ސަރާ (13)

ކިޔާފައިވާ ޢަދަދު: 5683
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ސާޢިދު، މަރަދޫ

(30 ނޮވެމްބަރ 2012 (ހުކުރު) ގުޅޭ)

“ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟” ޢިމްރާން ވަނީމާ އިރުކޮޅެއް ވަންދެން ބަސް ހުއްޓިފައި ހުރެފައި މަލަކާ ވާހަކަ ދެއްކިއެވެ.

“ހުވަފެނެއް ފެނުނީކީ ނޫން…އަހަރެން މިއައީ މިރޭ މިކޮޓަރީގައި ނިދަން…މާޝަކުވާ ގިނަނުކުރާތި، އަހަރެން ނުކުމެގެން ހިނގައިދާނަން.” ޢިމްރާން އެނދުގައި އިށީނެވެ. މަލަކާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

ޙަޔާތުގެ ހިޔަނި (14)

ކިޔާފައިވާ ޢަދަދު: 4017
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު
(5 ޑިސެމްބަރ 2012 (ބުދަ) ގުޅޭ)
ބުނަން ނުބުނަން ހިތަހިތާފައި އެންމެފަހުން ހިތުގައި އޮތް ސުވާލު ކުރިއެވެ. “ދެންއަޅުގަނޑުމެންގެ ގުޅުމަށް ވާނީ ކިހިނެއްތޯއެވެ؟”

“އަޅުގަނޑުމެންގެ ކޮން ގުޅުމެއްތޯއެވެ؟” ފަރުވާކުޑަކަމާއެކު ނަބީލާ މިސުވާލު ކުރިގޮތުން އެނގުނީ އައިމަން އެކުރާ އިޙްސާސް ތަކާއި އެދެކޭ ހުވަފެންތަކަކީ އޭނާ އެކަނިމާއެކަނި ދެކޭ ހުވަފެން ތަކަކާއި ޚިޔާލުތަކެއް ކަމެވެ. އޭގައި ނަބީލާ އެއްވެސް ކަހަލަ މަސްއޫލުވުމެއްނެތް ހުސް ހުވަފެން ތަކެއްކަމެވެ.

ދަންމަރު (12)

ކިޔާފައިވާ ޢަދަދު: 8753
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ތާރީޚު ބަދަލު ވުން

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

ބީ. ޓުޗްމާން ލިޔުއްވާފައިވާ ގޮތުގައި ތާރީޚަކީ ނުބައި ލަފާކުރުންތަކެއް ފެންނަމުންދާ ދިއުމެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީ ނަމަ ޢާއްމު ގޮތެއްގައި ތާރީޚު ބަދަލު ވެގެން ދަނީ އިންސާނުން އުއްމީދު ކުރާ ގޮތާ ޚިލާފު ގޮތަކަށެވެ. ހާދިސާތައް ހިނގަމުން ދާ އިރު މަންޒަރު ދެކެން ތިބޭ މީހުން އެ މީހުންނަށް ފެންނަ ގޮތްތައް ހާމަ ކުރަމުން ދެއެވެ. އެހެން ނަމަވެސް ތާރީޚު ބަދަލު ވެގެން ދަނީ އެ މީހުން ބުނާހައި ގޮތަކަށް ނޫނެވެ. އެންމެ ފަހުން ކަންތައްތައް ނިމިގެން ދަނީ އިންސާނުން އުއްމީދު ކުރި ގޮތާ ދިމާ އިދިކޮޅު ގޮތަކަށެވެ.

ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ދެވަނަ ބައި)

ކިޔާފައިވާ ޢަދަދު: 6336
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ           
(25 ނޮވެމްބަރ 2012 (އާދީއްތަ) ގުޅޭ)
ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައިވަނީ ދެއްވަދޫ ރަދުންގެ އެއްބަނޑު ކަމަނާއެވެ.
 ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ފޮތުގައިލިޔެފައިވަނީ އެރަދުންގެ ދައިތާފުޅެވެ. މިއީ އެއް ބޭފުޅެކެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެފަހަރު ދެއްވަދުއަށް ފޮނުވައިލެއްވި ކަމަށް އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައިފައިވަނީ އެރަދުންގެ ބޮޑު ދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނެވެ. އެއް ބޭފުޅަކު އަރުވާލެއްވީއެވެ.

ރަފިޔާގައި ހަލުވިދާ ކެއްކުން

ކިޔާފައިވާ ޢަދަދު: 3936
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު އަފްޝާން، މަތަރެސްމާގެ، ހއ. އިހަވަންދޫ
ހއ. ބެރިންމަދޫއަކީ ޒަމާނުންސުރެ މަސައްކަތްތެރި ހުނަރުވެރި ބަޔަކު ދިރިއުޅެމުންދާ ރަށެކެވެ. މި ގޮތުން، ވަޑާން ކުރުމާއި، ގެދޮރު ޢިމާރަތް ކުރުމާއި، ބޭސްވެރިކަމާއި، ފަންޑިތަ ހެދުމާއި، އަދި މީގެ އިތުރުން ކެއްކުމަށް ކުރިއަރައިފައިވާ ރަށެކެވެ. މިހެންކަމުން، މިރަށަށް ކެއްކުމުގެ ދުވަސްވަރެއް އަތުވެއްޖިއްޔާ ރަށުގެ އެންމެހާ އަޚުންނާއި އުޚުތުންގެ އެއްބާރުލުން ލިބެމުންދެ އެވެ. ހަމަ މިއާއެކު، މިކައްކާ ކެއްކުން ވަނީ ރަށަށް އަންނަ ޢީދެއް ގޮތަށެވެ.

