ސަރާ (41)

ކިޔާފައިވާ ޢަދަދު: 5238
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(19 މެއި 2013 (އާދީއްތަ) ދުވަހު    ޝާއިޢުކުރި ބަޔާ ގުޅޭ)
   
“ކިހާދެރަގޮތެއް މިދިމާވީ. މިކަން އެނގިއްޖިއްޔާ ޢިމްރާން ވަރަށް ދެރަވާނެ. މިހާރުވެސް ހިތާމަކޮށް އެސޮރު އެހަލާކުވަނީ….” ފަހީމާއަށް ހަދާނޭގޮތް ހުސްވިއެވެ. ދަރިފުޅުގެ ހިތްހަމަޖެއްސުމަށްޓަކައި އޭނާއަށް ކުރެވިދާނޭ ކަމެއްވެސް އޭނާއަކަށް ނުވިސްނެއެވެ.
   
އެދަރިފުޅުގެ ދިރިއުޅުން ހަލާކުރީ ސީދާ އޭނާގެ އަތުންނެވެ. އެހެން ނަމަވެސް އޭނާ ވިސްނީ ފަހަރެއްގައިވެސް އެދަރިފުޅަށް ދެރައެއްދޭކަށް ނޫނެވެ. އޭނާ ވިސްނީ އެދަރިފުޅަށް މޮޅުގޮތް ހޯދައިދިނުމަށެވެ.
 

އެއް މިލިޔަން މެހުމާނުން، ފަލްސަފީ ވިސްނުމަކުން . . .

ކިޔާފައިވާ ޢަދަދު: 8608
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ލިޔުންތެރީންގެ ގުޅުމުގެފަރާތުން ޝާއިއު ކުރާ މި ވެބްސައިޓަށް 1,000,000  (އެއް މިލިޔަން) މެހުމާނުން މިހައިތަނަށް ޒިޔާރަތް ކޮށްފައިވުމުން، ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެނަށް މި އުފާވެރި ދުވަސް ދެއްކެވީތީއެވެ. މި ޢަދަދު ހަމަވީ ރޭ (2013 މެއި 25 ވަނަ ދުވަހުގެ ރޭ)  އެއްދަންހުސްވެ މެންދަމަށް އެޅިފައި ވަނިކޮށެވެ. އާދެ! ގަޑިން 22:22 ގައެވެ.

ﷲގެ ރުއްސެވުން ހޯދުން

ކިޔާފައިވާ ޢަދަދު: 7579
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
މިދުނިޔޭގައި މީސްތަކުން އުޅެން ފެނިފައި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އަމިއްލަ ނަފުސު ރުއްސަން  (Self oriented)މަސައްކަތް ކުރުމެވެ. ނުވަތަ އަމިއްލަ އެދުންތައް ފުއްދަން މަސައްކަތް ކުރުމެވެ. ދެވަނަ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން  (God oriented)ހޯދަން އުޅުމެވެ.

ތައިލޭންޑްގެ ފެންމަތީ މާރުކޭޓު

ކިޔާފައިވާ ޢަދަދު: 8006
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފެންމާތީ މާރުކޭޓު(ނުވަތަ ފްލޯޓިންގ މާރކިޓް)އަކީ ބޯޓުފަހަރުގައި މުދާވިއަކާ މާރުކޭޓުތަކެވެ. މި ކަން ފެށިފައި ވަނީ ޢާއްމު ދިރިއުޅުމުގައި ކަނޑު ދަތުރުރުފަތުރު މުހިއްމު ދައުރެއް އަދާކުރި ޒަމާނުގައެވެ. މިއަދު މި ފަދަ މާރުކޭޓުތައް ޢާއްމު ގޮތެއްގައި ހިންގަނީ ފަތުރުވެރީންގެ ޝައުޤުވެރިކަމަށް ޓަކައެވެ. މި ފަދަ އެންމެ ބޮޑެތި މާރުކޭޓުތައް މިހާރު ފެންނަން ހުރީ ތައިލޭންޑާއި އިންޑޮނޭޝިއާ އާއި ވިއެޓްނާމް ފަދަ ޤައުމުތަކުންނެވެ.

ދަންދެން އިންތިޒާރު ކުރާށެވެ!

