ދިވެހީން ފާހަގަކުރަމުން އައި [ހިޔަރަކާތް (ހިޔަ ރަކުޢަތް) ވިލޭރޭ]

ކިޔާފައިވާ ޢަދަދު: 8148
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝަޢުބާން މަހަކީ ބަރަކާތްތެރި މަހެއް ކަމާއި އެ މަހުގައި ކީރިތި ރަސޫލާ ރޯދަފުޅުހިއްޕެވުމާއި ރޭ އަޅުކަން ކުރެއްވުން އިތުރުކުރެއްވިކަން ސުންނަތުން ސާބިތުވެއެވެ. އެކަމަކު އެ މަހުގެ ފަނަރަ ވިލޭރޭ ނުވަތަ އެހެން ވަކި ރެޔެއް ޚާއްޞަކުރެއްވިކަން ދީނީ އެއްވެސް ނައްޞަކުން ސާބިތުވާކަށް ނެތެވެ.

ހެޔޮ ވެރިކަން

ކިޔާފައިވާ ޢަދަދު: 7975
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢިލްމީ ނަޒަރަކުން…..: 

ހެޔޮ ވެރިކަން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެއްވެސް ޝައްކެއް ނެތް ގޮތުގައި “ހެޔޮ ވެރިކަން” މި މަފުހޫމަކީ ދިވެހީންނަށް ދަސްވެ ބާވެފައިވާ މަފުހޫމެކެވެ. ހަމަ ގައިމުވެސް މި ބަސް އެކަކަށް ވެސް މިހާރަކު އަލެއް ނުވާނެ އެވެ. އެހެންނަމަވެސް މި މަފުހޫމުގެ ޙަޤީޤީ މާނައާއި އޭގެ ރޫޙާމެދު ވިސްނަނީ ކިތައް މީހުންބާވައެވެ!! ހެޔޮ ވެރިކަމޭ އަޅުގަނޑު މި ދެންނެވީ އިނގިރޭސިބަހުން ކިޔާ “good governance” (ގުޑް ގަވަރނަންސް) މި މަފުހޫމަށެވެ. އެހެންކަމުން މި ބަހުގެ ނުވަތަ މަފުހޫމުގެ މާނައަށް ބަލައިލާން ގަސްތުކޮށްލީ އެވެ.

ވޭނާއި ހިތާމައާއި މުޞީބާތުގެ ފަރުވާ (4)

ކިޔާފައިވާ ޢަދަދު: 3413
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ފަޟީލަތުއްޝައިޚު ނަޞްރުﷲ މުޞްޠަފާ
(14 ޖޫން 2013 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ވޭނުން ފުރިފައިވާ ޙަޔާތެކެވެ. ހިތާމަތަކުން ފުރިފައިވާ ޙަޔާތެކެވެ. އިމްތިޙާންތަކުން ފުރިފައިވާ ޙަޔާތެކެވެ. ކެތްތެރިވެ ﷲ އެންގެވި ގޮތަށް އުޅެނީ ކޮންބައެއްތޯބެލުމަށް ޓަކައި ލައްވާފައިވާ ޙަޔާތެކެވެ. ވީމާ ކޮންމެ މީހަކު ވެސް ބަލަންވީ މިޙަޔާތް ރަނގަޅު ގޮތުގައި ހޭދަކޮށްފައި މި ދުނިޔެ ދޫކޮށް ދެވޭތޯއެވެ.

މުއުމިނާގެ ކަންތައްތަކަކީ އަޖައިބުވަނިވި ކަންތައްތަކެކެވެ.

ހެޔޮބަސް

ކިޔާފައިވާ ޢަދަދު: 2994
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޒާހިރު،  ޢަންދަލީބު، ހއ. އިހަވަންދޫ

އަމާޒެއްނެތި ތިހެން އަމުދުން ނުވާނެކުރަން ތިމާ ތި ސަފަރު
                 އަމާން ބަނދަރެއް ނުފެނި ކަނޑުގައި ބަނޑަށްޖެހިގެން ވެދާނޭ މަރު

މިތާމަރުވާނެކަން އެނގިގެން ހިތަށް ވަނުމެއްނުވާ ނަމަ ޑަރު
                 ހިތާ ހަށިގަނޑު ފުރޭ މަސްތުން، ހިލައިގެ ގޮތަށް ވުމުން ހިތް ހަރު

އެތަނާއި މިތަނުން (3)

ކިޔާފައިވާ ޢަދަދު: 5478
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުދިވާހަކަ (3)

ބިންމަތީގައި ނުވަތަ ހިލަގަނޑެއްގައި ލިޔެލާށެވެ!

ޢައްބާސް އިބްރާހީމް

ދަތުރުކުރަމުން ދިޔަ ދެ އެކުވެރީންނެވެ.  ދަތުރުމަތީގައި ދެ މީހުންގެ މެދުގައި ދެބަސްވުމެއް ހިނގަން ދިމާވެއްޖެއެވެ. އަދި އެ ތަނުން އެކަކު އަނެއް މީހާ ގައިގައި ވަރަށް ބާރަށް ޖަހައިފިއެވެ. އެ ޖެހުމުގެ ސަބަބުން ޖެހެވުނު މީހާއަށް ވަރަށް ބޮޑަށް ތަދުވިއެވެ. ނަމަވެސް އޭނާ ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ކުރިހާ ވެސް ކަމަކީ އަންނަނިވި ޢިބާރާތް ބިންމަތީގައި ލިޔެލުމެވެ. “އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މިއަދު އަހަރެން ގައިގައި ޖަހައި ތަދުކޮށްލައިފި އެވެ.”

