އޭރުގެ ފަތްފުށްތަކުން….(12)

ކިޔާފައިވާ ޢަދަދު: 6535
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

إنسانއާގެ ދިރިއުޅުމުގެ مقصدއަކަށް ވާންވާނީ ކޮންކަމެއްތޯއެވެ؟

الفاضل حسن موسىދީދީ

އަލްފާޟިލް ޙަސަން މޫސާ ދީދީ (ރަޙިމަހުﷲ) އަކީ، މަދްރަސަތުލްމަޖީދިއްޔާގެ ނާޒިރުގެ މުޢާވިނުކަމާއި މުރްޝިދުލްއަޚްލާޤުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ވަރަށް ރަނގަޅަށް އުރުދޫބަސް ދެނެވަޑައިގަންނަވާ އުރުދޫ ބަހުގެ އުސްތާޛެކެވެ.
މި ލިޔުމަކީ، 15 ޛިލްޤަޢިދާ 1375ގައި ނުކުތް،”دينى روح” ގެ 32 ވަނަ ޢަދަދުން ނަގައިފައިވާ ލިޔުމެކެވެ.
މާތްﷲ، ޙަސަން މޫސާ ދީދީގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާށިއެވެ!

ޝައްކެއްނެތެވެ. إنسانއާގެ އެންމެ މަތިވެރި مقصدއަކަށް ވާންވާނީ، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމެވެ. ނަމަވެސް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދޭނީ، ތިމާއަށް ތަންދޮރުވަކިވީއްސުރެން، އެ މަތިވެރި ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމުގައި، ދެމިހުރެގެންނެވެ.

މަލެއްގެ އަސަރުގައި

ކިޔާފައިވާ ޢަދަދު: 2845
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަތިފުށީ ޢަބްދުﷲ ޝާކިރު

ލޯބިވެވުނީ، ފަރިވެފައި އިން ނަލަކަމުންނޭ، ގުލްޝަނުން
          ލޯބިކޮށް ތިޔަ ކަރުގަނޑަށް  ބޮސްދީ  ހަދަން  ބޭނުންވުމުން

ބިނދެލުމަށް ވެސް ހާދަ ހިތްވަރުކުރެވުނޭ، އިން ގޮފިކޮޅުން
          ބިނދެލެވޭނޭ ފުރުޞަތެއް ހަމަ  ނުލިބުނޭ  ކަށި  ގިނަކަމުން

ނިކަމެތިން އުފާކޮށްދިނުން

ކިޔާފައިވާ ޢަދަދު: 5444
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މާތްވެގެންވާ މަދީނާގައި ވަރަށް ކުރިން އުޅުއްވި ނުހަނު މަތީ  ދަރަޖައިގެ ވެރިއަކު އޭނާގެ ރީތި، ފުރިހަމަ އަހަށް ސަވާރުވެ ވަޑައިގެން ކޮންމެވެސް ކަމަކު ދަތުރު ކުރައްވާފައި ވަޑައިގަންނަވަނީއެވެ.

މި ދަތުރުގެ މަގުމަތީގައި ކުޑަކުޑަ ފޭލިގެއެއްގެ ކައިރިއަށް ވަޑައިގެންނެވިއްޖެ އެވެ. އޭނާއަށް ފެނިވަޑައިގަތީ އެތާނގައި ފަޤީރު، ދެތިން އިސްލާމުން ބިންމަތީގައި އިށީނދެލައިގެން ތިބެ ކަމުން ގެންދަނިކޮށެވެ. ފަޤީރުން ކައި އުޅޭނެ އެއްޗިހި ހުރިހައި މީހުންނަށްވެސް އެނގޭނެއެ ވެ. އެ ތާނގައި އޮތީ ދެތިން ހަތަރު ގޮދަން ރޮއްޓެވެ. ދެން ހުރީ ކަދުރު ކޮޅެކެވެ. ނަމަވެސް އެމީހުން ހީނހީނފައި ނުހަނު އުފަލުން ކަމުންގެންދެއެވެ. އެމީހުންގެ ހެދުންވެސް އެހާ ދެރަވަރެވެ. އެހައި ހަޑިމެއެވެ.