ކިޔާފައިވާ ޢަދަދު: 3056
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޝަރީފު ރޯޒީ ، ށ. ފުނަދޫ
މަންމަގެ ހާލު ކިހިނެއް ހެއްޔެވެ؟ ތިޔަ ދުނިޔޭގައި ދިރިއުޅުން ރަނގަޅުހެއްޔެވެ؟ އަހަރެންގެ އުމުރުން އެންމެ ހަތް އަހަރުގައި އަހަރެން އެކަނިމާއެކަނި ދޫކޮށްލާފައިގޮސް މުޅިން އެހެން ދުނިޔެއެއްގައި އުޅޭއިރު އަހަރެންގެ މަތިން ހަނދާނެއް ނުވޭހެއްޔެވެ؟ އަހަންނަށް 7 އަހަރު ފުރުނު އިރު މަންމަގެ ޙާލު ވަރަށް ދެރައެވެ. އަލުން ދުނިޔޭގައި އުޅެވޭ ވަރަށްވުރެ މަންމަގެ ނުކުޅެދުންތެރިކަން ބޮޑެވެ. އެފަދަ ޙާލެއްގައި އޮވެގެން މަންމަ ދެއްކި ވާހަކަ ތަކުގެ ތެރެއިން އަހަރެންގެ ސިކުނޑީގައި ހަރުލާފައި އޮތީ ހަމަ އެންމެ ވާހަކަ އެކެވެ.

ޒުވާނުންނަކީ ޤައުމުގެ އުންމީދު

ކިޔާފައިވާ ޢަދަދު: 6365
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
އުންމީދަކީ  ޒުވާނުން ޤައުމަށް  އަބަދު ލިބެވިވާ   
                އުއްމަތް އެކީ ދިރޭނޭ  ރަމްޒާ  މަޤާމު  ފަހިވާ
ތަމްރީނުތައްމެ ހޯދައި  އެކިއެކި މަޤާމުތަކުގައި
                ތަދުބީރު  އެކުލަވައިގެން ސީދާ މަގުން  ހިގަންވާ

ދިވެހިރާއްޖޭގައި ޚިތާނުކުރުން

ކިޔާފައިވާ ޢަދަދު: 3425
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢަލީ، ގަނޑުވަރު، ހދ.ކުޅުދުއްފުށި
އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޚިތާނުރުމަކީ، ސަލާމްލެއްވި އިބްރާހީމްގެފާނުގެއުމުރުފުޅުން 80 ވަރަކަށް އަހަރުފުޅުވީފަހުން  އެކަލޭގެފާނު އަމިއްލަފުޅަށް ކުރެއްވި ކަމެވެ. އިބްރާހީމްގެފާނަކީ، ނަބީބޭކަލެއް އަދި ރަސޫލުބޭކަލެއްވެސް މެއެވެ. ރަސޫލު ބޭކަލަކު އުމުރުފުޅުން 80 (އަށްޑިހަ) އަހަރު ފުޅު ވީފަހުން މިކަހަލަ ކަމެއް ކުރެއްވުމުގައި ވަރަށް މަތިވެރި ޙިކުމަތްތަކެއް އެކުލެވިގެން ވާނެކަމީ ޝައްކެއްވެސް ހުރިކަމެއްނޫނެވެ. އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ފޮނުއްވެވި އިރު ހުންނެވީ ޚިތާނުފުޅު ކުރެވިފައިވާ ކަމުގައި ދެކެވެމުން އަންނަވާކަ ތަކަކީ ގަބޫލު ކުރެވޭ ވާހަކަ ތަކެކެވެ. އަދި އަޅުގަނޑުމެން ދިވެހީންގެތެރޭގައިވެސް ދުނިޔެއަށް އަންނައިރު ޙިތާނުކުރަން ނުޖެހޭ ކުދިން ތިބޭކަމީ އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ.

ގާޑް އޮފް އޮނަރ

ކިޔާފައިވާ ޢަދަދު: 2634
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
  
ޕޯލް ހެންސްފޯރޑް
ތަރުޖަމާ: ޙުސައިން ސިރާޖު  
        

ތިރީގައި މިވަނީ ލޭޑީ ޑައާނާގެ ހަށިގަނޑު ފަރަންސޭސިވިލާތުން އިނގިރޭސިވިލާތަށް ގެންދިޔުމުގައި ބައިވެރިވި އިނގިރޭސި ވައިގެ ސިފައިންގެ މީހަކު ލިޔެފައިވާ އޭނާގެ ހިތުގެ އިޙްސާސް ކަމުގައިވާ ޅެން “ގާޑް އޮފް އޮނަރ” ގެ ތަރުޖަމާއެކެވެ.

