އެއީ ފިލުމެއްނުވާ ޒިކުރާއެކޭ…

ކިޔާފައިވާ ޢަދަދު: 3008
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙަންމަދު ނަޞީރު، އއ. މާޅޮސް

ތި އިޝްޤުގެ  ހޫނުޖަޒުބާތުން   ޚިޔާލު   ވަޅޯވެފައި   މި ހުރީ
           ތި އިހުސާސުން  ލިބޭ  އަނިޔާ،   ޒަމީރަށް  ވެރިވެފައި  މިހިރީ
އެކަނިވެރި މެންދަމަށް ނިދި ގެއްލި، ހަނދުމައިގައި ނިމޭށެވަނީ
        ދެ ކަންހުޅި ހުވަފެނުން ފެނިފެނި، ދެ ލޯ އެކުގައި ޒަޚަމް މި ވަނީ
                ވެ ކަންނެތް، ޢިޝްޤުގައި ނުލިބޭ ޝިފާ ބައްޔެއް ވެފައި މި ހުރީ 

ވޭނީކަރުނަ

ކިޔާފައިވާ ޢަދަދު: 4266
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތަރުޖަމާ: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް
މިލވަޔަކީ މެކްސިކޯގެ ދަރިކޮޅުގެ އެމެރިކާގެ ފަންނާނެއްކަމަށްވާ ފްރެޑީ ފެންޑަރ ކިޔާފައިވާލަވައެކެވެ. މިލަވައިގެ ނަމަކީ ‘މައިޓިޔާރސް އާފޯލިނގްޓުނައިޓް’ އެވެ. އާދެ ‘މިރޭ އަހަރެންގެ ލޮލުންކަރުނައެބައާދެއެވެ’. އަޅުގަޑު މިލަވައިގެ ސުރުޚީއަކަށް ލިޔެފައިއެވަނީ ‘ވޭނީކަރުނަ’މިހެންނެވެ. މިލަވައިގެ ފާޅުކުރެވިފައިވަނީ ކާމިޔާބު ނުވި ލޯތްބެއްގެ ވާހަކައެވެ. ތިމާގެ ހިތްއެފަރާތަކަށް ދެވިފައިވާފަރާތް، އާލޯބިވެރިއެއްހޯދައި އޭނާއާއި ކައިވެނީގެ ގޮތުން ގުޅުމުން ތިމާގެ ހިތުގައި އުފެދި އުތުރިއަރައިގަތް ޝުއޫރުތަކުގެވާހަކައެވެ. މިލަވަ އަޑުއައްސަވާލައްވަން މިސައިޓަށް ޒިޔާރަތްކޮށްލައްވާށެވެ.http://www.youtube.com/watch?v=r96baIexY_4

އަންނާށެވެ! ބީރައްޓެހި ނުވެ ކެއުމާއި ބުއިމުގައި ބައިވެރިވާށެވެ.

ކިޔާފައިވާ ޢަދަދު: 4071
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަބްދުލްޣަފޫރު އަބްދުއްރަހީމު
“ނޯޓު: މިއީ، އަމިއްލަ ވަޒަންދޫކޮށް ހިޖުރަކޮށް، ގާތްތިމާގެ މީހުންނާއި އެކުވެރި އޯގާތެރި ރަހުމަތްތެރިނާއި ދުރުގައި އެހެން ރަށެއްގައި އުޅެމުންދާމީހެއްގެ ހިތުގައި އުފެދޭ ޝުއޫރުތަކެއް ބަޔާންކޮށް އިޓަލީގެ ނަސްލުން އައިސްފައިވާ އެމެރިކާގެ އަހުލުވެރިއެއްކަމަށްވާ އަލްމާޓީނޯ ކިޔާފައިވާ ލަވައެކެވެ.މިލަވަ އަޑުއައްސަވާލައްވަން ބޭނުންނަމަ ލަވަޔާއި ގުޅުވައިލަދޭ މިގުޅުވައިދިނުމަށް ޒިޔާރަތްކޮށްލައްވާށެވެ. http://www.youtube.com/watch?v=qYWbIvnkXMU

އޭރުގެ ފަތްފުށްތަކުން..(9)

ކިޔާފައިވާ ޢަދަދު: 5663
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ވިޔަފާރި މިއަދަށް….”

