އޭރުގެ ފަތްފުށްތަކުން…. (27)

ކިޔާފައިވާ ޢަދަދު: 5222
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖަޕާނުންގެ މަރުގެ ލަޝްކަރު

ބޭރުގެ خبرދޭ مراسل


އަލްފާޟިލް މުހައްމަދު ޒާހިރު ނަޞީރަކީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި (5 ޖޫން 1993 ގައި) “ނޫސްވެރިކަމުގެ ރަންގަލަން” ލިބިވަޑައިގެންފައިވާ އަދި ދިވެހިރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމާއި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވާ، ބޭފުޅެކެވެ. މިހާރު، އެމަނިކުފާނަކީ، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ.

އަހުލިއްޔަތު Legal Competency

ކިޔާފައިވާ ޢަދަދު: 4201
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ނަޞްރުﷲ މުޞްޠަފާ

ތަޢާރުފު

އަހްލިއްޔަތު ނެގިފައިވަނީ ޢަރަބި ލަފްޘު “އަލް އަހްލު” މިލަފްޡުންނެވެ. އެއީ އަހްލުވެރިވުމުގެ މާނައިގައިއެވެ. ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. (إنه ليس من أهلك) މާނައަކީ: ” އޭނާއަކީ ތިބާގެ އަހްލުންގެ ތެރެއިން ވާ މީހެއްނޫނެވެ”. މިއަށް ދިވެހިބަހުން “ޞަލާޙިއްޔަތޭ” ވެސް ކިޔެއެވެ. އަދި ޤާބިލްކަން ލިބިގެންވުމޭވެސް ދެންނެވިދާނެއެވެ. ވީމާ އެކި ކަންކަމަށް ޤާބިލްމީހަކަށް ތިމާވެގެންދަނީ ވަކިކަންތައްތަކެއް ފުރިހަމަވެގެންނެވެ.

އަލްމަރުޙޫމު ދޮންދިޔަގެ” ك” حسين تخان

ކިޔާފައިވާ ޢަދަދު: 3610
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަލްމަރުޙޫމު ދޮންދިޔަގެ” ك” حسين تخان

(ހަނދާނާއި ތާރީޚުގެ ތެރެއިން، ދޮންދިޔަގެ ތައްޚާން، ހުޅުދޫ)

ޙަސަން މާހިރު، ހުޅުދޫ              

ދުނިޔޭގެ ހަމަޔާއި، فطرت އޮންނަ ގޮތުން، ވިރާސީ ނަސަބުގެ ޢިލްމަށް ލޯބިކުރުމަކީ، ވަރަށް މުހިއްމު ކަމެކެވެ. އެހެނީ، މުޖުތަމަޢެއްގެ ތެރޭގައި އެއްބަޔަކު އަނެއްބައެއްގެ މެދުގައި އަޚްވަންތަކަން ޤާއިމުކުރެ ވޭނީ، އެބައެއްގެ ޢާއިލީގުޅުން އޮތް މިންވަރު އެބަޔަކަށް އެނގި ވަޒަން ކުރެވިގެންނެވެ. އެހެންމެ އިންސާނާގެ طبىيعىމިޒާޖު ހުންނަ ގޮތުން މޮޅު ކަންކަމުގެ މައްޗަށް އެމީހާއަށް ދުނިޔޭގައި شهرة ލިބިގަތުމަށް އަބަދު ވެސް އެދެއެވެ.
 

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (8)

ކިޔާފައިވާ ޢަދަދު: 5048
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(29 އޭޕްރިލް 2013 (ހޯމަ) ގުޅޭ)

ސަރ ލައިނަލްގެ ގަނޑުވަރުގެ ބޭރުކައިރީގައި އޮންނަ މައިދާނަކީ ހަނގުރާމައިގެ ކަންތައްތައް ފަރިތަކުރުމުގެ ޚާއްސަ ބިމެކެވެ. މިވަގުތުވެސް އެތާނގައި ކަނޑި ހަނގުރާމަ ފަރިތަކުރުމުގެ މަސައްކަތުގައި ސިފައިންގެ އޮފިސަރުންކޮޅެއް އެބަތިއްބެވެ. ސަރ ލައިނަލް އުސް ގޮނޑިއެއްގައި އެތަން ބައްލަވަން އިންނެވި އެވެ.

މޭރިއޭން އާއި ބީބަރަސް އައިސް ލައިނަލްގެ އަރިހަށް ހުއްޓުނުއިރުވެސް ފޯރީގަދަ ކަމުގެ ސަބަބުން ލައިނަލް އަށް އެނގިވަޑައެއް ނުގެންނެވި އެވެ.

