“ދެކަނބަލުން”ނަކީ ދެމަފިރިކަނބަލުންހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 9186
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“އަޅުގަނޑު މި ގުޅައިލީ ކުޑަ އެއްޗެއް ސާފުކޮށްލާން ވެގެންނެވެ.” އިއްޔެ (12 ޖެނުއަރީ 2013 ވީ ހޮނިހިރު ދުވަހު) އަޅުގަނޑާ ފޯނުން ގުޅައިލި ރައްޓެއްސަކު (ކުރީގެ ދަރިވަރަކު) ބުންޏެވެ. “ކޮން އެއްޗެއްހެއްޔެވެ؟ އަހާބަލާށެވެ! އެނގޭ އެއްޗެއްވިއްޔާ ބުނާނަމެވެ.” އަޅުގަނޑު ޖަވާބުދިނީމެވެ.

ސްކައުޓުންގެ ރޫޙް

ކިޔާފައިވާ ޢަދަދު: 2748
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙުމަދު، މޫރިތިގެ، ހއ. އިހަވަންދޫ
ޖޯޝާ އަޒުމާއެކީ          ހޯދާ ޢިލްމެއް މިއީ
ތަރުބިއްޔަތުތައް ވަނީ       ހުނަރާ ފަންނީ ރޮނގުން

ހުނަރާ ފަންނީ ރޮނގުން     ތަރުބިއްޔަތުތައް ވަނީ
ޖޯޝާ ފޯރީ މަމެން          ވެވިގެން ތިބެ ސުކައުޓްން

“އޮނަވިހީ”ގެ ބަދަލުގައި “ނަވާރަ” މި ލަފުޒު އުފެއްދީ ދިވެހި ކުޑަކުއްޖެކެވެ.

ކިޔާފައިވާ ޢަދަދު: 8588
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)

ދިވެހީގެ ގުނުން ނުވަތަ ވިޔައަކުރުގެ ނަންތައް ދިވެހިބަހުން މި ހުންނަނީ އަވަށްޓެރި ޤައުމުތަކުގެ ބަސްތަކުގައި ވެސް ހުންނަކަހަލަ ގޮތަކަށެވެ. މި ގޮތަށް މި ދިމާވަނީ މި ހުރިހާ ބަސްތަކެއްގެ މައި ބަހަކީ އެއް ބަހެއް ކަމުގައިވާ ސާންސްކިރިތު ބަސް ކަމަށް ވާތީ ކަމަށް ދެންނެވިދާނެ އެވެ. މިސާލަކަށް: 1، 2، 3، … އޭކު، ދޯ، ތީން،…  (ހިންދީ)، އެކައި، ދެކައި، ތުނައި،… (ސިންގަޅަ)،  ސަތޫ، ދުއާ، ތިގާ….  (މެލޭޝިއާ)،  އެކްޓާ، ދުއިދިއާ، ތިންދިއާ…… (ބަނގްލާ)، ….. މިފަދަ ގޮތްގޮތަށެވެ.

އެދުރުންނީ… ބަޔެއް!

ކިޔާފައިވާ ޢަދަދު: 2947
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ޤަދަރާއި  ލޯތްބާ  ލިބޭ          ޝަރަފާއި  ފަޚްރާ ދެވޭ
ތިޔަފަދަ ނެތް ހެޔޮ ބަޔެއް         މުޅި  ދޭހުން  ކައުނުގާ

މުޅި  ދޭހުން  ކައުނުގާ          ތިޔަފަދަ ނެތް ހެޔޮބަޔެއް
ޤަދަރާއި  ލޯތްބާ  ދެވޭ          ޝަރަފާއި  ފަޚްރާ ލިބޭ

ވިހި އަހަރު ކުރިން ދިމާވި ދަތުރުވެރިޔާ އާއި، ހުނި ލައިގެން ދުފަންހުރި ބޭބެ

ކިޔާފައިވާ ޢަދަދު: 4545
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު
ފުރަ މާލޭގެ އުތުރު ފަރާތެވެ. ރީތި ހެނދުނެކެވެ. ދީފައި އޮތީ ބޭސް އަތްވެވެ. އުތުރުން ބާރަށް ޖެހޭ ރީތި ވައިރޯޅިއާއި، އަރައިގެން އަންނަ އިރުގެ މަޑު އަތްވާ އެކުވުމުން ހެނދުނަށް އިތުރު ތާޒާ ކަމެއް ގެނެސްދެއެވެ. ބޮޑު އޮޑިފަހަރުފަހަރުން، ބާލާ ޓައްޕު ބުރި ބުރީގައި، ބޮޑެތި ކަންނެލި، މާރުކޭޓާ ދިމާއަށް މިސްރާބު ޖަހައެވެ. ގައިގައި ސަރުބީގެ އެންމެ ކަންފުޅެއް ވެސް ނެތް، ވަރުގަދަ ޒުވާނުން އެ ތަކެތި ދަމަމުން ގެންދެއެވެ. ހިކި އެންދެރީގެ ދިހުން ކުލައަރާ އަތްތަކާއި މުލައްދަނޑިތަކެވެ. ކަސްރަތު ލިބި، ވާންވެ ވަރުގަދަވެފައިވާ، އަނގުނުތަކެވެ. 

