ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚު، ކުރުކުރުކޮށް. . . . (1)

ކިޔާފައިވާ ޢަދަދު: 8602
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުރުކުރުކޮށް…..

ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް
ދިވެހި ކާބަފައިންގެ އަގުހުރި މަސައްކަތުން “ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި، ދިވެހީންގެ މުބާރިކު ފެހި ދަނޑުގައި” ކުރެއްވި ޢިލްމީ މުޑުވަކުން ފަޅައިގެން ހެދި ބޮޑުވި ޢިލްމީ ގަސްތައް މިއަދު މިވަނީ ބޮޑުވެފައެވެ. އަދި އަންނަނީ ބިޔަވަމުންނެވެ. ދުނިޔެ ދެއްކި ތަފާތު މޫސުންތަކާއެކުވެސް ނުމިޔެ އެ ގަސްތައް ދިރިހުއްޓެވެ. ބައެއް ފަހަރު މިލައި މޯޅިވަމުންނެވެ. އަނެއް ބައިފަހަރު އާކުރިތައް ފަޅައި ރޯވެ ހެދެމުންނެވެ.

އިންސާނާގެ ތަޤުދީރު

ކިޔާފައިވާ ޢަދަދު: 6582
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ދުވަހަކުވެސް ދުނިޔެއޭ މިކިޔާ ތަރި ފެނިފައި ނެތް މީހަކު ބާރަށް ދުވާ ޖައްވީ އުޅަނދެއްގައި މުޅި ކާއިނާތުގައި ބުރެއް ޖަހައިލުމަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ ބިމަށް ފޭބޭ ގޮތް ވެއްޖެ ނަމަ އޭނާ ހުންނާނީ ޙައިރާންވެ އަންތަރީސް ވެފައެވެ. އެހެނީ ކާއިނާތުގައި ލައްވައިފައިވާ އެހެން ތަރިތަކާއި އެހެން ދުނިޔެތަކާ މި ދުނިޔެއާ މުޅިން ތަފާތެވެ. މި ދުނިޔެއަކީ އިސްތިސްނާއެކެވެ. ކާއިނާތުގައި ލައްވައިފައި ވަނީ އަލިފާން ފިޔަވައި އެހެން އެއްޗެއް ލައްވައިފައިނުވާ ތަރިއާއި ޖައްވުގައި އެނބުރި އެނބުރި ހުންނަ، ހަރުހިލަ ނޫން އެހެން އެއްޗެއް ލައްވައިފައިނުވާ، ޕްލެނެޓެވެ. އިންސާނާ ފަދަ މަޚްލޫޤަކަށް ބޭނުންވާ ހުރިހައި އެއްޗެއް ލައްވައިފައި އުފެއްދެވި ހަމައެކަނި ތަނަކީ މި ދުނިޔެއެވެ. މާނައަކީ މި ދުނިޔޭގައި އިންސާނާއަސް ބޭނުންވާ ހުރިހައި އެއްޗެއް ނުވަތަ އިންސާނާގެ ދިރިއުޅުން އާރާސްތު ކުރަން ބޭނުންވާ ހުރިހައި އެއްޗެއް (life support system) ވަނީ ލައްވައިފައެވެ.

ލިޔުންތެރީންގެ ޚާއްޞަ ފަރީއްކޮޅެއް

ކިޔާފައިވާ ޢަދަދު: 2646
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޚާއްޞަ މުރާސިލު
ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން، ލިޔުންތެރީންނަށާއި ލިޔުންތެރީންގެ މަސައްކަތަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްޞަކޮށްގެން ޚާއްޞަ ރޭގަނޑުގެ ފަރީއްކޮޅެއް ބާއްވައިފި އެވެ.

