މުލަކު އިބްރާހީމް ދީދީ

ކިޔާފައިވާ ޢަދަދު: 888
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
މުލަކު އިބްރާހީމް ދީދީ އަކީ ދީންވެރި ޢިލްމުވެރި ފަންޑިތަވެރި ބޭފުޅެކެވެ. ދަންނަވަން މިއުޅެނީ މާދުވަސްވީ ވާހަކައެއް ނޫނެވެ. ހާހާ ނުވަ ސަތޭކަ ހައްޓީގެ އަހަރުތަކުގެ ކުރީކޮޅުގެ އަހަރެއްގައި ހިނގާދިޔަ ކަމެއްގެ ވާހަކައެވެ. ދުށްމީހަކު އަދި އެކަމުގައި ބައިވެރިވެ އެކަން ތަޖުރިބާކުރި އޭރުގެ ދިހަބާރަ އަހަރުގެ ކުއްޖަކު، މިއަދު އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ގދ.ތިނަދޫގައި ބަސްވިކޭ ހަރުބޭފުޅަކު އޭނާގެ ލޮލުން ދެކިލައްވައި ތަޖުރިބާކުރެއްވި ގޮތަށް، އޭނާ ވިދާޅުވެދެއްވި ގޮތަށް މުލަކު އިބްރާހީމް ދީދީ އާއި ގުޅޭ ވާހަކައެއް ދެންނެވޭތޯއެވެ. އޭނާ ވިދާޅުވިގޮތުގައި މިއަދުވެސް މިކަމުގައި މިދެންނެވި ބޭފުޅާއާއެކު ބައިވެރިވެވަޑައިގަތް، އޭރު އެ ދުވަސްވަރުގެ ޒުވާން އެއްއުމުރުފުރާވަރުގެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ތިބާގެ ކުންފުންޏަކީ، ލިސްޓްކުރުމަށް ރަނގަޅު ކެންޑިޑޭޓެއްތަ؟

ކިޔާފައިވާ ޢަދަދު: 644
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
މަތީގައިވާ ސުވާލަކީ ޖަވާބު ދިނުމަށް ފަސޭހަ ނޫން އަދި ކުންފުނީގެ ކުޑަބޮޑު މިނާއިވެސް ގުޅިފައިވާ ކަމެއްނޫނެވެ.  އެހެންނަމަވެސް ކޮންމެވެސް ވަގުތަކު ރަނގަޅަށް ހިނގާ ޕްރައިވެޓް ކުންފުނި ސްޓޮކް މާރކެޓްގައި ލިސްޓްކުރުމަށް ވިސްނައެވެ. އަދި ކުންފުނި ލިސްޓްކުރުމަށް ރިޢާޔަތްކުރެއެވެ. ކުންފުނި ލިސްޓްކުރުމަށް މިސްރާބުޖަހާއިރު ބައެއް ކުންފުނީގެ ކުރިމަގާ ގުޅޭ އަސާސީ ސުވާލުތަކާއި ކުރިމަތިލާންޖެހެއެވެ.

“އިތުރު” އާލުންނާއި “މިތުރު” އަޞްޙާބުން

ކިޔާފައިވާ ޢަދަދު: 1436
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ބަލާޣާތްތެރިކަމަކީ އަދަބިއްޔާތުގައި ވަރަށް މުހިއްމު ސިފައެވެ. ބަލާޣާތްތެރިކަމަކީ “އަދަބީ ކަންތައްތަކުގައި ކުޅަދާނަކަން” ލިބިފައިވުން ކަމަށް ދިވެހި ބަސްފޮތުގައިވެއެވެ. ބަހަވީ ޢިލްމުވެރިންގެ އަރިހުގައި ބަލާޣާތްތެރިކަމަކީ މުޚާޠަބު ކުރެވޭ ފަރާތުގެ ޙާލަތާ އެއްގޮތްވާ ގޮތުގެ މަތިން، ދައްކާ ވާހަކައިގެ ލަފުޒުތަކާއި ޖުމްލަތަކުގެ  ފަޞާޙަތްތެރިކަމާއެކު،  އޭގެ އަސަރު ހިތަށް ކުރުވާ ފަދަ ގޮތަކަށް ބަސްމޮށުމެވެ. 

