ނައިފަރު، ތަންހަޅިގޭ الفاضل عبدالله على (رحمه الله)

ކިޔާފައިވާ ޢަދަދު: 6185
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
تعليمى دائرةއަށް ގިނަގުނަ خدمةތަކެއް ކޮށްދެއްވާފައިވާ

ޅ.ނައިފަރު، ތަންހަޅިގޭ الفاضل عبدالله على (رحمه الله)

އަވަހާރަވެއްޖެ

އަދަބީ މުރާސިލު
“ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް جسم ތައް
               ތާއަބަދު ދެމިހުންނަ ހެޔޮ ذكرى އަކަށް ނިމުމެއްނެތޭ”

ޅ. ނައިފަރު، ތަންހަޅިގޭ އަލްފާޟިލް ޢަބްދުﷲ ޢަލީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ އުސްތަނބެކެވެ. މަޑުމައިތިރި ޚުލްޤުހެޔޮ ބޭފުޅެކެވެ. އަތޮޅުތަކުގެ ތަޢުލީމުގެ އެންމެ ފާހަގަކޮށްލެވޭ މުއައްސަސާކަމުގައި ނައިފަރު މަދްރަސަތުލް އިފްތިތާޙްގައި އެންމެ ގިނަދުވަހު ޚިދުމަތްކުރެއްވި ޚިދުމަތްތެރިޔާއެވެ. މި މުހިންމު ޝަޚްޞިއްޔަތު އިއްޔެ، 26 ރަބީޢުލްއާޚިރު 1434 (9 މާރިޗު 2013) ވީ ހުކުރު ދުވަހު ހެނދުނު 11 ޖެހިއިރު އޮޅުދޫކަރައިގެ ކޮޅުނބުގެ ލަންކާ ހޮސްޕިޓަލުގައި އަވަހާރަ ވެއްޖެއެވެ. إنالله وإناإليه راجعون.

ކޯރސިކާގެ އަސްތަބީލާއަކުން – މިސުރުގެ ސިންގާ ސަނާ އަށް

ކިޔާފައިވާ ޢަދަދު: 5519
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

سلطان ركن الدين بيبرس

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

މީލާދީން 1235 ވަނަ އަހަރު ތާތާރީންގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ހަނގުރާމައިގެ އަލިފާންގަނޑުގެ ތެރޭގައި ފިހެމުން ފަސޭހަވަމުން ގޮސް އެންމެ ފަހުން މިސުރުގެ ރަސްކަން އޭނާއަށް ލިބުނެވެ.

ލޯތްބާއި އުފާ، ކެހިދިނުމާއި ހިތާމަ، އަރާމާއި ތަނަވަސްކަން އަދި އަނިޔާ އާއި އަޅުވެތިކަން އިހުސާސްކުރި ކޯރސިކާގެ އަސްގޮވި ކުއްޖާގެ ތާރީޚް ވަރަށް އަޖައިބެއްފަދަ އެއްޗަކަށް ވެއެވެ. ދުނިޔޭގައި އިންސާނަކަށް ލިބިފައިވާ އެންމެ ހިތް ފަސޭހަ އެއް ޙިއްސު ކަމުގައިވާ ދެލޮލާ ވެސް އޭނާގެ ތަގުދީރު ކުޅެލިއެވެ. އެއާއެކުވެސް އޭނާ ހިތްވަރުކުރީއެވެ.

އެންމެފަހުން އޭނާއަށް ވާންވީ ގޮތް ވަންދެންނެވެ.

ހަމަ ތެދެކެވެ!

ކިޔާފައިވާ ޢަދަދު: 6354
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ތެދުތެދަށް  ބުނެދޭނަމޭ  އިންސާފު   ޙައްޤު  މަޤާމުގައި
          ތެދުވެރިންނާއެކު  ހިނގަން   ނުސިހޭނަމޭ   އެއްތާކުގައި
ކުޑަކިތަންމެ ކަމެއްވިޔަސް  އިންސާފުނެތް ނަމަ ކަށަވަރުން
         “އުޑަފައިން އިންނާށަ ޖެހުނަސް”  ދެކޮޅުވާނަމެ ޢަޒުމުގައި

ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުން

ކިޔާފައިވާ ޢަދަދު: 5599
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޢަލީ ނަސީރު، ގދ.މަޑަވެލި
ޤުދުރަތީވަސީލަތްތަކާއި، މަސްނޫޢީ ވަސީލަތްތަކުގެ ބޭނުމަކީ އިންސާނުން ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކަންކަމެވެ. ތަރައްޤީވުމަށްޓަކައި ބޭނުންކުރާ ކޮންމެ ވަސީލަތަކީވެސް “އެ ވަސީލަތެއްގެ ސަބަބުން” ދީނާއި ދުނިޔޭގެ މަޞްލަޙަތަށް ގެއްލުމެންނުވާނެ ކަމެއްކަމަށްވާނަމަ، މައްސަލައެއް އޮތް ކަމެއް ނޫނެވެ.