އިންސާނީ ތާރީޚުގެ ދެ ދައުރު

ކިޔާފައިވާ ޢަދަދު: 7658
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ހައްދަވައިފައި ވަނީ ތާއަބަދަށް ދެމިހުންނަ މަޚްލޫޤެއްގެ ގޮތުގައެވެ. އޭގެ ފަހުން ވަނީ އޭނާގެ ތާރީޚް ދެ ދައުރަކަށް ބައި ކުރައްވާފައެވެ. ފުރަތަމ އޮންނަނީ ވަރަށް ކުރު ދައުރެކެވެ. އެއީ އުފަންވާ ދުވަހުން ފެށިގެން މަރުވުމާ ހަމައަށް އޮންނަ ދައުރެވެ. ދެވަނަ ދައުރަކީ ވަރަށް ދިގު ދައުރެކެވެ. އެއީ މަރުވުމަށްފަހު އަންނަ ދައުރެވެ. އެ ދައުރުގައި އިންސާނާ ދުވަހަކުވެސް މަރުނުވެ ތާއަބަދަށް ދެމިހުންނާނެއެވެ. މި ދެދައުރުންކުރެ ފުރަތަމަ ދައުރަކީ އިމްތިޙާނުގެ ދައުރެވެ. ދެވަނަ ދައުރަކީ ފުރަތަމަ ދައުރުގެ އިމްތިޙާނުގެ ނަތީޖާގެ މައްޗަށް ބަދަލު ލިބިގަތުމުގެ ދައުރެވެ.

ބިރިކިސިންޑާ ރައިވަރު (5)

ކިޔާފައިވާ ޢަދަދު: 3994
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު

(19 އޭޕްރިލް 2013 (ހުކުރު) ގުޅޭ)
                (41)
ދަށްއަ ހޭ ނުވާވަރު              (ހޭދައަށް ނުވާވަރު)
ކަންހީވެ ދިޔަ ބައިން ގަރު      (ގަރުބައިން ދިޔަކަން ހީވެ)
ތަށް ހި ހީވާ މިވާ ވަރު           (މިވާވަރު ހިތަށް ހީވާ)
ނަށް ވާ ޖަހަދު ތީބުތަރު        (ޖަހަދުނަށްވާ ތަރުތީބު)
ލަށް ކަފު ހުރީ އަޅާ ނަރުން     (ފުލަކަށް އަޅާ ހުރީ ނަރުން)
ތައް ލަނބުރާން ލޯނަރުން       (ލަނބުރާންތައް ލޯނަރުން)

ވަކި މާއްދާއެއް ގޮތުގައި ޤައުމިއްޔަތު ކިޔަވައިދޭކަށް ނުވޭބާ!

ކިޔާފައިވާ ޢަދަދު: 5845
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އިންޑިއާ މީހުން މަހާތުމާ ގާނދީއަށް ފަޚުރުވެރިވަނީ ކިއްވެގެންތޯއެވެ. މިސްރުމީހުން އެ ޤައުމުގައިވާ ބޮޑެތި އަހުރާމްތަކަށް ފަޚުރުވެރިވެ، އެތަންތަން ހިމާޔަތްކުރަމުން ދަނީ ކޮން ބޭނުމެއްގައި ތޯއެވެ. ޗައިނާ މީހުން އެމީހުންގެ ބޮޑުފާރުގެ ވާހަކަ ދައްކާ އެތަނަށްޓަކައި ފަޚުރުވެރިވަމުންދަނީ ކީއްވެން ތޯއެވެ. އަދި މީނޫނަސް ދުނިޔޭގެ ކަންކޮޅުތަކުން ފެންނަ މިފަދަ މަންޒަރުތަކާއި ކަންތައްތައް ދަމަހައްޓައި ފަޚުވެރިކަމާއެކު އެ ތަންތަން ދެމެހެއްޓުމުގެ ސިއްރަކީ ކޮބައިތޯއެވެ؟

