ހަނދާނުން ފޮހެލުން ދަތި ޝަޚްޞިއްޔަތެއް.

ކިޔާފައިވާ ޢަދަދު: 4147
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ.ހިތަދޫ.
އަލްމަރްޙޫމް ގަނޑުވަރު ޢަލިދީދީ އަކީ ސ.ހިތަދޫ ޅެންވެރިކަމުގެ ގުލްޒާރުގައި ފޮޅުނު މާތަކުގެ ތެރެއިން އެންމެ މީރުވަސްދުވާ އެއްމަލެވެ. ޅެން، ފަރިހި، ހެއްދެވުމުގެ އިތުރުން އޭނާ އެންމެ އިސް ކަމެއް ދެއްވީ  ރައިވަރު ހެއްދެވުމަށެވެ. އެޔާއި ނުލައި ޅެންވެރިކަމުގެ ގުލްޒާރު ފުރިހަމަ ނުވާކަމަށް ބައްލަވައިގެން އެ ތަރަހަ މަތީގައި ހުންނަވައިގެން އޭނާ ހައްދަވައިފައިވާ ޜައިވަރަކީ އޭގެ އަދަބިއްޔާތާއި ފެންވަރަށް ބައްލަވައިފި ނަމަ ފާހަގަކުރެވޭ ފަދަ މޮޅު ރައިވަރުތަކެކެވެ. ފަހަތުގައި އަޅުގަނޑު މި ލިޔަނީ އޭގެ ތެރެއިން 2 ރައިވަރެވެ. ކިޔުންތެރިންނަށް އޭގެ މޮޅު ދެރަ ވަޒަންކުރުމަށް ފުރުޞަތު ދެމުންނެވެ.

ޒުވާނުންނަކީ ޤައުމުގެ އުއްމީދު

ކިޔާފައިވާ ޢަދަދު: 6283
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
އުއްމީދަކީ ޒުވާނުން ޤައުމަށް އަބަދު ލިބެވިވާ   
                 އުއްމަތް އެކީ  ދިރޭނޭ ރަމްޒާ  މަޤާމު  ފަހިވާ
ތަމްރީނުތައްމެ ހޯދާ އެކިއެކި މަޤާމުތަކުގައި
                ތަދުބީރު އެކުލަވައިގެން ސީދާ  މަގުން ހިގަންވާ

އޭރުގެ ފަތްފުށްތަކުން….(21)

ކިޔާފައިވާ ޢަދަދު: 6045
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

‘ވާހަކަދައްކާން ދަސްވާނީ ކިހިނެއްތޯއެވެ؟’

على أحمد

 ހ. މާދޫގޭ އަލްފާޟިލް ޢަލީ އަޙްމަދު (ރަޙިމަހުﷲ) އަކީ، ލިޔުންތެރިއެކެވެ. ތަޢުލީމަށް ޚިދުމަތްކުރެއްވުމުގައި ނަމޫނާ ބޭފުޅެކެވެ. އެއީ، ދިވެހިބަހުގެ އުސްތާޛެކެވެ. ބަހުގެ ގަވާއިދާބެހޭ ގޮތުން ތަފާތު މަޒުމޫނުތަކާއި ފޮތް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއް ވެސް މެއެވެ. އޭނާއަށް ވަނީ، އާންމު ޚިދުމަތުގެ އިނާމު ދެއްވަން ފެއްޓެވި ފުރަތަމަ އަހަރު ކަމަށްވާ 1979 ވަނަ އަހަރު، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު، 1995 ވަނަ އަހަރުވަނީ، ލިބިވަޑައިގެންފައި ވެއެވެ.   

ބަނޑުވައްއަކުރު އެއްގޮތް ކުރުން (10)

ކިޔާފައިވާ ޢަދަދު: 3679
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް

(16މާޗް 2013 (ހޮނިހިރު)އާ ގުޅޭ)

10- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުމާއެކު ބައިތުގައި އިތުރު މިޔުޒިކު އުފެއްދުން

ބައިތުގެ ބަނޑުވައް އަކުރާއި ފިލިކޯޅި އެއްގޮތް ކުރުމުގެ އިތުރަށް އެހެން ބައެއް އަކުރާއި ފިލި އެއްގޮތް ކޮށްގެން ޅެމުގެ މިޔުޒިކު އިތުރުކުރުމަކީ ވެސް ޅެންވެރީން ކުރާ ކަމެކެވެ. ތިރީގައި މި ވަނީ އޭގެ ބައެއް މިސާލެވެ. މި މިސާލުތަކުގައި ހިމެނޭ ބައެއް ބައިތުގައި ވެސް 9.3 ގައި ބަޔާންކުރި ފަދައިން ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތައް ހިމެނެއެވެ. ނަމަވެސް މި މަޒުމޫނުގައި ކާފިޔާއާ ގުޅޭ އެއްގޮތްކުރުންތަކުގެ ވާހަކަ ނުދައްކާތީ އެ ކަމާ މެދު ވާހަކަ ދައްކައިފައެއް ނުހުންނާނެއެވެ.