ލިޔުންތެރިންގެ ދުވަހާއި ޅެންވެރިންގެ ދުވަސް ބަދަލު ކުރަންވީތަ؟

ކިޔާފައިވާ ޢަދަދު: 8555
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
“ރިވާޔަތު މޫސާ ވަ ޒުލައިޚާ” އަކީ ދިވެހިބަހުން އެންމެ ފުރަތަމަ ލިޔުނު ވާހަކައެވެ. ވާހަކަ ލިޔުއްވީ ހެންވޭރުގޭ އަޙްމަދު ކާމިލުދީދީ އެވެ. އޭނާ ވާހަކަ ލިޔުއްވައި ނިންމެވީ 1339 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12 ވަނަ ދުވަހުއެވެ. އެހެންވީމާ މިހާރު އެ ވާހަކައަށް 95 އަހަރު ވީއެވެ.

ބަދަލުތަކެއް ގެނައި ވަޔެއްގެ އޮއިވަރު

ކިޔާފައިވާ ޢަދަދު: 3847
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު، ގ.މަންޒިލް
މި ލަވަޔަކީ އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ލޫ ރޯލްސް ކިޔާފައިވާ ‘ޓްރޭޑް ވިންޑްސް’ ގެ ދިވެހި ތަރުޖަމާއެކެވެ. ލޫ ރޯލްސް މަޝްހޫރުވެފައި ވަނީ ޖޭޒް، ރިދަމް އެންޑް ބުލޫސް އަދި ގޮސްޕަލްގެ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. މި ލަވައިގައި ބަލައިލެވިފައި ވަނީ މުޖުތަމަޢަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ. ވަކިވަކި ފަރުދުންނަށް، ހާއްސަ ގޮތެއްގައި ޒުވާނުންނަށް، އެ މީހުންގެ އިޖުތިމާއީ މަސްއޫލިއްޔަތަކީ ކޮބައިކަން ފާހަގަކޮށްނުދެވި، ހަމަ އެކަނި ހައްގުތަކަކާއި މިނިވަންކަން ލިބިދިނުމުން، މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުގެ މައްޗަށް މި ލަވައިގައި ބަލައިލެވިފައިވެއެވެ.
 

އިންޑިޔާ ޖިންނިއާއި ދިވެހި ހަންޑި

ކިޔާފައިވާ ޢަދަދު: 5721
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ކަނީރު ޢަބްދުއްރަޙީމް (ކަނީރު)
މިއީ، މިފަދަ ވާހަކަތައް ކިޔައިދީ، މިކަހަލަ ކަންކަމަކީ ހިނގަމުން އައިސްފައިވާ ސިއްރު ނޭނގޭ ކަންކަމޭ ބުނެ އުޅޭ މީހުންނަށް ވެސް ގަބޫލުކުރަން ދަތިވާ ކަހަލަ ވަރަށް ތަފާތު ވާހަކަ އެކެވެ.  އެކަމަކު ހަމަ އަހަރެމެން ކަހަލަ ހަމާއި މަހާއި ކަށީގެ އިންސާނަކު ހަމަ ހޭގައި ހުރެގެން ކިޔައި ދިނީތީ އަޑުއަހައިލީ އެވެ. ނޭނގޭ އޮޅުންނުފިލާ އެތައްއެތައް ކަންތައްތަކެއް މި ދުނިޔޭގައި ހިނގަމުންދާކަމާއި ހިނގާފައި ވެސް ވާކަން ޔަގީން ކުރެވޭތީއެވެ. އެމީހާ ކިޔައިދިނެވެ.
 

ނުޖޫމީ އިލްމުވެރިޔާ

ކިޔާފައިވާ ޢަދަދު: 5824
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު

ޝާއިޢުކުރި ފަރާތުގެ ނޯޓެއް:
މިއީ އައްޝައިޚުލްމަރުޙޫމު ޙުސައިން ޞަލާހުއްދީނުގެ ލިޔުއްވުމެއްގެ މައްޗަށް ބިނާކުރައްވައިގެން އަލްފާޟިލް ޢަބްދުﷲ ޞާދިޤު ލިޔެދެއްވި ލިޔުމެކެވެ.

