އޭރުގެ ފަތްފުށްތަކުން…. (29)

ކިޔާފައިވާ ޢަދަދު: 2906
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދަށްވުރެ އިސް ހަނދާންކުރުން

އެސް.އެލް.ޓީ


އެސް.އެލް.ޓީ. އަކީ، ކޮންބޭފުޅެއްތޯއެވެ؟ އާދެ! ގ.ގުޑްލަކް އަލްފާޟިލް ސައިކުރާ ޅަތުއްތު (ރަޙިމަހުﷲ) އެވެ. (އެއީ، މަޝްހޫރު ލިޔުންތެރިޔާ، އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ) ގެ ބައްޕަ އެވެ.) ސައިކުރާ ޅަތުއްތުއަކީ، ދިވެހި ތާރީޚާއި ސަޤާފީ ކަންކަމުގެ މަޢުލޫމާތުގެ ތަޖުރިބާކާރެކެވެ. އޭނާގެ ދުވަސްވަރު ބައެއް ނޫސްތަކަށް ލިޔުއްވައި ރޭޑިޔޯ ޕްރޮގްރާމްތަކަށް މަޢުލޫމާތު ދެއްވި ބޭފުޅެކެވެ.

ޤުރްއާނާއި ސައިންސް (1)

ކިޔާފައިވާ ޢަދަދު: 4485
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް

ކީރިތި ޤުރްއާނުގައިވާ ޢިލްމީ މުޢުޖިޒާތްތައް

ކީރިތި ޤުރްއާނަކީ މީގެ ސާދަސަތޭކަ އެތައް އަހަރެއްގެ ކުރިން މާތްﷲ، ޖިބްރީލްގެފާނު މެދުވެރިކުރައްވައި އަހަރެމެންގެ ސާހިބާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވައިލެއްވި ﷲގެ ބަސްފުޅުތަކެވެ. ޤުރްއާން ބާވައިލެއްވުނީ 23 އަހަރު ދުވަހުގެ ތެރޭގައެވެ. މި ފޮތުގައި ފޮރުވިފައިވާ ވަރަށް ގިނަ ޢިލްމީ ޙަޤީޤަތްތަކެއް ވެއެވެ. އެ ޙަޤީޤަތްތަކަކީ އެ ޤުރްއާން ބާވައިލެއްވި ބަސް ކަމުގައިވާ ޢަރަބި ބަހުގެ އަހުލުވެރިންނަށް ވެސް އޭގެ ޙަޤީޤަތްތައް ނޭނގޭ، ޢިލްމީ ގޮތުން ކުރިއަރަމުންދާ ވަރަކަށް ފާޅުވަމުން އަންނަ ޙަޤީޤަތްތަކެކެވެ. އެ ކަންކަމަކީ ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި، އެކަލާނގެ ހެއްދެވިހާ ތަކެއްޗަށް ވިސްނައި ފިކުރުކުރުމަށް އެންގެވުމަށްފަހު ލައްވައިފައިވާ ޙަޤީޤަތްތަކެކެވެ.

ފުރަތަމަ ސައިކަލަކަށް އެރި ދުވަސް

ކިޔާފައިވާ ޢަދަދު: 3326
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޝަރީފް މުޙައްމަދު، ރޯޒީ، ށ.ފުނަދޫ
އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރެއް ކަމުގައިވާ ރަޖީވް ގާންދީއަކީ އަޅުގަނޑު ވަރަށް ސަޕޯޓްކުރާ ލީޑަރެކެވެ. އެ މަނިކުފާނު އަވަހާރަކޮށްލެވުނު އިރު އަޅުގަނޑު އުޅުނީ އީޕީއެސް ސްކޫލުގެ ދަރިވަރަކަށެވެ. އޭރުގެ އުޞޫލު އޮންނަ ގޮތުން އަވަށްޓެރި ނުވަތަ އިސްލާމީ ޤައުމެއްގެ ވެރިޔަކު އަވާރަވެއްޖެ ނަމަ ވިދިގެން އަންނަ ދުވަހު ސަރުކާރު ބަންދު ވާނެއެވެ. ރަޖީވްގާންދީ އަވަހާރަ ކޮށްލެވުމުން އެކަމުގެ ހިތާމައިގައި ސަރުކާރު ބަންދުވީ އަޅުގަނޑު ހަނދާންވާ ގޮތުގައި 22 މެއި 1991ވީ ބުދަ ދުވަހުއެވެ. އެ ދުވަހު ހެނދުނު އިސްކޫލަށް ދިއުމަށް ނިކުތީ މި ޚަބަރު ނުލިބި ހުރެއެވެ. ގެއިން ނިކުތް ތަނާ ގޭ ކައިރި ރަޙުމަތްތެރި ދަރިވަރަކު އެދުނީ އޭނާގެ ސައިކަލު ފަހަތަށް އެރުމަށެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (10)

