ދިވެހިރާއްޖެ

ކިޔާފައިވާ ޢަދަދު: 7297
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ޞުލްޙައާ އެކުވެރިކަމަށް އެދިގެންއަބަދު އޮންނާނެޔޭ
            ޡުލްމުވެރިވާ ޚާއިނުންނާ އެއްބަހެއް ނުމެ   ވާނެޔޭ

ކޮންމެފަދަ ހަތިޔާރަކުން ނައްތާލުމަށް ބާޣީން އަޔަސް
            އެންމެ ކުޑަދަރިފުޅު ވިޔަސް ޖާނުން ފިދާ ކޮށްލާނެޔޭ

ފުރަތަމަ ލިޔެވުނު ޤާނޫނު އަސާސީ

ކިޔާފައިވާ ޢަދަދު: 7111
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ކީރިތި ރަސޫލާ (ޞ.ޢ.ވ) މަދީނާއަށް ހިޖުރަ ކުރެއްވިއިރު، މަދީނާގައި އެއްވެސް ވެރިޔަކުނެތުމާއި އަދި ލިޔެވިފައިވާ އެއްވެސް ޤާނޫނެއް ނެތުމުގެ ސަބަބުން ކުށްކުރާމީހުން ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް މަދީނާއަކު ނުވެއެވެ. އެންމެ ބާރުގަދަ މީހާ ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ވެސް ކުރުން ވަނީ އާދައަކަށް ވެފައެވެ. ނިކަމެތި ބާރު ދެރަ މީހުންނަށް ޖެހިފައިވަނީ ކޮންމެވެސް ބާރުގަދަ މީހެއްގެ ނިވަލުގައި އަބަދު ވެސް އުޅޭށެވެ. އެ ގޮތުން ސަލާމަތުން ދިރިހުރުމަށްޓަކައި ނިކަމެތިންނަށް އޭރު ޖެހިފައިވަނީ އާންމު ގޮތެއްގައި ކޮންމެވެސް ބާރުގަދަ ޤަބީލާއެއްގެ ނުވަތަ ޤަބީލާއެއްގެ ބާރު ގަދަ ލީޑަރެއްގެ ނިވަލަށްވަންނާށެވެ.

ނިމުމެއް ނެތް ކަރުނަ

ކިޔާފައިވާ ޢަދަދު: 3321
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
ދަރީންނަކީ ކައިވެނީގެ ފޮނިމޭވާއޭ އެންމެން ވެސް ބުނެއެވެ. އެއީ އެންމެން ދަންނަ ޙަޤީޤަތް ވެސް މެއެވެ. އެތައް ރެޔެއްގެ ނިދި ނަގައިލައި ދަރީންނަށް ޓަކައި  ޤުރުބާންވަނީ ވެސް އެފޮނި މޭވާގެ ޙަޤީޤީ ފޮނިކަން ދުށުމުގެ ބޭނުމުގައެވެ. މިއީ މުޅިން ތެދު ކަމުގައިވާ ނަމަ ދުނިޔޭގައި ތިބޭނީ އުފަލާއި އަރާމުގައި އުޅޭ މީހުންނެވެ. މޮޅިވެރި ސާލުލައިގެން ދުނިޔެއަށް ދެއްކުންތެރިކަމުގެ ހިނިތުންވުން ދައްކުމުގައި އުޅޭ އަހަރެން ކަހަލަ މީހުންނެއް ނޫޅޭނެ އެވެ. އަދި ކުށްވެރީންނެއް ވެސް  ދުނިޔެއަކު ނުތިބޭނެ އެވެ. ކޯޅުންތަކާއި ހަނގުރާމަތަކެއް ވެސް ދުނިޔޭގައެއް ނުވާނެ އެވެ. އެހެން މީހުންގެ ޚިޔާލާ އަހަރެންގެ ޚިޔާލު ތަފާތުވަނީ  އެކަހަލަ އެތައް ސަބަބުތަކަކާ ހުރެއެވެ.

ދެންނެވުން

ކިޔާފައިވާ ޢަދަދު: 6946
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

`

ލިޔުންތެރީންގެ ގުޅުން

   ހ.އާމުލީގެ، މާލެ،

ޚާއްޞަ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު

މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ޖަމްޢިއްޔާގެ މެންބަރުންގެ ޚާއްޞަ ފަރީއްކޮޅެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް…(1)

ކިޔާފައިވާ ޢަދަދު: 6113
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުނިޔޭގެ އެންމެ ކުޑަ މިނިސްޓްރީ އުވާލުމުގެ ބިލް

“ލިޔުންތެރީން” ގެ ވެބްސައިޓުގައި އަލަށް މި ފަށާ ސިލްސިލާ “ހަމައެކަނި ވިދާޅުވެލެއްވުމަށް….” އަކީ، މީގެ 25 އަހަރަށް ވުރެ ކުރީގެ ނޫސް މަޖައްލާތަކުން ނަކަލުކޮށްގެން ޝާއިޢުކުރާ، ޚަބަރާއި އިޢުލާނާއި އިޝްތިހާރާއި މަޢުލޫމާތުގެ ސިލްސިލާއެކެވެ.

