މާތް ސީރަތުގެ ދޯދިތަކުން – 1 (ށ)

ކިޔާފައިވާ ޢަދަދު: 7595
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

محـمّد صـلّى اللّـه علـيه وسـلّمގެ މާތް ދަރިކޮޅު

ޢަބްދުލްމާލިކު މުޖާހިދު
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

13 މާރޗް 2013 (ބުދަ) ދުވަހު ޝާއިޢުކުރެވުނު ބައިގެ ނުނިމި އޮތް ބައި)
صحيح بخارى ގައި ام شريك رضي اللّـه عنها ރިވާ ކުރައްވައިފައިވާ ޙަދީޘެއްގައި ވެއެވެ. رسو ل اللّـه صلّى اللّـه عليه وسلّم ވަނީ ބޮނޑު މަރަން އަންގަވައިފައެވެ. އެއީ إبراهيم عليه السّلام އެއްލައިލެވުނު އަލިފާންގަނޑުގެ ވަރު އަރުވަން ފުމުނީ ބޮނޑު ކަމަށް ވާތީއެވެ.

ބަނޑުވައްއަކުރު އެއްގޮތް ކުރުން (8)

ކިޔާފައިވާ ޢަދަދު: 3761
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
(3 ފެބްރުއަރީ 2013 (އާދީއްތަ)އާ ގުޅޭ)

ނޯޓް: މި ސިލްސިލާ ގެނެސްނުދެވި މަހެއްހައި ދުވަސް މެދުކެނޑުނީތީ މި މަޒުމޫނު ވިދާޅުވާ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ.

9- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތް ނުކުރާ ބައިތުގައި މިޔުޒިކު އުފެއްދުން
 
މި މަޒުމޫނުގެ ތަޢާރަފުގައި ބަޔާންކުރެވިފައި ވާނޭ ފަދައިން، ޅެންވެރީން ބަނޑުވައްއަކުރާއި ފިލިކޯޅިއަށް ޓަކައި، ޅެމުގައި ބުނާން ބޭނުންވާ ވާހަކަ ޤުރްބާނެއް ނުކުރެއެވެ.  ހަމައެފަދައިން ބުނާން ބޭނުންވާ ވާހަކައަށް ޓަކައި، ބަނޑުވައްއަކުރާއި ފިލިކޯޅީގެ މިޔުޒިކުގެ މަތިން މުޅިން ހަނދާންނައްތައިލުމަކީ ވެސް ކުރާ ކަމެއް ނޫނެވެ. އެހެންކަމުން ބައިތެއްގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތް ނުކުރާނަމަ އެ ބައިތުގައި މިޔުޒިކު އުފެއްދުމަށް، ބައެއް ފަހަރު ބަނޑުވައްއަކުރުގެ އަޑު، އަނެއްބައި ފަހަރު ބަނޑުވައްއަކުރާއި ފިލިކޯޅީގެ އެއްބައި، އަދި އަނެއްބައި ފަހަރު ބަނޑުވައްއަކުރާއި ފިލިކޯޅި ނޫން އެހެން ބައެއް އަކުރުއަކުރާއި، ފިލިފިލި އެއްގޮތްކުރެއެވެ. ތިރީގައި މި ބަޔާންކުރަނީ އޭގެ ތެރެއިން ބައެއް ގޮތްގޮތެވެ.

މާތް ސިޔަރަތުގެ ދޯދިތަކުން – 1 (ހ)

ކިޔާފައިވާ ޢަދަދު: 7348
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

محـمّد صـلّى اللّـه علـيه وسـلّمގެ މާތް ދަރިކޮޅު

ޢަބްދުލްމާލިކު މުޖާހިދު
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

محمّد صلّى اللّـه عليه وسلّم ގެ ދަރިކޮޅަކީ ނުހަނު މާތް ދަރިކޮޅެކެވެ. ދަރިކޮޅުގެ ތާރީޚު ފެށެނީ ހަތަރުހާސް އަހަރު ކުރިންނެވެ. އެކަލޭގެފާނުގެ މާތް ބަފައިކަލުން إبراهيم عليه السّلام އަކީ عراق ގެ ރަށެއް ކަމަށްވާ اُور ސަހަރުގެ ބޭކަލެކެވެ. (މިތާނގައި ބަފައިކަލުންކަމަށް ބަޔާން ކުރެވިފައިވަނީ ނަސްލުގެ ފެށުންކަން ހާމަކުރުމުގެ ގޮތުންނެވެ. އަދި محمّد صلّى اللّـه عليه وسلّم ވަރަށް ގިނަފަހަރަށް إبراهيم عليه السّلام އަކީ އެކަލޭގެފާނުގެ ބަފައިކަލުންކަމަށް ޙަދީޘްކުރައްވައިފައި ވާތީއެވެ.)

