މާޒީގެ ހަނދާނާއި ތާރީޚުގެ ތެރެއިން އެޅަދީދީގެ ޢަލިދީދީ

ކިޔާފައިވާ ޢަދަދު: 4402
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ.ހިތަދޫ
އަލްފާޟިލުލް މަރްޙޫމު ޢެޅަދީދީގެ ޢަލިދީދީ އަކީ 20 ވަނަ ގަރުނުގައި އުޅުއްވި ޝަޚްޞިއްޔަތެކެވެ. އޭނާޔަކީ ޖަމާޢަތަށް ޚިދްމަތް ކުރެއްވުމަށްޓަކައި އަވަދިނެތި މަސައްކަތްކުރެއްވި މެދުމިނު ވިޔަފާރިވެރިއެކެވެ. އޭނާ ގެންގުޅުއްވި އުޅަނދުތަކުގެ ތެރެއިން ޔާހުންބަރާސް ފައްތައިލީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އޮޅުދޫކަރަޔަށް ދަނިކޮށް ޖަޕާނު މީހުންނެވެ. އެ އޮޑިން އޭނާގެ ދޮށީދަރިފުޅު މުޙުންމަދުދީދީ ވެސް ދަތުރު ކުރެއްވިއެވެ. ޢަލިދީދީގެ ބައްޕަޔަކީ އިސްދޫ ޢަލި ރަސްގެފާނުންގެ ޙަސަން ރަސްގެފާނުންގެ އައްޑޫ ހިތަދޫ ބޭރުމާތެ ގަނޑުވަރު ފާތުމާދީދީގެ އައިސާ ދީދީގެ އެޅަދީދީއެވެ. މަންމަޔަކީ އައްޑޫ މީދޫ ކުންނިއަރި ޢަލި ތައްޚާނުންގެ ޙައްވާފާނެވެ.

ލިޔުންތެރީންގެ ގުޅުމުގެ ބައެއް އުސް އަލިތައް

ކިޔާފައިވާ ޢަދަދު: 2994
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރީންގެ ގުޅުން

  ހ.އާމުލީގެ، މާލެ

ލިޔުންތެރީންގެ ގުޅުން

ލިޔުންތެރިންގެ ގުޅުމަކީ، ދިވެހިބަހާއި ދިވެހި އަދަބިއްޔާތު ދިރުވައި އާލާކުރުމާއި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަމާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ހުނަރުތައް ތަރައްޤީކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމަށާއި، ދިވެހިބަހާއި ދިވެހި އަދަބީ ފަންނުތައް ތަރައްޤީކުރަން މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމާއި،

އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤުޞަދު

ކިޔާފައިވާ ޢަދަދު: 4058
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައްޝައިޚު ނަޞްރުﷲ މުޞްޠަފާ

އިސްލާމްކަމާއި ހެއްދެވިފަރާތުގެ ގުޅުން.

ހަމަކަށަވަރުން “އިސްލާމް” މި ނަމަކީ ﷲ تعَالى އެކަލާނގެ ރުހިވޮޑިގެންފައިވާ އެކަލާނގެ ދީނަށް އިޚްތިޔާރު ކުރައްވައިފައިވާ ހަމަ އެކަނި ނަމެވެ. މި ނަމަކީ އެއްވެސް ބޭފުޅަކު ދެބަސްވެވަޑައި ނުގަންނަވާނޭ ފަދައިން އިންސާނަކު އުފައްދަވައިފައިވާ ނުވަތަ ހަމަޖައްސަވާފައިވާ ނަމެއް ނޫނެވެ. ﷲ ދެއްވާފައިވާ ނަމެކެވެ.
 

އުސްތާޒު ނެތި ދިޔައިމާ …

ކިޔާފައިވާ ޢަދަދު: 2826
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރާގު: ޤައިދު މޭހޭ ބުލްބުލް ސައްޔާދު މުސްކުރާޔޭ

ދަރިވަރެއްގެ ދަރިވަރު
މަދަރުސާ ވެ ފުނޑުފުނޑު އުސްތާޒު ނެތި ދިޔައިމާ،
                        އަދަބު ގިސްލަނީޔޭ، ޝާޢިރިއްޔަތު ރޮނީޔޭ
                         * * * * * * * 
ދިވެހީންގެ އަދަބަށް ގެންނެވި ތަބައްސުމް،
        މިވެރީންގެ ހަސަދައިން ނެތި ގޮސް ފިލައްޖޭ،
                ހަވަލިކަން މުޅީން ނައިސް އަނދިރީގެ ދައުރު ފެށުމުން
                      އަދަބު ގިސްލަނީޔޭ، ޝާޢިރިއްޔަތު ރޮނީއްޔޭ

ލިޔުންތެރިންގެ ގުޅުމުގެ މެންބަރަކަށް ވެވަޑައިގެންނެވޭނޭ ފަސޭހަ ގޮތެއް!

