ލ. އަތޮޅު މެންދޫ ފަޅުވި ގޮތް

ކިޔާފައިވާ ޢަދަދު: 6699
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކޮންމެ ޤައުމެއްގައި ވެސް ތާރީޚީ ނާޑުކަތާ ހުރެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ވެސް މިފަދަ ނާޑުކަތާތައް އެބަހުއްޓެވެ. އަދި ވަކިވަކި އަތޮޅުތަކުގެ ނާޑުކަތާތައް ވެސް ހުރެއެވެ. އެ ގޮތުން ހައްދުންމަތީގައި ވެސް ވަރަށް ގިނަ ނާޑުކަތާތައް އެބަހުއްޓެވެ.

ދިވެހި ޝަހީދުންނަށް ސަލާމް!

ކިޔާފައިވާ ޢަދަދު: 4758
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޝީދު ޙުސައިން

        ސަލާމް ސަލާމް ސަލާމް ސަލާމް
* * * * * * * * * * *
 ސަލާންކުރޭ ދިވެހިންނޭ
        މިތިބީ  ފަޚްރުލްވަޠަނޭ
               މިމާތް ބިމަށް ފުރާނަދީ
                      ޝަހީދުވީ  ބަޠަލުންނޭ
 

ހާލު!

ކިޔާފައިވާ ޢަދަދު: 4735
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް (2013)
އަހަންމަދުބޭ   އަޖައިބުވަނީ  މުހަންމަދުބޭގެ   ސޭކު ކަމުން
        މުހަންމަދުބޭ ހެމުން ދުވަނީ  އަހަންމަދުބޭގެ  ‘ގޮފަޅުކަމުން’

ޚަދީޖާ  މާ ބިރުން  އޭނީ  ވަދީފާ  ހައްދު  ފަހަނަލުމުން
        ވަދީފާ  ޗުސް ކަނޑަން  އޭނީ  ޚަދީޖާ  ޔޫރަޕަށް ވިކުމުން

އުމުރުން ޅަ ފަހުލަވާނު

ކިޔާފައިވާ ޢަދަދު: 5595
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މިއީ، މިއަދުގެ ތޭރަސަތޭކަ އަހަރަށް ވުރެންވެސް ކުރީގެ ވާހަކައެކެވެ. ދުވަސްވަރަކީ، އިންޑިޔާގެ ރާޖާދާހިރުގެ ސިފައިންނާ އިސްލާމުންގެ މުޖާހިދުންނާ ދެމެދު ވަރުގަދަޔަށް ހަނގުރާމަ ކުރެވެމުންދިޔަ ދުވަސްވަރެވެ. މިއާރާއި ބާރުގެ ބޮޑާކަމުގައި އެ ރަސްގެފާނު ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދީން ހައްޔަރުކޮށްގެން އަނިޔާވެރިވިއެވެ. މި ކުށެއްނެތް އަންހެނުންނާއި ކުޑަކުދީންނަކީ، ދިވެހިރާއްޖޭގެ ޖަޒީރާތަކުން ފުރައިގެން ދަތުރުކުރާ އުޅަނދުތަކުގައި ޢަރަބި ކަރަޔަށް ދަތުރު ކުރަމުން ދިޔަ ބައެކެވެ. ރާޖާދާހިރަށް މިކަން އެނގިވަޑައިގަތުމާއެކު އޭނާގެ ސިފައިން ފޮނުއްވައިގެން އެ އެޅަނދު ތަކުގައި ހުރި މުދާތައް ފޭރި، އެ ކުށެއްނެތް އަންހެނުންނާއި ކުޑަކުދީން ހައްޔަރުކުރެއްވިއެވެ.

ސަރާ (20)

ކިޔާފައިވާ ޢަދަދު: 5815
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(30 ޑިސެމްބަރ 2012 (އާދީއްތަ) ގުޅޭ)
ނަމަވެސް މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި….” ސަރާއަށްއެއްވެސް އިޚްތިޔާރަކާނުލާ ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.

“މާނައަކީ ސަރާދެން އެގެއަށް ނުދާނަމޭތަ؟” ނިޔާޒް ފޯން ކަނޑާލިއެވެ.

“އާނ…އެގެއަކު އަހަންނަކަށް ނޫޅެވޭނެ…އަހަންނާ ކުރިމަތިވީ ކޮންކަހަލަ ތަޤްދީރެއް…ހިތާމައާއި ހިތްދަތިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް އަހަރެންގެ ދިރިއުޅުމުގައި ނެތް.” ސަރާގެ އަޑު ބެދިއްޖެއެވެ.

ތަރިތަކާ ދެކޮޅަށް ބޮއްތަކުގެ ހަނގުރާމަ

ކިޔާފައިވާ ޢަދަދު: 2907
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު
އެއް ރެޔަކު ކަޅުއަނދިރި ފޮއިގައި ފެންގަނޑެއްގައި އޮތް ބޮކެއް
              އެއްލި ކަޅިއެއްގައި ދުށީ ފެންގަނޑުގެ ތެރެއިން  ތަރިތަކެއް

ހިޔަނިއެޅިފައި ހުރިގޮތުން ފެންގަނޑުތެރަށް ތަރިތަކުން
              ބިޔަ ނުހަނު ބޮޑު ދުޝްމަނުންގެ ހިތަށް އައޭ މީ ލަޝްކަރެއް

މާލެއާ ރާއްޖެތެރެ – މާލެއާ އަތޮޅުތެރެ…..!