އޭރުގެ ފަތްފުށްތަކުން….(19)

ކިޔާފައިވާ ޢަދަދު: 5966
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

نورجهان بيگم

النبيلة آمنة حسين


އަންނަބީލާ އާމިނަތު ޙުސައިނަކީ، ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ޚިދުމަތްތެރިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޒަޢީމާކަމާއި، ދައުލަތުގެ ވަޒީރުކަމާއި މަދްރަސަތުލްއަމީނިއްޔާގެ ނާޡިރާކަން ފަދަ މަގާމުތަކުގައި ޚިދުމަތްކުރައްވާފައިވެއެވެ.އަދި އަމީނިއްޔާ މުސްކުޅިދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސާކަމާއި “ޤައުމުގެ އަންހެންދަރިޔާ” އާއި “އައްރަފީޤާ”އި “ސަރުކާރުގެ ޚަބަރު”ގެ މުޙައްރިރާކަންވެސް ކުރައްވާފައިވެއެވެ.

މި ލިޔުން ނަކަލުކޮށްފައި މިވަނީ، 1ރަޖަބު 1379 ގައި ނުކުތް “ޖިންސުއްލަޠީފު” މަޖައްލާ، ގެ 2 ވަނަ ޢަދަދުންނެވެ.

އަވަށްޓެރިޔާގެ މޭވާ ކައިލަކައިލައި މިހެން ތިބޭނީ ކިހާ ދުވަހަކުތޯއެވެ!

ކިޔާފައިވާ ޢަދަދު: 9425
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިބަސް މިހާރު ވެއްޓި ވެއްޔާމޮޑެވި، ފައިން އެރި ހީނަރުވެ ކަފާސްވެ ފިނދިފައި މިވާ މިންވަރާ މެދު ވިސްނައި، ކަންބޮޑުވަނީ ކިތައް މީހުންބާވައެވެ؟ ނުވަތަ އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަހަށް ފާރަވެރިވެ ފަރުވާތެރި ނުވުމުގެ ސަބަބުން މި ބަސް މިހާރު މި އޮތް ނިކަމެތި ހާލަތާ  މެދު ފުންކޮށް ވިސްނައިލަނީ ކޮން ބަޔެއްބާއެވެ؟ 
 

މަޑުޖައްސައިނުލައި ދަތުރާއިގެން ކުރިއަށް ދާށެވެ!

ކިޔާފައިވާ ޢަދަދު: 3814
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު، ގ.މަންޒިލް
މިއީ ހިންދީ ފިލްމު ‘އިމްތިހާނުގެ’ ‘ރުކުޖާނަނެހީ’ ގެ ދިވެހި ތަރުޖަމާއެކެވެ. މި ފިލްމާއި ލަވަ މާލޭތެރޭގައި އާއްމުވީ ހަތްދިހައިގެ ފަހުގެ އަހަރުތަކުގެ ތެރޭގައޭ ބުނެވިދާނެ އެވެ. އަޅުގަނޑު ހަދާންވާ ގޮތުގައި 1976 ނޫނީ 1977 ވަނައަހަރު އެވެ. ލަފާކުރެވޭ ގޮތުގައި މި ފިލްމަކީ އޮލިމްޕަހުގެ ބޮޑު އިސްކުރީނުގައި އެ ދުވަސްވަރު ދެއްކުނު އެންމެ ފަހުގެ ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. އެއަށް ފަހު ދެން އޮލިމްޕަހުގައި ފިލްމު ފެނިގެން ދިޔައީ ޓީވީގެ ކުޑަ އިސްކުރީންގައެވެ. ވީޑިޔޯ ޕްލޭޔަރު މެދުވެރިކޮށެވެ. ކޮންމެއަކަސް ފިލްމު ‘އިމްތިހާނު’ އޮލިމްޕަހުގެ އިސްކުރީނުގައި ވަރަށް ގިނަ ދުވަސްވަންދެންދެއްކުނެވެ. މަސް ދެމަސް ވަންދެން ދެއްކުނުހެން ހީވެއެވެ. މި ފިލްމާއި ލަވަ މާލޭތެރޭ އާއްމުވި އެއް ސަބަބަކީ މިއެވެ.