ކިޔާފައިވާ ޢަދަދު: 5103
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(13 މެއި 2013 (ހޯމަ) ދުވަހު ޝާއިއުކުރި ބަޔާ ގުޅޭ)

އެއާ އެކު އޮފިސަރުގެ ޚަންޖަރު އޮތް އަތުގައި ހިފާ ދަމައިގަތީ އެވެ. ދެމީހުން އެކުގައި ރަސްގެފާނު އިންނެވި ގޮނޑިކޮޅުގެ ފައިބުޑަށް ވެއްޓުނުއިރު ބީބަރަސް އެ އޮފިސަރު އަތުން ޚަންޖަރު އަތުލައި އޭނާ ހިފަހައްޓައިފިއެވެ.
ރަސްގެފާނުގެ ފާރަވެރިންނާއި ދަރުބާރުގައި ތިބި އެހެން މީހުންނަށާއި އަދި ރަސްގެފާނަށްވެސް ކަމެއް ވެއްޖެކަން އެނގުނީ ދެނެވެ.

ޝޭކްސްޕިޔަރގެ ސޮނެޓްތައް (1)

ކިޔާފައިވާ ޢަދަދު: 4700
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު، ގ. މަންޒިލް
ވިލިޔަމް ޝޭކްސްޕިޔަރ އަކީ އިނގިރޭސިބަހުގެ އެންމެ މަޝްހޫރު އަދީބުކަމުގައި ގަބޫލު ކުރެވޭ ލިޔުންތެރިޔާއެވެ. އޭނާއަކީ ޅެންވެރިއެކެވެ. އަދި ޑުރާމާއާއި ތަމްސީލު ލިޔުންތެރިއެކެވެ. މީގެ އިތުރުން މުމައްސިލެއް ވެސްމެއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1564 ގައެވެ. އަދި އަވަހާރަވީ 1616 ގައެވެ. އޭނާގެ އަދަބީ މަސައްކަތްތަކުގެ ތެރޭގައި 38 ތަމްސީލު ހިމެނެއެވެ. އަދި އޭނާގެ ޅެންތެކުގެ ތެރޭގައި 154 ސޮނެޓުއާއި އިތުރު އެހެން ގަސީދާ ވެސް ހިމެނެއެވެ. އޭނާގެ ތަމްސީލުތައް ވަނީ ދުނިޔޭގެ މައިގަނޑު ހުރިހާ ބަހަކަށްހެން ތަރުޖަމާކުރެވިފައެވެ. ދިވެހިބަހަށް ވެސް ޝޭކްސްޕިޔަރގެ ބައެއް ތަމްސީލުތައް، މ.ހުދުއަސުރުމާގޭ އަލްމަރުޙޫމް ޢަބްދުﷲ އިސްމާޢީލު، ތަރުޖަމާކުރެއްވިކަމުގެ ވާހަކަ އިވިފައިވެއެވެ. މިކަމުގެ ޙަޤީޤަތް އެނގިވަޑައިގަންނަވާ ބޭފުޅެއްވާ ނަމަ، ކިޔުންތެރިންނަށް، އެކަން އިތުރަށް ސާފުކޮށްލައިދެއްވުން އެދެމެވެ.

ސަރާ (40)

ކިޔާފައިވާ ޢަދަދު: 5762
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުސާ ޞާޢިދު
(12 މެއި 2013 (އާދީއްތަ) ދުވަހު    ޝާއިޢުކުރި ބަޔާ ގުޅޭ)
“ދަރިފުޅާ ބައްޕައަކަށް ހިއެއްނުވޭ ދެން ސަރާ އަންނާނެހެނެއް… ވަޖުދީ ވަރަށް ވާހަކަ ދެއްކި… އެކަމަކު ސަރާގެ ވިސްނުން ބަދަލުކުރާކަށް ބޭނުމެއްނުވި….” ޢިމްރާންގެ ބޮލުގައި ފިރުމާލަމުން ރަފީޤު ވާހަކަ ދެއްކިއެވެ.

“ބައްޕާ މިވަގުތު އިހަށް ބައްޕަ މިތަނުންދޭ… އަހަރެން ބޭނުން ވަނީ ސިކުނޑިއަށް އަރާމް ހޯދާލަން.” ޢިމްރާން މިހެން ބުނީމާ ދޮރުލައްޕައިލުމަށްފަހު ރަފީޤު ނުކުތެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވެއެވެ. ޢިމްރާން އޮތް ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހައިލި އަޑު އިވުނެވެ. ޢިމްރާން ތެދުވިއެވެ.