ޙަޔާތުގެ ހިޔަނި (13)

ކިޔާފައިވާ ޢަދަދު: 4109
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު
(3 ޑިސެމްބަރ 2012 (ހޯމަ) ގުޅޭ) 
“ކުޑައިރުއްސުރެ އަހަންނާ ބެހިގެން އަޑުއަހާ ކަމަށްވާއިރު އަޑުއިވިފައި ހުރީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ.” ނަބީލާ ބުނާނޭ އެއްޗެއް ނޭނގިގެންހުރެ ސުވާލު ކުރިއެވެ.
 
“އަޅުގަނޑު ދަންނަނީ ތިއީ ވަރަށް ގިނަ ތަންތަނަށް ދަތުރުކުރައްވާ ވަރަށް ގިނަބަސް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމެވެ.”
 

އޮބާ މާ

ކިޔާފައިވާ ޢަދަދު: 3326
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާތިމަތު ސަނޫހާ، ދާރުއްސަލާމް، ހދ.ފިނޭ
އިނގިރޭސި ފެންވަރު މަތިކުރުމަށް ނަގައިދޭ ކުލާހެއްގައި މުދައްރިސަކު ކުލާހަށް ދިޔަ ކުދިންނަށް އިނގިރޭސި އެނގޭ މިންވަރު ބަލާލުމަށްޓަކައި ފަހަރަކު ކުއްޖަކާ ސުވާލުކުރަމުން ދިޔަ އެވެ. މިތާނގައި ވަރަށް ލާނެތް ކުއްޖަކު އިނެވެ. ނަމަކީ ކުއްޅަވައް އަލިދީދީ އެވެ. މީނާއަކީ ބަހަށް ލޯބިކުރާ ކުއްޖެކެވެ. މުދައްރިސް މީނާއާ ސުވާލެއް ކޮށްލި އެވެ. “ވަޓު އިޒް ޔުއަރ ނޭމް؟” ޖަވާބުގައި ކުއްޅަވަށްއަލި ދީދީ ބުންޏެވެ. “މައިނޭމް އިޒް މިސްޓޭކު ޔަންގް ރައުންޑް ލައިޓް ގިވްގިވް”
 

އުޞޫލުމްފިޤުހުގެ ތާރީޚު

ކިޔާފައިވާ ޢަދަދު: 9347
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ތާރީޚީ ގޮތުން ބަލާއިރު އުޞޫލުލްފިޤުހި އެންމެ ފުރަތަމަ ފެށިގެން އައިސްފައިވަނީ ވެސް ކީރިތި ރަސޫލާގެ ޒަމާނުގައި ކަމަށް ދެންނެވިދާނެ އެވެ. ބުއްދީގެ ހަމައިން ބަލާއިރުވެސް އިސްލާމީ ފިޤުހާ އެކުއެކީގައި އުޞޫލުލްފިޤުހި ވެސް ފެށިގެން އަންނާނެ އެވެ. އެހެނީ ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ކީރިތި ޤުރުއާނުގެ އަޞްލުން ފިޤުހީ ޙުކުމްތައް އިސްތިންބާޠު ކުރުމުގައި ބޭނުންކުރައްވަންޖެހޭ އަދި ބޭނުންފުޅުކުރެއްވީ އުޞޫލުލްފިޤުހީގެ ހަމަތަކާއި އުޞޫލުތަކެވެ.

ޙަޔާތުގެހިޔަނި (12)

ކިޔާފައިވާ ޢަދަދު: 4258
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު
(2 ޑިސެމްބަރ 2012 (އާދީއްތަ) ގުޅޭ)
ހައިވަކަރު ސިޑީގެ މެދާ ހަމައިން ބިތުގައި އެލުވިފައިވާ ބޮޑު ލޯގަނޑު ކުރިމައްޗަށް ގުދުވަމުން ދެތުންފަތުގެ ކުލަ ހެޔޮވަރުކޮށްލަނީއެވެ. އައިމަން އަވަސް އަވަހަށް އެނބުރި ކުރިން އިންގޮތަށް ފޮތުގެ ތެރެއަށް ގެއްލިގެން އިންކަމަށް ހެދުނެވެ.
“މެޑަމް ބޮވާރީ މާ ކަމުދަނީތޯއެވެ؟” އައިމަން އިނީ ރަނގަޅަށް ހޭލައި ސަމާލުވެގެން ކަމުން ނަބީލާގެ މިސުވާލުން އެއްވެސް ޙައިރާންކަމެއް ނުލިބެއެވެ. އެހެންނަމަވެސް ސިއްސައިގެންދިޔަގޮތް ދައްކަމުން ޖަވާބުދިނެވެ.

ސާދަވިލޭރެއެއްގެ މެންދަމުގެ ހުވަފެން

ކިޔާފައިވާ ޢަދަދު: 5401
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ރީތި ނަލަނަލަ ހަނދެއްކުރި އަލީގައި
          ރީތި މޫދެއްގެ  ލޮނުގަނޑު މަތީގައި
                     ވީތި  ހުރިހާ  އުފާ  އެކުއެކީގައި
                                ވީމެ ދެކުދިން އެލަވް ބައްތެލީގައި

ރޭގެ ލުއިލުއި ވަޔާކަނޑުގެ ރާޅާ
          އޭގެއެތަކެއް ރެޔާ އެއްގޮތެއްގައި
                     މޭގެ ގުޅުމާ ވަފާތެރިވި ލޯތްބާ
                                ވެއްޖެޔޭ ރައްޓެހިންނަށް އެރޭގައި