރޫޕް- އަހަރެންގެ މައްޗަށް، އަހަރެންގެ ލޯބީގެ މައްޗަށް އިތުބާރު އެބަ އޮތެއްނު ދޯ-؟ އަހަރެން ލޯބި ވަނީ ހަމައެކަނި ރޫޕް ދެކެ ކަމަށް ޤަބޫލު ކުރަމެއްނު-؟ މީގެ ކުރީގެ ހުރިހައި ގުޅުމަކާއި، ރަޙްމަތްތެރިކަމެއް ރޫޕަށްޓަކައި ދޫކޮށްލި ކަމަށް ޤަބޫލު ކުރަމެއްނު-؟ ޤަބޫލު ކުރަމެއްނު ދޯ-؟”
“ރަޙްމަތްތެރިންތަ-؟ ނޫނީ ލޯބިވެރިންތަ-؟” ރޫބީ އޭނާ ގިލިގިލި ކޮށްޓަން ފެށިއެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 12)

ކިޔާފައިވާ ޢަދަދު: 4054
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

މުއްސަނދިވީ ގޮތް

މީހަކު އޭނާގެ ރަޙުމަތްތެރިއާކުރެން އެއްސެވެ. “ކަލޭ ތިޔަހާ މުއްސަނދިވީ ކިހިނެއް؟”

ރަޙުމަތްތެރިޔާ ޖަވާބުދިނެވެ. “އަހަރެން މަސައްކަތްކުރީ މިލިއަނަރަކާއެކު. އަހަރެމެން ދެމީހުން މަސައްކަތްކުރީ ދެ ޕާޓްނަރުންގެ ގޮތުގައި. އަހަރެންގެ ކިބައިގައި ތަޖުރިބާހުރި އޭނާ އަތުގައި ފައިސާއާއި މުދާހުރި. މިހާރު އޭނާގެ ކިބައިގައި ތަޖުރިބާ ހުންނާނެ. އަހަރެންގެ އަތުގައި ފައިސާއާއި މުދާ.”

ރޯދައާއި ދުޅަހެޔޮކަން

ކިޔާފައިވާ ޢަދަދު: 4996
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ވަރަށްގިނަ ބޭކަލުން ވިދާޅުވާ ގޮތުގައި ރޯދަހިފުމަކީ ޞިއްޙީގޮތުންވެސް ވަރަށް ފައިދާހުރި ކަމެކެވެ. އިންސާނުން ރޯދަހިފާހެން ޖަނަވާރުންނާއި ދޫނި ސޫފާސޫފިވެސް ރޯދަހިފާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ރޯދަޔާ ބެހޭގޮތުން ދިރާސާކުރައްވާ މަޝްހޫރު ޢާލިމެއްކަމުގައިވާ ޑރ. ވެކް ވެޑޯން ވިދާޅުވާގޮތުގައި  ރޯދައަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އިންސާނާ ކައިބޮއިހަދާ އެއްޗެއްސާއި  ބޭސްތަކުގެ ސަބަބުން އޭނާ ގެ ހަށިގަނޑުގައި އުފެދޭ ދަގުއިތަކާއި ވިހަތައް ގިނަވެ ހަށިގަނޑު ބުރަހެލިވާތީއެވެ. މިކަމުގެ ސަބަބުން އޭނާ ކަންނަތްވެ އޭނާގެ މުރާލިކަން ކުޑަވާތީއެވެ. ރޯދަހިފުމުން މި ދަގުއިތައް ބޭރަށް ނުކުމެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑު އަލުން ތާޒާވެ މުރާލިވެ ހީވާގިވެއެވެ.
 

ބަރަކާތުގެ މައްސަރު

ކިޔާފައިވާ ޢަދަދު: 3213
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
ބަރަކަތާ ނިޢުމަތާ ލެއްވި މާތް މައްސަރޭ
     ޙުރުމަތާ ޢިއްޒަތާ ލިބުނު މާތް މައްސަރޭ
          ދަރުސު ތައް ޢިބުރަތާ ލިބުނު މާތް މައްސަރޭ
               ފަރުޟު ރޯދައިގެ  އަޅުކަން  ވިދާ މައްސަރޭ

ބަސް ތަކުން ނޭދެވޭ ދޫ ސަލާމަތް ވުމާ
     ހިއްޞު ތައް ހެޔޮ ރަނގަޅު ގޮތްމަތީ ދެމި ވުމާ
          ގަސްތުކޮށް ހެޔޮޮ ޢަމަަލުގައި ވެ ސާބިތުވުމާ
               އަސްލުތައް ރީތި  ދަސްވާ  މިއީ  މައްސަރޭ

ރިވެތި އަޚްލާގުގެ ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 3848
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
ކީރިތި ރަސޫލާގެ ނިބޫ ކާފަ ދެ ދަރިކަލުން، ތުއްޕުޅު އަލްޙަސަން އާއި އަލްހުސެއިން، މި ދެބެން އެއްދުވަހަކު ނަމާދަށް ވަޑައިގަތެވެ. އެ ދެބޭފުޅުންނަށްމެ ފާހަގަ ކުރެއްވުނީ މިސްކިތްދޮށުގައި ވުޟޫ ކުރަން ހުރި އުމުރުން ދޮށީ ފިރިހެނެކެވެ. ފަހަރުގައި އަލަށް އިސްލާންވި މީހަކަށް ވުންވެސް އެކަށީގެންވެއެވެ. އެ ދެބެންނަށްވެސް ފާހަގަ ކުރެއްވުނީ އޭނާ ވުޟޫ ކުރަނީ ނުބައިކޮން ކަމުގައެވެ!