ސަރާ (39)

ކިޔާފައިވާ ޢަދަދު: 5663
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ސާޢިދު، މަރަދޫ
(5 މެއި 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ބޭބޭ…މިހާރު ސަރާ ދެކެ އަހަރެން ވަރަށް ލޯބިވޭ…. ޢިމްރާން ސަރާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން. އޭނާއަށް މިހާރު އޭގެ ނިކަމެތިކަން އިޙްސާސް ކުރެވޭނެ.” ނިމާލް އިސްޖަހައިގެންހުރެ ވާހަކަ ދެއްކިއެވެ.

“އަދި ކޮއްކޮއާއި ސަރާއާ ދެމެދު  އެއްވެސް ގުޅުމެއް ނެތް. ބޭބެއަށް ފެންނަނީ ތިގުޅުން ބަދަހިނުކޮށް ދުރުވާން.” ނިޔާޒް ވިސްނަނީ މަސްލަޙަތަށެވެ.
 

ދެ ޒަމާނެއްގެ ލާމަސީލު ދެ ނަރުހުން

ކިޔާފައިވާ ޢަދަދު: 8919
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ، ޙުސައިން ސިރާޖު

ރުފައިދަތުލް އަސްލަމިއްޔާ

ރުފައިދަތުލް އަސްލަމިއްޔާ (رفيدة الأسلمية)  އިސްލާމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ އިސްލާމުންގެ ތެރޭގައި އުފެދުނު އެންމެ ފުރަތަމަ ނަރުހެއްގެ ގޮތުގައެވެ. އުފަންވެފައިވަނީ ޔަޘްރިބަށެވެ. އެއީ މިހާރުގެ މަދީނަތުލް މުނައްވަރާއެވެ. ކީރިތި ރަސޫލާ މަދީނާ އަށް ހިޖްރަ ކުރެއްވުމުން އެންމެ ފުރަތަމަ އިސްލާމްވި އަންހެން ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިއްޒަތްތެރި ޞަޙާބިއްޔާއެކެވެ. ބައްޕާފުޅަކީ ޙަކީމީ ބޭހުގެ ޑަކްޓަރެކެވެ. ބޭސްކުރުމުގެ ހުނަރު ޅަފަތުގައި އުނގެނިވަޑައިގަންނަވަން ފެއްޓެވީ ބައްޕާފުޅުގެ އަރިހުންނެވެ.

އަހަރެންގެ މިދެއަތް ކަލާއަށްޓަކައި މަސައްކަތް ކޮށްދޭނެ އެވެ.

ކިޔާފައިވާ ޢަދަދު: 2935
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އާދަމްޝަރީފު މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
ދެ ލޯބިވެރިން އެމީހުންގެ އެންގޭޖުމެންޓުގެ ކަންތައްތައް ނިންމުމަށްފަހު މިހާރު ވިސްނަމުންދަނީ ކުރިމަތިވަމުން އަންނަ ކައިވެނީގެ އުފާވެރި ދުވަހާމެދުގައެވެ. ނަސީބު ދެރަކަމުން އެ ދުވަސް ނާންނަނީސް ފިރިހެން ކުއްޖާއަށް ހަނގުރާމައަކަށް ދާން ޖެހިއްޖެ އެވެ.

މާޒީގެ ހަނދާނާއި ތާރީޚުގެ ތެރެއިން އެޅަދީދީގެ ޢަލިދީދީ

ކިޔާފައިވާ ޢަދަދު: 4381
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ.ހިތަދޫ
އަލްފާޟިލުލް މަރްޙޫމު ޢެޅަދީދީގެ ޢަލިދީދީ އަކީ 20 ވަނަ ގަރުނުގައި އުޅުއްވި ޝަޚްޞިއްޔަތެކެވެ. އޭނާޔަކީ ޖަމާޢަތަށް ޚިދްމަތް ކުރެއްވުމަށްޓަކައި އަވަދިނެތި މަސައްކަތްކުރެއްވި މެދުމިނު ވިޔަފާރިވެރިއެކެވެ. އޭނާ ގެންގުޅުއްވި އުޅަނދުތަކުގެ ތެރެއިން ޔާހުންބަރާސް ފައްތައިލީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އޮޅުދޫކަރަޔަށް ދަނިކޮށް ޖަޕާނު މީހުންނެވެ. އެ އޮޑިން އޭނާގެ ދޮށީދަރިފުޅު މުޙުންމަދުދީދީ ވެސް ދަތުރު ކުރެއްވިއެވެ. ޢަލިދީދީގެ ބައްޕަޔަކީ އިސްދޫ ޢަލި ރަސްގެފާނުންގެ ޙަސަން ރަސްގެފާނުންގެ އައްޑޫ ހިތަދޫ ބޭރުމާތެ ގަނޑުވަރު ފާތުމާދީދީގެ އައިސާ ދީދީގެ އެޅަދީދީއެވެ. މަންމަޔަކީ އައްޑޫ މީދޫ ކުންނިއަރި ޢަލި ތައްޚާނުންގެ ޙައްވާފާނެވެ.

ލިޔުންތެރީންގެ ގުޅުމުގެ ބައެއް އުސް އަލިތައް

ކިޔާފައިވާ ޢަދަދު: 2969
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން

  ހ.އާމުލީގެ، މާލެ

ލިޔުންތެރީންގެ ގުޅުން

ލިޔުންތެރިންގެ ގުޅުމަކީ، ދިވެހިބަހާއި ދިވެހި އަދަބިއްޔާތު ދިރުވައި އާލާކުރުމާއި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަމާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ހުނަރުތައް ތަރައްޤީކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމަށާއި، ދިވެހިބަހާއި ދިވެހި އަދަބީ ފަންނުތައް ތަރައްޤީކުރަން މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމާއި،

އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤުޞަދު

ކިޔާފައިވާ ޢަދަދު: 4034
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައްޝައިޚު ނަޞްރުﷲ މުޞްޠަފާ

އިސްލާމްކަމާއި ހެއްދެވިފަރާތުގެ ގުޅުން.