ކިޔާފައިވާ ޢަދަދު: 3332
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިސްމާޢީލް ޝަމީމް، ފެބްރިކްވިލާ، ތ.ވިލުފުށި

އެ ގޮތްމިހާރު ރަނގަޅެއްނޫން، ހުރިހާ ކަތުން ހަމަހަމަކުރަން
                  މި ގޮތް މިހާރު މާރަނގަޅޭ، ރައްޔިތުން  އެކީ  ޙިއްޞާކުރަން

ކޮންމެގޮތެއްވިޔަސް ނުވަތަ ކޮންމެކަމެއްވިޔަސް ރަނގަޅުވެވޭނީ، އެކަމެއްގެ މަޤްޞަދު ރަނގަޅުވެވިގެންނެވެ. އެކަމެއް ކުރަން ކަނޑައެޅި މަޤްޞަދަކީ، ކަމާއި ތަނާއި އެތަނެއްގައި ދިރިއުޅޭ މީހުންނާ ގުޅޭކަމަކަށް ވާނަމައެވެ. ބައެއްކަހަލަ ކަންކަމުގައި ހަމައެކަނި ހިތަށްއެރީމާ އެއިރަކު ހިތަށްއެރި ނަމެއް ކިޔުމަކުން އެކަމަކަށް ލިބޭނެ ފައިދާއެއް، ވާނެ ރަނަގޅެއް އޮންނާނެ ކަމަކަށް ބަލައިގެންނުވާނެއެވެ. މާދަން އޮންނާނީ ކޮންގޮތެއްކަން ނުވަތަ ކިހިނެއްކަން ނޭނގޭތީއެވެ. ތަންތަނާއި ނަންނަމަށް ބަދަލު ގެނައުމުގައި، ތަނުގެ ޤަދީމަށާއި އާދަކާދައަށް ޙުރުމަތްތެރިކަން ކުޑަވެވިއްޖެނަމަ، ދެންދިމާވެދާނޭ ގޮތަކާއިމެދު ކުރިން ވިސްނަވަން ވާނެއެވެ.

ތަޢުލީމު – ކީއްކުރަން؟

ކިޔާފައިވާ ޢަދަދު: 7140
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ތަޢުލީމުގެ އަގަކީ ކޮބައިކަމާ މެދު އަހަރުމެންނަށް ހީވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ތަޢުލީމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ ރަސްމީ ތަޢުލީމުވިޔަސް އަދި ނުރަސްމީ މަސައްކަތުގެ ތަޖުރިބާ ކަމުގައިވިޔަސް، “ދިރިއުޅުމަށް ތައްޔާރުވުމަށް” މީހަކު ބައިވެރިވާ ބައިވެރިވުމަކީ ތަޢުލީމު ކަމުގައި އަހަރެމެން ދެކެމުއެވެ. އެކަމަކު އެއީ ގޯހެކެވެ. ޙަޤީޤީ ތަޢުލީމަކީ ޙަޔާތާއި ގުޅިފައިވާ ދެމިގެންދާ ޙަޔާތުގެ ބައެކެވެ. އެއީ އުފަންވީއްސުރެ ކަށްވަޅަށް ދާންދެން ގުޅިފައިވާ ބަޔެކެވެ.

މަލިކުމީހުންނާއެކު އަޅުގަނޑު ހޭދަކުރި ވަގުތުކޮޅު…..

ކިޔާފައިވާ ޢަދަދު: 5551
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ދާދި މިދާކަށް ދުވަހަކު އަޅުގަނޑަށް ކޮޗިންނަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. މި ދަތުރު އަޅުގަނޑަށް ވެގެން ދިޔައީ ތަފާތު ދަތުރަކަށެވެ. އަޅުގަނޑުމެންގެ މާދަރީ ބަހުން ވަހަކަދައްކާ އެހެން ކަރައެއްގެ އާއިލާތަކަކާ ބައްދަލުވުމުންނެވެ. އަޅުގަނޑުމެން ތިބި ހިސާބުގައި މައިގަނޑު ގޮތެއްގައި ދިރިއުޅެމުން ދިއައީ މަލިކުގެ ޢާއިލާތަކެވެ. ދިވެހިބަހުން ވާހަކަދައްކާ، އެހެންނަމަވެސް އިންޑިއާގެ ދަށެއްގެ އަހުލުވެރިންނެވެ.

1431 ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ހަނދާން ތަކުގެ ތެރެއިން…

ކިޔާފައިވާ ޢަދަދު: 8922
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މި ލިޔާ ވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ މި ކަންތަކުގައި އުޅުއްވި، އަޅުގަނޑުމެންގެ ދިފާޢީ ބާރުގެ ވަރަށް އިސް އޮފިސަރެކެވެ. ހައްޖުގެ ބޮޑުބައި ނިމި މައްކާގައި ތިބި ދުވަސްވަރު އެވެ.