ބިރިކިސިންޑާ ރައިވަރު (1)

ކިޔާފައިވާ ޢަދަދު: 5823
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު

ތަޢާރުފު

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އަދި މިހާތަނަށް ރާއްޖޭގައި ޗާޕުވެ ޝާއިޢުކުރެވިފައިވާ ރައިވަރެއް ނޫނެވެ. ތުންތުންމަތިން ކިޔަމުން އަންނަ ރައިވަރެކެވެ. އަޅުގަނޑު މިރައިވަރު ލިޔެފައި މިވަނީ އަޅުގަނޑުގެ ބައްޕަ އަބްދުއްރަޙުމާނު ޙަސަން މަންޒިލް ނ. މާފަރު (84 އ) ކިޔައިދެއްވި ގޮތަށެވެ. ބުނެވޭ ގޮތުގައި މިއީ ހއ. އުލިގަމު ބޭފުޅަކު ހައްދަވާފައިވާ ރައިވަރެކެވެ. ރައިވަރުގެ ބަސްމަގު ތަރުތީބުކޮށްފައި މިވަނީ އަޅުގަނޑެވެ.

[ދިސް އިޒް އެން އިމަރޖެންސީ….!!]

ކިޔާފައިވާ ޢަދަދު: 5792
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
އަޅުގަނޑުމެންނަށް ވުރެ އުމުރުން ދޮށީ މީހުން އަޅުގަނޑުމެންނަށް ވާހަކަ ކިޔައިދެއެވެ. ގިނަ ފަހަރަށް އެއީ އެ މީހުންގެ ޙަޔާތުގެ ވާހަކައެވެ. އެ މީހުންނަށް ދިމާވެފައިވާ އާދަޔާ ޚިލާފު ކަންތައްތަކުގެ ވާހަކަ އެވެ.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް (3)

ކިޔާފައިވާ ޢަދަދު: 5412
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
(18 މާރޗް 2013 (ހޯމަ) ގުޅޭ)

ބީބަރަސް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ” އަހަރެންނަކީ ރަށުގައި އަހަށް ކާންދީ އަސް ބެލެހެއްޓި މީހެއް. ހަތިޔާރުގެ އެއްވެސް ކަމެއް އަހަރެން ނުދަންނަން.”
އެންމެ ރަނގަޅެވެ. އަހަރެން ކަލެއަށް ހުރިހާ ކަމެއް ދަސްކޮށްދޭނަމެވެ. ކަލޭގައި ހިތްވަރުގަދަކަމާއި  ޖެހިލުން ކުޑަކަން އެބަހުއްޓެވެ.

މާފު އެދުމެއް!

ކިޔާފައިވާ ޢަދަދު: 158
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 


މާފު އެދުމެއް!

“ލިޔުންތެރިން”ގެ ޑޭޓާބޭހަށް ދިމާވި ފަންނީ މައްސަލައަކާ ހުރެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ސައިޓް މެދުކެނޑުނީތީ، މި ސައިޓްގެ އަހުލުވެރީންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ.

ވެބްސައިޓަށް ދެއްވާ ތަރުޙީބަށް ޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް މި ފުރުޞަތުގައި ވެސް ޝުކުރުދަންނަވަމެވެ.

ލިޔުންތެރީންގެ ގުޅުން



 

1958 މ. ވަނަ އަހަރަކީ މެޑިކަލް ވެލްފެއަރގެ އެހީ ރަސްމީ ސިފައެއްގައި ސަރުކާރުން ދެއްވަން ފެއްޓެވި އަހަރެވެ.

ކިޔާފައިވާ ޢަދަދު: 3689
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު އިސްމާޢީލު ފުޅު – ނައިފަރު

ފަޤީރުންނަށާއި، ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދައިގަނެވޭފަދަ ތަނަވަސްކަން ނެތް ކޮންމެ މީހަކަށް ވެސް އެ ދުވަސްވަރަކު އެ އޮންނަ ސަރުކާރަކުން އެހީވެދެއްވަމުން ގެންދިއުމަކީ އަބަދުވެސް ހިނގަމުންދާނެ ކަމެއްކަން އެއީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ. ނަމަވެސް ދެވޭ އެހީގެ މިންވަރަށާއި، އެހީދިނުމުގައި ގެންގުޅޭ ހަމަތަކަށާއި، އުޞޫލުތަކަށާއި، ދާއިރާތަކަށް، އެކި ދުވަސްވަރު އެކި ކަހަލަ ބަދަލު އައުމަކީ ދިމާނުވެ ނުދާނެ ކަންކަމެކެވެ. އެހެންކަމުން މިފަހަރު  އަޅުގަނޑު ބަލައިލެވޭތޯ މި ބަލަނީ ބޭސްފަރުވާއަށް ބޭނުންވެފައިވާ ތަނަވަސްކަން ނެތް ފަޤީރުންނަށް ސަރުކާރުގެ ޚަރަދުގައި ބޭސްފަރުވާގެ އެހީ ހިލޭ ލިބިދިނުމުގެ ކަންތައް ރާއްޖޭގައި ފެށިގެން އައި ގޮތުގެ މައްޗަށެވެ.

ސަރާ (32)

ކިޔާފައިވާ ޢަދަދު: 5614
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(17 މާރޗް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ވަގުތުން ސަރާ ގެންދެވުނީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ސަރާގެ ހޭވެރިކަމެއް ނެތެވެ. ސަރާ ހޭއެރީ ހޮސްޕިޓަލުން ފަރުވާދޭތާ ބައިގަޑި އިރު ފަހުންނެވެ. ސަރާ ހޭއެރި އިރު ނިޔާޒްވެސް ހޮސްޕިޓަލަށް އަތުވެއްޖެ އެވެ.