ގަނޑުފެން

ކިޔާފައިވާ ޢަދަދު: 7645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރު ވާހަކަ

ގަނޑުފެން

ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން މާލެއަށް މި އައީ ބަރާބަރު އަށް އަހަރު ފަހުންނެވެ. އެހާ ގިނަ ދުވަސް ވެފައި އާދެވުމުން ޝަމްސިއްޔާގެ ޚަބަރު ބަލައިލާނަމޭ ހިތާ އެގޭ ދޮށަށް ހިނގައްޖައީމެވެ. ޝަމްސިއްޔާ އަދި އޮފީހުން ނާންނާނެއޭ ހިތަށް އެރީ ދޮރުގެ ރަނގަބީލު ޖެހިފަހުންނެވެ.
މިހާރު ގޭގައި އުޅޭނީ ކާކު  ހެއްޔެވެ. މުނާ ހެއްޔެވެ؟ މަރިޔަމް ހެއްޔެވެ؟

ތިކިޖެހި ތާނައިގެ މުހިއްމުކަން

ކިޔާފައިވާ ޢަދަދު: 11225
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
       
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، “ލިޔުންތެރީންގެ ގުޅުން”
އަޅުގަނޑުމެންގެ ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. ތަފާތު އެތައް ގޮތަކުން ބަލާއިރުވެސް މެ އެވެ. ޚާއްޞަކޮށް އަޑުގެ ގޮތުން ބަލާއިރު މިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ދުނިޔޭގެ އެހެން ބަސްބަހުން އެ ބަސްބަހުގެ އަހުލުވެރީން ވާހަކަދައްކާ އަޑު އިވޭ އިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އެ މީހެއްގެ އަމިއްލަ މާދަރީ ބަސް ނޫން ބަހެއްގެ ލަފުޒުތައް ކިޔަން އުޅޭއިރު އެ ބަހެއްގެ އަހުލުވެރިން ބަސް ކިޔާ އަޑުން އެ މަޚްރަޖުން ނުކިއިގެން އުޅޭ ކަމެވެ.

ރޯދަ ހަދިޔާ – (ހަލީސާ -2)

ކިޔާފައިވާ ޢަދަދު: 4215
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

ވަގުކަލޭގެ އަށް ދެއްކި ބިރު

އަހަރެންގެ މެންދުރު ކެއުމަށް ބޭނުންވާ ކާއެއްޗެހި އަޅާފައި ހުރި ކަރުދާސް ކޮތަޅު އޮފީހުން ކޮންމެވެސް މީހަކު ވަގަށް ނެގުމުން އެކަމުގެ ޝަކުވާ އަހަރެންގެ އަންހެނުންގެ ގާތުގައި އަހަރެން ކުރުމުން، އަނެއް ދުވަހަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށް ދޭނެކަމަށް އަންހެނުން ބުންޏެވެ.

ރަމަޟާން މުބާރަކް!

ކިޔާފައިވާ ޢަދަދު: 4878
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ހަރުއަޑުން އުފަލުން އެތަންމިތަނުން މިއަދު ގޮވަމުން އައީ
               މަރްޙަބާއޭ…. މަރްޙަބާއޭ… ޝަހްރު  ރަމަޟާނޭ  އައީ

ހުޅުވަމުންލޯ ބެލިތަނާ ހުޅަނގަށްއެ އިރު އޮއްސުނު ތަނާ
               ހުޅެވިހަނދު  ފެނިލީތަނާ  ހެޔޮކަމުގެ   ރޯދަމަހޭ  އައީ

ރަމަޟާން މަހަށް ތައްޔާރުވުން

ކިޔާފައިވާ ޢަދަދު: 5066
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ރަމަޟާންމަހަކީ މުސްލިމުންގެ ހިތްތަކުގައި ވަރަށް ޚާއްޞަ މައްސަރެކެވެ. އެ މަސް އަންނާތީ ، ހިތްތައް ފަރިވެފޮޅޭ މަހެކެވެ.
ނަމަވެސް ޒަމާން ބަދަލުވަމުންދާއިރު  ރަމަޟާން މަހަށް މީހުން ތައްޔާރުވަމުންދާގޮތްވެސް ދަނީ ބަދަލުވަމުންނެވެ. ފަހަކަށް އައިސް ރަމަޟާންމަހަކީ ސޭލްތަކުގެ މަހެވެ. ކްރިސްމަސް ސޭލް ގޮތަށް ރަމަޟާން ސޭލް މިހާރު އަންނަނީ އިތުރުވަމުންނެވެ. ކާބޯތަކެއްޗާއި ގެވެހިކަންވާރުތައް ވިއްކާތަންތަން ރަމަޟާންމަހުގެ ފައިދާ ލިބިގަނެ ، މުދާތައް ގިނަކޮށް ، މީހުންނަށް އެ ތަކެތި ގަތުމަށް ގޮވައިލާތަން ފެނެއެވެ. ރަމަޟާންމަހަކީ ގޭތެރޭގެ އާބާތުރަފިލުވާ ފަރުނީޗަރު އައުކުރާ މަހަކަށް މިހާރުވަނީ ބަދަލުވެފައެވެ. މީރުކޮށް ކައިބޮއި ހެދުމާއި މަޖާކުރުމުގެ މަހަކަށް ވެސް ރަމަޟާން މަސް ދަނީ ބަދަލުވަމުންނެވެ.

