އުމުރުން ޅަ ފަހުލަވާނު

ކިޔާފައިވާ ޢަދަދު: 5620
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މިއީ، މިއަދުގެ ތޭރަސަތޭކަ އަހަރަށް ވުރެންވެސް ކުރީގެ ވާހަކައެކެވެ. ދުވަސްވަރަކީ، އިންޑިޔާގެ ރާޖާދާހިރުގެ ސިފައިންނާ އިސްލާމުންގެ މުޖާހިދުންނާ ދެމެދު ވަރުގަދަޔަށް ހަނގުރާމަ ކުރެވެމުންދިޔަ ދުވަސްވަރެވެ. މިއާރާއި ބާރުގެ ބޮޑާކަމުގައި އެ ރަސްގެފާނު ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދީން ހައްޔަރުކޮށްގެން އަނިޔާވެރިވިއެވެ. މި ކުށެއްނެތް އަންހެނުންނާއި ކުޑަކުދީންނަކީ، ދިވެހިރާއްޖޭގެ ޖަޒީރާތަކުން ފުރައިގެން ދަތުރުކުރާ އުޅަނދުތަކުގައި ޢަރަބި ކަރަޔަށް ދަތުރު ކުރަމުން ދިޔަ ބައެކެވެ. ރާޖާދާހިރަށް މިކަން އެނގިވަޑައިގަތުމާއެކު އޭނާގެ ސިފައިން ފޮނުއްވައިގެން އެ އެޅަނދު ތަކުގައި ހުރި މުދާތައް ފޭރި، އެ ކުށެއްނެތް އަންހެނުންނާއި ކުޑަކުދީން ހައްޔަރުކުރެއްވިއެވެ.

ސަރާ (20)

ކިޔާފައިވާ ޢަދަދު: 5837
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(30 ޑިސެމްބަރ 2012 (އާދީއްތަ) ގުޅޭ)
ނަމަވެސް މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި….” ސަރާއަށްއެއްވެސް އިޚްތިޔާރަކާނުލާ ބާރުބާރަށް ރޮއިގަނެވިއްޖެއެވެ.

“މާނައަކީ ސަރާދެން އެގެއަށް ނުދާނަމޭތަ؟” ނިޔާޒް ފޯން ކަނޑާލިއެވެ.

“އާނ…އެގެއަކު އަހަންނަކަށް ނޫޅެވޭނެ…އަހަންނާ ކުރިމަތިވީ ކޮންކަހަލަ ތަޤްދީރެއް…ހިތާމައާއި ހިތްދަތިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް އަހަރެންގެ ދިރިއުޅުމުގައި ނެތް.” ސަރާގެ އަޑު ބެދިއްޖެއެވެ.

ތަރިތަކާ ދެކޮޅަށް ބޮއްތަކުގެ ހަނގުރާމަ

ކިޔާފައިވާ ޢަދަދު: 2932
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަލްމަރްޙޫމް ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު
އެއް ރެޔަކު ކަޅުއަނދިރި ފޮއިގައި ފެންގަނޑެއްގައި އޮތް ބޮކެއް
              އެއްލި ކަޅިއެއްގައި ދުށީ ފެންގަނޑުގެ ތެރެއިން  ތަރިތަކެއް

ހިޔަނިއެޅިފައި ހުރިގޮތުން ފެންގަނޑުތެރަށް ތަރިތަކުން
              ބިޔަ ނުހަނު ބޮޑު ދުޝްމަނުންގެ ހިތަށް އައޭ މީ ލަޝްކަރެއް

މާލެއާ ރާއްޖެތެރެ – މާލެއާ އަތޮޅުތެރެ…..!