ނުޖޫމީ އިލްމުވެރިއެކެވެ. ނަކަތް ރާހި ބަލަމުން، ދުނިޔޭގެ އެތަން މިތާނގައި އޭނާގެ މަސައްކަތްތައް ވަރުގަދަ ކުރަމުން މަޝްހޫރުކަން ހޯދަމުން ދިޔަ މީހެކެވެ. މީނާއަށް އެއް ފަހަރަކު އަރަބީންގެ ކުޑަވަރެއްގެ ރަށަކަށް ދެވިއްޖެއެވެ. ރަށުތެރޭގައި ހިނގަމުން ދިޔައިރު، އެކިދިމާއަށް ކަޅިއުކަމުން ދިޔައެވެ.

އޭރުގެ ފަތްފުށްތަކުން….(18)

ކިޔާފައިވާ ޢަދަދު: 3074
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފެންވަރައި ތާހިރުވުން

النبيل ملم محمدދީދީ (ރަޙިމަހުﷲ)

އަންނަބީލް މަލިމް މުޙައްމަދު ދީދީ (ރަޙިމަހުﷲ) އަކީ،ތަފާތު މައުޟޫޢުތަކަށް ލިޔުއްވާފައިވާ ލިޔުންތެރިއެކެވެ. ދިވެހި ބޭސްވެރިކަމާއި ފަރާއިޟުގެ ޢިލްމާއި ދިވެހި ކުޅިވަރުގެ މައްޗަށެވެ. ސަމާސާ އަދަބާއި ވާހަކަވެސް މެއެވެ. އޭނާ ލިޔުންތެރިކަން ފައްޓަވައިފައިވަނީ “އައްރަފީޤު” ގެ ދައުރުގައެވެ. އޭރު އެއީ ލިޔުންތެރިކަމުގެ ފަންނުގައި “އަބޫގުއްޕާލުއްދީފުރަމީ”އެވެ.
މި ލިޔުމަކީ، 1ރަޖަބު 1379 ގައި ނުކުތް “ޖިންސުއްލަޠީފު” މަޖައްލާ، ގެ 2 ވަނަ ޢަދަދުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

ބަސްމަގާއި ބަހުރުވަ

ކިޔާފައިވާ ޢަދަދު: 4691
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

” ﷲ އަޗުބަރު” ވެސް ކިޔައެވެ. “އިޖާޖާއަ ނަސްރުﷲ” ވެސް ކިޔައެވެ. “ހަބަރު” ވެސް ކިޔައެވެ. “ސަކީ” ވެސް ކިޔައެވެ.

ފާރޫޤު އަޙްމަދު

ދުނިޔޭގައި ދިރިއުޅޭ އިންސާނުން، ވާހަކަ ދެއްކުމަށް ބޭނުން ކުރަމުންގެންދާ ބަސް، ނުވަތަ ބަހުރުވަޔަކީ، ޒަމާން ބަދަލުވަމުން ދިއުމުގައި ތަފާތުވަމުން ބަދަލުވަމުންދާ އެއްޗެކެވެ. މިއީ ޒަމާނަށް އަންނަ ބަދަލުތަކާއި، ކިޔެވުމުގެ، ނުވަތަ ކިޔަވައިދިނުމުގެ ވަށްޓަފާޅިއާއި ވެށިން އުފަންވެ، އުފެދިގެން އަންނަ ކަމަކަށް ވުމަކީ ދުރުކަމެއް ނޫނެވެ. އަދި ހަމަ އެފަދައިން، ބޭރު ބަސްބަސް ބޭނުން ކުރުމުގައި އެބަހެއް ކިޔަންވާ ގޮތް އޮޅި، އެބަހެއްގެ ބައެއް އަކުރުގެ އަޑު ބޭރުކުރުމުގައި މަޚުރަޖު އޮޅި، އަދި ކިޔަން އުނދަގޫވެ، ތިމާމެންގެ މާދަރީ ބަހުގައި އެބަހެއް ނުވަތަ އެ އަކުރެއް ނެތުމުން، އަންނަމުންދާ ބަދަލުތަކެއް ވެސް މެއެވެ. އަސްލު އޮޅުންފިލުވަން ބޭނުންވެސް ނުވަނީއެވެ. އައިބެއްކަން ނޭނގި ހުއްޓާ އާދަވެސް ވަނީއެވެ. އަދި މިހުރިހާ ގޯހަކާއެކުވެސް ، ރަނގަޅު ނުކޮށް އޮއްވައި، އެކި ބޭބޭފުޅުންނާއި ޖަމާޢަތްތަކުން އެފަދަ ބަސްބަސް، ބަލައިވެސް ގަންނަނީއެވެ.