ފައިސާގެ ބާރު

ކިޔާފައިވާ ޢަދަދު: 4241
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްލްޣަފޫރު ޢަބްދުއްރަޙީމު، ގ.މަންޒިލް

މިއީ އަބުލްޢައިނާއު ގެ ޅެމެއްގެ ދިވެހި ތަރުޖަމާއެކެވެ. މި ޅެންވެރިޔާގެ ފުރިހަމަ ނަމަކީ އަބޫ ޢަބްދުއްﷲ މުޙައްމަދު ބިން ޤާސިމް ބިން ޚައްލާދު އެވެ. މީނާއަކީ ޢަރަބި–އިސްލާމީ ޢިލްމުވެރިކަމުގެ ރަންޒަމާން ކަމުގައި ބެލެވޭ ޢައްބާސީ ޒަމާނުގެ ޅެންވެރިޔެކެވެ. ޢަބުލްޢައިނާއު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 191 ވަނަ އަހަރުއެވެ. އަވަހާރަވީ 283 ހ. ގައެވެ.

ލިޔާށެވެ! ލިޔުންތެރިއަކަށް ވާށެވެ!

ކިޔާފައިވާ ޢަދަދު: 5124
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
އަންނާށެވެ! އަޅުގަނޑުމެންނާއެކު އަންނާށެވެ! ލިޔުންތެރިއަކަށް ވެވޭތޯ މަސައްކަތް ފަށަމާ ހިނގާށެވެ! އެއީ އުނދަގޫ ކަމެއް ނަމަވެސް ހަމަގައިމު ވެސް އެއީ ނުކުރެވޭނޭ ކަމެއް ނޫނެވެ.

ތެދެކެވެ! ލިޔުންތެރިއަކަށް ވުމަކީ ކުއްލިއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ލިޔުންތެރިކަމުގެ ސިޑިއަކީ ވަރަށް ގިނަ ހަރުފަތްތަކަކުން އަރަންޖެހޭ ވަރަށް އުސް ސިޑިއެކެވެ. ނަމަވެސް ލިޔުންތެރިކަމަށް ޝައުޤު ހުންނަ ކުދީން ވަރަށް ޅަ ޢުމުރުގައި ވެސް މޮޅު ލިޔުންތެރީންގެ ގޮތުގައި ފާހަގަވެގެންދެއެވެ. އެ ކުދީންނަށް ޠަބަޢީ ގޮތުން މާ ބޮޑު އުނދަގުލަކާ ނުލައި ލިޔުންތެރިކަމުގެ ފަންނުގެ ތެރެއަށް ވަދެވިދެއެވެ. އަނެއްބައި ކުދީން މިންނަތް މަސައްކަތުން އެކަން ޙާޞިލުކުރެއެވެ. ވީމާ ކުރާންވީ ކަމަކީ ލިޔުމެވެ. ލިޔެވޭތޯ ބެލުމެވެ. މިހާރު އަޅުގަނޑުމެންގެ ޔުނިވަރސިޓީގައި ދިވެހިބަހުން ޑިގްރީ ނެގުމަށް މަސައްކަތްކުރާ ދަރިވަރުން އެ ހަދާ ޢިލްމީ ދިރާސާތަކަކީ އެއީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ޚަޒާނާއަށް ވަރަށް އަގުހުރި ލިޔުންތަކެކެވެ. އެ ދަރިވަރުން ލިޔުންތެރިކަމުގެ ގޮތުން ކުރިޔަށް ދާން ބޭނުން ނަމަ އަޅުގަނޑުމެންނާ ގުޅެންވީ އެވެ.

ޅަފަތުގައި ކުދިން މަރުވާ އަދަދު އެންމެ ގިނައީ އިންޑިޔާގައި

ކިޔާފައިވާ ޢަދަދު: 4891
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުﷲ ޞާދިޤް
ކުދިންގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކޮށްދޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑްރަން ވަރަށް ފަހުން ހާމަކުރި ރިޕޯޓެއްގައި ބަޔާންކުރާ ގޮތުގައި އިންޑިޔާގައި ވިހައިގެން 40 ގަޑި އިރުގެ ތެރޭގައި ތިން ލައްކަ ކުދިން މަރުވެއެވެ. އެއީ ދުނިޔޭގައި މި ގޮތަށް މަރުވާ ކުދިންގެ އޮނަތިރީސް އިންސައްތައެވެ.

ކުޑަކުދީންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ތެދުވަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 7943
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުޑަކުދީންނަށް އަނިޔާ ނުވަތަ ތަފާތު ގޯނާތައް ކުރެވޭ ވާހަކައާއި އެފަދަ ކަންކަމުން ކުޑަކުދީން ރައްކާތެރިކުރުމުގެ ވާހަކައަކީ މި ފަހަކަށް އައިސް މަދު ވާހަކައެއް ނޫނެވެ. އެއީ ވަރަށް ގިނައިން އިވޭ އަޑުތަކެކެވެ. ނަމަވެސް އެކަމަށް އެކަށޭނަ ޙައްލެއް އަންނަ ކަމަކަށް ނުބެލެވެ އެވެ. ކީއްވެގެންބާވައެވެ؟