ކިޔާފައިވާ ޢަދަދު: 3355
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިސްމާޢީލް ޝަމީމް، ފެބްރިކްވިލާ، ތ.ވިލުފުށި

އެ ގޮތްމިހާރު ރަނގަޅެއްނޫން، ހުރިހާ ކަތުން ހަމަހަމަކުރަން
                  މި ގޮތް މިހާރު މާރަނގަޅޭ، ރައްޔިތުން  އެކީ  ޙިއްޞާކުރަން

ކޮންމެގޮތެއްވިޔަސް ނުވަތަ ކޮންމެކަމެއްވިޔަސް ރަނގަޅުވެވޭނީ، އެކަމެއްގެ މަޤްޞަދު ރަނގަޅުވެވިގެންނެވެ. އެކަމެއް ކުރަން ކަނޑައެޅި މަޤްޞަދަކީ، ކަމާއި ތަނާއި އެތަނެއްގައި ދިރިއުޅޭ މީހުންނާ ގުޅޭކަމަކަށް ވާނަމައެވެ. ބައެއްކަހަލަ ކަންކަމުގައި ހަމައެކަނި ހިތަށްއެރީމާ އެއިރަކު ހިތަށްއެރި ނަމެއް ކިޔުމަކުން އެކަމަކަށް ލިބޭނެ ފައިދާއެއް، ވާނެ ރަނަގޅެއް އޮންނާނެ ކަމަކަށް ބަލައިގެންނުވާނެއެވެ. މާދަން އޮންނާނީ ކޮންގޮތެއްކަން ނުވަތަ ކިހިނެއްކަން ނޭނގޭތީއެވެ. ތަންތަނާއި ނަންނަމަށް ބަދަލު ގެނައުމުގައި، ތަނުގެ ޤަދީމަށާއި އާދަކާދައަށް ޙުރުމަތްތެރިކަން ކުޑަވެވިއްޖެނަމަ، ދެންދިމާވެދާނޭ ގޮތަކާއިމެދު ކުރިން ވިސްނަވަން ވާނެއެވެ.

ތަޢުލީމު – ކީއްކުރަން؟

ކިޔާފައިވާ ޢަދަދު: 7161
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ތަޢުލީމުގެ އަގަކީ ކޮބައިކަމާ މެދު އަހަރުމެންނަށް ހީވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ތަޢުލީމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ ރަސްމީ ތަޢުލީމުވިޔަސް އަދި ނުރަސްމީ މަސައްކަތުގެ ތަޖުރިބާ ކަމުގައިވިޔަސް، “ދިރިއުޅުމަށް ތައްޔާރުވުމަށް” މީހަކު ބައިވެރިވާ ބައިވެރިވުމަކީ ތަޢުލީމު ކަމުގައި އަހަރެމެން ދެކެމުއެވެ. އެކަމަކު އެއީ ގޯހެކެވެ. ޙަޤީޤީ ތަޢުލީމަކީ ޙަޔާތާއި ގުޅިފައިވާ ދެމިގެންދާ ޙަޔާތުގެ ބައެކެވެ. އެއީ އުފަންވީއްސުރެ ކަށްވަޅަށް ދާންދެން ގުޅިފައިވާ ބަޔެކެވެ.

މަލިކުމީހުންނާއެކު އަޅުގަނޑު ހޭދަކުރި ވަގުތުކޮޅު…..

ކިޔާފައިވާ ޢަދަދު: 5572
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ދާދި މިދާކަށް ދުވަހަކު އަޅުގަނޑަށް ކޮޗިންނަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. މި ދަތުރު އަޅުގަނޑަށް ވެގެން ދިޔައީ ތަފާތު ދަތުރަކަށެވެ. އަޅުގަނޑުމެންގެ މާދަރީ ބަހުން ވަހަކަދައްކާ އެހެން ކަރައެއްގެ އާއިލާތަކަކާ ބައްދަލުވުމުންނެވެ. އަޅުގަނޑުމެން ތިބި ހިސާބުގައި މައިގަނޑު ގޮތެއްގައި ދިރިއުޅެމުން ދިއައީ މަލިކުގެ ޢާއިލާތަކެވެ. ދިވެހިބަހުން ވާހަކަދައްކާ، އެހެންނަމަވެސް އިންޑިއާގެ ދަށެއްގެ އަހުލުވެރިންނެވެ.

