ރަތް ކާޑު (1)

ކިޔާފައިވާ ޢަދަދު: 1013
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

އިބުރާހީމް ހުސެން މަނިކު


މީ ދިހަވަރަކަށް އަހަރު ކުރިން ލިޔުނު ވާހަކަ އެކެވެ. މިދާކަށް ދުވަހު ކިޔައިލުމުން ގެންނަން ފެނުނު ކުދިކުދި ބަދަލު ވާހަކަޔަށް ވަނީ ގެނެވިފައެވެ. މާބޮޑަށް އާންމުވެފައިވާ ވާހަކަޔަކަށް ނުވުމާއެކު މިސައިޓުގެ ލޮބުވެތި ކިޔުންތެރީންނާއެކު ވާހަކަ އުފަލާއެކު ހިއްސާކޮށްލަމެވެ.

 
“ހަފުތާ”ގައި ވެސް “ހުކުރު ހަތެއް”ގައި ވެސް “ގައިގޯޅީ” ގައި ވެސް ވާހަކަޔަކަށް އޮތީ އެވާހަކައެވެ. ސައިހޮޓާތަކުގެ މުޖުރާ އަކީ ވެސް އެއެވެ. މައިޒާންތަކުގެ މިޔުޒިކަކީ ވެސް އެއެވެ. ހޮޅުއަށިތަކުގެ ބޮޑުބެރަކީ ވެސް ދޭދޭ ޒުވާނުންގެ ބަބުރުލަވަޔަކީ ވެސް އެއެވެ. އަހަންނަށް ޖެހެވުނު ދަށްޓަންމަޅީގެ ވާހަކައެވެ. “މަޝްހޫރު ފުޓުބޯޅަކުޅުންތެރިޔާ އަދި ލޫޅާފަތި ހިތްތަކުގެ ރަސްގެފާނު އަފުޒަލް ސައީދަށް ދެއްކުނު “ރަތްކާޑުގެ” ވާހަކައެވެ. އުމުރަށް ދަނޑުން ބޭރުކޮށްލެވުނު ކުށުގެ ބާވަތެވެ. އަބަދަށް އެއްކިބާކުރެވިފައި ހުންނަން ޖެހުނު މައްސަލައިގެ ވައްތަރެވެ. ސުރުޚީ ތަކާއި ސެހެރީތަކުގައި ތަފާތުތަކެއް ހުއްޓަސް އޮށްޓަރަކަށް ހުރީ އެކައްޗެކެވެ. 

ރަސޫލާ صلّى الله عليه وسلّم ހިޖްރަ .. ރޭވުންތެރިކަމުގެ ދަރްސުތަކެއް

ކިޔާފައިވާ ޢަދަދު: 1812
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
 
އިބްރާހީމް ރަޝީދު މޫސާ
 
އަހަރެއް ނިމި ، އައު އަހަރަކާ ކުރިމަތިލާ އިރު މުސްލިމުންގެ ހިތްތަކަށް ،ކީރިތި ރަސުލާގެ ހިޖްރައިގެ ޛިކްރާތައް ވަދެ ،އައު އަހަރު ރަނގަޅު އަހަރަކަށް ވޭތޯ ދުޢާ ކުރެވެއެވެ. ކީރިތި ރަސޫލާ   ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހިޖްރައަކީ އިންސާނީ އެހެނިހެން ހިޖްރަކުރުންތަކާ މުޅިން ތަފާތު ހިޖްރައެކެވެ. އިންސާނީ ހިޖްރަކުރުންތަކާ ގުޅިފައިވާ  ފަދަ ބޭއިންސާފުގެ ޢަމަލުތަކާއި،  ލޭއޮހޮރުވުމާއި، ނަސްލު ނައްތައިލުމުގެ އެއްވެސް ކަހަލަ ޢަމަލެއް ، ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި ހިޖްރަ ކުރެއްވުމުގައި އައިސްފައެއް ނުވެއެވެ. 
 

ޝަރުޢީ ހަމަތަކާ އެއްގޮތަށް ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރާނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 1644
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢުދު އަބްދުލްކަރީމް، އއ.ފެރިދޫ
 
