ކުޑަކުދީންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ތެދުވަމާތޯއެވެ!

ކިޔާފައިވާ ޢަދަދު: 7946
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުޑަކުދީންނަށް އަނިޔާ ނުވަތަ ތަފާތު ގޯނާތައް ކުރެވޭ ވާހަކައާއި އެފަދަ ކަންކަމުން ކުޑަކުދީން ރައްކާތެރިކުރުމުގެ ވާހަކައަކީ މި ފަހަކަށް އައިސް މަދު ވާހަކައެއް ނޫނެވެ. އެއީ ވަރަށް ގިނައިން އިވޭ އަޑުތަކެކެވެ. ނަމަވެސް އެކަމަށް އެކަށޭނަ ޙައްލެއް އަންނަ ކަމަކަށް ނުބެލެވެ އެވެ. ކީއްވެގެންބާވައެވެ؟

އިތުބާރު

ކިޔާފައިވާ ޢަދަދު: 3118
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
އެކުގައި ގިނަ ދުވަހު އުޅުމުން ބައިވެރިޔާގެ ގޮތް އެނގޭނެޔޭ މީހުން ބުނެއެވެ. ގިނަ ދުވަހަށް ދެމިގެންދާ ގުޅުންތައް ވަރުގަދަވާނެތީ އެވެ. އަހަރެންވެސް ހީކުރީ، އެއީ ވާނެ ގޮތް ކަމުގައެވެ. ހުރިހާ ކަމެއް ހީކުރާ ގޮތަކަށް ނިމިގެންނެއް ނުދާނެއެވެ. ލިވާޒާއި އަހަރެންގެ ގުޅުން ފެށުނީ ގްރޭޑް ފަހެއްގައި ކިޔަވަން ފެށުމުންނެވެ. ޢާއްމުކޮށް ކުދީން ރައްޓެހިވާ ޢުމުރެއް ނޫންކަން އެނގިހުރެ އަހަރެން ލިވާޒާ ގުޅުނީ ކްލާސް ކުދީން އަޅުވައި ކިޔަން ފެށުމުން ހިތްޖެހެޔޭ ބުނާ އުޞޫލުންނެވެ.

ކުޑަކުދިންނަށްޓަކައި ދެވަނަ ވިސްނުމަކަށް ދާކަށް ނުވޭތޯ އެވެ؟

ކިޔާފައިވާ ޢަދަދު: 4958
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަސަން ޒަހީން
ދާދި މިދާކަށް ދުވަހު ނިމިގެން އެ ދިޔައީ މި އަހަރުގެ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެކެވެ. އުފަލާއެކު ކުޑަކުދިންގެ ހަރަކާތްތައް ދުނިޔޭގެ ހަތަރު ބިތުގައި ފާހަގަކުރެވިގެން ދިޔަ ތަން ފެނުނެވެ. އަޅުގަނޑުމެންގެ މި ރާއްޖޭގައި ވެސް މެއެވެ. ކުޑަކުދިންނަށްޓަކައި އިސްކޫލުތައް ޒީނަތްތެރިކޮށް، ތަފާތު ނަންނަމުގައި ހަވީރުތައް ބޭއްވުނެވެ. ކުލަކުލައިގެ ހެދުންލައްވައި ކުދިން ޖަރީކޮށް، ނަލަހައްދައިގެން ކުޅިވަރުތައް ކުޅުނެވެ. ތަފާތު ޝިޔާރުތައް ލިޔެފައިވާ ފޮތިތަކާއި ބެނާރތައް އެތަންމިތާގައި ދެމިއެވެ. އެ ކުދިންނަށްޓަކައެވެ. އެ ކުދިން ދެކެވާ ލޯބިންނެވެ.

ލިޔުންތެރީންގެ ގުޅުމާއެކު އެއްބާރުލުމުގެ އެއްބަސްވުމެއްގައި [ދިރާގު]ން މިއަދު ސޮއިކޮށްފި!

ކިޔާފައިވާ ޢަދަދު: 2404
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޚާއްޞަ މުރާސިލު
ލިޔުންތެރީންގެ ޖަމްޢިއްޔާ ކަމުގައިވާ “ލިޔުންތެރީންގެ ގުޅުމުގެ” ވެބްސައިޓް(www.liyuntherin.org) ގައި ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (“ދިރާގު”) އިޝްތިހާރުކުރުމަށްޓަކައި ދިރާގާއި ލިޔުންތެރީންގެ ގުޅުމާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި މިއަދު ރަސްމީކޮށް ސޮއިކޮށްފި އެވެ.

ކްރިސްޓިއަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (2)

ކިޔާފައިވާ ޢަދަދު: 3590
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ފާރޫޤު ޙަސަން
(14 މެއި 2012 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަނެއްކޮޅުން ބަލާއިރު މިސުވާލަކީ އިންތިހާދަރަޖައިގެ ޖާހިލު އަދި މޮޔަ ސުވާލެކެވެ. މަރުވުމާއި ދިރިހުރުމާ މާތްކަމާހުރީ ކޮންގުޅުމެއް ހެއްޔެވެ. ދިރިދުނިޔޭގައި މިހާރު މިތިބި އެންމެ މާތްމީހުނަށް ވުރެމާ އިތުރު މާ މާތްމީހުން މަރުވެގޮސްފައިވާ ކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ޚުދު ކްރިސްޓިޔަނުން ގެ ތެރެއިން، އެބައިމީހުންގެ ތާރީޚުންވެސް މީގެ އެތައް މިސާލުތަކެއް ދެއްކިދާނެއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް……… (7)

ކިޔާފައިވާ ޢަދަދު: 2324
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކެރުމާއި ޤައުމީ ލޯބީގެ ފުރިހަމަ ނަމޫނާއެއް

ކ.މާފުށީ އަންހެނުންނަކީ، ހިތްވަރުގަދަ ކެރޭ ފިރިހެނުންނަށް ދޫނުކޮށް ޤައުމީ ޚިދުމަތްތައް ކޮށްލުމުގައި އެމީހުންގެ ނަފުސްތައް ޤުރްބާންކޮށްލާނެ ބައެއްކަން ސާބިތުކޮށްދީފިއެވެ. އެއީ ސަރުކާރުން ކ.މާފުށީގައި ޢިމާރާތްކުރުމަށް ގަސްދުކުރައްވާ “ލޮނުމަސް ގުދަން” އެ ބިމެއްގައި ޢިމާރާތް ކުރުމަށްޓަކައި ސާފުކުރަންޖެހޭ ބިން ސާފުކޮށްދެއްކެވި އަވަސްކަމާއި ފުރިހަމަ ކަމަށްޓަކައެވެ.

ކްރިސްޓިއަން ދީން ފަތުރާ މީހުންގެ މަކަރުވެރި ރޭވުން (1)

ކިޔާފައިވާ ޢަދަދު: 3320
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ފާރޫޤު ޙަސަން
ޖޯންމޭރިޔަން (John Marion) އަކީ އެމެރިކާގެ ނޭވީ ފުލުހުންގެ މަތީދަރަޖައިގެ އޮފިސަރެއްގެ ދަރިޔެކެވެ. 1986 ގައި އޭނާއަކީ ކިޔަވާކުއްޖެކެވެ. އެއްދުވަހަކު ރެސްޓޯރެންޓެއްގައި އިންދައި އޭނާއަށް އިވުނީ ކައިރީގައިހުރި މޭޒެއްގައި ތިބި އެމެރިކާގެ ދެޕްރޮފެސަރެއްގެ ވާހަކައިގެ އަޑެވެ.

އޭރުގެ ފަތްފުށްތަކުން…. (28)

ކިޔާފައިވާ ޢަދަދު: 2530
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 الطلاق

ވަރިކުރުމީ، ވަރިވެގަތުމީ، ވަރަށް ނޭދެވޭ، ހުތުރު ކަމެކެވެ.

فضيلة الشيخ ملم موسى مافهه كليكفان


އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު (ރަޙިމަހުﷲ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި ފާހަގަކޮށްލެވޭ ލިޔުންތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭނާ ދިވެހިބަހަށް ކުރެއްވި އެންމެބޮޑު އެއް ހަދިޔާއަކީ، “އަލްއީޤާޡު ފީ ތަޢުލީމިލް އަލްފާޡު” ގެ ނަމުގައި ލިޔުއްވި ދިވެހި-ޢަރަބި ބަސްފޮތެވެ. އޭގެ އިތުރުން “ދިވެހިބަހުގެ ރަންތަރި” ގެ ނަމުގައިވެސް ބަސްފޮތެއް ލިޔުއްވިއެވެ. އޭނާ ލިޔުއްވާފައިވާ  “ހާޖަރާގެ ހިތާމަ” އަކީ ދިވެހި އަދަބިއްޔާތުގެ ނަމޫނާއެއްގެ ގޮތުގައި ހިމެނޭ ވާހަކައެކެވެ.

ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚު، ކުރުކުރުކޮށް….. (3)

ކިޔާފައިވާ ޢަދަދު: 8084
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުކުރުކޮށް…..

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް
(4 މެއި 2013 (ހޮނިހިރު) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތާއި ހުނަރު ޒަމާނީ ޓެކްނޮލޮޖީގެ އާލާއި ވަސީލަތުން ފޯރުކޮށްދީގެން ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަކީ ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދެއްވި އެއް ދާއިރާއެވެ. މިކަމަށްޓަކައި 2007 ގައި ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި “މުދައްރިސުންގެ ވަސީލަތްތަކުގެ މަރުކަޒެއް” ޤާއިމުކުރެވިފައެވެ. އެންމެ ޒަމާނީ އާލާތާއި ޓެކްނޮލޮޖީގެ ވަސީލަތުން މި ހުރިހާ މަރުކަޒުތަކެއް ވަނީ ގުޅުވައިލެވިފައެވެ. މި ހުރިހާ މަރުކަޒުތަކެއް އެއްފަހަރާ އިފްތިތާޙުކޮށްދެއްވީ 2007 ވަނ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މަސައްކަތްތެރިކަމުގެ ތަޢުލީމު (ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން) ވަނީ ތަޢާރަފުކުރެވިފައެވެ. ޚާއްޞައެހީއަށް ބޭނުންވާ ކުދީންނަށް ކިޔަވައިދޭނެ އިސްކޫލްތައްވެސް ހުރިހާ އަތޮޅަކަށް ތައާރަފުކުރުމުގެ މަސައްކަތުގެ ދަށުން ބައެއް އަތޮޅުތަކުގައި ވަނީ ކިޔަވައިދޭން ފެށިފައެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (9)

ކިޔާފައިވާ ޢަދަދު: 4515
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(6 މެއި 2013 (ހޯމަ) ގުޅޭ)

ސަރ ކޮންރޭޑް އަށް ބޭރަށް ނިކުމެލެވޭވަރުވީ ބަރާބަރު ހަފްތާއެއްގެ ފަހުންނެވެ. އެދުވަސް ތަކުގައި މުޅިންވެސް އޭނާގެ އަމިއްލަ ގޭގެ ކޮޓަރީގައި ބޭސްފަރުވާ ކުރީ އެވެ. ތެދުވެލެވުނު ދުވަހު އޭނާ މޫނުބަލާ ލޯގަނޑުގެ ކައިރިއަށް ގޮސް ހުއްޓި ބަލައިލުމާއި އެކު އައިރުޅި އާއި ވީދެރައިގެ ސަބަބުން ތުރުތުރު އަޅައިގެން ދިޔައެވެ. ނިތްކުރިމަތި ފެޅި މެދު ދަތްކޮޅު ގެއްލި ނޭފަތް އައިބު ވެފައެވެ. އޭނާގެ ސިފަ ދެކެފައި އޭނާ އަމިއްލައަށް ބިރު ގަތެވެ. އެއާއި އެކު ޖެހި ޖެހީނުން ލޯގަނޑު ތަޅާލީ އެވެ. ———–ދެން ރާވައިލީ ވަރަށް ނުރައްކާތެރި ރޭވުމެކެވެ.
ބަރޓްރަމްގެ އެހީގައި އޭނާ ސިޓީއެއް ވަގަށް ނެގީއެވެ. އެސިޓީއަކީ ބީބަރަސް އަށް މޭރިއޭން ލިޔެފައި އޮތް ސިޓީ އެކެވެ. އެސިޓީގައި އޮތެވެ.