ވަކީލުގެ ބޮޑުސުއްޓާ

ކިޔާފައިވާ ޢަދަދު: 8421
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މިއީ މީގެ ހައެއްކަ އަހަރު ކުރިން އަޅުގަނޑު ތަރުޖަމާކުރި ވަރަށް ރީތި، ލުއިލުއި ވާހަކައެކެވެ. ހިނގި ކަމެއް ނޫނެވެ. ނަމަވެސް ބައެއް ލޯޔަރުން، ގާނޫނު ރަނގަޅަށް އެނގި ތިބެ ކުރާ ކަންތައްތަކުގެ ސަބަބުން ލިޔެވިފައިވާ ވާހަކައެކެވެ. ލިޔުނު މީހެއް އެނގޭކަށް ނެތެވެ. ކުދި ކުދި ތަފާތާއެކު މި ވާހަކަ އިންޓަރނެޓުގައި ދައުރުވެއެވެ. އަޅުގަނޑު ހަމަ އެކަނި ތަރުޖަމާކޮށް ތިޔަ ބޭފުޅުންނަށް ހުށައަޅައިލީއެވެ.
———— ސަމީރު

އެމެރިކާގެ ވަރަށް މުއްސަނދި ވަކީލަކު ބޮޑުސުއްޓާ ފޮއްޓެއް ގަނެ، އެއީ މާ ނާދިރު ވައްތަރެއް ކަމަށް ބުނެ މި ދެ ޑަޒަން ސުއްޓާ އިންޝުއަރަންސް ކޮށްފިއެވެ. އިންޝުއަރަންސް ކުރީ، ވަގަށް ނެގުން، ގުދުރަތީ ސަބަބަކުން ވީރާނާވެ ހަލާކުވުމުންނާއި އަލިފާނުގެ ހާދިސާއެއްގައި ހަލާކުވުމުން ލިބިދާނެ ގެއްލުމެއްގެ ބަދަލުގައި މީނާއަށް މާލީ ބަދަލެއް ލިބޭގޮތަށެވެ. އިސްވެ ދެންނެވި ޒާތުގެ ކޮންމެ ކަމަކުން މި ސުއްޓާތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ މީނާއަށް 1500 އެމެރިކާ ޑޮލަރު ލިބޭގޮތަށެވެ.

ލޭ ބޯ ފަނި (13)

ކިޔާފައިވާ ޢަދަދު: 7900
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(20 މާރޗް 2013 (ބުދަ) ގުޅޭ)
“ކަން ބޮޑު ނުވޭ! އަހަރެން ދައްތަޔާ ވާހަކަ ދައްކާނަން. ކޮޓަރީގެ ފުރަގަހު ދޮރުން ވަދެވޭނޭ އިންތިޒާމެއް ހަމަ ޖައްސާނަން. ހަމަ ޖެހުނުހައި އަވަހަކަށް އަންނާނަން.”
 
އޭނާ އިރުކޮޅެއް ވާންދެން އަކްބަރްގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. ހިތުގައި ހުރި ވާހަކަތައް ދައްކަމުން ދިޔައީ ލޮލުންނެވެ. ބޭރުގައި އެއަށްވުރެ އިތުރު ކަމެއް ކުރެވޭކަށް ނޯންނާނެތީއެވެ. ކުއްލިއަކަށް ޓެކްސީއެއް އައިސް ގޭ ދޮރުމައްޗަށް މަޑު ކޮށްފިއެވެ. އޭރު އަކްބަރްގެ އެއް ފައި ހުރީ ދޮރުން ބޭރުގައެވެ. ޓެކްސީން ފޭބިތަން ފެނުނީ ފީރޯޒާގެ މަންމައެވެ. ތިން މީހުންގެ ހަކަޅި ބައްދަލު ވެއްޖެއެވެ.

ޓީޗަރު ދެއްވި ހިތްވަރު

ކިޔާފައިވާ ޢަދަދު: 3614
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
ހޫނުގަދަ ދުވަހެއްގެ ހޫނުގަދަ ވަގުތެއްގައި ރައީފާ ތައްޔާރުވަމުން ދަނީ ދަރިފުޅު ބަލައި ސްކޫލަށް ދިޔުމަށެވެ. ދަރިފުޅު ސްކޫލުން އަންނަންވާއިރަށް އޭނާއަށް އެންމެ މީރު ކެއުން ކަމުގައިވާ ނޫޑްލްސް ތައްޔާރު ކުރީ މީގެ ކުޑަ ވަގުތު ކޮޅެއް ކުރީންނެވެ. ރައީފާ ތައްޔާރުވެ ނިމިގެން ގެއިން ނިކުންނަމުން މައިދައިތަ ކޮބައިތޯ ބަލައިލި އެވެ. އޭރު މައިދައިތަ އުޅެނީ އޭނާގެ ކޮޓަރި ސާފުކުރުމުގައި އަވަދިނެތި އެވެ.