މި ކަމަކުން ވީ ވަރައް ނެއު

ކިޔާފައިވާ ޢަދަދު: 804
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޝިފާޤު މުފީދު
 
ދުވަހަކިސް ނިހަދަމޭ އަވަޅެމައް ކުރިޔަކުން
      ދުވާލެކި މިތައި ލޭނ ރިވެތި ޅެންތެކެން
             ހުވާން އޭގެ ވޭނ އިބުރަތެން އަވަ ފެށިން
                     ހުވައިހާ ބެނާ މީ ތެދެއު  ހަމަ  ޔަގީން
ތަށާސް ވެންނެނައެ ބެނެ ލިބޭ ހިއްވަރެން
      ފަށާގެން މަކީކަލް ކިއުން ލިއްލިކެން
             މަށާގެން ކޮށާ ބަހަތެކަސް އަތެރަމުން
                     މަށާސް ވުން އެދީގެން ނެގީމޭ  ގަލަން

ރަށޮ ރީޑިއަރާގައު

ކިޔާފައިވާ ޢަދަދު: 678
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޝިފާޤު މުފީދު، ޏ. ފުވައްމުލައް
 
މި ރަށިގެ އިރިމަތި ގެރެމުން އޭނކަލް، އެތަނެން ރަޅޮ މަތަނިވެމުން އޭނކަލް
          މި ރަށިގެ  މީހުން މި ރަށަހަ ދިންހައި އަނިޔާ  މައްތެން އެންމެން ވިސްނައު!
މިރަށިގެ އޮއިވަރޮ ނިބަލާ ނިހުއާ، ރަށިހަރޮ މީހުން ބަހަބެނެ އިއްވާ
          މި ރަށިގެ އިރިމަތި ފުންކޮހޮ ކޭނާ، މި ރަށިގެ އުހުތަން ގެރެމުން  އޭނ  ގޮއު

ރައީސްގެ ނަންފުޅުގެ ކުރިޔަށް “އޮނަރަބްލް” ކިޔާތީ ބޮލަށް އުނދަގޫވެއެވެ.

ކިޔާފައިވާ ޢަދަދު: 1471
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށުއަޒީ)
މިވާހަކަދައްކަން ހިތަށްއަރާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް މި ޚިޔާލުތައް ޢިބާރާތަށް ތިލަކޮށްލަން މަޖުބޫރުވީ މިއަހަރު ޖުމްހޫރީ ދުވަހުގެ ޚާއްޞަ ޖަލްސާގައި އިންއިރު މިކަމާ ބޮލަށް އުނދަގޫވީލެއް ބޮޑުކަމުންނެވެ.
 

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރަންޖެހެނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 1283
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
އަޅުގަނޑުމެންގެ މި ދިވެހި ދީބުގެ ތެރެއިން ގިނަ މީހުންނަކީ އަމިއްލަ ދަރިން ނުވަތަ އަމިއްލަ އާއިލާ ދެކެ ނުހަނު ލޯބިވާ ބައެކެވެ. ވަކިން ޚާއްސަކޮށް ކުޑަކުއްޖެއްނަމަ އޭނާއަށްދެވޭ އަޅައިލުމާއި، އޯގާތެރިކަން ވަރަށް ބޮޑެވެ. ނަމަވެސް ކެނޑިނޭޅި އަޅުގަނޑުމެންގެ ކަންފަތަށް އިވެމުންދާ އެންމެ އަސަރުކުރުވަނިވި އެއްވާހަކައަކީ އަޅުގަނޑުމެންގެ ތުއްތު މައުޞޫމް ދަރިންނަށް ބޮޑެތި މީހުންގެ ފަރާތުން ލިބެމުންދާ އަނިޔާތަކުގެ ވާހަކައާއި އެކުދިންނަށް އިހުމާލުވެ އަޅައިނުލާ ވާހަކައެވެ. އަދި އެކުދިން ޙައްޤުތަކުން މަހުރޫމްކޮށް އެކަހެރިކޮށް ބާކީ ކުރާ ވާހަކައެވެ. ގިނަ ފަހަރަށް އެކުދިންގެ ޙައްޤުތަކަކީ ކޮބައިކަމާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާތައްވެސް ގިނަ މީހުންނަށް މިއަދު މިވަނީ އޮޅި، ވާނުވާ ނޭގޭ ހިސާބަށް ގޮސްފައެވެ. އަދި ބައެއްފަހަރު އެކުދިންގެ ޒިންމާ އުފުއްލަން ޖެހޭ ފަރާތްތައް ވެސް މިވަނީ ބައެއް މީހުންނަށް ނޭނގުމެއްގެ ތެރޭގައެވެ. މިއީ މިއަދުގެ ޖީލުގެ ހާލަތެވެ. 