ބައު ލިބާސް

ކިޔާފައިވާ ޢަދަދު: 7514
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
“ނުކެރޭނެ- އަޅުގަނޑު ލަދުގަނޭ-“
“އައްދޭ- ކޮން ލަދެއް- ކަލޭ ދުވަހަކުވެސް ލިބާސް ނުބާލަނީތަ-؟”
ނޫން- ސަމީރާ ލަދުން މޫނުގައި އަތްއެޅިއެވެ.
“ލިބާސް ބާލާނީތަ-؟ ނޫނީ ޒުހުރާ ދައްތައަށް ގޮވަންވީތަ-؟” ޝަބާނާ ހަޅޭއްލަވައިގަތެވެ.

މީހުން ‘ބަދަލުނުކޮށް’ މީހުން ދެނެގަނެގެން އެކީގައި އުޅެން ދަސްކުރާށެވެ.

ކިޔާފައިވާ ޢަދަދު: 8070
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަހްމަދް ސަމީރު އަލީ                                                
އުމަރުގެ ފާނުގެ ޚިލާފަތުގެ ދުވަސްވަރު، މަދީނާގެ އަހުލުވެރިޔަކު އެއް ދުވަހަކު އޭނާގެ އަންހެނުންނާއި ދެބަސްވެ، އައި ރުޅީގައި އެކަމުގައި އުމަރުގެ ފާނުގެ ލަފާފުޅެއް ހޯދާ ހިސާބަށް މީނާ ކަންބޮޑުވެއްޖެއެވެ. އާންމުންގެ ތެރޭގައި އުމަރުގެފާނު  މަޝްހޫރުވެފައިވަނީ ހިތްވަރުގަދަކަމާއި ތެދުވެރިކަމާއި އިންސާފަށް ލޯބިކުރައްވާ، ވަރަށް ހަރުދަނާ އަޚްލާގެއްގެ ވެރި ބޭފުޅެއްގެ ގޮތުގައިކަމަށްވާތީއެވެ.

ރޯދަ ހަދިޔާ (ހަލީސާ -1)

ކިޔާފައިވާ ޢަދަދު: 4390
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ޒާރާ

މަންމަގައިގައި ހުންނަނީ ކިތައް މީޓަރުތަ؟

އަހަރެންގެ ފަސް އަހަރުގެ ދަރިފުޅު އަހަންނާއެކު ފާޚާނާއަށް ވަނެވެ. ބަރުދަން ބަލާ ކަށްޓާ މައްޗަށް އަހަރެން އެރުމުން ދެ ލޯ ބޮޑުކޮށްލާފައި އޭނާ އަހަންނާ ސުވާލުކޮށްލިއެވެ.
“މަންމަ ގައިގަ ހުންނަނީ ކިތައް މީޓަރުތަ؟”

ރޯދަވީއްލުމާއި، މައިދާގެ ތުން ހުޅުވުން

ކިޔާފައިވާ ޢަދަދު: 3728
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. މުޙައްމަދު ރަޝީދު
އަހަރެންގެ މިތުރު، ރޯދަ ތަހުނިޔާ ކިޔެވެ. މިދިޔަ ތިރީހަކަށް އަހަރުވެސް އޭނާ ކަންކުރި ބީދައިންނެވެ. އެންމެ އަހަރެއްވެސް ވައްޓައިނުލައެވެ. އެކަމަކު މިފަހަރު ބުންޏެވެ. ރޯދަ މަހާއި ގުޅިގެން ލިޔުމެއް ލިޔެލައި ދީބަލާށެވެ. ޞިއްޙަތާ ގުޅޭ ލިޔުމެއް ނިކަން ލިޔެލަ ބަލާށެވެ.  ބުނީމެވެ. ލިޔާންވީ ކޮން ކަމެއްގެ ވާހަކަހެއްޔެވެ؟ ކޮން މައުޟޫޢަކަށް ހެއްޔެވެ؟ ބުންޏެވެ. ކޮންމެ ވާހަކައެއް ވިޔަސް ވަރިހަމައެވެ. ކޮންމެ މައުޟޫޢެއްވިޔަސް ހެވެވެ. ބުނީމެވެ. އެހެންވީއިރު ބަނޑުފުރައި ކެއުމުގެ ވާހަކަ ދައްކަން އަންނާށެވެ. އަޑުއަހާށެވެ!

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (17)

ކިޔާފައިވާ ޢަދަދު: 5171
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(1 ޖުލައި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެއިރު ފަރުބަދައިގެ އެކި ހިސާބުގައި މަމްލޫކުންގެ ތީރުވެރިންނާއި ސާޅަނގައިގެ ހުނަރުވެރިން ތައްޔާރަށް ތިއްބެވެ. ތާތާރީންގެ ލަޝްކަރު އަތްފޯރާފަށަށް އައުމާއި އެކު އެއްފަހަރާ ދިން ހަމަލާގެ ނަތީޖާ އަކަށްވީ ތާތާރީން ބަލިވުމެވެ. އެތަކެއްހާސް ހަނގުރާމަވެރިން އެއްފަހަރާހެން މަރުވެގެން ވެއްޓުނެވެ. މަމްލޫކުންގެ ތީރުވެރިން ކެނޑިނޭޅި ތީރުގެ ހަމަލާ ފޮނުވަމުން ގެންދިޔައެވެ.