ޙަޤީޤަތަކީ، މިއީ އެވެ.

ކިޔާފައިވާ ޢަދަދު: 6908
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ޙަޤީޤަތް  ހާމަކުރުމީ  އެންމެނަށް  ކުރެވޭ ކަމެއް ނޫނޭ
          އަމީރުން ކުރިމަތީ ތެދު ބަސް ބުނުން އެއީ ވާކަމެއްނޫނޭ
ކިތަންމެރަނގަޅުކަމެއް މީހަކު ހިތުންރުހުމާއެކީ ކުރިޔަސް
          އެތައް ގޮތަކަށް  ޚިޔާލުނުދީ  ތިބޭނީ  މަދުބަޔެއް ނޫނޭ

ލޭ ބޯ ފަނި (11)

ކިޔާފައިވާ ޢަދަދު: 7801
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(28 ފެބްރުއަރީ 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ފުރަތަމަ ބުނޭ! އިނާމަކަށް ލިބޭނީ ކޯޗެއް؟”
“އަހަރެން ވެއްޖެ ވަޢުދެއް ވިއްޔާ ފުއްދާނަން. ދެމަސް ދުވަހުގެ ތެރޭގައި އަހަރެންގެ އާ ކާރު ލިބޭނެ. މިހާރު އޮތް ހޮންޑާ ކާރު ދައްތައަށް ދޭނަން.”
“އަހަރެން ފީރޯޒާގެ ހިތުގައި އޮތް އެއްޗެއް ބޭރު ކޮށްލުވައިފިން- އޭނާ އެއިނީ ކަލެޔާ ހެދި މޮޔަ ވެފައި. މަތިމަތިން ނޫން ކަމަށް ހެދިގެން އުޅެނީ. އަހަރެން ހެދި މަންތަރަކުން ކަލެޔާ ބައްދަލު ކުރަންވެސް އެއްބަސް ކުރުވައިފިން-“

ފޮތް ކިޔުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ޙަރަކާތެއް ފަށައިފި!

ކިޔާފައިވާ ޢަދަދު: 2953
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލު
“ފޮތް – ސިކުނޑި ހުޅުވައިލަދޭ ތަޅުދަނޑި” މި ނަމުގައި ދަގަތަ ޕަބްލިޝާރސް އާއި ޤައުމީ ކުތުބުޚާނާ ގުޅިގެން ލިޔުންތެރީންގެ ގުޅުމުގެ އެހީތެރިކަމާއެކު، ދިވެހި ދަރިން ދިވެހި ފޮތަށް ލޯބި ޖެއްސުމަށްޓަކައި މަލްޓި މީޑިއާ ލައިބްރަރީގައި ޚާއްޞަ ޙަރަކާތެއް އިއްޔެ (2013 މާރޗް 9 ވީ ހޮނިހިރު ދުވަހު) ފައްޓަވައިފި އެވެ.

ދަރުމަވާނެ! ހޭއަރާބަލަ!

ކިޔާފައިވާ ޢަދަދު: 4599
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
      
     ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

     ދަރުމަވާނޭ  ހޭއަރާށޭ!   ގައިމެ   މަރު  އަންނާނެޔޭ
                   ހޮރުތެރޭގައި ވަދެ އޮތަސް މިންޖެއްވުމެއް  ނޯންނާނެޔޭ

     ކަރުހިފައި ލޭއޮހޮރުވައިގެން ދުނިޔެރަންކޮށް އުޅުނަކަސް
                  ބަރުނުވާނަމަ ހެޔޮރަނގަޅުކޮޅު   ފިނިކަމެއް  ނުލިބޭނެޔޭ