ހަމަ އެކަނި ވިދާޅުވެލެއްވުމަށް….(3)

ކިޔާފައިވާ ޢަދަދު: 6291
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


ޕްރެޒިޑެންޓް ناصرގެ ނުރަސްމީ ދަތުރުފުޅު

ޕްރެޒިޑެންޓް إبراهيم ناصر ރަންނަބަޑޭރިކިލެގެފާނު، ދާދި ފަހުން އ. އަތޮޅަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ވާހަކަ ތިޔަ ބޭފުޅުންވަނީ އައްސަވާފައެވެ. މި ދަތުރުފުޅަކީ، އަޅުގަޑުމެން (عامّން) ނަށް އެގިފައިވާ ގޮތުގައި ޕްރެޒިޑެންޓް ވަރަށް ގިނަ އަހަރުތަކަކަށް ފަހު ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅެކެވެ.

އޭރުގެ ފަތްފުށްތަކުން….(24)

ކިޔާފައިވާ ޢަދަދު: 6656
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގާތުން ބޮލި ކޮއްޓޭއެއް ދީގެން ނަމަވެސް ފަނޑިޔާރުގެ އަށް ނުގޮސް ވޭތޯ ބަލާށެވެ!

الشيخ محمد جميل  އުއްތަމަ ފަނޑިޔާރު މަނިކުފާނު


މިއީ، އޭރުގެ محكمةالشرعيةއިން ނެރުއްވަމުން ގެންދެވި މަޖައްލާ “شعلة” ގެ 3 ވަނަ އަހަރީ ނަންބަރު (15 މުޙައްރަމް 1378) ގައި އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ (އޭރުގެ އުއްތަމަފަނޑިޔާރުމަނިކުފާނު) ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ.

ޝައިޚް މުޙައްމަދު ޖަމީލު ދީދީ (ރަޙިމަހުﷲ) އަކީ، ލިޔުންތެރިކަމުގެ ދާއިރާގައި އިތުރު ތަޢާރުފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ.


އަޅުގަނޑުމެން ކުޑައިރު ވަރަށް ގިނައިން ކަންފަތަށް އަރާ އަޑެކެވެ. އޭގެ މާނައާއި، އޭގެ حكمة އެނގެނީ މިހާރު އެވެ. ލޮލުން ދެކެ، އަތުން ހިފުނީމައެވެ. تجربة ލިބުނީމައެވެ.

ނޮބެލް ޕްރައިޒް

ކިޔާފައިވާ ޢަދަދު: 5007
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ނޮބެލް ޕްރައިޒް

އުފެއްދީ ކާކު؟ ކީއްވެގެން؟

ޢަބްދުއްރަޝީދު ޙުސައިން

ނޮބެލް ޕްރައިޒް އަކީ ވަރަށް އަގުހުރި އިނާމެކެވެ. ނޮބެލް އިނާމު  ލިބޭނީ  ބައިނަލް އަޤްވާމީ ގޮތުން ވަރަށް ފާހަގަކުރެވޭ މީހުންނަށެވެ. އެ މީހަކު އިންސާނިއްޔަތަށް އެ ކުރާ އަގުހުރި ޚިދްމަތެއްގެ ސަބަބުންނެވެ. އާދޭހެވެ! އެއްވެސް މީހެއްގެ ވާހަކަ ދައްކާއިރު އޭނާ އަކީ މި ވެނިރޮނގަކުން ނޮބެލް އިނާމު  ލިބިފައިވާ  މީހެކޭ ބުނެފިނަމަ އެ ހިސާބުން އޭނާގެ ޝަރަފުގައި އިތުރު އެއްޗެއް ބުނާކަށް ނުޖެހޭ ނެއެވެ. އެހެންކަމުން މި ފުރުޞަތުގައި ނޮބެލް އިނާމު އުފެދުނީ ކިހިނެއް ކަމާއި އެ އިނާމު އުފެއްދީ ކޮންތާކު ކޮން ބަޔެއް ކޮން އިރަކު ކަން ދަންނަވައިލާނަމެވެ. އެނގިވަޑައި ނުގަންނަވާ ބޭފުޅުންގެ މަޢުލޫމާތަށެވެ. އެނގިވަޑައިގަންނަވާ ބޭފުޅުން ހަނދުމަފުޅު އައުކޮށް ލެއްވުމަށެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (5)

ކިޔާފައިވާ ޢަދަދު: 5162
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(8 އޭޕްރިލް 2013 (ހޯމަ) ގުޅޭ)

