ދެންނެވުމެއް

ކިޔާފައިވާ ޢަދަދު: 275
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

`

ލިޔުންތެރީންގެ ގުޅުން

   ހ.އާމުލީގެ، މާލެ،

 

ޚާއްޞަ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު

 

މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ޖަމްޢިއްޔާގެ މެންބަރުންގެ ޚާއްޞަ ފަރީއްކޮޅެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ގަދަފަދަ ޝުކުރެއް ތައްޔާރުކޮށްދެއްވުން.

ކިޔާފައިވާ ޢަދަދު: 7219
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ކުޑައިރު ވެލިކޭ ވާހަކައަކީ، މީހުން ދައްކާހިތްވާ ވާހަކައެއް ނޫނެވެ. އެވާހަކަ ބޮޑުސިއްރެއްގެ ގޮތުގައި ފޮރުވިފައި އޮންނަނީއެވެ. ނުހިނގާ ކަމެއްގެ ގޮތުގައެވެ. މިޒަމާނުގައި މާލޭގައި ދިރިއުޅޭ ކުޑަކުދީންނަށް ވެލިކާކަށް ފުރުސަތެއް ނުލިބޭނެއެވެ. ދިރިއުޅުމުގެ ގޮތްތަކަށް އައިސްފައިވާ “ތަރައްޤީ” ގެ ސަބަބުންނެވެ.

ބިރިކިސިންޑާ ރައިވަރު

ކިޔާފައިވާ ޢަދަދު: 1247
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލް ޙަމީދު ޢަބްދުއްރަޙުމާން، ނާދީ، ނ. މާފަރު

(26 މާރޗް 2013 ( އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
    (10)
ހުރިތަނަކު ފަރެއްގައި     (ހުރިތަނަކު ފަރެއްގައި)
ގުރިމު ކަންނޭނގޭ ތަދާ    (މުގުރި ކަންނޭނގޭ ތަދާ)
ޅުރިވެތި ބިރިކިސިންޑާ     (ޅުރިވެތި ބިރިކިސިންޑާ)
ބުރުނުވަރުތޯ ލަގޮނޑި ދާ     (ލަގޮނޑި ދާވަރުތޯ ބުރުނު)
ފުރިހަމަވި ކަންކަމަށް އިންނަ     (ފުރިހަމަވި ކަންކަމަށް އިންނަ)
ހުރިހުންގާނު ތަރައިންނަ    (ހުންގާނު ހުރި ތަރައިންނަ)

ސަރާ (33)

ކިޔާފައިވާ ޢަދަދު: 5754
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(24 މާރޗް 2013 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ނިމާލާ….ނިމާލްގެ ތި އޯގާތެރިކަމުގެ ބަދަލު އަހަރެންދޭނީ ކިހިނެއް. އަހަރެންފަދަ އެއްވެސް ގުޅުމެއްނެތް އަންހެނަކަށް ތިބަހައްޓާ އޯގާތެރިކަމުގެ ބޭނުމަކީ ކޮބާ؟” ނިމާލާއެކު އެކަނިވި ވަގުތު ސަރާ ވާހަކަ ދެއްކިއެވެ.

“ހެޔޮކަމެއް ކޮށްފި މީހަަށް އޭގެ ބަދަލު މާތްރަސްކަލާނގެ ދެއްވާނެ. އަހަންނަށް މިކުރެވެނީ ހެޔޮކަމެއް ކަމަށްވާނަމަ މާތްރަސްކަލާނގެ ބަދަލު ދެއްވާނެ.” ނިމާލް ބުންޏެވެ. ސަރާގެ ފަރާތުން އެއްވެސް ބަދަލެއް ބޭނުމެއް ނޫން ކަމަށް އަބަދުވެސް ނިމާލް ބުނެއެވެ.

ޤައުމުގެ އަޑު އަހާށެވެ!

ކިޔާފައިވާ ޢަދަދު: 6264
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ހީކުރާށޭ އަބަދަށްވެސް ރަނގަޅަށް ކަން ކަމުގައި
               މީ ކުރިންވެސް ލޮބުވެތި ޤައުމު އެދޭގޮތް ކަމުގައި
ކަންކަމަށް އުނި ހުރިހާ ހެޔޮބަދަލަށް އެދި ތިބެގެން
               އަންނަ މޫސުންދިރުވާށޭ މި ބިމަށް ފަހި  ގޮތުގައި

“ފޭސް ޑާރކްނެސް”

ކިޔާފައިވާ ޢަދަދު: 3473
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
(މިއީ ފައިބެ އަހަރު (2012 ގެ) ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރުން މަޝްހޫރު ރަށެއްގައި ހިނގި ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ސަމާސާ އަދަބެކެވެ.)

ފަތުޙުﷲ އަހްމަދު، ހއ. އިހަވަންދޫ

ޒުވާން ދެމަފިރިންނެވެ. ފިރިހެން މީހާއަކީ މަދަނީ ޚިދުމަތުގައި އަވަދި ނެތި އުޅެމުންދާ ހީވާގި ޒުވާނެކެވެ. އަންހެންމީހާ އަކީ ގެވެހި އަތްނބެކެވެ. ދެމަފިރިންގެ އަލަތު ދަރިފުޅަށް ތިން މަސް ފުރިހަމަ ނުވެ އެވެ. ވިހެއުމާއެކު އަނބިމީހާއަށް ތަފާތު އެކިކަހަލަ ކަންތައްތައް ދިމާވަމުން ދިޔަ އެވެ. ވިހެއުމާ ގުޅިގެން ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުންނެވެ. އެކި ފަހަރު އެކި އުނދަގުލެވެ. ބޯ އެނބުރުމުގެ އުދަނގުލެވެ. މޫނު މައްޗަށް އަނދިރިވުން ފަދަ ކަންކަމެވެ.

