ކޮޅުނބުގެ ހަދިޔާ

ކިޔާފައިވާ ޢަދަދު: 6276
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ޝާކިރުގެ..

ކޮޅުނބުގެ ހަދިޔާ

ޙަސަން ޝާކިރު މުޙައްމަދު

ބޭރު ޤައުމަކަށް ނުވަތަ ރަށަކަށް ދެވިއްޖެނަމަ ޢާއިލާގެ މީހުންނަށާއި ގާތްމީހުންނަށް ހަދިޔާއެއް ގެނެސްދިނުމަކީ، ވަރަށް ގިނަބައެއްގެ އާދައެކެވެ.  އެ އާދަކާދައަށް ތަބާނުވާކަށް އަޅުގަނޑުވެސް ނެތީމެވެ.
އެކަމަކު މިފަހަރު މިދެވުނީ ކުޅުދުއްފުއްޓަކަށް ނޫނެވެ. އެހެންވީމާ ހާލުފޮޅިކޮޅެއް ލިބޭ ގޮތެއް ނުވިއެވެ. އަދި މިދެވުނީ، ދިއްގަރަކަށް ވެސް ނޫނެވެ. އެހެންނޫންނަމަ މީރު ރިހާކުރުކޮޅެއް ލިބުނީހެވެ. އަދި ކޮބައިތޯއެވެ. މިދެވުނީ ތޮއްޑޫއަކަށް ވެސް ނޫނެވެ. ވީމާ، ކަރައެއް ވެސް ނުލިބުނެވެ. ހޯނޑެއްދުއަށް ދެވުނު ނަމަ، ކުޅިގަދަ ވިފުކު މިރުސްކޮޅެއް ލިބުނީހެވެ. އައްޑޫ ބޮނޑިއެއްވެސް ލިބުނީހީ އައްޑޫއަށް ދެވުނު ނަމަތާއެވެ. ކުރާނެކަމެއްނެތްތާއެވެ.

ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (6)

ކިޔާފައިވާ ޢަދަދު: 3363
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

فضيلة الشيخ نصرالله مصطفى

(28 ޖޫން 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ﷲ ވަޙީ ކުރައްވާފައިވެއެވެ: “ادفع بالتي هي أحسن فإذا الذي بينك وبينه عداوة كأنه ولي حميم . وما يلقاها إلا الذين صبروا وما يلقاها إلا ذو حظ عظيم” (سورة فصلت :34-35) މާނައީ:”އޭގެއިން ތިބާ ހެޔޮ ގޮތުގައި ދިފާޢުވާށެވެ، އެހިނދު އެމީހެއްގެ ހިތުގައި ޢަދާވާތްތެރިކަމާއި ދެކޮޅުވެރިކަން ވާމީހާ އޯގާވެރި މިތުރެއް ކަމަށް ވެގެންދާނެއެވ”ެ. މިކަމެއް ލިބިނުގަނެވޭނެއެވެ-މަޢާފްކޮށް ހެޔޮކޮށް ހިތުން ފަދަ ހެޔޮޢަމަލްތައްލިބިނުގަނެވޭނެއެވެ- ކެތްތެރީންނަށް މެނުވީ، އަދި އެކަން ލިބިގަނެވޭމީހާއީ ވަރަށް މަތިވެރި ނަޞީބުވެރިއެކެވެ.”

އެތަނާއި މިތަނުން(5)

ކިޔާފައިވާ ޢަދަދު: 5469
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކުދިވާހަކަ (5)

މީހެއްގެ ނަސީބާއި ބަދުނަސީބު

ޢައްބާސް އިބްރާހީމް

އެއް ރަށެއްގައި މީހެއްގެ އަތުގައި ވަރަށް ރީތި އަހެއް އޮތެވެ. އެ އަހުގެ ރީތިކަމުން ރަށުގެ އެންމެން ވެސް އެއަސްބަލަން އައިސް އުޅެއެވެ. އަދި އެ ރަށުގެ ރަސްގެފާނު އެ އަސް ބައްލަވައިގަންނަވަން ބޭނުންފުޅުވެގެން އުޅުއްވިއެވެ. އެމީހާ ބުނި ކޮންމެ އަގެއް ދެއްވާނޭ ކަމުގައި ވެސް އެންގެވިއެވެ. ނަމަވެސް އޭނާ އެ އަސް ވިއްކާކަށް ބޭނުމެއްނުވެއެވެ.

