ލޭ ބޯ ފަނި (10)

ކިޔާފައިވާ ޢަދަދު: 8171
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(17 ޑިސެމްބަރ 2012 (ހޯމަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
“މާދަމާ ހެނދުނު މި ގެއަށް އާދޭ! އަހަރެން ކޮންމެވެސް ތަދުބީރެއް ކުރާނަން. އެންމެ ބުރަ ކަމަކަށް އޮތީ ފީރޯޒާގެ ރުހުން ހޯދުން. އޭނާ ރުހިއްޖެއްޔާ އެ އޮތީ ނިމިފައި.”
އޭނާ ފޯނު ބާއްވައިފިއެވެ. އޭނާގެ ހިތުގައި މިހާރު އޮތީ ނީލަމެއްގެ މާޙައުލެވެ. ފަހަރި ގެނެސް ކޮއްކޮގެ އުނގަށް ލެވުމާއެކު އޭނާއަށް ބާރަ ލައްކަ ރުފިޔާގެ އަގު ހުރި ކާރެއް ލިބުނީއެވެ. ކާރު އޮންނާނީ ގޭ ދޮރުމަތީގައެވެ. ފަހަރި ހުންނަނީ އޭނާގެ ގޭގައެވެ. އެންމެ ފިޔަވަޅަކުން މި ދެ ކަންތައްވެސް ފުރިހަމަ ވެ ނިމޭނެއެވެ.

ޖުމުލައާއި ޖުމުލައިގެ ބާވަތްތަކާއި ޖުމުލައިގެ ބައިތައް

ކިޔާފައިވާ ޢަދަދު: 13193
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހިބަހުގެ ގަވާއިދާއި ހަމަތައް އަލުން ދިރާސާކޮށް އެކަށައެޅުން މުހިއްމެވެ.

އަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ ކޮންމެ ބަހެއްގައިވެސް ލަފުޒުތައް ހުރިވަރު ހޯދައި ބަލައިގެން އެ ހިނދަކަށް ބޭނުންކޮށް އުޅޭ ހުރިހާ ލަފުޒުތަކެއް އެއް ފޮތަކަށް ޖަމާކުރެވިދާނެއެވެ. މިގޮތުން  ބަހެއްގައި އެ ހިނދަކަށް ހުރި ހުރިހާ ލަފުޒުަކުގެ ޢަދަދު ކަޑައެޅިދާނެއެވެ. ނަމަވެސް އެ ލަފުޒުތައް ބޭނުންކޮށްގެން އުފެއްދޭނެ ޖުމުލައިގެ ޢަދަދު އެކަކަށްވެސް އަންދާޒާކޮށްލާކަށް ވެސް ނޭނގޭނެއެވެ. އެހެނީ ޖުމުލަ އުފެއްދުމަށް ވަކި މިނެއް މިންވަރެއް ނޯވެއެވެ. ބަހަކީ އުފެއްދުންތެރި އެއްޗެކޭ ބުނެވެނީ މިފަދަ ކިތަންމެ ސަބަބުތަކަކާހުރެއެވެ.

ޚަބަރަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 7298
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމް އިބްރާހީމް
ޚަބަރަކަށް ވާނީ ތިރީގައި މިވާ މައިގަނޑު ޝަރުޠުތައް ހަމަވީމައެވެ.
1 . އައު ކަމަކަށް ވުން.
2 . އާދަޔާ ޚިލާފު ކަމަކަށް ވުން.
3 . ބަޔަކު އަޅައިގަންނަ ކަހަލަ ނުވަތަ ޝައުޤުވެރިވާ ކަހަލަ ކަމަކަށް ވުން.
4 . އިންސާނުންގެ ބަޔަކާ ގުޅޭ ކަމަކަށް ވުން.

އޭރުގެ ފަތްފުށްތަކުން….(17)

ކިޔާފައިވާ ޢަދަދު: 3219
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބިންގާ ގުޑުވުމަކީ ނުރައްކަލެއް

އަލްފާޟިލް އިބްރާހީމް ފައުޒީ


މިއީ، މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުން އަހަރަކު އެއްފަހަރު ނެރޭ މަޖައްލާ “އަލްމަންހަޖު” ގެ 13 ވަނަ ޢަދަދު (1 ޝައްވާލު 1413، 24 މާޗް 1993) ގައި ޝާއިޢުކޮށްފައިވާ އަލްފާޟިލް އިބްރާހީމް ފައުޒީގެ ލިޔުއްވުމެކެވެ.
 
އަލްފާޟިލް އިބްރާހީމް ފައުޒީ (މ.އޯކިޑުވާދީ) އަކީ، ބައި ޤަރުނެއްހައި ދިގު މުއްދަތެއް، ދިވެހިބަސް ކިޔަވައި ދެއްވުމުގައި ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ.

އަލްފާޟިލް އިބްރާހީމް ފައުޒީގެ އެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ތަޢުލީމަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 2004 ވަނަ އަހަރު، ދައުލަތުން އޭނާއަށްވަނީ ދެއްވައިފައެވެ.


މަރުފަލި…!