ހަމަކަށަވަރުން “އިސްލާމް” މި ނަމަކީ ﷲ تعَالى އެކަލާނގެ ރުހިވޮޑިގެންފައިވާ އެކަލާނގެ ދީނަށް އިޚްތިޔާރު ކުރައްވައިފައިވާ ހަމަ އެކަނި ނަމެވެ. މި ނަމަކީ އެއްވެސް ބޭފުޅަކު ދެބަސްވެވަޑައި ނުގަންނަވާނޭ ފަދައިން އިންސާނަކު އުފައްދަވައިފައިވާ ނުވަތަ ހަމަޖައްސަވާފައިވާ ނަމެއް ނޫނެވެ. ﷲ ދެއްވާފައިވާ ނަމެކެވެ.
 

އުސްތާޒު ނެތި ދިޔައިމާ …

ކިޔާފައިވާ ޢަދަދު: 2802
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރާގު: ޤައިދު މޭހޭ ބުލްބުލް ސައްޔާދު މުސްކުރާޔޭ

ދަރިވަރެއްގެ ދަރިވަރު
މަދަރުސާ ވެ ފުނޑުފުނޑު އުސްތާޒު ނެތި ދިޔައިމާ،
                        އަދަބު ގިސްލަނީޔޭ، ޝާޢިރިއްޔަތު ރޮނީޔޭ
                         * * * * * * * 
ދިވެހީންގެ އަދަބަށް ގެންނެވި ތަބައްސުމް،
        މިވެރީންގެ ހަސަދައިން ނެތި ގޮސް ފިލައްޖޭ،
                ހަވަލިކަން މުޅީން ނައިސް އަނދިރީގެ ދައުރު ފެށުމުން
                      އަދަބު ގިސްލަނީޔޭ، ޝާޢިރިއްޔަތު ރޮނީއްޔޭ

ލިޔުންތެރިންގެ ގުޅުމުގެ މެންބަރަކަށް ވެވަޑައިގެންނެވޭނޭ ފަސޭހަ ގޮތެއް!

ކިޔާފައިވާ ޢަދަދު: 2629
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރިންގެ ގުޅުމުގެ އިދާރާ
ލިޔުންތެރިންގެ ގުޅުމުގެ މެންބަރަކަށް ވެވަޑައިގެންނެވޭނޭ ފަސޭހަ ގޮތެއް އަޅުގަނޑުމެން ހަމަޖައްސައިފީމެވެ. އެގޮތުން މިސައިޓުން ޖަމްޢިއްޔާގެ މެންބަރަކަށް ވާން އެދޭ ފޯމު ޑައުންލޯޑު ކުރެއްވުމަށްފަހު، ފުރިހަމަ ކުރައްވަން ޖެހޭ މަޢުލޫމާތުތައް ފުރިހަމަ ކުރައްވައި، ޖަމްޢިއްޔާގެ މެއިލް އެޑްރެހަށް ފޮނުއްވައިލެއްވުމުން، މެންބަރަކަށް ވެވަޑަައިގަތުމުގެ ކަންތައް ހަމަޖެހޭނެއެވެ.

ކާފަމެން ހެއްދި ދަނޑު

ކިޔާފައިވާ ޢަދަދު: 3041
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން، ހއ. އުތީމު
ކާފަމެން އިންދެވި ގަހަށް ފެންމީރު، ދެއްވާފައި އޮތީ
                     ކާފަމެން  ކާދޭ  ގަހަށް   ކާނާއަކަށް  ދީފައި އޮތީ
ސޫރައާ ކުލައާ ވަހާ އެކު ހައްދަމުން އައި ގަސްތަކުން
                    ނޫފެހިން ދަނޑުތައް އެކީ ފޭރާން ފަށުވި ލެވިފައި އޮތީ
ކޮންމެ ގަހަކުން އަންނަ މޭވާ އޭގެ އަސްލީ ރަހަތަކުން
                    ދޮންވެ ފައްކާވާ ހިނދުން ކެއުމަށް އެދުހު ލިބިފައި އޮތީ

އަހަރެން އެދެނީ. . .

ކިޔާފައިވާ ޢަދަދު: 3388
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
އަހަރެން އެދެނީ، ރިވެތި ދިރިއުޅުމެއް އުޅޭށެވެ. އަހަރެން އެދެނީ، އެންމެންގެ މޫނުމަތީން ވެސް ހިނިތުންވުމެވެ. އަހަރެން އެދެނީ، ހަތުރުވެރީން މިތުރުންނަށް ވުމަށެވެ. އަހަރެން އެދެނީ، ކޮންމެމީހަކާ ވެސް ރީތިބަހުން މުޚާޠަބުކުރާ ތަން ފެނުމެވެ. އަހަރެން އެދެނީ، އެކަކު އަނެކަކަށް، ފުރައްސާރަކުރާ ތަން ނުފެނުމެވެ. އަހަރެން އެދެނީ، ކޮންމެމީހަކު ވެސް އަނެކާ ހިނިތުންވުމާއެކު ސަލާންކޮށްލައި އުޅޭ ދުވަހެކެވެ.