ހަމައެކަނި ވިދާޅުވެލެއްވުމަށް….(10)

ކިޔާފައިވާ ޢަދަދު: 2582
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޗީ! ޗިޗިޗީ!

ޕަބްލިކް މެއިންޓަނަންސް ޑިވިޜަން (ހ) ގެ އިޢުލާނު ނަންބަރު 30/76/35 އަޅުގަނޑަށް ވަރަށް ލަދުގަންނަން ޖެހުނެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ސަރަހައްދުން ވިސްނާބަލާއިރު ބިމަށްވުރެ ބޮޑީ ކަނޑަށްވީ ބައެވެ. އަޅުގަނޑުމެން ވިހެއީ ކަނޑުގެ އައްސޭރީގައެވެ. ބޮޑުވީ މޫދަށްއެރިއެވެ. ކަނޑުމަސް ކައިގެންނެވެ. ދުނިޔޭގެ ނަޒަރުގައި އަޅުގަނޑުމެން ވަނީ ކަނޑަށް ވަރަށްގަދަ ބަޔަކަށެވެ. ނަމަވެސް ޙަޤީޤަތުގައި އަޅުގަނޑުމެން މިވަނީ ކަނޑުދެކެ ބިރުގަންނަ ބަޔަކަށެވެ.

ފައިސާ

ކިޔާފައިވާ ޢަދަދު: 3179
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒާހިރު (ޢަންދަލީބު)، ހއ. އިހަވަންދޫ
އެތައް ގިނަ ބުރަ މަސައްކަތަކުން ބަޔަކު އެއްކޮށް ހަދާ އެއްޗެއް
          ގެތައް ހުޅުވައި، ވަރަށް ސިއްރުން ވަގަށް ވެސް އަދު ނަގާ އެއްޗެއް
ހަލާލު މަސައްކަތެއް ފެށުމުން ވިހައި ގިނަގުނަ ވެދާ އެއްޗެއް
           ކަލާ  ބޭންކުން  ނަފާ  ވީމާ  ރިބާ ކައި   ހުސްކުރާ  އެއްޗެއް

އޭރުގެ ފަތްފުށްތަކުން…. (31)

ކިޔާފައިވާ ޢަދަދު: 2869
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔޭގެ ބޮޑެތި ޖާސޫސީ އިދާރާތައް

ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު


ގ. މަންޒިލް، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. ތަރުޖަމާކުރައްވާ ބޭފުޅެކެވެ. އަތުލިޔުމުގެ ފަންނުވެރިއެކެވެ. “ސަރުކާރުގެ ޚަބަރު”ން ފެށިގެން “ދަރުމަ” ފަދަ ފަހުގެ މަޖައްލާތަކަށްވެސް ލިޔުއްވާފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި އިސްލާމީ ތާރީޚާގުޅޭ ބައެއް ފޮތް ލިޔުއްވައި ތަރުޖަމާކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ. އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަށް ވަނީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަން ލިބިވަޑައިގެންފައެވެ. އަދި ތާނަ ޢަރަބި ލިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1979 ވަނަ އަހަރު،ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1995 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

ހަސަނުގެ ހަރު އެތި

ކިޔާފައިވާ ޢަދަދު: 3584
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ޙުސައިން މަނިކު
މިކަމެއް ހިނގިކަމަށްވަނީ، ފައިބެ ޤަރުނުގެ ކުރީކޮޅުގައެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި ދެ ބޮޑުހަނގުރާމަ ދެމެދުގެ އަހަރެއްގެ ތެރޭގައެވެ. އެދުވަސްވަރު މާލޭ ބާޒާރުގައި ރަސްކަންކުރީ ވޯރާ ވިޔަފާރިވެރިންނެވެ. އާންމު ބަހުރުވައިންނަމަ ބުންބާ މީހުންނެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (12)

ކިޔާފައިވާ ޢަދަދު: 5300
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(27 މެއި 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަދި އެންމެފަހުން ރަސްކަމުގެފަތްތޫރަ ނެރި ސިފައިންގެ އެންމެ އިސް ވެރިޔާގެ މަގާމު ބީބަރަސް އާއި ހަވާލު ވެސް ކުރީ އެވެ.
 
ބަހާރު މޫސުމް ކައިރިވުމާއެކު ޞަލީބީ ހަނގުރާމަ ވެރިން މިސުރާއި ދިމާކުރަން ފެށިއެވެ. އެކަމަކު އެހާތަނަށް ދިޔައިރު ބީބަރަސްގެ ގެރިއްލާ ހަނގުރާމަވެރިން ތިބީ ފިސާރި ރަނގަޅަށް ތައްޔާރުވެ ރުކުރުވާ ލެވިފައެވެ. އަންނަ ނާންނަ ދިމާއެއް ނޭނގި ކުއްލިއަކަށް ބައިބައި ގަނޑަށް އައިސް ޞަލީބީންނާއި ކުއްލި ހަމަލާދީ އެތަކެއް ބަޔަކު މަރާ ސުންނާފަތި ކޮށްފައި ބަސްބުނާ ހިނދުން ފިލާ ރައްކާވެދެއެވެ. ނަތީޖާއަކަށްވީ އެތަކެއް ދުވަސް ވެއަތުވީއިރުވެސް ޞަލީބީންނަށް ކުރި އަރައިގެން ނާދެވުމެވެ.
 

