އެންގުން

ކިޔާފައިވާ ޢަދަދު: 7064
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
`

ލިޔުންތެރީންގެ ގުޅުން   
  ހ. އާމުލީގެ
     މާލެ،

ލިޔުންތެރިންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ 2 ވަނަ ދައުރަށް މެންބަރުން އިންތިިޚާބުކުރުމަށް ބާއްވާ

އިންތިޚާބީ ޖަލްސާގެ މަޢުލޫމާތު

ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމުގެ  ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހު 29 ވާ އަންގާރަ ދުވަހުގެ ރޭ 9:00 ގައި ޤައުމީ ކުތުބުޚާނާގެ އާރޓް ގެލެރީގައި އޮންނަ މި ޖަމްޢިއްޔާގެ އިންތިޚާބީ ޖަލްސާގައެވެ. މި ޖަލްސާއަށް ޖަމްޢިއްޔާގެ މެންބަރުންނާއި މެންބަރުންނަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާ ހުރިހާ ބޭފުޅުން ވަޑައިގެންދެއްވުން އެދި ލިޔުންތެރީންގެ ގުޅުމުގެ ރައީސް ދަޢުވަތު ދެއްވައެވެ.
 

ބަނޑުވައްއަކުރު އެއްގޮތް ކުރުން (3)

ކިޔާފައިވާ ޢަދަދު: 3626
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
(23 ޖެނުއަރީ 2013 (ބުދަ) ގުޅޭ)

4- ދިގު ފިއްޔަކުން ފެށޭ ބައިތުގެ ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ދިގުުފިއްޔަކުން ފެށޭ ބައިތުގައި ވެސް ބަނޑުވައްއަކުރާއި ފިލިކޯޅި، ކުރުފިއްޔަކުން ފެށޭ ބައިތާ އެއްގޮތަށް، ތަފާތު މިންވަރަށް އެއްގޮތްކޮށްފައި ހުރެއެވެ.

4.1- ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން

ދިގުުފިއްޔަކުން ފެށޭ ބައިތުގައި ވެސް، ބަނޑުވައްއަކުރު އެއް ގޮތްކުރުމުގެ އެންމެ ފުރިހަމަ ގޮތަަކީ ބަނޑުވައްއަކުރު އެއްގޮތް ކުރުމާ އެކުގައި ފިލިކޯޅި ވެސް އެއްގޮތްކުރުމެވެ.

ހޯދަން އުނދަގޫވި “ތޮޅި”

ކިޔާފައިވާ ޢަދަދު: 3741
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް

މިއީ ތޮޅީގެ ވާހަކައެކެވެ. ކަނޑުގައި ލެއްވި މަހުގެ ބާވަތެއް ކަމުގައިވާ ފަރުތޮޅީގެ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެން ކުޑައިރު ކާންބޭނުންކުރި ތަރުކާރީގެ ބާވަތެއް ކަމުގައިވާ ހިމެރި ތޮޅީގެ ވާހަކައެވެ. ހިމެރި ތޮޅިއަށް އެކި ފާޑުގެ ނަން އެކި ރަށްރަށުގައި ކިޔައެވެ. ކުރެހިތޮޅި، ފޯއްވަޅިތޮޅި، ފޯއްފޮތި ތޮޅި، ރިހަތޮޅި މިފަދަ ތަފާތު ނަންނަމުން ކިޔަސް މިއީ އެއްބައްޓަމަކަށް ހުންނަ އެއްރަހައެއްލާ ތޮޅިއެކެވެ.

އެންގުން

ކިޔާފައިވާ ޢަދަދު: 196
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
`

ލިޔުންތެރީންގެ ގުޅުން   
  ހ. އާމުލީގެ
     މާލެ،

ލިޔުންތެރިންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ 2 ވަނަ ދައުރަށް މެންބަރުން އިންތިިޚާބުކުރުމަށް ބާއްވާ

އިންތިޚާބީ ޖަލްސާގެ މަޢުލޫމާތު

ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމުގެ  ވޯޓުލުން އޮންނާނީ މި ޖެނުއަރީ މަހު 29 ވާ އަންގާރަ ދުވަހުގެ ރޭ 9:00 ގައި ޤައުމީ ކުތުބުޚާނާގެ އާރޓް ގެލެރީގައި އޮންނަ މި ޖަމްޢިއްޔާގެ އިންތިޚާބީ ޖަލްސާގައެވެ. މި ޖަލްސާއަށް ޖަމްޢިއްޔާގެ މެންބަރުންނާއި މެންބަރުންނަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާ ހުރިހާ ބޭފުޅުން ވަޑައިގެންދެއްވުން އެދި ލިޔުންތެރީންގެ ގުޅުމުގެ ރައީސް ދަޢުވަތު ދެއްވައެވެ.
 

