ރޯދައާއި ދުޅަހެޔޮކަން

ކިޔާފައިވާ ޢަދަދު: 5019
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ވަރަށްގިނަ ބޭކަލުން ވިދާޅުވާ ގޮތުގައި ރޯދަހިފުމަކީ ޞިއްޙީގޮތުންވެސް ވަރަށް ފައިދާހުރި ކަމެކެވެ. އިންސާނުން ރޯދަހިފާހެން ޖަނަވާރުންނާއި ދޫނި ސޫފާސޫފިވެސް ރޯދަހިފާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ރޯދަޔާ ބެހޭގޮތުން ދިރާސާކުރައްވާ މަޝްހޫރު ޢާލިމެއްކަމުގައިވާ ޑރ. ވެކް ވެޑޯން ވިދާޅުވާގޮތުގައި  ރޯދައަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އިންސާނާ ކައިބޮއިހަދާ އެއްޗެއްސާއި  ބޭސްތަކުގެ ސަބަބުން އޭނާ ގެ ހަށިގަނޑުގައި އުފެދޭ ދަގުއިތަކާއި ވިހަތައް ގިނަވެ ހަށިގަނޑު ބުރަހެލިވާތީއެވެ. މިކަމުގެ ސަބަބުން އޭނާ ކަންނަތްވެ އޭނާގެ މުރާލިކަން ކުޑަވާތީއެވެ. ރޯދަހިފުމުން މި ދަގުއިތައް ބޭރަށް ނުކުމެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑު އަލުން ތާޒާވެ މުރާލިވެ ހީވާގިވެއެވެ.
 

ބަރަކާތުގެ މައްސަރު

ކިޔާފައިވާ ޢަދަދު: 3241
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
ބަރަކަތާ ނިޢުމަތާ ލެއްވި މާތް މައްސަރޭ
     ޙުރުމަތާ ޢިއްޒަތާ ލިބުނު މާތް މައްސަރޭ
          ދަރުސު ތައް ޢިބުރަތާ ލިބުނު މާތް މައްސަރޭ
               ފަރުޟު ރޯދައިގެ  އަޅުކަން  ވިދާ މައްސަރޭ

ބަސް ތަކުން ނޭދެވޭ ދޫ ސަލާމަތް ވުމާ
     ހިއްޞު ތައް ހެޔޮ ރަނގަޅު ގޮތްމަތީ ދެމި ވުމާ
          ގަސްތުކޮށް ހެޔޮޮ ޢަމަަލުގައި ވެ ސާބިތުވުމާ
               އަސްލުތައް ރީތި  ދަސްވާ  މިއީ  މައްސަރޭ

ރިވެތި އަޚްލާގުގެ ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 3874
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
ކީރިތި ރަސޫލާގެ ނިބޫ ކާފަ ދެ ދަރިކަލުން، ތުއްޕުޅު އަލްޙަސަން އާއި އަލްހުސެއިން، މި ދެބެން އެއްދުވަހަކު ނަމާދަށް ވަޑައިގަތެވެ. އެ ދެބޭފުޅުންނަށްމެ ފާހަގަ ކުރެއްވުނީ މިސްކިތްދޮށުގައި ވުޟޫ ކުރަން ހުރި އުމުރުން ދޮށީ ފިރިހެނެކެވެ. ފަހަރުގައި އަލަށް އިސްލާންވި މީހަކަށް ވުންވެސް އެކަށީގެންވެއެވެ. އެ ދެބެންނަށްވެސް ފާހަގަ ކުރެއްވުނީ އޭނާ ވުޟޫ ކުރަނީ ނުބައިކޮން ކަމުގައެވެ!

ހުއްދަ (1)

ކިޔާފައިވާ ޢަދަދު: 7283
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުވާހަކަ

ހުއްދަ (1)

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އެ ދެ ކުދިންގެ މެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރިކަމެކެވެ.
ދެ ކުދިންވެސް ޒުވާނެވެ. ހަށިގަނޑު ރަނގަޅެވެ. ވިސްނުން ތޫނެވެ. ދެ ކުދިންގެ ވިސްނުން ހުންނަނީ ދާދި އެއްކަހަލަ ގޮތަކަށެވެ. ދެ ކުދިން ވާހަކަ ދައްކަން އެކީގައި އެތައް ވަގުތެއް ހޭދަ ކުރެ އެވެ. ބަހުސު ކުރެއެވެ. ފަލްސަފާ ގެ ވާހަކަ ދައްކައެވެ. އެކަކު އަނެކަކާ ދިމާ އަށް ކަލޭ މިހާރު ތިޔައީ ފަލްސަފާވެރިއެކޭ ވެސް ބުނެއެވެ. އެކަކު އަނެކެއްގެ ގައިގައި ޖަހަން ގޮށްމުށް ކަވައިގެން ފަހަތުން ދުވެ ހަދައެވެ.

ރޯދަ ހަދިޔާ – (ހަލީސާ – 11)

ކިޔާފައިވާ ޢަދަދު: 3990
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ނަޞޭޙަތުގެ ސިލްސިލާ

ބައްޕަ އޭނާގެ ޒުވާން ދަރިފުޅަށް ނަސޭހަތް ދެމުން ބުންޏެވެ. “ދަރިފުޅާ. ބައްޕަގެ ނަސޭހަތް އަހާ. ނަމަނަމަ ކައިވެނި ނުކުރާތި.”