1431 ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ހަނދާން ތަކުގެ ތެރެއިން…

ކިޔާފައިވާ ޢަދަދު: 8942
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މި ލިޔާ ވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ މި ކަންތަކުގައި އުޅުއްވި، އަޅުގަނޑުމެންގެ ދިފާޢީ ބާރުގެ ވަރަށް އިސް އޮފިސަރެކެވެ. ހައްޖުގެ ބޮޑުބައި ނިމި މައްކާގައި ތިބި ދުވަސްވަރު އެވެ.

ޚުލާޞާކުރުން

ކިޔާފައިވާ ޢަދަދު: 7658
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ނަޢީމް އިބްރާހީމް
ކިޔަވައިދިނުމުގެ ވައްޓަފާޅި މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. ފޮތްވެސް ވަނީ ވަރަށް ބޮޑަށް ބަދަލު ވެގެން ގޮސްފައެވެ. އަޅުގަނޑުމެން ކިޔެވި ދުވަސްވަރު ލިޔެފައި ހުންނަ ފޮތްފޮތަކީ މުދައްރިސުންގެ އެހީއާއެކު ކިޔަވަން ލިޔެފައި ހުންނަ ފޮތްފޮތެވެ. މުދައްރިސެއްގެ އެހީއާ ނުލައި އެއިން ފޮތަކުން ކިޔެވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިހާރުގެ ފޮތްފޮތް ލިޔެފައި ހުންނަނީ އަމިއްލައަށްވެސް ކިޔެވޭ ގޮތަށެވެ. ފޮތް ކިޔަން ފެށީމާ އުފެދޭ ސުވާލުގެ ޖަވާބުވެސް ހުންނަނީ ދީފައެވެ.

ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 151
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާ އަހަރުގެ ތަހުނިޔާ! 2013

ލިޔުންތެރިކަމަށާއި ދިވެހި އަދަބިއްޔާތަށް ލޯބިކުރައްވާ އެންމެހާ ބޭފުޅުންނަށާއި

ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންނަށް

އަދި ލިޔުންތެރިޔާ އާއި މި ވެބްސައިޓްގެ އަހުލުވެރީންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް

މީލާދީ އާހަރުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ނުހަނު އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ.

މި ފެށުނު އާ އަހަރަކީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް ބާއްޖަވެރި އަރުތަވެރި އަހަރެއްކަމަށް ވާނެކަމަށް އުންމީދުކުރަމެވެ.

އަދި ވޭތުވެ ދިޔަ އަހަރު އަޅުގަނޑުމެންނާއެކު ތިޔަބޭފުޅުން ތިއްބެވިކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.

 ————————————————————————————

“ލިޔުންތެރިޔާ”،  www.liyuntherin.org ،”ލިޔުންތެރިންގެ ގުޅުން


އާ އަހަރުގެ ތަހުނިޔާ!

ކިޔާފައިވާ ޢަދަދު: 161
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާ އަހަރުގެ ތަހުނިޔާ! 2013

ލިޔުންތެރިކަމަށާއި ދިވެހި އަދަބިއްޔާތަށް ލޯބިކުރައްވާ އެންމެހާ ބޭފުޅުންނަށާއި ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންނަށާއި ލިޔުންތެރިޔާ އާއި މި ވެބްސައިޓްގެ އަހުލުވެރީންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް މީލާދީ އާހަރުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ނުހަނު އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ.

މި ފެށުނު އާ އަހަރަކީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް ބާއްޖަވެރި އަރުތަވެރި އަހަރެއްކަމަށް ވާނެކަމަށް އުންމީދުކުރަމެވެ. އަދި ވޭތުވެ ދިޔަ އަހަރު އަޅުގަނޑުމެންނާއެކު ތިޔަބޭފުޅުން ތިއްބެވިކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.

 ————————————————————————————

“ލިޔުންތެރިޔާ”،  www.liyuntherin.org ،”ލިޔުންތެރިންގެ ގުޅުން