އިޢުތިރާފު

ކިޔާފައިވާ ޢަދަދު: 2658
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރަމްލާ ޢަބްދުލްޣަނީ

ހިތުގެ ހުރި  މޮޔަކަމޭ  ވާދީއަކަށް   ގޮސް ނޭނގި   ވަދެވުނުކަން،
         ބިމުގެ  ޒައްރާއަކަށް ވާއިރު  އުޑާހަމަޔަށް  މިހިތް  އެރިކަން.

ހަނާއަޅަމުން  ވަޔާ   ވައިރޯޅިޔާ   ހެލިލާ    ގޮތުން  ގަސްތައް،
         ބުނާހެން  ހީވެ  އަންނާށޭ  ހިނގާގޮސް  ވަދެވުނީ  މޮޔަކަން.

ސަރާ (25)

ކިޔާފައިވާ ޢަދަދު: 6149
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(2 ފެބްރުއަރީ 2013 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެއްވެސް  ޝައްކެއްނެތެވެ. އެއީ އޭނާގެ ލެޔެވެ.

“ހާދަ ލޯބި ކުއްޖެއް؟ ކާކުގެ ދަރިފުޅެއް. އަހަރެން ވަރަށް ތުއްތު ކުދިން އުރާހިތްވޭ…” ރައްޒާޤު މަޑުމަޑުން ހިނގާފައި އައިސް މަލަކާގެ ކުރިމައްޗަށް ހުއްޓި މަލަކާގެ އުރުގައި އިން ދަރިފުޅު އުރާލައިިފިއެވެ. އެއަށްފަހު އެދަރިފުޅާ ލޯބިކުރަން ފަށައިފިއެވެ. އެމަންޒަރު ބަލަން އެންމެން ތިބީ ހިސާބަކަށް ޙައިރާންވެފައެވެ.

[ޓައިޕިން މިސްޓޭކެއް] އެބައޮތްތޯއެވެ؟

ކިޔާފައިވާ ޢަދަދު: 3365
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މާޒިފު އަޙުމަދު
މިހާރަކަށްއައިސް އެކި އެކި ނަންނަމުގައި ނެރެވޭ އޮންލައިން ނޫސްތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ގިނަވަމުންނެވެ. މި ގޮތުން ބަލާއިރު އެކި އެކި ރަށްރަށުގެ ނަމުން ނަންދީފައިވާ ނޫސްތަކާއި، އަތޮޅުތަކުގެ ނަމުން ނަން ދީފައިވާ ނޫސްތަކުގެ އިތުރުން އެކި އެކި ބޭބޭފުޅުންގެ އަމިއްލަ ބްލޮގްތައް ވެސް އެހާމެ ގިނައިން ފެނެއެވެ. ޖުމްލަކޮށް ބަލާއިރު މިއީ މުޖުތަމަޢަށް ނުހަނު ރަނގަޅު ކަމެކޭ ވެސް ދެންނެވިދާނެއެވެ. އެހެންނަމަވެސް އެއީ ވަކި މިންގަނޑަކުން ވަކި އޮއްޓަރެއް ހުރި ލިޔުންތަކެއް ގެނެސްދޭނަމަ އެވެ.
 

ހައްދުންމައްޗަށް [ހައްދުންމަތި] ކިޔަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 3684
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޠާހާ އަބޫބަކުރު، ލ. ގަން
ލ.އަތޮޅު މީހެއްކަން އެނގުމުން ސަމާސާއަށް ހަދާފައިނަމަވެސް ބައްދަލުވާ ވަރަށް ގިނަމީހުން މުޚާޠަބުކުރާ ޖުމްލައެކެވެ. “ލ.އަތޮޅު މީހުންނަކީ ހައްދުން މަތީގައި (ހައްދު ފަހަނަޅާފައި ނުވަތަ ހައްދުން ނެއްޓިފައި) ތިބޭ ބަޔެކެވެ.” ލ.އަތޮޅުގައި ނުރައްކާތެރި ހާދިސާއެއް، ވައްކަމެއް ނުވަތަ މާރާމާރީއެއްފަދަ ކަމެއް ހިނގައިގިނަމަ އެޚަބަރަކާ ގުޅިގެން ވެސް ވަރަށް ގިނަ ފަހަރު މި މޭރުމުން ބުނެއުޅެތެވެ. ދުލަކު ނުހިފެހެއްޓޭނެތާ އެވެ. ނަމަވެސް ކަން އޮތްގޮތް ސާފުވޭތޯ މަސައްކަތްކުރުމަކީ ނެތްކަމެއް ނޫންކަމަށް ދެކެމެވެ.

ދަންޖެހޭތީ ފެންނަ ހުވަފެނެއް

ކިޔާފައިވާ ޢަދަދު: 5186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން

 ދަމެއް ޖެހިދާނެ ހުވަފެންތައް  ފެނުން އަދު ހާދަ ގިނަވެއްޖޭ
            ނަމެއްގައި  މިނިވަނޭ  އެ ބުނާ   ބުނުން ވެސް ހީއަކަށް ވެއްޖޭ

 މިތާނގެ ކަނޑާ ފަޒާ ބެލެހެއްޓުމަށްވެސް އިސްވެގެންތިބެނީ
           މިތާންގެ  ދަރިންކަމާ  މެދުގައި  މި ހިތުގައި  ޝައްކު  އުފެދިއްޖޭ

ނުބައިމީހަކާމެދު ރަނގަޅަށް ކަންތައްކުރުން

ކިޔާފައިވާ ޢަދަދު: 5287
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މާލިކުބިން ދީނާރުގެ އަވަށްޓެރިންގެ ތެރޭގައި ޔަހޫދީއަކު އުޅުނެވެ. މިޔަހޫދީ ކަލޭގެއަކީ އިސްލާމުންގެ ވަރަށް ބޮޑު ދުޝްމިނެކެވެ. އަބަދުވެސް އޭނާ ހުންނާނީ އިސްލާމުންނަށް ގެއްލުންދެވޭނެ ގޮތަކާމެދު ވިސްނަވިސްނައެވެ.

އޭނާ މަލިކުބިން ދީނާރަށް ދަތިފުޅު ކުރުމަށްޓަކައި، ގޭގެ އެތަން މިތަނަށް އެޅިފައިހުރި ހުރިހާ ކުންޏެއް ކަހައި އެއްކޮށް ގެނެސް މާލިކުބިން ދީނާރުގެ ގެކޮޅު ތެރެއަށް އުކާލައިފިއެވެ. އޭނާގެ މި ހަޑި މުޑުދާރު ޢަމަލުގެ ސަބަބުން އެކަލޭގެފާނުގެ ގެކޮޅުގެ ވަރަށް މުހިއްމު ބައެއް މުޅިން ހަޑިވެގެން ދިޔައެވެ. އެއީ އެކަލޭގެފާނު ނަމާދުފުޅު ކުރައްވަމުން ގެންދަވާ ކޮޓަރިކޮޅެވެ.

ވަކިވެގެން ދިޔުމުން ހަނދާން ނުފިލާނެ އަލިގަދަ ތަރިއެކޭ

ކިޔާފައިވާ ޢަދަދު: 8257
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ހަ ކިބައިން މަތިވެރި މުރުއްވަތްތެރި އެއީ މާތް ދަރިއެކޭ
            ވަކިވެގެން ދިޔުމުން ހަނދާން ނުފިލާނެ އަލިގަދަ  ތަރިއެކޭ

އެކުވެރީންނަށް ހެޔޮ އަދައި އެއްބާރުލުން ދީ ހެޔޮމަގަށް
            އެކު އުޅެން އުނދަގޫކަމެއް ނެތް ނުހަނު  ސާދާ  މިތުރެކޭ