ވިޔަފާރި ދަތުރެއްގެ ހަނދާންތައް

ޞާޙިބުއްސަޢާދާ އަންނަބީލް އިބްރާހީމް ފަރީދު ދީދީ


މިއީ، މީގެ 52 އަހަރު ކުރިން، ދުވަހު ނޫސް “ވިޔަފާރިމިއަދު” ގެ 4 ވަނަ އަހަރީ ނަންބަރު (19 ސެޕްޓެމްބަރ 1960) ގައި ޞާޙިބުއްސަޢާދާ އަންނަބީލް އިބްރާހީމް ފަރީދު ދީދީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. އަންނަބީލް އިބްރާހީމް ފަރީދު ދިދީ (ރަޙިމަހުﷲ) އަކީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ތަޢުލީމް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު އަދާކުރައްވާފައިވާ، ދައުލަތުގެ އިސް މަޤާމުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ވަޒީރުލްމަޢާރިފްކަމާއި މަޙްކަމަތުއް ޝަރްޢިއްޔާއާއި މަޙްކަމަތުލް އަޝްޣާލްގެ ވެރިކަމާއި މިނިސްޓަރ އޮފް ޖަސްޓިސްގެ ނާއިބުކަމާއި މަޖީދިއްޔާ ސްކޫލްގެ ނާޒިރުކަން ހިމެނެއެވެ. އެމަނިކުފާނަކީ، ވަރަށް ގިނަ ނޫސް މަޖައްލާތަކަށް، ތަފާތު މައުޟޫޢުތަކުގައި ލިޔުއްވާފައިވާ ބޭފުޅެކެވެ.

ޚަލީފާގެ ވިސްނުންތެރިކަން

ކިޔާފައިވާ ޢަދަދު: 5486
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ޚަލީފާ މުޢުތަޞިދަކީ، ބަޣުދާދުގައި ވެރިކަން ހިންގެވި ވަރަށް ނަންހުރި ޚަލީފާއެކެވެ.

އެއްދުވަހަކު ޚަލީފާ އޭނާގެ ވަޒީރަކު، ވަރަށް މުހިންމު ކަމަކު ދަތުރަކު ފުރުވައިލި އެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ވަޒީރު އެނބުރި އަތުވެއްޖެ އެވެ. އޭނާ އެ އެނބުރި އައީ ކީއްވެގެންތޯ އެއްސެވިއެވެ.
 

ބަސް ދިރާސާކުރުމަށް ބޮޑަށް ރަނގަޅީ ކޮން ގޮތެއް؟

ކިޔާފައިވާ ޢަދަދު: 5720
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހީމް

1. ތަޢާރަފު

އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްބަސް ދިރާސާކޮށް ބަސްބަހުގައި ހިމެނޭ މުހިންމު ބައިތަކާއި ސިފަތައް ދެނެގަތުމަކީ ވަރަށް ކުރީއްސުރެވެސް އިންސާނުން ކުރަމުން އައިސްފައިވާ ކަމެކެވެ. މިގޮތުން ބަހުގައި ހިމެނޭ މުހިންމު ބައިތަކާއި ޕްރޮޕަޓީސްތައް ދެނެގަތުމަށްޓަކައި ތަފާތު ތަހުލީލުތަކާއި ދިރާސާތައް އަންނަނީ ކުރެވެމުންނެވެ. މިފަދަ ތަހުލީލުތަކާއި ދިރާސާތަކާއި ހޯދުންތައް ހޯދާއިރު ބަހަވީ ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ދިރާސާކުރަމުންގެންދާކަން ފާހަގަކުރެވެއެވެ.
 

ސަމާލުވާށެ ކަރުނަޔަށް

ކިޔާފައިވާ ޢަދަދު: 5093
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޝީދު ޙުސައިން  
               
ޒަމާންތަކެއްގެ ހަނދާން އާކުރޭ ބިރުން ނުސިހޭ
     އަމާންކަމާ އެކުގައި އުޅުނު އިރު ނުވެސް އުދުހޭ 
           ނަމާއި އަބުރު ސަލާމަތްކުރަން އުޅެން ނުޖެހޭ              
                  ސަމާލުވާށެ  ކަރުނަޔަށް  މިއަދު  ލޮލުން މިއޮހޭ

އަހަރެންގެ ހިތާމަޔާއި ޝަކުވާ އޮތީ އޭނާއަށެވެ.