ކިޔާފައިވާ ޢަދަދު: 2645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުންތެރިންގެ ގުޅުމުގެ އިދާރާ
ލިޔުންތެރިންގެ ގުޅުމުގެ މެންބަރަކަށް ވެވަޑައިގެންނެވޭނޭ ފަސޭހަ ގޮތެއް އަޅުގަނޑުމެން ހަމަޖައްސައިފީމެވެ. އެގޮތުން މިސައިޓުން ޖަމްޢިއްޔާގެ މެންބަރަކަށް ވާން އެދޭ ފޯމު ޑައުންލޯޑު ކުރެއްވުމަށްފަހު، ފުރިހަމަ ކުރައްވަން ޖެހޭ މަޢުލޫމާތުތައް ފުރިހަމަ ކުރައްވައި، ޖަމްޢިއްޔާގެ މެއިލް އެޑްރެހަށް ފޮނުއްވައިލެއްވުމުން، މެންބަރަކަށް ވެވަޑަައިގަތުމުގެ ކަންތައް ހަމަޖެހޭނެއެވެ.

ކާފަމެން ހެއްދި ދަނޑު

ކިޔާފައިވާ ޢަދަދު: 3059
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން، ހއ. އުތީމު
ކާފަމެން އިންދެވި ގަހަށް ފެންމީރު، ދެއްވާފައި އޮތީ
                     ކާފަމެން  ކާދޭ  ގަހަށް   ކާނާއަކަށް  ދީފައި އޮތީ
ސޫރައާ ކުލައާ ވަހާ އެކު ހައްދަމުން އައި ގަސްތަކުން
                    ނޫފެހިން ދަނޑުތައް އެކީ ފޭރާން ފަށުވި ލެވިފައި އޮތީ
ކޮންމެ ގަހަކުން އަންނަ މޭވާ އޭގެ އަސްލީ ރަހަތަކުން
                    ދޮންވެ ފައްކާވާ ހިނދުން ކެއުމަށް އެދުހު ލިބިފައި އޮތީ

އަހަރެން އެދެނީ. . .

ކިޔާފައިވާ ޢަދަދު: 3400
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
އަހަރެން އެދެނީ، ރިވެތި ދިރިއުޅުމެއް އުޅޭށެވެ. އަހަރެން އެދެނީ، އެންމެންގެ މޫނުމަތީން ވެސް ހިނިތުންވުމެވެ. އަހަރެން އެދެނީ، ހަތުރުވެރީން މިތުރުންނަށް ވުމަށެވެ. އަހަރެން އެދެނީ، ކޮންމެމީހަކާ ވެސް ރީތިބަހުން މުޚާޠަބުކުރާ ތަން ފެނުމެވެ. އަހަރެން އެދެނީ، އެކަކު އަނެކަކަށް، ފުރައްސާރަކުރާ ތަން ނުފެނުމެވެ. އަހަރެން އެދެނީ، ކޮންމެމީހަކު ވެސް އަނެކާ ހިނިތުންވުމާއެކު ސަލާންކޮށްލައި އުޅޭ ދުވަހެކެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(6)

ކިޔާފައިވާ ޢަދަދު: 5907
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“އެނގޭ ގޮތެއް ނުވި!”

ރާއްޖޭންބޭރުގައި ހުންނަވާ ރާއްޖޭގެ ވިޔަފާރިއާއި ބެހޭ ސަފީރު އަލްފާޟިލް ކޮލި ޢަލީ މަނިކު މިހާރު މާލެ ދުރުވެ އެބަ ހުންނެވި އެވެ. އޭނާގެ މި ދަތުރާއި ބެހޭ ގޮތުން ބައެއް މަޢުލޫމާތު ހޯދުމަށް ދިޔަ މޫންލައިޓްގެ ރިޕޯޓަރ އެނބުރި އައިސް ބުނީ އޭނާގެ އަރިހުން އެކައްޗެއް ވެސް އެނގޭ ގޮތެއް ނުވިކަމުގައެވެ. ވަރަށް ހީނލައްވާފައި، އެކައްޗެއް ވެސް ނުދެއްވި ކަމުގައެވެ.

ދުނިޔޭގައި ދިރިހުރިހައި ހިނދަކު ހިނިތުންވެ ހުންނާށެވެ.

ކިޔާފައިވާ ޢަދަދު: 4488
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު، ގ. މަންޒިލް
މިއީ އަރަބި ޝާއިރެއް ކަމަށްވާ އީލިޔާ އަބޫ މާޟީގެ “އިބްތަސިމް” (ހިނތުންވެލާށެވެ!) މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. މިޅެން ގެނެސް ދެވިފައިވަނީ ޝާއިރާއި އޭނާގެ އެކުވެރިޔަކާ ދެމީހުން ދައްކާ ވާހަކަތަކެއްގެ ސިފައިގައެވެ. އެއްކޮޅުން ރަހުމަތްތެރިޔާ ދައްކަނީ އޭނާގެ ހަޔާތް އަބާއްޖަވެރިވެ ހިތާމަކުރަން ޖެޙޭ ސަބަބުތަކެވެ.

އޭރުގެ ފަތްފުށްތަކުން…. (27)

ކިޔާފައިވާ ޢަދަދު: 5200
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖަޕާނުންގެ މަރުގެ ލަޝްކަރު

ބޭރުގެ خبرދޭ مراسل


އަލްފާޟިލް މުހައްމަދު ޒާހިރު ނަޞީރަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި (5 ޖޫން 1993 ގައި) “ނޫސްވެރިކަމުގެ ރަންގަލަން” ލިބިވަޑައިގެންފައިވާ އަދި ދިވެހިރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވާ، ބޭފުޅެކެވެ. މިހާރު، އެމަނިކުފާނަކީ، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ.