އެކަލާނގެ ދެއަޅުން

ކިޔާފައިވާ ޢަދަދު: 5899
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤް

ދުވަސްވަރަކީ، މުސްލިމުންގެ ދެވަނަ ޚަލީފާ މާތްރަސްކަލާނގެ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރެވެ. އެދުވަސްވަރަކީ، ކަމެއް ބޮޑުވެގެން ޝަކުވާއެއް ކުރަން ދިމާވެއްޖެނަމަ، ސީދާ ޚަލީފާގެ އަރިހަށްގޮސް އެކަމަކަށް އިންސާފު ކުރެވެމުންދިޔަ ދުވަސްވަރެވެ. މިކަމުގައި މުސްލިމުންނެކޭ މުސްލިމުން ނޫން މީހުންނެކޭ އެއްވެސް ތަފާތެއް ނެތެވެ.

ދިވެހި ސަގާފީ މަސައްކަތްތެރިކަމުގެ ތެރެއިން…..(1)

ކިޔާފައިވާ ޢަދަދު: 4672
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލާގެ މަސައްކަތް

ޢަބްދުﷲ ސަޢީދު، ސްވީޓްހާޓް، ވ.ފެލިދޫ

އާދޭހެވެ! ލާގެ މަސައްކަތަކީ، މީގެ 300 ވަރަކަށް އަހަރު ކުރިންފެށިގެން ރާއްޖޭގައި ކުރެވެމުން އަންނަ މަސައްކަތެއްކަމަށް ލަފާކުރެވިފައިވެއެވެ. ލާއަކީ، އިންޑިޔާ ނުވަތަ ޝްރީލަންކާއިން އެތެރެކުރާ މަޢުދަނެކެވެ. މިއީ ގަހެއްގެ ކިރެއްކަމަށްވެސް ބުނެއެވެ. ލާ ކުލަކުލައަށް ބަދަލުކުރަނީ ލާގެތެރެއަށް އެކިކުލަކުލަ އަޅައިގެންނެވެ. މި މަސައްކަތަށް ލާ ތައްޔާރުކުރުމޭވެސް ކިޔައެވެ.

ވަގުތު ކުޑަތަން ވެއްޖެ ނަމަ…….

ކިޔާފައިވާ ޢަދަދު: 6678
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މި ދުނިޔޭގައި ކަލެއަށް އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއްކަން ކަލެއަށް އެނގިއްޖެނަމަ، ކަލޭ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟

ހަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
އެބަޔެއްގެ ސަބަބުން ކަލޭގެ ޙަޔާތަށް ބަދަލުތަކެއް އައި ކަމަށް ކަލޭ ބުނާނީ ކޮން ބަޔެއްގެ ގާތުގައި ހެއްޔެވެ؟ އެ ބަޔެއް ދެކެ ކަލޭ ލޯބިވާކަމަށް ކަލޭ ބުނާނީ ކޮން ބަޔެއްގެ ގާތުގައި ހެއްޔެވެ؟ ކަލޭ ހިތް ހެޔޮކޮށް މާފުކުރާނީ ކޮންބަޔަކަށް ހެއްޔެވެ؟ ކަލޭ އަލުން ގުޅުން ރަގަނޅުކުރަން ބޭނުންވާނީ ކޮންބަޔަކާއެކު ހެއްޔެވެ؟

އަނދުން ދަޅު

ކިޔާފައިވާ ޢަދަދު: 3526
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައިޝަތު ރަޝީދާ، މާފޮޅޭގެ، ހއ.އިހަވަންދޫ

މައިޝާ މަގުމަތީ ހިނގަމުންދިޔައީ ފިހާރައަށް ދިއުމަށްޓަކައެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން މަގުމަތީގައި މީހުން ހޭލަމޭލައަށް އުޅެމުން ދެއެވެ. މުޅި މަގު ވަނީ ހަލަބޮލިވެފައެވެ. ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނެވެ. ފިހާރައާ ހަމައަށް ދެވުމުން އަވަސްއަވަހަށް ފިހާރައަށް ވަނެވެ. ވަރަށް ބޮޑު ފިހާރައެކެވެ. އެ ވަގުތު ފިހާރައިގައި މީހުން ކޮންމެވެސް ވަރަކަށް މަދެވެ. މައިޝާ ފިހާރައިގެ ތެރޭގައި ހިނގަންފެށި އެވެ. އޭނާ ބޭނުންވާ އެއްޗެހި ހޯދުމަށްޓަކައެވެ. އޭނާ ފިހާރައަށް އައީ ރީތިވާ ސާމާނު ގަތުމަށްޓަކައެވެ.

ދިވެހީންނަށް ﷲ ދެއްވި އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމް ދީނެވެ.

ކިޔާފައިވާ ޢަދަދު: 8038
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫ ޠާސީން

އެއްވެސް އެއްޗެއްގެ އަގު ގިނަ ފަހަރަށް ނުވަތަ ފުރިހަމަ އަށް ވަޒަންކުރެވޭނީ އެ އެއްޗެއް ގެއްލި ދިޔުމުންނެވެ. ލޮލުގެ ފެނުމުގެ އަލިކަމުގެ މުހިއްމުކަން ނުވަތަ އިވުމުގެ ޙިއްސުގެ މުހިއްމުކަން ނުވަތަ އެނޫން ނިޢުމަތްތަކުގެ އަގު ވެސް އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ އެ ނިޢުމަތެއް ފިލައި ދިޔުމުންނެވެ. ޒުވާންކަމުގެ އަގު ވަޒަންކުރެވޭނީ މުސްކުޅިވުމުންނެވެ.

ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 163
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަހުނިޔާ

ރާއްޖެ އިސްލާމް ވީ ދުވަހުގެ އުފާވެރި މުނާސަބާގައި މި މުސްލިމް ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި މުބާރިކުބާދީއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެ އަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ޤިޔާމަތާ ހަމަޔަށް ލަހައްޓަވާށިއެވެ! އާމީން!

 

“ލިޔުންތެރިންގެ ގުޅުން”، www.liyuntherin.org  “ލިޔުންތެރިޔާ”، “ޅެންވެރިޔާ”

“ހަވަރު”އަކީ، ދިވެހިދައުލަތުގެ އަސްކަރީ ބާރުތަކުގެތެރެއިން އެއް ބާރު (1)

ކިޔާފައިވާ ޢަދަދު: 5715
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ނަސީރު، މަޑަވެލި
ދިވެހިރާއްޖޭގެ އެންމެ މުސްކުޅި ޚަބަރަކުން އަޅުގަނޑުމެންނަށް އެނގިފައިވާ ތާރީޚީ ޚަބަރަކީ، ހިޖްރައިން 332 ވަނަ އަހަރުގެ ތެރޭގައި އަލްމަސްއޫދީ އޭ ކިއުނު ބޮޑު ދަންނަބެއިކަލަކު އަދި ސައްޔާޙުންގެތެރެއިން އަރައިހުރި މީހަކު ހެއްދެވި “މުރޫޖުއްޒަހަބް” ވޭ ކިއުނު ތާރީޚެއްގައި، ރާއްޖޭގެ ޚަބަރުތައް ލިއުއްވާފައިވާ ގޮތްތަކެވެ. އެކަލޭގެފާނު ލިއުއްވަފައި ވަނީ، އެ ޒަމާނުގައި ވެސް ރާއްޖޭގައި އަމިއްލަ މުސްތަޤިއްލު ރަސްކަމެއްކުރާ ކަމަށެވެ. ރަސްކަލަކީ، އަންހެން ބޭފުޅަކު ކަމަށެވެ. މިތާގެ މީހުންގެ ފައިސާއަކީ ބޮލި ކަމުގަ އެވެ. އަތުމަސައްކަތަށާއި، ފޭރާންވިއުމަށް ކުޅަދާނަ ބަޔަކުކަމުގަ އެވެ. އެތަނަކީ، ވަރަށް މާވަހަރު ލައްގާ ތަނެއް ކަމުގަ އެވެ.

ޤަބޫލުކުރާށެވެ!

ކިޔާފައިވާ ޢަދަދު: 3384
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލިފުޅު، ބ.ދަރަވަންދޫ
ތިމާ  އެދިގެން  ގުޅިއްޖެއްޔާ  ތިމާ ވާނޭ    އަޅެއްކަމުގައި
            ތިމާ އަށް އެދި  ގުޅިއްޖެއްޔާ  އެ މީހާ ވޭ    އަޅެއްކަމުގައި

ދެ މީހުން އެދި ގުޅިއްޖެއްޔާ  އެ ކަން ވޭ ނިޢުމަތެއް ކަމުގައި
            އެ މީހުންނަށް  ޙަޔާތެއް  ބާއްޖަވެރި  ލިބިދޭ ކަމެއް ކަމުގައި

ސަރާ (26)

ކިޔާފައިވާ ޢަދަދު: 5704
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ

(7 ފެބްރުއަރީ 2013 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަލަކާ މިހާރު ވިސްނަމުންދަނީ ރައްޒާޤާއި ޝީކާގެ ގުޅުމަށް ހުރަސްއަޅާނޭ ގޮތަކާ ދޭތެރޭގައެވެ. އެގުޅުން ކެނޑިއްޖިއްޔާ މަލަކާއަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބޭނެއެވެ.

“މަންމާ…އަހަންނަކަށް ހިއެއްނުވޭ  ރައްޒާޤަކީ ޝީކާގެ ޙަޔާތަށް އެންމެ ރަނގަޅު މީހާ ހެންނެއް. އިއްޔެގައި މީހަކު އަހަރެން ގާތު ބުނި އެއީ ވަރަށް ވިޔާނުދާ މީހެކޯ. މަލަކާ ވަރަށް ވިސްނާފައި ބުންޏެވެ.

“ފިސާރި ތެދެއް؟ ތިޔަހެއްވީއިރު ޝީކާއަށް ތިކަން ވިޔަކަނުދޭނަން.” ފަހީމާ ހިތަށްއެރިއެވެ. އިތުރަށް އެކަމާބެހޭ މަޢްލޫމާތު ހޯދާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ރަން ދަރިފުޅު ދައްކާ ކޮންމެ ވާހަކައެއްވެސް އޭނާއަށް ގަބޫލުކުރެވެއެވެ. އިތުރަށް އެވާހަކައިގެ ތެދު ދޮގު ބަލާކަށް އޭނާ ބޭނުމެއް ނޫނެވެ.

ހަވީރުގެ ރީތިކަން

ކިޔާފައިވާ ޢަދަދު: 5200
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޝީދު ޙުސައިން
ހަވީރުގެ  ރީތިކަން  އެނގެނީ  ފޮޅޭ  ކުލަ  ރީތި  މާތަކަށޭ
            އަވީން ގަދަ ނުފިހި އެ ތިބަ ހެނީ  ޢަބީރުން ހިތްފުރޭ ގޮތަށޭ

ތޮޅޭ  ނަލަ  ރޯޅިޔާ  ހެލިލައި  ފޮޅޭތާކަށް   ކޮކާ  ލެފިލައި
            އުޅޭ ނަލަ  ރީތި ރަތް  ރީނދޫ ފިޔާތޮށި ހުދު  އަސުރުމަލަށޭ