ނަމަވެސް މޫނުމައްޗަށް ވަށައިގެން އަނދިރި ވަމުން އައިސް އެންމެފަހުން އެއްވެސް ތަނެއް ނުފެނި ގެއްލިއްޖެ އެވެ. އަނެއްކާވެސް ހޭނެތުނީ އެވެ.
“ހައްދަވާ ބޮޑުކުރެއްވި ކަލާކޯ އެވެ. މީނާ ދިރިހުރިކަމުގައި ވަނީނަމަ ހަރަކާތް ދެއްވާނދޭވެ! އޭ ކަލާނގެއާ އެވެ. ދެން މިދުޢާ ގަބޫލު ކުރާށެވެ. އޭރުން ކަލޭގެ ބުދުގެ ކުރިމަތީގައި އެތައް އެތައް ބައްތި އެއް  އަހަރެން ދިއްލައި ދޭނަމެވެ.  ބީބަރަސް އަށް ހޭވެރިކަން ވީއިރު މި އިބާރާތްތައް އިވެއެވެ. ކުއްލިއަކަށް ތެދުވެފައި ބީބަރަސް ބުންޏެވެ. “ދެންވެސް އަހަރެންގެ އަތް މޮހާލަދޭށެވެ.”

އަލްމަރުޙޫމު މައުލަވީ މުޙައްމަދު ނަސީމު،

ކިޔާފައިވާ ޢަދަދު: 3417
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

(ހުޅުދޫ މާލިމީގޭ މުޙައްމަދު ދީދީ)

ހަސަން މާހިރު، ހުޅުދޫ                      

ނެތިފަނާވެ، ﷲ ތަޢާލާގެ ރަހުމަތައް ދަތުރުކުރައްވައިފައިވާ ރަނގަޅު ބޭބޭފުޅުންގެ ޒިކުރާ އާކޮށް، އެ ބޭބޭފުޅުން، ފަހަށް ދޫކުރެއްވި ރަނގަޅު ކަންކަމުގެ މައްޗަށް ދިރިތިބީން ޢިބްރަތް ހާސިލް ކުރުމަކީ އެންމެ ބޯދާ އަން ޒަމާނުއްސުރެ، ދިވެހި އުއްމަތުގެ ތެރޭގައްޔާއި އަދި ޣައިރު މުސްލިމު އުއްމަތްތަކުގެ ތެރޭގައި ވެސް، މިއަދާ ހަމައަށް ހިނގަމުން އަންނަ މުހިއްމު ވަރުގަދަ އާދައެކެވެ.
 

ސަރާ (35)

ކިޔާފައިވާ ޢަދަދު: 5734
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(7 އޭޕްރިލް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ދަރިފުޅަށް ފަހީމާގެ ކެހިވެރި ރޭވުމުގެ ޙަޤީޤަތް އެނގުނީތީ ފަހީމާ ވަރަށް ބޮޑަށް ދެރަވެ ލަދުގަނެއްޖެ އެވެ. ދަރިފުޅުގެ ކުރިމަތީގައިއޭނާގެ ޤަދަރު ވެސް ކުޑަވެ މުޅިން މާޔޫސްވެއްޖެ އެވެ.

ވަޖުދީ އެބަޔަށް އައިސްވަނީ އެވަގުތުއެވެ. ޝާޢިރާ ކޮބައިހޭ އަހާފައި މަލަކާ ގާތު އައިސްބަލާށޭ ބުނެފައި، ވަޖުދީ ގޮސް ވަނީ އެމީހުންގެ އެޕާޓްމަންޓަށެވެ. އޭރު ޝާޢިރާ މެދުގޭތެރޭ ސޯފާގައި ކޮންމެވެސް ފޮތެއް ކިޔަން އިނެވެ. ވަޖުދީ އައިގޮތަށް އައިސް ޝާޢިރާ އިން ސޯފާގައި އިށީނެވެ. މަލަކާވެސް އޭނާގެ ފަހަތުން އައިސް ވަނެވެ.

މަންމަގެ ހެޔޮ ހިތް

ކިޔާފައިވާ ޢަދަދު: 4886
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
މިއީ އަރަބި ޅެންބަހުން ލިޔެފައި އޮތް ކުރުޚިޔާލީ ވާހަކައެއްގެ ތަރުޖަމާއެކެވެ. قلب الأم الحنون (“މަންމަގެ ހެޔޮ ހިތް”) ގެ ދިވެހި ތަރުޖަމާއެކެވެ. ބުނެވޭގޮތުގައި އެއްޒަމާނެއްގައި އުޅުނު މުއްސަންޖަކު އަންހެނަކާ ހިތާވެ އޭނާއާ ކައިވެނިކުރަން ބޭނުންވި އެވެ. ނަމަވެސް އެ އަންހެންމީހާ އެ މީހާއާއި ކައިވެނިކުރުމަށް އިންކާރުކުރި އެވެ. މިކަމާ ފިރިހެންމީހާ ނުރުހި ބަދަލުހިފުމަށް ނިންމި އެވެ. އަދި އެ އަންހެންމީހާ އަށް ލިބިފައިވި ކުއްޖެއް ގާތު މަންމަގެ ހިތް ނަގައިގެން ގެންނަން ބުންޏެވެ. އެތައް ފައިސާއަކާއި ޖަވާހިރު، އެ ކަން ކޮށްފިނަމަ، ދޭން ވައުދުވެފައެވެ.