ޔޫސުފު ޢަލައިހިއްސަލާމުގެ ވާހަކަ.

ކިޔާފައިވާ ޢަދަދު: 3472
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ. ހިތަދޫ.

        ބިސްމިއިން ފަށަނީ ލިޔަން  ޔޫސުފުގެ ވާހަކަ ޅެންބަހުން،
                    ވިސްނުމާ ކެތްތެރިކަމާ އެދިގެން އިލާހުގެ ޙަޟުރަތުން.
      ޙަމްދު ތަޢްރިފާ ޘަނާ ޞަލަވާތް އެކީ ލެއްވުން އަދައި،
                    ޢަމަލުގައި މަތިވެރި، ރަސޫލުﷲ އަށް ތެދުވެރި ހިތުން.
      ބޭނުމީ އަޚުނާއި އުޚުތުންނަށް މި ވާހަކައިން ރަނގަޅު،
                    ބޭނުމާ،  ޢިބުރަތްތަކާ،  ފައިދާތަކެއް، އަބަދަށް ލިބުން.

ހަޔާތުގެ ދުވަސްތައް ޒަމާނުގެ ހަލުވި ދުވެއްޔާއެކު ފާއިތުވެދެއެވެ.

ކިޔާފައިވާ ޢަދަދު: 4253
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަބްދުލްޣަފޫރު ޢަބްދުއްރަޙީމު
މި ލަވަޔަކީ ހަތްދިހަޔާއި އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި މުޅިދުނިޔެއަށް މަޝްހޫރުވެގެން ދިޔަ އިނގިރޭސިވިލާތުގެ ބޭންޑެއްކަމުގައިވާ ‘ކުއީން’ގެ ލަވައެކެވެ. ‘ކުއީން’ގެ ‘ދޯސް އާ ދަ ޑޭސް އޮފް އަވަރ ލައިވްސް’، ‘އަހަރުމެންގެ ހަޔާތުގެ ދުވަސްތަކަކީ އެއީއެވެ.’ މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވަ ލިޔުނީ ‘ކުއީން’ގެ ރޮޖަރ ޓެއިލަރ އެވެ. އިންސާނީ ހަޔާތާ މެދު އޭނާއަށް ކުރެވި ދިޔަ އިޙުސާސުތަކެކެވެ.

އެމެރިކާގެ ހަނގުރާމަވެރިއެއްގެ ސިޓީ، ކުރީގެ ރައީސާއި ނައިބު ރައީސަށް

ކިޔާފައިވާ ޢަދަދު: 8168
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

“ޖޯޖް ޑަބްލިޔު ބުޝް އާއި ޑިކް ޗޭނީއަށް

ޓޯމަސް ޔަންގް ގެ ފަރާތުން،
19 މާޗް 2013
 
މިސިޓީ އަޅުގަނޑު މިލިޔަނީ އިރާގު ހަނގުރާމައަށް 10 އަހަރު ފުރޭ ދުވަހެވެ. އިރާގު ހަނގުރާމައަށް ދިޔަ ހުރިހައި ހަނގުރާމަވެރިންގެ މަތިންނެވެ. އަޅުގަނޑު މި ސިޓީ މިލިޔަނީ އިރާގު ހަނުގުރާމައިގައި މަރުވި 4488 ”މެރިން” ސިފައިންގެ މީހުންގެ މަތިންނެވެ. އަދި އެ ހަނގުރާމައިގައި އެކިވަރުގެ އަނިޔާ ލިބުނު އެތައް ލައްކަ ސިފައިންގެ މީހުންގެ މަތިންނެވެ. މީގެ ބައެއް މީހުންނަކީ، އެ ހަނގުރާމައިގައި ލިބުނު ތަފާތު ޖިސްމާނީ ގެއްލުން ތަކާއި ނަފްސާނީ ގެއްލުންތަކުގެ ސަބަބުން އެމީހުންގެ ދިރިއުޅުން ބަރުބާދުވި މީސްމީހުންނެވެ.

ހަނދާނުން ފޮހެލުން ދަތި ޝަޚްޞިއްޔަތެއް.

ކިޔާފައިވާ ޢަދަދު: 4195
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ސަޢީދު، ޗަމްޕާޕޫލްމާގެ، ސ.ހިތަދޫ.
އަލްމަރްޙޫމް ގަނޑުވަރު ޢަލިދީދީ އަކީ ސ.ހިތަދޫ ޅެންވެރިކަމުގެ ގުލްޒާރުގައި ފޮޅުނު މާތަކުގެ ތެރެއިން އެންމެ މީރުވަސްދުވާ އެއްމަލެވެ. ޅެން، ފަރިހި، ހެއްދެވުމުގެ އިތުރުން އޭނާ އެންމެ އިސް ކަމެއް ދެއްވީ  ރައިވަރު ހެއްދެވުމަށެވެ. އެޔާއި ނުލައި ޅެންވެރިކަމުގެ ގުލްޒާރު ފުރިހަމަ ނުވާކަމަށް ބައްލަވައިގެން އެ ތަރަހަ މަތީގައި ހުންނަވައިގެން އޭނާ ހައްދަވައިފައިވާ ޜައިވަރަކީ އޭގެ އަދަބިއްޔާތާއި ފެންވަރަށް ބައްލަވައިފި ނަމަ ފާހަގަކުރެވޭ ފަދަ މޮޅު ރައިވަރުތަކެކެވެ. ފަހަތުގައި އަޅުގަނޑު މި ލިޔަނީ އޭގެ ތެރެއިން 2 ރައިވަރެވެ. ކިޔުންތެރިންނަށް އޭގެ މޮޅު ދެރަ ވަޒަންކުރުމަށް ފުރުޞަތު ދެމުންނެވެ.