ކިޔާފައިވާ ޢަދަދު: 3252
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޒަކަރިއްޔާ،  މީޒާން،  ޅ. ނައިފަރު
އީމާންކަމުގެ ޒައްރެއްގެ މިންވަރުވާ ހިތެއް ނަމަވެސް، މި ވާހަކަތަކުން އެ ހިތެއް ފުނޑުފުނޑުވެގެންދާނެ އެވެ. ލޯތްބާއި އޯގާވެރިކަން ވާ ހިތްތައް ވިރިގެންދާނެ އެވެ. އާދެ! މިއީ ކުޑަ ކުދީންގެ ބޯ ނުރަވާ ކަހަލަ ވާހަކަތަކެކެވެ. ހިތާމައިގެ ކަރުނުން ލޯ ހިކިގެންދާނެ އެވެ. ނިކަން އައްސަވައިލައްވާށެވެ!

ސަރާ (16)

ކިޔާފައިވާ ޢަދަދު: 5938
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު، މަރަދޫ
(13 ޑިސެމްބަރ 2012 (ބުރާސްފަތި) ގުޅޭ)
އެއީ ޓެރަސް މައްޗަށް ސަރާ އެރިވަގުތު ކަމަށްވުމާއެކު، އިމްރާންގެ އެޖުމްލަ ސަރާއަށް އަޑުއިވުނެވެ. ވުމާއެކު އިތުރަށް ޢިމްރާންމެން ދައްކާ ވާހަކަ އަޑުއަހާލުމަށްޓަކައި އެވެރިންނަށް ނުފެންނާނޭހެން ސަރާ މަޑުކޮށްލިއެވެ.
“މާނައަކީ ސަރާއަށް ދަރިން ނުލިބޭތީ ޢިމްރާން މިހާރު ސަރާމަތިން ފޫހިވެއްޖެއޭތަ؟” ނިޔާޒް ހުރީ ޢިމްރާންގެ ނިންމުންތަކާ ދޭތެރޭ ހިތްހަމަނުޖެހިފައެވެ.
“ފޫހިވީކީނޫން. އެކަމަކު…އަހަރެންވެސް ބައްޕައަކަށްވާން ބޭނުންވާނެއެއްނު.” ސަރާ ބޮޑަށް ދެރަވީ ޢިމްރާންގެ އެޖުމްލަ އަޑުއިވުނީމައެވެ. އިސާހިތު އޭނާއަށް ރޮވިއްޖެއެވެ. ނަމަވެސް އޭނާ އެއަޑު އޭނާއަށް އިވުނު ކަމަށް ހެދޭކަށް ބޭނުންނުވާތީ…ސިއްރުން އޭނާ އެނބުރި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ބަޑި ފަޅައިގެންދިޔައީ އޭނާ ކޮޓަރިއަށް ވަދެވުމާ އެކުގައެވެ. އޭރުވެސް ޢިމްރާންމެން ވާހަކައިގައި ތިއްބެވެ.

ކެތްތެރިކަމަކީ ހުރިހާ ކާމިޔާބީއެއްގެ ސަބަބެވެ.

ކިޔާފައިވާ ޢަދަދު: 8886
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިންސާނާއަކީ އެންމެ ރިވެތި ޞޫރައިގައި ހައްދަވައި މި ބިމުގައި ޚަލީފާވެރިކުރައްވައިފައިވާ އެންމެ މާތް މަޚުލޫޤެވެ. އެހެންނަމަވެސް މި ބިންމަތީގައި އިންސާނާ ހޭދަކުރާ ކޮންމެ ދުވަހަކީ ދައްޗާއި ތުރާލާއި މުޞީބާތްތަކުން ހުސްވެފައިވާ ދުވަހެއް ނޫނެވެ. ކޮންމެ ދުވަހަކުހެން އޭނާއަށް ތަފާތު ދަތިތަކާއި ހިތްދަތިކަމާއި ހިތްހަމަނުޖެހުން ތަޖުރިބާކުރެވެއެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުންވެސް އެތައް އުނދަގޫތަކަކާކުރިމަތިވެއެވެ. މިފަދަ ކޮންމެ ވަގުތަކީ ކެތްތެރިކަމުގެ ބޭނުން އިންސާނާއަށް ޖެހޭ ވަގުތެވެ.