“ފިކުރު ނުކުރޭ ބައްޕާ. ބައްޕަގެ ތިޔަ ނަސޭހަތް އަހަރެން ގަބޫލުކޮށް ބައްޕަ ބުނި ގޮތަށް ޢަމަލުކުރާނަން. އަދި ބައްޕަގެ ކާފަ ދަރިންނަށް ވެސް އަހަރެން ހަމަ ތިޔަ ނަސޭހަތް ދޭނަން.” ދަރިފުޅު ޖަވާބުގައި ބުންޏެވެ.

ފުއްސެވުން އެދި

ކިޔާފައިވާ ޢަދަދު: 3107
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ޢަބްދުއްރަޙްމާން – ހއ. އުތީމު

ތަދުވަނީ ކީއްވެ މެޔަށް ލަދުވެތިކަން ވާހިނދުގައި؟
                އަދު ހަނދާން އިއްޔެ ވެފައި، މާދަމައަށް ފިކުރު ހިނގާ

ގުޑުމަކުން ހިތުގެ އުޑުން އުފެދި ޛުނޫބީ އެވިލާ
                އުޑުމަތީ މުޅި  ފެތުރީ  ރޯޅި   ހަވާނަފްސު    ހިނގާ

ރޯދައިގެ ޙިކްމަތްތަކުގެ ތެރެއިން (2)

ކިޔާފައިވާ ޢަދަދު: 4988
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ރޯދަހިފުމަކީ ކެތްތެރިތެރިކަން ދަސްކޮށްދީ ކެތްތެރިވުމަށް ތަމްރީނުދޭ ކަމެކެވެ. މިހެންވެ ކީރިތި ރަސޫލާ ރޯދަމަހަށް (ނުވަތަ ރަމަޟާން މަހަށް) ކެތްތެރިކަމުގެ މަހޭ ވިދާޅުވިއެވެ.

ރަސޫލުﷲގެފާނު ޙަދީޘް ކުރައްވަނީ “صَوْمُ شَهْرِ الصَّبْرِ وثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ يُذْهِبْنَ وَحَرَ الصدر– رواه البزار والطبرانى-ކެތްތެރިކަމުގެ މަހުގައި ރޯދަ ހިފުމާއި އެހެން ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުމަކީ ހިތުގެ ވަސްވާސްތައް ފިލުވާލަދޭނެ ކަމެކެވެ. ނުވަތަ އެއީ އެހެންމީހުންނަށް ޙަސަދަވެރިވުމާއި ނުނިޔަތްލުމުން ދުރުހެލި ކުރުވާނެ ކަމެކެވެ.

ކެޕްޓަނާއި މޭޖަރު

ކިޔާފައިވާ ޢަދަދު: 5364
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (7)

ކެޕްޓަނާއި މޭޖަރު

ޢައްބާސް އިބްރާހީމް

ޒުވާން ކެޕްޓަނަކު އޭނާއަށް ހެދުނު ގޯހެއްގެ ސަބަބުން ވަޅެއްގެ ތެރެއަށް ވެއްޓުނެވެ. އޭނާގެ ދަށުގައި ތިބި ސިފައިން އަވަސް އަވަހަށް އެވަޅުގެ ތެރެއަށް ވަލެއްވައްޓާލައިގެން އޭނާ ސަލާމަތްކުރަން މަސައްކަތް ކުރިއެވެ. ކެޕްޓަން އެވަލުގައި ހިފައިގެން މައްޗަށް އަރަމުން އައިސް ވަޅުގެތުންފަތާ ހަމައަށް އާދެވުމާއެކު ހުރިހާ ސިފައިން ވަލުން އަތްދޫކޮށްލާފައި ކެޕްޓަނަށް ސެލިއުޓްދީފިއެވެ.

ގެއްލުނު ފައިސާތައް

ކިޔާފައިވާ ޢަދަދު: 8017
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
الإمام أبو حنيفة އަރިއަހަށް އެއްރެއަކު މީހަކު އައިސް،  ދެންނެވިކަމަށް ވެއެވެ. ދުވަސްތަކެއް ކުރިން ކޮންމެވެސް ތަނެއްގައި އޭނާ ފައިސާތަކެއްވަޅުލި ކަމުގައެވެ. ނަމަވެސް ގިނަދުވަސްވުމުން އެ ފައިސާތައް ވަޅުލެވުނު ތަނެއް މީނާ މިހާރު ހަނދާނެތިގެން އިމާމް އަބުޙަނީފާގެ ޚިޔާލުފުޅަކަށް އެދިވަޑައިގަތީ ކަމުގައެވެ.

ގެއަށް ވަގު ވަދެއްޖެ

ކިޔާފައިވާ ޢަދަދު: 8112
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުރުވާހަކަ

ގެއަށް ވަގު ވަދެއްޖެ

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މި ދިޔަ ފަންސަވީހަކަށް އަހަރުގެ ތެރޭގައި މިގެއަށް ވަގެއް ނުވަދެއެވެ. ރޭގަނޑަކީ ވަގުންނަށް އެ މީހުންގެ މަސައްކަތް ކުރަން ނުލާހިކު ފަސޭހަ ވަގުތަކަށް ވާއިރުވެސް މިގެއަށް ވަންނާނެ ވަގެއް ނުވެއެވެ. ބައެއް ގޭގެއަށް ދުވާލުވެސް ވަގު ވަދެއެވެ. އެކި މީހުންނަށް ދިމާ ވާނީވެސް އެކި ގޮތްތާއެވެ.
އެތައް އަހަރަކަށްފަހު ރޭ ވެގެން ދިޔައީ ވަރަށް ތާރީޚީ ރެއެކެވެ. މިގެއަށް ވަގުވަދެއްޖެއެވެ.