މަކަރާއި ހީލަތްތެރިންގެ ކިބައިން ތިބާ ފައިސާއަށް ރައްކާތެރިވާށެވެ.

ކިޔާފައިވާ ޢަދަދު: 3734
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ދިވެހިރާއްޖެއަކީ އަންޒަމާނުއްސުރެ އަމާން، ޞުލްޙަވެރި ތަނެއްގެ ގޮތުގައި ދުނިޔޭގެ ލޯތަކުން ދެކެމުން އައިސްފައިވާ ޤައުމެކެވެ. އެވޭލާގައި،  ކާބަފައިން ފަންޖިފުޓިތަކުގައި ދިރިއުޅުން ހޭދަކުރަމުން އައިއިރު އެކާބަފައިން އަތުގައި ބޮޑެތި އަލަމާރިތަކާއި ތިޖޫރީ ތަކެއް ނެތެވެ.  އެހެންނަމަވެސް، ކާބަފައިން ހޯދާފައިވާ މުދާކޮޅާއި ފައިސާކޮޅު ގެއްލިގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކާބަފައިންނަށް ލިބިފައި އޮތެވެ.  ލޯބޯ ފިއްސައިގެން ހޯދާ ފައިސާކޮޅު އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ގޭގައި ފެންނާނެހެން ބެހެއްޓިފައިހުރެއެވެ. ގެއްލިގެން ހޯދާ ނުފެނިގެން އުޅޭކަށް ނުޖެހެއެެވެ. އަދި އެއްވެސް އޮޅުވާލުމެއްނެތި މަސައްކަތްކޮށްފިނަމަ ހައްޤުވާ އުޖޫރަ ބަރާބަރަށް އެމީހަކަށް ލިބެމުންދެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(14)

ކިޔާފައިވާ ޢަދަދު: 2656
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އައްޑުއަތޮޅުގެ ވިޔަފާރި

އިބްރާހީމް ޝާކިރު ސ.ހިތަދޫ

އައްޑުއަތޮޅުގެ ވިޔަފާރިޔާމެދު، ކިތަންމެ ފެންގޮތެއްގައި ނަމަވެސް،  ޚިޔާލެއް ފައުޅުކޮށްލުމުގައި، އަޅުގަޑުގެ މަޤްޞަދު މާތެވެ. ނިޔަތް ތެދުވެރިއެވެ. އާދޭހެވެ! ރާއްޖޭގައި ތާރީޚީ ޙަރަކާތް ތެރިކަން، ފެތުރެމުން ހިގަމުންގޮސް ދިވެހިރާއްޖޭގެ އެންމެ ދެކުނަށްއޮތް އައްޑުއަތޮޅުގައިވެސް، އޭގެ ރޫޙު މިހާރުވަނީ، މަތިވެރި ދަރަޖައަކަށް އުފެދިފައެވެ.

ދުނިޔޭގެ އެންމެ ބިޔަ ޢިމާރާތް

ކިޔާފައިވާ ޢަދަދު: 8738
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާ ޤަރުނުގެ ދުނިޔޭގެ މަރުކަޒު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގައި މިހާތަނަށް ބިނާކުރެވުނު އެންމެ ބިޔަ އިމާރާތް “ނިއު ސެންޗަރީ ގްލޯބަލް ސެންޓަރު”ގެ ނަމުގައި ޗައިނާގައި ހުޅުވައިފި އެވެ. އެ ޤައުމުގެ ސިޗުއާން ޕްރޮވިންސްގެ ވެރިކަންކުރާ  ޗެންގޑޫ ޝަހަރުގައި މި ބިޔަ ޢިމާރާތް ހުޅުވުނީ މި ދިޔަ ޖޫން މަހު 28 ގައެވެ.