Guard of Honour  ޝަރަފުގެ ކުރުނީސް  

ތަރުޖަމާ: ޙުސައިން ސިރާޖު   Paul Hansford
The burden I bear is more heavy than lead.
The physical weight is a thing that I share,
but the loss that I feel will not leave my head.
Why did you have to die? Why is death so unfair?

އުފުލަން ޖެހިފައި މިވާ، ހިތާމަ ތިމަރަ އަށްވުރެ ބަރެވެ.
ފުރާނައެއް ނެތް ހަށިގަނޑުުގެ ބަރު އަހަރެން ހިއްސާކުރީމެވެ.
އެކަމަކު ބީވުމުގެ އިޙްސާސް އަހަރެންގެ ސިކުޑިއަކާ ވަތްކެއް ނުވާނެއެވެ.
ތިބާ އަވަހާރަވާންޖެހުނީ ކީއްވެގެންތޯއެވެ؟
މަރު އެހާ ނާއިންސާފީ ކީއްވެ ހެއްޔެވެ؟

ހަމައެކަނި ވިދާޅުވެލެއްވުމަށް….(8)

ކިޔާފައިވާ ޢަދަދު: 2758
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވޯކީޓޯކީއިން ފީ ނެގުމުގެ ބިލް ފާހެއްނުވި

ރާއްޖޭގައި ގެންގުޅޭ ވޯކީޓޯކީއިން ފީ ނެގުމަށް ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ފަރާތުން ރައްޔިތުންގެ މަޖިލިސަށް ހުށަހެޅުއްވި ބިލް ރޭގައި އޮތް މަޖްލިސްގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފާހެއް ނުވިއެވެ. ހުށަހެޅިފައިވާ ބިލްގައިވަނީ ވޯކީޓޯކީއިން މަހަކު -/1 ރުފިޔާ މަގުން އަހަރަކު -/12 ރުފިޔާ ނަގާށެވެ.
މި ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އަލްފާޟިލް މީދޫ މުޙައްމަދު ކަލޭފާނެވެ. އޭނާއަށް ތާއީދު ކުރެއްވީ ގދ.އަތޮޅުގެ މެންބަރު އަލްފާޟިލް އަޙްމަދު ޒާހިރެވެ. އަދި ފ.މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ވެސް ވާހަކަފުޅުވެސް ދެއްކެވިއެވެ. މިހުރިހާ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ ވޯކީޓޯކީއަކީ ރާއްޖެތެރޭގެ މީހުންނަށް ކޮންމެހެން ބޭނުން އެއްޗެއްކަމަށްވުމާއެކު މި ގޮތަށް ފީނެގޭ އުޞޫލެއް ހަމަޖެހުމަކީ ވޯކީޓޯކީ ގެންގުޅުން މަދުވާނޭ ސަބަބަކަށްވާނޭ ކަމުގައެވެ.

އިސްލާމް ދީނުގައި ޢާއިލީ ދިރިއުޅުމަށް ދީފައިވާ މުހިންމުކަން

ކިޔާފައިވާ ޢަދަދު: 4682
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ފަހުމީ ދީދީ

1. ޢާއިލީ ގުޅުމެއް ފެށިގެން އަންނަ ގޮތް

މި މައުޟޫޢު އުފެދިފައި މި ވަނީ ޢާއިލާ އާއި ގުޅުމާ މި ދެ ބަހުންނެވެ. އެހެންވީމައި ފުރަތަމަ ޢާއިލާ މި ބަހަށް ބަލައިލާ އިރު، ބައެއް ފަހަރު ވަރަށް ފުޅާކޮށް އެ ބަހުގެ މާނަ ކުރެވެ އެވެ. އެ ގޮތުން މުޅި މުޖުތަމަޢަކީ ޢާއިލާ ކަމުގައި މާނަ ކުރެވެ އެވެ. އަދި އަނެއްބައި ފަހަރު އެއީ ދެމަފިރިންނާއި ދަރިންނާއި ކާފަ ދަރިންނާއި މާމައިންނާއި ކާފައިން ހިމެނޭ ޚާންދާނެއްގެ މާނައިގައި، ވަރަށް ފުޅާކޮށް ބޭނުން ކުރެވެ އެވެ. އަދި އަނެއްބައި ފަހަރު މި ބަހުގެ މާނަ ހަނިވެ ހަމަ އެކަނި ދެމަފިރިންނާއި ދަރިންނާ ހަމައިން ނިމެ އެވެ.