މާތް ﷲ

ކިޔާފައިވާ ޢަދަދު: 3186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލިފުޅު
ހިތަށް އެރުމުން  ކަމެއް  ސިއްރެއް  ނުވާނެ ފަރާތަކީ ﷲ
                 ހިތަށް އުފަލާ އަރާމާ ދެއްވަނީ ވެސް އާދެ! މާތް ﷲ
ދުނިޔެ ދައުރާ ކުރާއިރު އިރު ހަނދާ  ތަރިތައް އުޑާއި ބިމާ،
                 އުނިކަމެއްނެތި އެހިންގަވަނީ އަމާންކަމުގައިމެ މާތް ﷲ

ސަރުކާރުން ދެއްވަމުންގެންދެވި ޟަރޫރީ އެހީ

ކިޔާފައިވާ ޢަދަދު: 3665
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް ފުއްދައިގަނެވޭ ފަދަ ތަނަވަސްކަން ނެތް ފަޤީރުންނަށް ސަރުކާރުން ދެއްވަމުން ގެންދެވި އެހީއާއި ބެހޭ ގޮތުން މިހާތަނަށް ހޯދުނު މަޢްލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އަތޮޅުތަކަށް ސަރުކާރުން މީހުން ފޮނުއްވައިގެން ރާއްޖޭގައި ތިބި ފަޤީރުންގެ އަދަދު ބެއްލެވުމުގެ މަސައްކަތް އިތުބާރު ހުރި ގޮތެއްގައި ފުރަތަމަ ކުރައްވައިފައި ވަނީ ހިޖުރައިން 1177 – 1180 (މީލާދީން 1763 – 1766 އަހަރާ) ވަނަ އަހަރާ ދެމެދު ރާއްޖޭގެ ތަޚުތު ފަޅުފިލުއްވި އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނު (ދޮންބަނޑާރައިން) ގެ ރަސްކަމުގައެވެ. ދޮންބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރު ކުރެވުނު މި ސަރވޭގެ ވާހަކަ ނުވަތަ މި ބޯހިމެނުމުގެ މަސައްކަތާ ގުޅޭ ވާހަކަ “ދިވެހި ތާރީޚު” ފޮތުގައި ބަޔާންކޮށްފައިވާ އިރު މި ކަމާބެހޭ މާބޮޑު ތަފްޞީލެއް އެ ފޮތުގައި ލިޔެފައެއް ނެތެވެ.
 

ފުއްޕާމެޔަކީ ބިޔަ ގަހެކެވެ.

ކިޔާފައިވާ ޢަދަދު: 4150
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. މުޙައްމަދު ރަޝީދު

ބިޔަ ގަހެއްގެ ސިފަ ހިތަށް ގެނެސް ބަލާށެވެ. ޢުމުރުން ދުވަސް ވެފައިވާ ބަނބުކެޔޮ ގަހެއް ނުވަތަ، އަނބުގަހެއް ކަހަލަ ބިޔަ ބޮޑު ގަހެކެވެ. ބިމުން ފެޅި ހިސާބުން ފެށިގެން މާސިންގާ ފަލަ ބުޑެވެ. ހަމަ އެހާމެ ފަލަ، ގޮތްޕެވެ. އެ ގޮފިތައް ކަފިވެގެން ގޮސްފައިވާ ގޮތެވެ. އެގޮފިތަކަށް ދެންވީ ގޮތެވެ. ދެންވީ ގޮތެވެ. ހިމަވަމުން، ހިކިވަމުން، ހޯލިވަމުން ދިޔަގޮތެވެ. އެންމެފަހުންގޮސް، އެ ހޯލި ކޮޅުގެ އެންމެ ކޮޅާއި ހަމައަށް ގޮސް ނިމުނުގޮތެވެ. ފަލަފަލަ ބުޑުން ފެށިގެން، ނިމުނު ހޯލި ކޮޅާ ދެމެދު، ކިތައް ގޮފި އުފެދި، ކިތައްފަހަރު ކަފިވެފައި ހުންނާނޭ ކަމަށް ލަފާކުރެވޭ ހެއްޔެވެ؟ ނޭނގޭދޯއެވެ! އަހަރެންނަކަށްވެސް ނޭނގެއެވެ. ޚިޔާލަށް ގެންނަންވެސް ނޭނގެއެވެ.

