ފިލިޕާނާ

ކިޔާފައިވާ ޢަދަދު: 5849
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މާތްރަސްކަލާނގެ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރެވެ. މިޞްރުގެ ޤަވަރނަރަކަށް ހުންނެވީ އިބްނުއަބީ ޞަރްޙުއެވެ. ދެކުނު އެފްރިކާގެ މައްޗަށް ވެރިވެގެން ވެރިކަން ހިންގަނީ ގަރީގޯރީއެވެ. އޭނާގެ ފިލިޕާނާއޭ ކިޔުނު އަންހެން ކުއްޖަކު ހުއްޓެވެ. އެއީ ޖެހިލުން ކުޑަ ހިތްވަރުގަދަ އަންހެން ސާހިބެކެވެ. ހަނގުރާމައިގާ އެކިއެކި ޖަމާޢަތްތަކަށް ހިތްވަރުދީ ފޯރިދީ ހަދަމުން ގެންދިޔައެވެ. 

ސަރާ (12)

ކިޔާފައިވާ ޢަދަދު: 6520
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(26 ނޮވެމްބަރ 2012 (ހޯމަ) ގުޅޭ)
ވުމާއެކު އޭނާ ގަސްދުކުރީ މަންމަގެ ފަރުވާ  ނިމުމަށްފަހު މާލެ ދެވުނުއިރަކުން މަލަކާއާ ބައްދަލުކޮށް ހުރިހާ ޙަޤީޤަތެއްވެސް ބޭޒާރުކޮށްލާށެވެ.
 
“މަންމާ…އަހަރެން މަލަކާއާ އިންނަން ނިންމީ މަންމައަށްޓަކައި. ކިތަންމެ ދުވަހެއް ވަންދެން މަލަކާއާއެކު އުޅެން ޖެހުނަސް އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ.” ޢިމްރާން އޭނާގެ މަންމައާ ވާހަކަ ދެއްކީ ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަހުއެވެ.

އެހެން މީހުންނަށްޓަކައި ތިމާ ކޮނުނު އަނދަވަޅަށް ވެއްޓޭނީ ޚުދު ތިމާއެވެ.

ކިޔާފައިވާ ޢަދަދު: 4279
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު

ރަސްކަލެއްގެ ވަރަށް އަރިސް އެހައިމެ ވަފާތެރިޔަކު އުޅުނެވެ. މިކަމުގެ ސަބަބުން އޭނާވީ ވަރަށް މުހިންމު މީހަކަށެވެ. އޭނާ ރަސްގެފާނުގެ އަރިހަށް ހާޒިރުވާ ކޮންމެ ހިނދަކު އާންމުކޮށް މި މިސާލުބަސް ރަސްގެފާނަށް ދަންނަވައެވެ. 

“ތިމާގެ އިޙްސާންތެރިޔާއަށް އޭނާގެ އިޙްސާތެރިކަމަށްޓަކައި ހެޔޮކޮށް ހިތާށެވެ. ނުބައި  ކަންތައްކުރާ މީހާ ހަލާކުވެގެން ދިޔުމަށްޓަކައި އޭނާކުރާ ނުބައި ކަންތއްތައް ފުދެއެވެ.”

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން(8)

ކިޔާފައިވާ ޢަދަދު: 3420
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން

ދެނެގަތުމާއި – އެހީތެރިވުން

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
(11 ނޮވެމްބަރ 2012 (އާދީއްތަ) ގުޅޭ)
ދަރިފުޅުގެ ސިކުނޑިޔަށް އުނިކަން ލިބިދާނެ ބައެއް ކަންތައްތަކާއި ރައްކާތެރިވުމުގެގޮތުން ކުރެވިދާނެ ކަންތައްތައް

ދަރިފުޅުގެ ސިކުނޑިޔަށް އުނިކަން ލިބުމުން  ފެންނާނެ ޢަލާމަތްތަކާއި، އެކަން ޔަޤީންކުރުމަށްޓަކާ އިތުރަށް ބަލާނެ ބެލުންތަކުގެވާހަކަޔާ މިހުރިހާ ވާހަކަތަކެއްވެސް މިހާރު ދެކެވިއްޖެއެވެ. ނަމަވެސްދަރިފުޅުގެ ޙާލަތު މިގޮތަށް ބަދަލުވެގެންދިއުމުގެ ސަބަބުތަކާމެދު އަދި އެއްވެސް އެއްޗެއް ނުބުނެވެއެވެ. އެހެންވީމާ މިބައިގައި މިކަންކަމާމެދު ބަލައިލަމާ ހިނގާށެވެ.

އޭރުގެ ފަތްފުށްތަކުން (7)

ކިޔާފައިވާ ޢަދަދު: 3357
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހުޅުލެއަކީ ވަރުބަލި ސިކުނޑިތަކަށް ނިދާބޭހެއްބާވައެވެ؟

އިންޑިޔާ ކަނޑުގެ ހަވާއީ

ޢަބްދުﷲ ވަޙީދު

މިއީ، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންގެ ޖަމްޢިއްޔާ އެކުވެރިންގެ ގުޅުމުގެ މަޖައްލާ “އެކުވެރިޔާ” (ޑިސެމްބަރ 1965) ގެ ޢަދަދުގައި އަލްފާޟިލް މަންދު ޢަބްދުﷲ ވަޙީދު ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ.