އޭރުގެ ފަތްފުށްތަކުން…. (35)

ކިޔާފައިވާ ޢަދަދު: 6419
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަނދާންތަކުގެތެރެއިން:

ހުކުރުދުވަސް

محمد جميل


މިއީ، މީގެ 36 އަހަރުކުރިން ނުކުތް “އަމާޒު” ގެ 51 ވަނަ އަދަދު (އޮކްޓޯބަރ 1976) ގައި އޮނަރަބްލް އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
އައްޝައިޚް މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ އުފެއްދުންތެރިކަމުގެ ފަންނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭނޭ ބޭފުޅެކެވެ. އަދަބީ ފަންނުގެ ހުރިހާ ރޮނގެއްގައި ފައިހަމަކުރެއްވި ބޭފުޅެކެވެ. ރަސްމީ ގޮތުންނާއި އަމިއްލަފުޅުގޮތުންވެސް ދީނީ މަޖައްލާތައް ނެރުއްވާފައިވެއެވެ. ގިނަ ޢަދަދެއްގެ ހުކުރު ޚުޠުބާ ލިޔުއްވާފައިވެއެވެ.

ހަމައެއް ނަމައެއް ނެތެވެ.

ކިޔާފައިވާ ޢަދަދު: 6791
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަހާބެހޭ ބަހެއް

ހަމައެއް ނަމައެއް ނެތެވެ.

ޢައްބާސް އިބްރާހީމް

މިހާރަކަށް އައިސް ވަރަށް ގިނައިން އިވޭ އެއްއަޑަކީ ހަމައެއް ލަމައެއް ނެތޭ ކިޔެމުންދާ އަޑެވެ.  ނަމަވެސް އަޅުގަނޑަށް އެނގިފައިވާގޮތުގައި މިއީ މިބަސްބުނާ ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅުގޮތަކީ ހަމައެއް ނަމައެއް ނެތިއޭ ބުނުމެވެ.  މަރްޙޫމް ޝައިޚް މުޙަންމަދު ޖަމީލްވެސް ވިދާޅުވެފައިވަނީ މިގޮތަށެވެ.  އެކަން ބަޔާންކުރައްވައި އެމަނިކުފާނު ލިޔުއްވާފައިވެސް ވާނެއެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (16)

ކިޔާފައިވާ ޢަދަދު: 4838
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(24 ޖޫން 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
—– އަނެއްކާ މިއީ އަހަރެންގެ ފަހު ވަގުތު ޖެހުނީބާވައެވެ؟ މިފަދަ އެތަކެއް ވިސްނުންތަކެއްގައި ގޮސް ބީބަރަސް އޭނާގެ ފޭލިގެއަށް ވަނެވެ. ވަނުމާއި އެކު އޭނާއަށް ފެނުނީ ކުފާސެވެ. އޭނާ އޮތީ ދަތުރުގެ އުނދަގޫތަކާ ވަރުބަލީގެ ސަބަބުން ނިދިފައެވެ.

ގުލްހަޒާރުމާ

ކިޔާފައިވާ ޢަދަދު: 3281
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހި ނަން: ގުލްހަޒާރު

ޙަސަން ސަޢީދު
ގުލްހަޒާރުމަލަކީ ” ޑަފޮޑިލްސް” ކިޔާމަލުގެ ޢާއިލާއިން ފުރަތަމަ ތަޢާރުފުވީ މަލެވެ. މި މަލުގެ ނަމަކަށް ޕޮއެޓަސް ޑަފޮޑިލް އާއި، ނަރްގިސް އާއި، ޕީޒެންޓްސްއައި އާއި، ފިންޑާރް ފްލާވަރް އާއި، ޕިންކްސްޓަރް ލިލީ، ކިޔައި އުޅެތެވެ.