ޙަޔާތުން ފިލާވަޅެއް

ކިޔާފައިވާ ޢަދަދު: 2973
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމްޝަރީފް މުޙައްމަދު، ރޯޒީ، ށ.ފުނަދޫ
ތަޢުލީމީގޮތުން މަތީ ފާސްތަކެއް ޙާޞިލްކޮށްގެން ހުރި ޒުވާނަކު ކުންފުންޏެއްގެ މެނޭޖަރު ފެންވަރުގެ ވަޒިފާއަކަށް އެދި ހުށަހެޅިއެވެ. ފުރަތަމަ ބަސްދީ ގަތުމުން އޭނާ ފާސްވިއެވެ. އެހެން ކަމުން ވަޒިފާ ދިނުމާބެހޭ އެންމެ ފަހު ނިންމުން ނިންމުމަށްޓަކައި ކުންފުނީގެ ޑައިރެކްޓަރު އޭނާއާއި ބައްދަލު ކުރިއެވެ. ޒުވާނާގެ ތަޢުލީމީ ފާސްތައް ރަނގަޅުކަމުން އެކަން ފާހަގަ ކުރެއްވުމަށްފަހު ސުވާލު ކުރެއްވިއެވެ.
” ތިބާގެ ސްކޫލްފީ އާއި ކޮލެޖް ފީ ދައްކައި ދިނީ ތިބާގެ ބައްޕަތަ؟”

ސަރާ (38)

ކިޔާފައިވާ ޢަދަދު: 6167
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(28 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މިވަގުތު މިތާނގައި ތިބުން ރަނގަޅެއް ނޫން. ފަހުން އަންނާނީ. ހިނގާ ދާން.” ނިޔާޒް ޢިމްރާންގެ އަތުގައި ހިފައިގެން ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ބުންޏެވެ.
“އަހަރެންގެ ދަރިފުޅު އުފަންވާއިރު މިތާ ކައިރީގައި ހުންނަން އަހަރެން ބޭނުން. ނިޔާޒް ދެން ކިހިނެއްތަ ސަރާއާއި ސަރާގެ މަންމަގެ ރުހުން އަހަރެން ހޯދާނީ.” ޢިމްރާން މުޅިން މާޔޫސްވެއްޖެއެވެ.

“އިސްލާމިކް ފެއަރ” ގެ ނަމުގައި އިސްލާމީ ފޮތް މަޢުރަޟެއް ރޭ ހުޅުވިއްޖެ

ކިޔާފައިވާ ޢަދަދު: 2541
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޚާއްޞަ މުރާސިލު
10 ވަރަކަށް އަމިއްލަ ފަރާތްތަކުގެ އިސްޓޯލުތަކާއެކު ދިވެހިރާއްޖޭގެ އިސްލާމީ ފޮތުގެ ހަތަރުވަނަ މަޢުރަޟް (“އިސްލާމިކް ފެއަރ”ގެ ނަމުގައި)  3 މާރޗް 2013 ވީ ހުކުރުދުވަހުގެރޭ 8:30 ގައި އިސްލާމީ މަރުކަޒުގައި ހުޅުވައިފި އެވެ.

ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚު، ކުރުކުރުކޮށް….. (2)

ކިޔާފައިވާ ޢަދަދު: 6916
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުކުރުކޮށް…..

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް
(28 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
ފަހުން ދެކުނު ފެންޑާ ވެސް އިތުރުކުރެވުނެވެ.
1 ޖޫން 1947 ގައި ނ. އަތޮޅު ހޮޅުދޫގައި ނައިފަރު ޢަލީ ޙުސައިންގެ ބެއްލެވުމުގެ ދަށުން “މޭނާ ސްކޫލް” ގެ ނަމުގައި ސްކޫލެއް ހިންގާން ފެއްޓުނެވެ. މަޝްހޫރު އަދީބެއް ކަމުގައިވާ އަލްމަރްޙޫމް ޢަލީ ޙުސައިނަކީ މަދުރަސަތުލް އިފްތިތާޙުގެ ދަރިވަރެއްކަން އުފަލާއެކު ފާހަގަކުރާންޖެހެއެވެ.

ޙަޔާތުގެ ތަފާތު ދެ ދުވަސް

ކިޔާފައިވާ ޢަދަދު: 3102
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމްޝަރީފް މުޙައްމަދު، ރޯޒީ، ށ. ފުނަދޫ
އަހަރެންގެ ބައްޕަ ދުނިޔެ ދޫކުރެއްވިތާ ގާތްގަނޑަކަށް 5 އަހަރު ފުރުނީއެވެ. ބއްޕަ ނިޔާވި ދުވަހުގެ ކުރީ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އެހެންކަމުން ޙަޔާތުގައި ތަޖުރިބާކުރަން ޖެހުނު އެންމެ އުފާވެރި ދުވަހާއި އެންމެ ހިތާމަވެރި ދުވަސް އަހަންނާ ބައްދަލު ކުރީ ޖެހިޖެހިގެން އައި ދެ ދުވަހުގެ ގޮތުގައެވެ.

މަންމަން

ކިޔާފައިވާ ޢަދަދު: 3060
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
އަހަރެން ރަށަށް އާދެވުމާއެކު ނަޒަރު ހިންގަމުން ދިޔައީ ރަށުގެ އެކި ދިމަދިމާއަށެވެ. މީގެ އެތައް އަހަރެއްގެ ކުރީން އަހަރެން މާލެ ދިޔައިރު ރަށް އޮތް ގޮތް ހިތަށް ސިފަކުރަމުން އޭރާއި މިހާރު އަޅައި ކިޔަމުން ދިޔައިރު ހާދަހާ ތަފާތު އެބަހުއްޓޭ ހިތަށް އަރައެވެ. ރަށުގައި އޭރު އުޅުނު ބޮޑެތި މީހުން ފެނުމުން އަހަންނަށް ވަކިކުރަން އެނގޭނެއެވެ.
އެކި ތަންތަން ބަލަމުން  ދަނިކޮށް ކުރިމަތީން އަންނަ މީހަކަށް އަހަރެންގެ ނަޒަރު ހުއްޓިއްޖެ އެވެ. އެއީ އަހަރެން މާމައެވެ.