ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަން

ކިޔާފައިވާ ޢަދަދު: 1120
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ނަޞްރުގެ ދުވަހުގެ ތަޤުރީރު  

ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަން

އާދަމް ނަޞީރު އިބްރާހީމް 

މިއީ 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ދިވެހި ޢަސްކަރިއްޔާގެ ފަރާތުން އިންތިޒާމު ކުރައްވައިގެން ކަޅުތުއްކަލާކޮށީގައި، 4 ނޮވެންބަރު 2015 ގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި، އެ ޖަލްސާގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން  މަޝްހޫރު ބަސްވާރު އަދި ޝާޢިރު އަލްއަޚު އާދަމް ނަޞީރު އިބްރާހީމް ދެއްކެވި ވާހަކަފުޅެވެ. މި ތަޤުރީރުގައި މައިގަނޑު ގޮތެއްގައި އޭނާ އަލިއަޅުވައިލައްވައިފައި ވަނީ ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި މިއަދުގެ ޙާލަތަށް ޤައުމު ވެއްޓެންދިމާވި ސަބަބުތަކުގެ މައްޗަށް ވެސް މެއެވެ.

”ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ”

ކިޔާފައިވާ ޢަދަދު: 1683
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކްރިޓިކަލް ރިވިއު

”ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ”

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
”ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ” މި މައުޟޫގެ ދަށުން އަބޫބަކުރު ދާވޫދު ލިޔުއްވާފައިވާ ޕާރސުއޭސިވް ލިޔުމަކީ ދިވެހިން އިސްލާމްދީން ޤަބޫލުކުރުމަށްފަހު އެކި ދުވަސްވަރު ދިވެހިންގެ މެދުގައިހުރި ދީނީ ތަފާތު ފިކުރުތަކާއި އެކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި އަދި އެކަންކަމާއި ގުޅިގެން ހިގާފައިވާ އެކިވަރުވަރުގެ ހަމަނުޖެހުންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއެއް ކަމަށް ޤަބޫލުކުރެވެއެވެ. 

ދިވެހި ނޫޓުން ތާނަ ސޮއި ފެނުމަކީ ފަޚުރެކެވެ.

ކިޔާފައިވާ ޢަދަދު: 1240
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަލަށް ނުކުތް ނޫޓުތަކުގެ ތެރެއިން 500 ރުފިޔާގެ ނޫޓުގައި ތާނައަކުރުން ޢަދަދު ލިޔެވިފައިވަނީ ރަނގަޅަށް ނޫންކަން މިހާރު ދިވެހިބަހުގެ އެކެޑެމީގެ ނޫސް ބަޔާނަކުން ހާމަވެއްޖެއެވެ. ކުށެއްކަން އެނގުނީތީ ޝުކުރުވެރިވަމެވެ. އެކަމާ ވީ ދެރަޔަށްވުރެ އެކަން ސާފުވީމާ ވީ އުފާ ވަކި ކުޑައެއް ނޫނެވެ. “މުޤުރީންނަށް ވެސް ކުށް ކިޔެއެވެ.” އިންސާނުން ކުރާ އެއްވެސް ކަމެއް ކުށުން ސަލާމަތްވެގެންނުވެއެވެ. މިއީ ލިބުނު ޢިބުރަތެކެވެ.

1988 ނޮވެމްބަރު 3 ގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުޑަ ކުއްޖާ

ކިޔާފައިވާ ޢަދަދު: 1066
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވި ހިތްވަރުގަދަ ކުއްޖަކީ ކޮން ބޭފުޅެއްތޯ ސުވާލުކޮށްލައިފިނަމަ ހަމަ ގައިމުވެސް އެމީހަކީ ގ. ކުދިވިނަ ޙުސައިން ނަދުވީކަން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ.

“ފައްސަތޭކަ”އިގެ ނިމުމެއް ނެތް ބަހުސް

ކިޔާފައިވާ ޢަދަދު: 1679
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ފައްސަތޭކަ”އިގެ ނިމުމެއް ނެތް ބަހުސް

ޙަޤީޤަތް ބަދަލެއްނުކުރެވޭނެ އެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ދިވެހި އާނޫޓުތަކުގެ ނޫޓެއްގައި ތާނައިން ޢަދަދު ލިޔެފައި އޮތް ގޮތާ ބެހޭ ގޮތުން އަޅުގަނޑު ލިޔުނު ލިޔުމަކާ ގުޅިގެން އަޅުގަނޑަށް ރައްދުދެއްވައިފައްޔާއި އަޅުގަނޑަށް ތާއީދުކުރައްވައި ވަރަށް ގިނަ ބޭފުޅުން އެބަ ކޮމެންޓްކުރައްވައެވެ. އެކަމަކު މިއީ ވަރަށް ސާފު މައްސަލައެކެވެ.