ސަރާ (42)

ކިޔާފައިވާ ޢަދަދު: 5430
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މޫސާ ޞާޢިދު، ސ. މަރަދޫ
(26 މެއި 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މަންމަ އަތުގައި… އަހަރެން މިއަދު މަންމައަށް ގުޅިން. މަންމަ ބުނި ކައިވެންޏަށްފަހު އަވަހަށް އަންނާށޯ… އަޞްލު މަންމަ ވަރަށް ބޭނުންވާނެ ކުޑަމީހާ….” ސަރާ ގަސްދުގައި މައުޟޫޢު ބަދަލުކޮށްލިއެވެ.

“ކައިވެނި ކޮށްގެނެއް މިކޮޅަކު ނުތިބޭނަމޭ އަހަރެމެންނެއް. މަންމަގާތު ބުނިނަމަ ފެށޭ ހަފްތާގައި ދާނަމޭ.” އުފާވެފައި ހުރި ނިމާލް ބުންޏެވެ.

ޝޭކްސްޕިޔަރގެ ސޮނެޓްތައް (2)

ކިޔާފައިވާ ޢަދަދު: 4409
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު، ގ. މަންޒިލް
މިއީ ޝޭކްސްޕިޔަރގެ ސޮނެޓްތަކުގެ ތެރެއިން ދެވަނަ ސޮނެޓްގެ ތަރުޖަމާއެކެވެ. މީގައި ފުރަތަމަ ސޮނެޓުގައި ފެށުނު މައުޟޫއުގެ ވާހަކަތައް ކުރިޔަށް ގެންދެވިފައިވެއެވެ. ޝޭކްސްޕިޔަރގެ ރަހުމަތްތެރިޔާއާއި މުހާތަބުކޮށް އޭނާގެ ރީތިކަމަކީ ނެތިހިގައިދާނެއެއްޗެއްކަން ހަދާންކޮށްދީފައިވެއެވެ. އަދި އެރީތިކަން ގެއްލިދިޔަނުދީ ދެމެހެއްޓުމަށްޓަކައި ކައިވެނިކޮށް ދަރިޔަކު ހޯދުމަށް ބާރުއެޅިފައިވެއެވެ.

އަމާންކަން ގެއްލި ނުދިޔުން އެދި

ކިޔާފައިވާ ޢަދަދު: 6298
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ޚިޔާލާ  ވިސްނުމާ  ފިކުރާ  ކުރާށޭ
               ހިޔާދޭ ގަސްގަހުން  މަންފާ  އެދޭށޭ

ނިޔާމައިގައި ވުމަށް ހިތްވަރު ލުމާއެކު
               ކިޔާ ލަވަ، ބެރު ދިމާކުރުމަށް  އުޅޭށޭ

ޙަޔާތުގެ ދެ ގޯލު

ކިޔާފައިވާ ޢަދަދު: 5131
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ ޙިލްމީ
އިންސާނާ ކުރަންޖެހޭދަތުރުގެ މެދުތެރޭ މަންޒިލަކީ ދުނިޔެއޭ މިކިޔާ ތަނެވެ. ދަތުރުގެ އެ މަންޒިލަށް ދާންޖެހެނީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. އަދި އެ މަންޒިލުން އެނބުރި ދިޔުންއޮތީ ވެސް ހަމަ އެ މަތިވެރި ޙަޟްރަތަށެވެ. (ދުނިޔޭގައި އިންސާނާގެމިސާލަކީ ވައިގެމަގުން މާލެ- ގަން- މާލެއަށް ދަތުރުކުރަންޖެހޭ މީހަކު ގަމުގައި މަޑުކޮށްލުން ފަދަ ކަމެކެވެ. ފުރަންޖެހެނީ މާލެއިންނެވެ. ގަމަށްގޮސް އެނބުރި ދާންޖެހެނީ ވެސް މާލެއަށެވެ. ގަމަކީ ހަމައެކަނި ކުރަންޖެހޭ ދަތުރުގެ މެދުތެރޭގެ މަންޒިލަކީއެވެ. އިންސާނީޙަޔާތާއި ކުރިމަތިލައި ރަނގަޅުނަތީޖާ ޙާޞިލްކުރުމަށް ޢަޒުމު ކަނޑައަޅަންވީ އެ މަންޒިލުގައެވެ. އިންސާނާގެ ދުނިޔެވީ ޙަޔާތުގެ ހުރިހާ ކުޅުމެއް ކުޅެންޖެހޭ ދަނޑަކީ އެ މަންޒިލެވެ.)
 

އަދަބާއި އަދަބު

ކިޔާފައިވާ ޢަދަދު: 4887
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ތަފާތު ބޮޑު، ތަފާތުތަކަކާ އެކު ދިވެހިބަހުގައި ބޭނުން ކުރެވޭ އެއް ލަފުޒަކީ، ‘އަދަބު’ މި ލަފުޒެވެ. ކުށެއް ކުރާ މީހާ، ކުށެއް ކުރީތީ އޭނާ އާ މެދު އަޅާފިޔަވަޅަކީ އަދަބެވެ. ކުށެއް ނުކޮށް މުޖުތަމަޢުގެ އަގުތަކަށް ރައްކާތެރިވެ، މާތް އަޚުލާޤެއްގެ މަތީގައި ދިރިއުޅޭ މީހާގައި އެ ހުންނަނީ އަދަބެވެ. ފަޞާޙަތާއި ބަލާޣަތާ އެކު ލިޔެ އެކުލަވައި ލެވޭ ލިޔުންތަކާއި ޅެންތަކަކީ އަދަބެވެ.