މާޒީއަކީ މާޒީ

ކިޔާފައިވާ ޢަދަދު: 3067
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަތުޙުﷲ އަހްމަދު ރަޝީދު

އަވި ބާރު ހޫނުގަދަ ދުވަހެކެވެ.މެންދުރުގެ އިރު  ރަސްކަން ކުރަމުންދިޔައީ އެއްވެސް ރަޙްމެއް ހަމްދަރުދީއެއް ނެތް ފަދައަކުންނެވެ. ނަފީސާ އިނީ ގޭގެ ބޮޑުކޮޓަރި ތެރޭގައި ފަންކާ ޖަހައިގެން ފިނިކޮށްލުމުގެ ނިޔަތުގަ އެވެ. ޓީވީ އެމްގެ ދޭއެއްގެ ޚަބަރުގެ ތެރެއަށް ފީނަމުންނެވެ. ޚަބަރުގެ ތެރެއިން އިވެމުން ދިޔައީ ކޮންމެވެސް ޒުވާނެއް ރަޙްމު ކުޑަގޮތަކަށް މަރައިލިވާހަކަ އެވެ. އެއާ ވިދިގެން އިވެމުން ދިޔައީ ކަމާބެހޭ އެކިއެކި ވެރިންނާއި އިސްވެރިން އެ ޢަމަލު ކުށްވެރިކޮށް ވާހަކަ ދައްކަމުން ދިޔަ ވާހަކަތަކެވެ.

އޭރުގެ ފަތްފުށްތަކުން….(22)

ކިޔާފައިވާ ޢަދަދު: 6387
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ބޯ އެބަހުރި” (1)

ކޮޕީ محمد رشيد

އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދަކީ، ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ތަމްސީލު ކުޅުންތެރިއެކެވެ. އަދި ރީތިކޮށް ޢަރަބި ތާނަ ލިޔުއްވުމުގެ ހުނަރުވެރިއެކެވެ. އަދި ނޫސްވެރިއެއްވެސް މެއެވެ.

އޭނާގެ މިދެންނެވި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 1993 ވަނަ އަހަރު،ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަންގަލަން ލިބިވަޑައިގެންފައިވެއެވެ. އަދި ތާނަ، ޢަރަބި ލިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1988 ވަނަ އަހަރު، ތަމްސީލު ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1984 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން/ޅެންހެދުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2005 ވަނަ އަހަރު، ލިބިވަޑައިގެންފައިވެއެވެ.

ބިރިކިސިންޑާ ރައިވަރު (2)

ކިޔާފައިވާ ޢަދަދު: 3385
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު
(26 މާރޗް 2013 ( އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
    (10)
ހުރިތަނަކު ފަރެއްގައި     (ހުރިތަނަކު ފަރެއްގައި)
ގުރިމު ކަންނޭނގޭ ތަދާ    (މުގުރި ކަންނޭނގޭ ތަދާ)
ޅުރިވެތި ބިރިކިސިންޑާ     (ޅުރިވެތި ބިރިކިސިންޑާ)
ބުރުނުވަރުތޯ ލަގޮނޑި ދާ     (ލަގޮނޑި ދާވަރުތޯ ބުރުނު)
ފުރިހަމަވި ކަންކަމަށް އިންނަ     (ފުރިހަމަވި ކަންކަމަށް އިންނަ)
ހުރިހުންގާނު ތަރައިންނަ    (ހުންގާނު ހުރި ތަރައިންނަ)

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (4)

ކިޔާފައިވާ ޢަދަދު: 5083
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(25 މާރޗް 2013 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ބީބަރަސް ބުނަން ފެށިއެވެ.

“ޔަގީން ނުކުރެއްވޭ ކަމުގައި ވާނަމަ ބާކޫ ކުރެން އައްސަވާލައްވަން ވީނޫންތޯ؟ ނޫންނަމަ މިހާރު އެހިސާބަށް ދުރުވަންނަވަނިކޮށް ލަފާކުރެވޭ ގޮތުން މި ކަންތަކުގެ ވާހަކަ ކިޔައިދޭ ވަގުތާއި ދިމާވެދާނެހެން ހީވޭ.”

ދެންނެވުމެއް

ކިޔާފައިވާ ޢަދަދު: 249