ދިވެހި ނޫޓުގެ ތިންވަނަ ސިލްސިލާ “ރަން ދިހަފަހެއް”

ކިޔާފައިވާ ޢަދަދު: 2175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހި ނޫޓުގެ ތިންވަނަ ސިލްސިލާ “ރަން ދިހަފަހެއް” 

ދިވެހި އިޤުތިޞާދަށް އާރޯކަން

ދިވެހިބަހަށް ހީނަރުކަން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މީގެ 32 އަހަރު ކުރީން 1983 ވަނަ އަހަރު ފަރުމާކޮށްގެން ނެރުނު ނޫޓު ސިލްސިލާގެ ބަދަލުގައި އަލަށް ރޭ ތަޢާރުފުކުރި އައު ނޫޓުތަކަކީ ހުރިހާ ގޮތަކުން ވެސް ރީތި އަދި ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ނޫޓްތަކެއް ކަމަށް ދަރުބާރުގޭގައި އޮތް ރަސްމީއްޔާތުގައި ޢާއްމުކުރެއްވި މަޢުލޫމާތުން ހާމަވިއެވެ. އަލަށް ތަޢާރުފުކުރެއްވި އާ ނޫޓުތައް ޗާޕުކޮށްފައި ވަނީ ޕޮލިމާ ކަރުދާހުގައި އެންމެ ޒަމާނީ ސަލާމަތީ ސިފަތައް ހިމަނައިގެންކަމަށް މަޢުލޫމާތު ލިބުމުން އެކަމާ އުފާވެއެވެ. އަދި ވަގުނޫޓު ޗާޕުކުރުމުގެ ހުރިހާ ފުރުޞަތެއް މި އައު ނޫޓުތަކުގެ ސަބަބުން މުޅިން ބަންދުވާނޭކަމުގެ ޔަޤީންކަން ގަވަރނަރ ޑރ. ޢަޒީމާ ދެއްވި އެވެ. 

ލިސްޓްކުރުމުން ލިބޭ ފުރުޞަތުތަކާއި ފައިދާތައް

ކިޔާފައިވާ ޢަދަދު: 635
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އެކި ގޮތްތައް ހުރިނަމަވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ބަދަލުތަކެއް ނުގެނެސް ކުންފުނި ލިސްޓްކޮށްގެން އެއްގޮތަށްވުރެ ގިނަ ގޮތްތަކުން ކުރުމުއްދަތުގެ ތެރޭގައި ރައުސްމާލު އިތުރުކުރުން ނުވަތަ އިންވެސްޓަރުން އަވަހަށް ފަސޭހަކަމާއެކު އިންވެސްޓްމަންޓުން ނުކުންނާނެ މަގު ހުޅުވައިލެވެއެވެ.

އޭރުގެ ފަތްފުށްތަކުން…. (111)

ކިޔާފައިވާ ޢަދަދު: 645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (111) 

ކައިވެންޏަކީ އަންހެނެއްގެ މުޅި عمرގައިވެސް ލިބޭނޭ އެންމެ އުފާވެރި އަދި އެންމެ ލޯބިވެތި މަސައްކަތެވެ.

އަންބަކަށްވުމުން

عبدالله وحيد 
 

އަލްމަޣުފޫރުލަހޫ އަލްފާޟިލް ޢަބްދުﷲ ވަޙީދު (މަންދު ޢަބްދުﷲ ވަޙީދު) އަކީ، 1970 ގެ އަހަރުތަކުގައި މަޝްހޫރުވެގެން ދިޔަ ލިޔުންތެރިއެކެވެ. އެ ދުވަސްވަރު އެންމެ ބާރަށް ހިނގި، އަދި މެދުކެނޑުމެއްނެތި 12 އަހަރު ޝާއިޢު ކުރެވުނު، މަޖައްލާ “އާބާރު” ގެ އެޑިޓަރަކީ، ޢަބްދުﷲ ވަޙީދެވެ. އެ ދުވަސްވަރުގެ ތަފާތު ނޫސް މަޖައްލާތަކަށް ވެސް ޢަބްދުﷲ ވަޙީދު ލިޔުއްވަމުން ގެންދެވިއެވެ. ތަފާތު މައުޟޫޢުތަކުގައެވެ.  

އޭނާގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ނޫސްވެރިކަމާއި މަޖައްލާ ނެރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1980 ވަނަ އަހަރު އަދި  ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގައި “ނޫސްވެރިކަމުގެ ރަންގަލަން” 5 ޖޫން 1993 ގައި ސަރުކާރުން އޭނާއަށްވަނީ ދެއްވައިފައެވެ.  

މައި ސިކް ގޭމް (2)

ކިޔާފައިވާ ޢަދަދު: 901
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
  
ޢާއިޝަތު ނާޖީ
 
(22 އޮކްޓޯބަރ 2015 ގައި ޝާއިޢު ކުރި ބަޔާ ގުޅޭ)
 
އެއް ދުވަހެއްގެ ހެނދުނެވެ. ފެކަލްޓީތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ  ފުޓްބޯޅަ މުބާރާތަކަށް ފަރިތަ ކުރުމަށް ޓަކައި ސްޕޯރޓްސް ރޫމުން ބޯޅަ ހިފައިގެން ބައުންސް ކުރަމުން ދެވުނީ ލެކްޗަރާއިންގެ ކޮރިޑޯއިން ލާފައެވެ. ކުރިމަތިން އިސްދަށަށް ޖަހާލައިގެން އަވިއްސެއްހެން ބާރުބާރަށް ޔުނިވާރސިޓީގެ އެންމެ ސީނިއާރ އެއް ޕްރޮފެސާރ ހައިދަލްބާޒް އަންނަ ތަން ފެނުނެވެ.   މަޑު ކުރުމެއް، ބަލާލުމެއް ވެސް ނެތި ” އަހަންނާ ބައްދަލު ކޮށްލައްޗޭ! އަހަރެން އިންނާނަން ރިސާރޗް ސެންޓަރުގައި”  ބުނެލިއެވެ.  އެހެން އެބުނީ ކާކާ ދިމާއަށްކަން ނޭނގިގެން  ކޮރިޑޯ ތެރެއަށް ވަށައި  ކަޅި ހިންގައި ލީމެވެ.  އަހަރެން ފިޔަވައި އެއްވެސް މީހަކު ފެންނާން ނެތުމުން އެހެން އެ ބުނީ އަހަރެންގެ ގާތު ކަން އެނގުނެވެ.  ކޮންމެވެސް ވަރެއްގެ ހާސް ކަމަކާއި ޝައްކު ތަކެއް ހިތު ތެރޭގައި އުފެދެން ފެށިއެވެ. ޕްރޮފެސާރ ޙައިދަލްބާޒް ފަދަ ސީނިއާރ، ބޭފުޅަކު ބައްދަލު ކުރަން އެދުމުންނެވެ.
 

މުސާރައިގެ ގޮތުގައި ލިބޭ ފައިސާއިން ޒަކާތް ދެއްކުން

ކިޔާފައިވާ ޢަދަދު: 874
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
ޒަކާތާ ގުޅޭ ވަރަށް ގިނަ ޙުކުމްތަކަކީ ގިނަ ބަޔަކަށް އޮޅުންފިލާފައި ނުވާ ޙުކުމްތަކެކެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ޒަކާތުގެ ޙުކުމްތައް ދެނެގަތުމަށް ދެވޭ ސަމާލުކަން ކުޑަކަމެވެ. ނަމަވެސް، ދީނުގެ ގިނަ އަޅުކަންތައް ފަދައިން، ދެނެގަންނަންޖެހޭ މުހިއްމު ނުކުތާތަކެއް އެނގުމުން ޒަކާތުގެ ޙުކުމްތަކަކީ ވެސް އުނދަގުލެއް ނެތި އެނގިދާނެ ޙުކުމްތަކެކެވެ. އެގޮތުން ޒަކާތް ދައްކަންޖެހޭ މުދަލަކީ ކޮބައިކަމާއި، ޒަކާތުގެ ނިޞާބަކީ ކޮބައިކަމާއި، އެމުދަލަކުން ޒަކާތް ދައްކަންޖެހޭ މިންވަރާއި، ޒަކާތުގެ އަހަރު ގުނާގޮތް އެނގުމުން، ޒަކާތުގެ އެހެނިހެން ޙުކުމްތައް ވަރަށް ފަސޭހައިން ތިލަވެގެން ދާނެއެވެ.