ކޯނި ރިޕޯޓު

ކިޔާފައިވާ ޢަދަދު: 8346
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ދިވެހީންގެ ތެރޭގައި ކޯނީގެ ވާހަކަ އަދިވެސް ވަރަށް ގިނަދުވަހު ދެކެވޭނެއެވެ. މާ ކުރިއްސުރެ ވެސް ދެކެވެމުން އަންނަ ވާހަކައަކަށްވާތީ މިހެން ލިޔެލެވުނީއެވެ!
ސުވާލަކީ، ބައެއް ދުވަސްވަރު ކޯނިކޯންޏޭ މާ ގިނައިން ކިޔާ އަޑު އިވިފައި ދެން އެތަކެއް ދުވަހަކު އެ ވާހަކަ ނުދެކެވެނީ ކީއްވެބާއެވެ؟ އެއީ ހަމަ ގަސްގަހުގައި ކޯނިކޯނި ގަންނަ ގޮތެވެ. އަޅުގަނޑުމެން ޗުއްޓީ ނަގާހެން މޭވާ ގަސް ގަހާއި މާ އަޅާ ގަސްގަސް ވެސް ކުޑަ “ބްރޭކެއް ނަގައެވެ”. ވަރަށް ގިނަ ގަސްގަހަށް މަތިވަރު އަންނަނީ އަހަރަކު ދެފަހަރު ނުވަތަ ތިންފަހަރެވެ. ބައެއް ދުވަސްވަރަކަށް ކޯނިކޯނި ނުފެނި އަޑެއްބަޑެއް ނީވި ހިމޭންވަނީ މިހެންވެއެވެ!

“ވާރު” ހުސައިން މަނިކުފާނުގެ ކުޑަ ބިސްތާނަ”

ކިޔާފައިވާ ޢަދަދު: 3588
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
      

“އިސްދޫ” ޚާންދާނުގެ، الفقيه “ވާރު” حسين منكفان

(ހަނދާނާއި ތާރީޚުގެ ތެރެއިން، ގައުމާތަގޭ “ވާރު” ޙުސައިން މަނިކުފާނު، ހުޅުދޫ)

ހަސަން މާހިރު، ހުޅުދޫ            

“ދުނިޔޭގައި މީހަކު ދިރިއުޅުނު ދުވަސްވަރު އެމީހާގެ ކިބައިން، އެމީހާގެ އަމިއްލަ ވަޠަނާއި ޤައުމަށް ރަނގަޅު ޚިދުމަތްތަކެއް އަދާ ކޮށްދިން ރަނގަޅު ޝަޚުސިއްޔަތުން، ދުނިޔެ ދޫކުރުމަށް ފަހު، އެފަދަ ޝަޚުސިއްޔަތުންގެ  ޒިކުރާ އާކޮށް، އެފަދަ ހަރުދަނާ ބޭބޭފުޅުން ފަހަށް ދޫކުރެއްވި ރަނގަޅު ކަންކަމުގެ މައްޗަށް ޢިބުރަތް ޙާސިލުކުރުމަކީ، ނުވަތަ ޒިކުރާ އާކުރުމަކީ، ވަރަށް މުހިއްމު ކަމެކެވެ.
 

ހަމައެކަނި ވިދާޅުވެލެއްވުމަށް….(4)

ކިޔާފައިވާ ޢަދަދު: 2716
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަދި މިރާއްޖޭގައި އަލަށް

“ފަރިކަމުގެތަރި” ހޮވަނީ!!

ރާއްޖޭގައި އަދި މިހާތަނަށް ބޭއްވިކަމަށް އެނގިފައިނުވާކަހަލަ އައުމުބާރާތެއް މޫންލައިޓްގެ ފަރާތުން ބާއްވަން ގަސްތުކޮށްފީމުއެވެ. އެ މުބާރާތް ކަޑައެޅިފައިވަނީ ޖިންސުއްލަތީފުންނަށެވެ.
 

ބައިނުލްއަޤުވާމީ ފޮތުގެ ދުވަހުގެ ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 2397
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރިންގެ ގުޅުމުގެ އިދާރާ

މިއަދަކީ އދ. ގެ ތަޢުލީމާއި ސައެންސާއި ސަޤާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން ކަނޑައަޅުއްވައިފައިވާ “ބައިނުލްއަޤުވާމީ ފޮތުގެ ދުވަހެވެ.” މިއަދުގެ މުނާސަބަތުގައި ލިޔުންތެރީންގެ ގުޅުމުގެ ހުރިހާ މެންބަރުންނަށް ޚާއްޞަކޮށް، އަދި ޢާއްމުކޮށް ފޮތްތެރިކަމަށް ލޯބިކުރައްވާ ހުރިހާ އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.