ކިޔާފައިވާ ޢަދަދު: 2963
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރުޝްދުﷲ އިސްމާޢީލް، ސޯސަންމާގެ، މ.މަޑުއްވަރި

މަދަދު ދޭނަމޭ، ބުނެ – އެހީތެރިވި އިރުގައި
        ޢަދަދު ވެސް ނުވާ ކޫރު –  އެޅުނީ މި ހިތުގައި
ގުނާ ޢަދަދު ނުމެވާ – އުފާތުކުތެރޭގައި
        މުނާސަބަތު  ރޭތައް – ހުވާކޮށް  އެ  ތާނގައި

މަރްޙޫމް ޔޫސުފު ޢަލިފުޅު ގެ ހަނދާނުގައި ….

ކިޔާފައިވާ ޢަދަދު: 4945
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުއްރަޝީދު ޙުސައިން
އޮއްސިގެން އިރު ދެޔޭ މޮޅިން ބަޔަކު ބަލަން ތިއްބައި،
                  ރަސްކަމެއް  މޫރިތިކޮށް މުޅި  ދުވާލު  އަލިކޮށްފައި،
ދެމި ހަނދާން ހުންނަ އެތައްޚިދުމަތެއް ތަނަށްދީފައި،
                  ނިމިދެޔޭ  މީސްތަކުން ތިމާގެ ޤައުމު  ރޮއްވާފައި

ވެބްސައިޓްތަކަށް ޚަބަރު ލިޔުން

ކިޔާފައިވާ ޢަދަދު: 8207
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމު އިބްރާހީމް

އޮންލައިން ނޫސްތައް ފުރަތަމަ ތަޢާރަފްވީ ދުވަސްކޮޅު ޕްރިންޓް މީޑިއާގެ ނޫސްވެރިން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އޮންލައިން ނޫހުގެ ސަބަބުން ޗާޕުކޮށްގެން ނެރޭ ނޫސްތައް ވިކުން މަދު ވެދާނެ ކަމަށް ނުވަތަ ޗާޕުކޮށްގެން ނެރޭ ނޫސްތަކުގެ މަގާމު އުވިގެން ހިނގައިދާނެ ކަމަށް ބިރުންވެސް އުޅުނެވެ.

ޠާރިޤްބިން ޒިޔާދުގެ ހިތްވަރުފުޅު ގަދަކަން

ކިޔާފައިވާ ޢަދަދު: 5402
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު
ސްޕޭނަކީ، ޔޫރަޕްގެ ރަށެކެވެ. އެރަށުގައި އެތައް ސަތޭކަ އަހަރެއް ވަންދެން އިސްލާމުން ނުހަނު ކީރިތިކަމާއި މޫރިތިކަމާއެކު ވެރިކަން ކުރިއެވެ. ނަމަކީ އަންދަލުސްއެވެ. އެތާނގައި އިސްލާމުން ވެރިކަން ކުރި ކަމުގެ އެތައް ހަނދާނަކާއި އެތައް ނިޝާނެއް މިއަދުވެސް ފެންނާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޤުރުޠަބާ އާއި އަލްޙަމްރާގެ ގަނޑުވަރު ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. މި އިމާރާތްތަކުގެ ރީތިކަމާއި ފުރިހަމަކަމުން އެތަންތަން ދެކޭމީހުން ޙައިރާންވާ ވަރުވެއެވެ.

މާޒީގެ ހަނދާނެއް

ކިޔާފައިވާ ޢަދަދު: 2964
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަމާހާ ސައުދު، ހީނާއާގެ، ހއ. ވަށަފަރު
އަހަރެންނާއި އަހަރެންގެ އެކުވެރި ޖައުދާއަކީ އަބަދުވެސް ކުލާހުގައި ވަރަށް ސަކަރާތްޖަހާ ދެމީހުންނެވެ. ޓީޗަރު ކިޔަވައިދޭ ގަޑީގައި ސަކަރާތްޖެހޭލެއް މަދުކަމުން ކޮންމެ ވެސް އުޒުރެއް ދައްކައިގެން ކްލާހުން ބޭރަށް ނުކުމެވޭތޯ ވެސް ބަލަމެވެ. މީގެތެރެއިން ދުވަހެކެވެ. ކިޔެވުމުގެ އެ ދުވަހުގެ ދަންފަޅި ނިންމައިލުމަށްފަހު ދެމީހުން މިސްރާބުޖެހީ އިސްކޫލުގެ އުތުރުފަރާތު ހިރުނދުގަހާ އިންވެގެންހުރި ލައިބްރަރީއަށެވެ.
 

ސަފަރު ކަތްދަ

ކިޔާފައިވާ ޢަދަދު: 4089
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙުމަދު
ސަފަރަވެރިން ވިސްނާށޭ          ސަފަރަމަހަށް ހޭލާށޭ 
ސަފަރަ މަހުން ދިހަވަނަރޭ        ސަފަރަކަތްދަ އަރާނޭ

އަރާނޭ އަރާނޭ                ސަފަރަކަތްދަ އަރާނޭ
ސަފަރަ މަހުން ދިހަވަނަރޭ         ސަފަރަ ކަތްދައަރާނޭ