ސަރާ (21)

ކިޔާފައިވާ ޢަދަދު: 6228
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ސާޢިދު، މަރަދޫ
(5 ޖެނުއަރީ 2012 (ހޮނިހިރު) ގުޅޭ)
އޭގެފަހުން ހިނދުކޮޅަކަށްވެސް ޢިމްރާންގެ ކުރިމަތީގައި މަޑުކުރުމެއްނެތި އޭނާ އެތަނުން ހިނގައިގެންފިއެވެ.

ދުވަސްތަކަކަށްފަހު ރާއްޖޭން ބޭރުގައި އުޅުމަށްފަހު އެޢާއިލާގެ ޑޮކްޓަރ ޝަހީދު މާލެއައީ ސަރާ އެގެއިން ނިކުމެގެންދިޔަ ދުވަހުއެވެ. އޭނާ މަލަކާއާ ބައްދަލުކުރީ ޖެހިގެން އައި ދުވަހުއެވެ.

ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 117
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


 ހަތް ލައްކަ ޒިޔާރަތުގެ ތަހުނިޔާ!

ލިޔުންތެރިން ގުޅުމުގެ ވެބްސައިޓް (www.liyuntherin.org) އަށް އިއްޔެގެ ނިޔަލަށް ކިޔުންތެރިން ޒިޔާރަތްކުރި ޢަދަދު ހަތްލައްކައަށް އެރުމުގެ މުނާސަބަތުގައި މި ޖަމްޢިއްޔާގެ ވެބްސައިޓް ގެ އަހުލުވެރިންކަމުގައިވާ ހީވާގި ކިޔުންތެރީންނަށާއި މުރާލި ލިޔުންތެރީންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ.

“ލިޔުންތެރީންގެ ގުޅުން”

www.liyuntherin.org


 

ދަންމަރު (19)

ކިޔާފައިވާ ޢަދަދު: 8081
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޤުދުރަތުގެ ޤާނޫނުު

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ކޮޓަރިކޮޅު ބަންދު ކުރައްވާފައި ދެތިން ހަފްތާ ވަންދެން ބަހައްޓަވާފައި ހުޅުވައިލައްވާށެވެ. ފެނިވަޑައިގަންނަވަނީ ކޮން އެއްޗެއްތޯއެވެ؟ މުޅި ކޮޓަރިކޮޅުން ފެނިވަޑައިގަންނަވާނީ ހިރަފުހުގެ ފަށަލަތަކެކެވެ. މިއީ ހިތްޕުޅު ހަމަ ޖެހޭ މަންޒަރަކަށް ނުވާނެ އެވެ.

ހަރު ބައްޕައެއްގެ ހަރު ދަރިފުޅު

ކިޔާފައިވާ ޢަދަދު: 5313
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ޢުމަރުބުނު ޢަބްދުލްޢަޒީޒަކީ، މުޅި ދުވަސް ސަރުކާރުގެ މަސައްކަތް ކުރެއްވުމުގައި ހޭދަކުރައްވާ ބޭފުޅެކެވެ. އެއް ދުވަހަކު މެންދުރު ނަމާދަށް ފަހު، ޚަލީފާ ކުޑައިރުކޮޅަކު އަރާމުކޮށްލެއްވުމަށް ގަސްތުކުރެއްވި އެވެ. އެއީ، ވަރަށް ބޮޑަށް ވަރުބަލިފުޅުވެފައިވާ ދުވަހެކެވެ.

މިޔޭ މަ އެންމެ ލޯބިވާ ތަނަކީ

ކިޔާފައިވާ ޢަދަދު: 5244
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން

            ލާލާލާލާ
         * * * * * *
 މަގޭ އުފަންބިމޭ މިރާއްޖެއަކީ
     އެޔޭ ދިވެއްސަކަށް މަވީ ކަމަކީ
         މިޔޭ މަ މަންމައޭ  ކިޔާ ބިމަކީ
             މިޔޭ މަ އެންމެ ލޯބިވާ  ތަނަކީ