އުއްސަކުރު ޒަމާން

ކިޔާފައިވާ ޢަދަދު: 1109
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތާރީޚީ ވާހަކައެއް

އުއްސަކުރު ޒަމާން

އިބުރާހީމް ޙުސެން މަނިކު
   
އޭނާޔަކީ ބާޒާރުމަތީ ‘ދިވެހި’ ކުޑަފިހާރައެއް ހިންގަން އުޅުނު މީހެކެވެ. އޭނާ ބުނާގޮތުން އެއީ އޭނާގެ ބައްޕަ ވެސް ކުރަމުން އައި މަސައްކަތެވެ. ބައްޕަ ނިޔާވުމުން ހީވާގި ކަމާއެކު ބައްޕަގެ މަސައްކަތުގައި އޭނާ ހިފީއެވެ. އަދި ޒަމާނާ ގުޅޭ ގޮތުން ފިހާރައިގައި ވިއްކާ ދިވެހި މުދަލުގެ ބާވަތްތަކަށް ގެންނާން ފެނުނު ބަދަލުތައް ވެސް ގެނައީއެވެ. އޭނާގެ ނަމެއް ދަންނަވާކަށް ނޭނގެއެވެ. ނަމެއް ކިއުމުގެ ގޮތުން ނަމަކަށް އެދުވަސްވަރުގެ އާންމު ނަމެއް ކަމުގައިވާ ދޮންއަހަންމަދު ކިޔަމާ އަންނާށެވެ. ވާހަކަޔަކީ ވަރަށް ކުރީން އަހައިފައިވާ ވާހަކައެކެވެ. 

ލިސްޓްކުރުމުން ދިމާވެދާނެ ގޮންޖެހުންތައް

ކިޔާފައިވާ ޢަދަދު: 766
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ލިސްޓްކުރުމުގެ އިޖުރާއަތްތަކާއި، އުޞޫލުތަކަށް ރަނގަޅަށް ރިޢާޔަތްކޮށް ފަރުވާތެރިކަމާއެކު އިވަލުއޭޓްކުރުމަށްފަހު، ލިސްޓްކުރުމުގެ ފިޔަވަޅުތައް ފުރިހަމަކުރުމަށް ކުންފުނިން އަހައްމިޔަތުކަމެއް ދޭން ޖެހެއެވެ. އަދި ލިސްޓްކުރުމުގައި ހުރި ފައިދާ އާއި ގެއްލުމަށްވެސް ރިޢާޔަތްކުރުން ވަރަށް މުހިންމެވެ. ޢާންމުންނަށް ކުންފުނީގެ ވެރިންގެ ގޮތުގައި ބައިވެރިވުމަށް ހުޅުވާލުމުގައި އެޑްވާންޓޭޖްތަކެއް ހުންނަފަދައިން، އެކަމުގައި އެކުލެވިގެންވާ ރިސްކްތައް ރަނގަޅަށް ވަޒަންކުރަންޖެހެއެވެ. ހަރުދަނާ ޕްލޭނެއްގެ ދަށުން ކާމިޔާބުކަމާއެކު ލިސްޓްކުރުމުން ލިބެންހުރި ފުރުޞަތުތައް ދެނެގަތުމަށާއި އަދި އެކަމުގައި އެކުލެވިގެންވާ ރިސްކަށް ބަލަންޖެހޭނެއެވެ.
 

ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަން

ކިޔާފައިވާ ޢަދަދު: 1219
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ނަޞްރުގެ ދުވަހުގެ ތަޤުރީރު  

ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަން

އާދަމް ނަޞީރު އިބްރާހީމް 

މިއީ 2015 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ދިވެހި ޢަސްކަރިއްޔާގެ ފަރާތުން އިންތިޒާމު ކުރައްވައިގެން ކަޅުތުއްކަލާކޮށީގައި، 4 ނޮވެންބަރު 2015 ގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި، އެ ޖަލްސާގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން  މަޝްހޫރު ބަސްވާރު އަދި ޝާޢިރު އަލްއަޚު އާދަމް ނަޞީރު އިބްރާހީމް ދެއްކެވި ވާހަކަފުޅެވެ. މި ތަޤުރީރުގައި މައިގަނޑު ގޮތެއްގައި އޭނާ އަލިއަޅުވައިލައްވައިފައި ވަނީ ޤައުމު ދިފާޢުކުރާނެ ޖީލެއް އުފެއްދުމުގައި ޤައުމުގެ އަމިއްލަވަންތަކަމުގެ އަގު އެނގޭ، އެ މައްޗަށް ފަޚުރުވެރިވާ ދަރީންތަކެއް ބިނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި މިއަދުގެ ޙާލަތަށް ޤައުމު ވެއްޓެންދިމާވި ސަބަބުތަކުގެ މައްޗަށް ވެސް މެއެވެ.