އިންޑިޔާ ކަނޑުގެ ދަތުރުވެރިން ވަރުބަލި ދުވަސްތަކަށްފަހު އަރާމުކޮށްލުމަށް އިންޖީނުތައް ނިވާލަނީ ދިވެހިރާއްޖޭގެ ހިތްފަސޭހަ ފެހިރަށްތަކުގެ ގޮޑުދޮށްތަކަށެވެ. އާދެ، މަޑުނޫކުލައިގެ ވިލު ތަކުގެ ތެރެއަށެވެ. އަޅުގަނޑުވެސް ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ޗުއްޓީ އެއްގައި މާލެއަށް އައީ އިންޑިޔާގެ ޕެސެންޖަރ ލައިނަރ އެއްގައެވެ.

ދަންމަރު (11)

ކިޔާފައިވާ ޢަދަދު: 8654
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދަތި މަގަކުން ތަރިތަކާ ހަމައަށް

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އިއާން ނާޝް އަކީ އިނގިރޭސި ޢިލްމުވެރި އެކެވެ. އޭނާ ޖަޕާނު މީހުން ވާހަކަ ދައްކާ ބަހާއި ޖަޕާނާ ބެހޭ ގޮތުން ދިރާސާއެއް ކުރެއްވުމަށްޓަކައި ޖަޕާނުގައި ހަތް އަހަރު ދުވަސް ހޭދަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަޕާނު މީހުން ބޮޑަށް ކަން ބޮޑު ވަނީ ސިޔާސީ ހަމަ ނުޖެހުމުގެ ސަބަބުންނެއް ނޫނެވެ.

މޭކަޕް

ކިޔާފައިވާ ޢަދަދު: 3261
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލިފުޅު، މިއުނިކު،  ބ. ދަރަވަންދޫ
ޤުދުރަތީ  މޭކަޕް ހުރޭ  ނުފިލާ  ޒުވާން ޢުމުރުގެ ތެރޭ،
                      ހުދު ތިމާ ކޮށްލާ އެ މޭކަޕް ހުންނަނީ ހިދުކޮޅު ތެރޭ
އާދެ! ބޯ ކަޅުކޮށް ދެތުންފަތުގައި ލިޕްސްޓިކު ހޭކިޔަސް،
                      އާދެޔޭ އަވަހަށް ބަދަލުފިލުމުން އެކުލަ  މީހުން ތެރޭ

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 1 ން ފެށިގެން ކިޔަވައިދޭންވާނީ އިނގިރޭސި މީޑިއަމުންނެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 4314
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޝަރީފް، ދުންފިނިގެ، ލ. މާވަށް

ފެށުން

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގްރޭޑް 1ން ފެށިގެން ކިޔަވައިދޭންވާނީ ވަކި މިވެނި މީޑިއަމަކުންނޭ ބުނަން އެނގޭނީ، ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ގުރޭޑް 1 ން ފެށިގެން ކިޔަވައިދިނުމުގެ މަޤުޞަދާއި ބޭނުމާ އެނގިގެންނެވެ. އަދި އެ މަދަރުސާތަކުގައި ކިޔަވައިދިނުމުގެ މަޤުޞަދާއި ބޭނުމާ، އެ ކިޔަވައިދޭ މީޑިއަމެއްގެ މެދުގައިވާ ގުޅުން ވެސް އެނގިގެން ކަމަށް ޤަބޫލުކުރެވެއެވެ. މަދަރުސާތަކުގައި، ކިޔަވައިދިނުމުގެ ބޭނުމަކީ މަދަރުސާތަކަށް ކިޔަވަންދާ ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުވައިދިނުމެވެ. ބަހަކީ މަޢުލޫމާތުގެ ދޮރޯށްޓެވެ.

ޢުމަރު ބިން ޢަބުދުލްޢަޒީޒުގެ ހެޔޮވެރިކަން

ކިޔާފައިވާ ޢަދަދު: 7745
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ލުޠުފީ، ރަންފަސް، ސ.ހިތަދޫ
ފަހަކަށް އައިސް “ގަވަރނަންސް” އާއި “ހެޔޮވެރިކަން” އަދި ވަކިން ޚާއްސަކޮށް “ގުޑް ގަވަރނެންސް” މި ލަފްޒުތަކަކީ ތަރައްޤީގެ ބަހަރުވައިގައި އެންމެ ގިނައިން ބޭނުންކުރެވޭ ލަފުޒުތަކަށް ވަނީ ވެފައެވެ. ބޭޑް ގަވަރނެންސްއަކީ އަޅުގަޑުމެންގެ މުޖްތަމަޢުގައި ހިގާ ހުރިހާ ގޯސްކަންތައްތަކެއްގެ މައިގަނޑު އެއް ސަބަބު ކަމުގައި، ގިނައިން އަންނަނީ ގަބޫލުކުރެވެމުންނެވެ. އެހީދޭ ގިނަ ފަރާތްތަކާއި އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް، އެ ފަރާތްތަކުން ދޭ އެހީއާއި، ލޯނުތައް ދިނުމުގައްޔާއި އިސްލާޙު ގެނައުމުގައި “ގުޑް ގަވަރނަންސް”ގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޝަރުޠު ކުރެއެވެ.

ސަރާ (11)

ކިޔާފައިވާ ޢަދަދު: 5845
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(22 ނޮވެމްބަރ 2012 (ބުރާސްފަތި) ގުޅޭ)
އެވަގުތު އެތަނަށް ޢިމްރާންގެ ބައްޕަ ރަފީޤު އައިސް ވަނެވެ.
“މާ ހަރުއަޑުން ކޮން ބަޙުޘެއް؟” ކޮޓަރިއަށް ވަންނަމުން ރަފީޤު އެއްސެވެ. ވަގުތުން ވެގެންއުޅޭ ގޮތް ފަހީމާ ރަފީޤަށް ކިޔާދީފިއެވެ. އެކަމާ ރަފީޤުވެސް ޢިމްރާން ދެކެ ރުޅިއައިސް ހަޅޭއްލެވިއެވެ.