އެންގުން

ކިޔާފައިވާ ޢަދަދު: 223
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
`

 
ލިޔުންތެރީންގެ ގުޅުން   
  ހ. އާމުލީގެ
    މާލެ،

ލިޔުންތެރިންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ 2 ވަނަ ދައުރަށް ކުރިމަތި ލައްވާފައިވާ މެންބަރުންގެ

ތެރެއިން ވޯޓުލާންޖެހޭ މަގާމުތަކުގެ ކެންޑިޑޭޓުން ތަރުތީބުވެފައިވާ ގޮތް

މަޢުލޫމާތު ފަތުރާ ސެކްރެޓަރީ:
#                ކެންޑިޑޭޓުގެ ނަން                    ކެންޑިޑޭޓު ނަންބަރު
1    އަލްފާޟިލާ ޢާއިޝަތު ޙުސައިން މަނިކު، ހ. ރީނދޫކޮކާގެ / މާލެ       1
2    އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް، ގިރިޓީގެ / އއ.ތޮއްޑޫ         2

އިތުރު މެންބަރުން:
#                ކެންޑިޑޭޓުގެ ނަން                    ކެންޑިޑޭޓު ނަންބަރު
1    އަލްފާޟިލް އަޙްމަދު ޝިޔާމް، ގ. ހުދުރުވާގެ / މާލެ               1
2    އަލްފާޟިލް ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް / މާލެ         6
3    އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހީމް، އާރާމުގެ / ސ.ފޭދޫ          4
4    އަލްފާޟިލް އަޙްމަދު ސަމީރު ޢަލީ، މ.ލަކީސްޓާރ / މާލެ            3
5    އަލްފާޟިލާ ޢާއިޝަތު ޙުސައިން މަނިކު، ހ.ރީނދޫކޮކާގެ / މާލެ        5
6    އަލްފާޟިލް ރޯނުގޭ ޙަސަން މަނިކު، ވ.ކަންދު / މާލެ              2

މި ޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން!!

ކިޔާފައިވާ ޢަދަދު: 5536
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް

މި ޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން
          މޮޅިން  ހިތް ދަތިވެ ގިސްލާނީ މި ޖީލުގެ  ތިޔަ ދަރީންގެ  ދަރީން
           ********************

ކުދިންނޭ   ކާފަމެން  ބޮޑުވީ  ގޮބޮޅިޔާ  ގިތި ފަޅޯ ކައިގެން
   ރޮދިން ރޮދިހިލި، ކިލާވެ ހަފުސްވެފައިވާ  ސޯޓުބުރި ލައިގެން
       މަދިރި، ތަންމަކުނު، ސެއްޅި ހަފާވަރުން، ރޭ ނިދި ނުނިދި ތިބެގެން
            މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ  މުނިމުނި ދަރީންގެ ދަރީން

ދަންމަރު (20)

ކިޔާފައިވާ ޢަދަދު: 7453
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރާހި ނުވަތަ ހޮރަސްކޯޕްގެ ޙަޤީޤަތަކީ ކޮބާ؟

ޢަބްދުﷲ ނަޢީމް އިބްރާހީމް
އެސްޓްރޮލޮޖީއަކީ ނުވަތަ ނުޖޫމީ ޢިލްމަކީ ތަރިތަކުގެ ސަބަބުން ދުނިޔެއަށާއި އެހެނިހެން ތަކެއްޗަށް ކުރާ އަސަރު ދެނެގަތުން ކަމަށް އެ ޢިލްމުގެ އަހުލުވެރިން ބުނެއެވެ. އެކަމަކު ޢާއްމު ގޮތެއްގައި މި ޢިލްމުގެ ބޭނުން ކުރެވެނީ ތަރިތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ކުރާ އަސަރުތައް ބަޔާން ކޮށް ދިނުމުގެ ގޮތުންނެވެ.