ހަމައެކަނި ވިދާޅުވެލެއްވުމަށް….(12)

ކިޔާފައިވާ ޢަދަދު: 2645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގެނެސްދިނީ ފުޅިބައްތިއެކެވެ.

ޚާއްޞަ ރިޕޯޓަރެއް

ސޮޑާ ބުއިމަށްޓަކާ ރައްޓެއްސަކާއެކު ޤައުމީ ހޮޓަލަށް އަރައިފީމެވެ. ދެފުށި ސޮޑާ ގެނެސްދިނުން އެދުނީމާ އެމޭޒުދޮށުގައިހުރި ކުއްޖާ އެތެރެއަށް ހިނގައްޖެއެވެ. ޕޮސްސްސ! އެއިވުނީ އެއްފުޅި ގޮއްވާލިއަޑެވެ. އެހެރަ އަންނަނީ، މެދުވަރެއްގެ ހެޔޮވަރު ހިސާބަށް ސޮޑާއަޅައިގެންނެވެ.

ޝޭކްސްޕިޔަރގެ ސޮނެޓްތައް 3

ކިޔާފައިވާ ޢަދަދު: 4449
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް
މިއީ ޝޭކްސްޕިޔަރގެ ސޮނެޓްތަކުގެ ތެރެއިން ތިންވަނަ ސޮނެޓްގެ ދިވެހި ތަރުޖަމާއެކެވެ. މި ސޮނެޓުގައިވެސް ފުރަތަމަ ދެސޮނެޓުގައި ފެށުނު މައުޟޫއުގެ ވާހަކަތައް ކުރިޔަށް ގެންދެވިފައިވެއެވެ. ޝޭކްސްޕިޔަރގެ ރަހުމަތްތެރިޔާއާއި މުހާތަބުކޮށް އޭނާގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކައިވެނިކުރުމަށް ބާރުއެޅިފައިވެއެވެ. އެންމެފުރަތަމަ ހަތަރުވަތުގައި (ކުއަޓްރެއިން – ހަތަރު ފޮޅުވަތުގެ މައްޗަށް އެކުލެވޭ ބައެއް) ކައިވެނިކުރުމުގެ ވަގުތު އައިސް ޖެހިއްޖެވާހަކަ ބުނެފައިވެއެވެ. އަދި އެކަމަށް ބާރު އެޅުމުގެ ގޮތުން، ކައިވެނި ނުކޮށްފިނަމަ އެއީ ކައިވެންޏަށް އެދިއެދި ތިބި އަންހެނުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ބުނެފައިވެއެވެ.

އޭރުގެ ފަތްފުށްތަކުން…. (33)

ކިޔާފައިވާ ޢަދަދު: 3373
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަޑުގެ ﮩﻣﺪﺭﺪﻯވަނީ އިންޑިޔާއާއި އެކުގައެވެ.

އިބްރާހީމް ޝިހާބު


ދިވެހި އަދަބީ ދުނިޔޭގައި އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ކޮން ބޭފުޅެއްކަން ތާރަފުކުރުމަށް މާ ގިނަ ޖުމުލަތަކެއް ބޭނުންވާނޭ ކަމަކަށް ނުދެކެމެވެ. އެ މަނިކުފާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އެއަށް ވުރެ ކުޅަދާނަ ޅެންވެރިއެކެވެ. އަދި އެއަށް ވުރެ ވެސް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ދިވެހި ނޫސްވެރިކަމުގެ މުއައްސިސް ކަމުގެ ހަނދާނީ ލިޔުން އެރުވުނު 5 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އަދި ދިވެހިބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1979 ވަނަ އަހަރު، ދިވެހި ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1982 ވަނަ އަހަރު، ލިބިވަޑައިގެންފައިވާ ބޭފުޅެއް ވެސްމެއެވެ.

ފިޔާތޮށި ފިނިފެންމާ

ކިޔާފައިވާ ޢަދަދު: 7216
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ސަޢީދު
ފިނިފެންމަލުގެ، ގާތްގަނޑަކަށް 100 ވައްތަރު ހުރެއެވެ. އެހެންނަމަވެސް 1940 ވަނަ އަހަރާއި ހަމަޔަށް ދިވެހިރާއްޖޭގައި ހައްދަމުން އައީ ފިޔާތޮށި ފިނިފެންމަލެވެ. އެ މަލަކީ ވަރަށް މީރުވަސްދުވާ މަލެކެވެ. މި މާ ރާއްޖެއިން މަދުވަމުން އައި ދުވަސްވަރުގައި ފިޔާތޮށި ފިނިފެންމާ ސަރުކާރުން ވަނީ ރާއްޖޭގެ ޤައުމީ މާ ކަމުގައި ހަމަޖައްސަވައިފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ފިޔާތޮށި ފިނިފެންމާ އާލާވަމުން އަންނަކަން ފާހަގަކުރެވެއެވެ.

އެންގުން

ކިޔާފައިވާ ޢަދަދު: 2821
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން
   ހ. އާމުލީގެ، މާލެ

ޚާއްޞަ ދެންނެވުން

ލައިބްރަރީ އެންޑް އިންފޮރމޭޝަން ސައެންސަސްގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ‘ލިޔުންތެރީންގެ ގުޅުމަށް’ ވަނީ ލިބިފައެވެ. މި ފުރުޞަތުގެ ދަށުން ކޯހުގައި ބައިވެރިވާ ދަރިވަރަކަށް ކޯސް ފީ މި ޖަމްޢިއްޔާ މެދުވެރިވެގެން ދައްކައިދޭނެ އެވެ.  
 
ޝަރުޠުތައް:
  1.ގްރޭޑް 10 ނިންމައިފައިވުން، އަދި