ޢާއިލާއެއް ބިނާކުރެވޭނީ ނުވަތަ ކާމިޔާބު ޢާއިލާއެއް ބައްޓަންކުރެވޭނީ ދެމަފިރިއެއްގެ ދެމެދުގައިވާ އުޅުމާއި ގުޅުން އިސްލާމީ ހަމަތަކާއި އެއްގޮތަށް ބައްޓަންކުރެވިގެންނެވެ. ބާއްޖަވެރި ދިރިއުޅުމެއް އުޅެވޭނީ ރަނގަޅު ޢާއިލާއެއް ބިނާކުރެވިގެންނެވެ. ޢާއިލާއެއް ބިނާކުރުމުގެ ފެށުމަކީ ޝަރުޢީ ހަމަތަކުގެ މަތިން އަޅާލެވޭ ހަރުދަނާ ބިންގަލެވެ. މިފަދަ ބިންގަލެއް އަޅާލެވޭ ވަޤުތަކީ ދެމަފިރިންގެ ޒަވާޖީ ޙަޔާތަށްޓަކައި ބަނދެވޭ ބަނދެވުމުގެ ފެށުމުގެ ވަޤުތެވެ. މިގޮތުން އެޅިގެންދާ ބިންގަލެއްގައި ދެމަފިރިންގެ ހިއްސާ ފުރިހަމައަށް ހިމެނިފައި އޮންނަންޖެހޭނެއެވެ. މިމަތިވެރި މާތް މަޤްޞަދަށްޓަކައި ރަނގަޅު ފިރިއަކު ހޯދައި ލިބިގަތުމުގެ މަގު ހުޅުވާލެވޭނީ ޒިންމާދާރު އަންހެނަކަށެވެ. ސަބަބަކީ އަންހެނުންނަކީ އެބައިމީހުންގެ ހަރުދަނާކަމުގެ ތެރެއިން ފިރިންގެ ހިތްތަކަށް ފިނިކަން ދޭންޖެހޭ މީހުންނެވެ.

ޙިއްޞާގައި އިންވެސްޓްކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް

ކިޔާފައިވާ ޢަދަދު: 760
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
އިންވެސްޓްކުރުމަކީ ކުރިމަގުގައި ނަފާ ހޯދުމުގެ ބޭނުމުގައި މިއަދުކުރާ ހޭދައެވެ. ބުރަ މަސައްކަތުން ޖަމާކޮށް ރައްކާކުރާ ފައިސާ ކޮޅު އިންވެސްޓްކުރުމުގެ ކުރިން އެ އިންވެސްޓްމަންޓް ރަނގަޅަށް ދިރާސާކޮށް ބެލުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން ޙިއްޞާ ފަދަ ރިސްކް ބޮޑު ނުވަތަ ލިބިދާނެ ގެއްލުން ބޮޑު ކަމެއްގައި އިންވެސްޓްކުރުމުގެ ކުރިން ފަރުވާތެރިވާން ޖެހެއެވެ. ޙިއްޞާ ގަތުމުގެ ކުރިން ކޮންމެ އިންވެސްޓަރަކުވެސް އަމިއްލައަށް ބެލިދާނެ ކަންތައްތަކުގެ ތެރޭގައި ކުންފުނީގެ ޕްރޮސްޕެކްޓަސް އާއި މާލީ ހިސާބުތައް ބެލުމާއި، އަދި ކުންފުނިން ޢާންމުކޮށްފައިވާ މަޢުލޫމާތު ރަނގަޅަށް ދިރާސާކުރުމާއި، ޙިއްޞާގެ ބާޒާރުގެ އަގަށް އަންނަ ބަދަލުތައް ދެނެގަތުން ފަދަ ކަންކަމަކީ ކޮންމެ މީހަކަށްވެސް އިތުރު އަގެއް ދެއްކުމަކާއި ނުލައި ފަރުދީ ގޮތުންވެސް ކުރެވިދާނެ ކަންކަމެވެ.
 

އޭރުގެ ފަތްފުށްތަކުން…. (108)

ކިޔާފައިވާ ޢަދަދު: 838
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަޑުމެންގެ ނަލަރީތި ލަންކާ (1)

މުޙައްމަދު މަޙްމޫދު ފަހުމީ

އަލްފާޟިލް މުޙައްމަދު މަޙްމޫދު ފަހްމީ އަކީ،  ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން ޝައިޚުލް އިސްލާމް (ޢަބްދުﷲ ފަހްމީ ދީދީ) ގެ ބޭފުޅެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 2 ޖުމާދަލްއާޚިރާ 1359 (8 ޖުލައި 1940) ވީ ހޯމަ ދުވަހުއެވެ.

މުޙައްމަދު ފަހުމީ ވަރަށް ތުއްޕުޅުއިރު ކިޔަވާ ވިދާޅުވުމަށްޓަކައި ސްރީލަންކާއަށް ވަޑައިގެންނެވިއެވެ.  އެއަށްފަހު ވަރަށް ޒުވާން އުމުރުފުޅުގައި ޔޫރަޕަށް ވަޑައިގެންނެވިއެވެ.  މިހާރުވެސް އާއިލާއާއެކު ދިރިއުޅުއްވަމުން ގެންދަވަނީ ޔޫރަޕުގެ ޤައުމެއްގައެވެ. އަޅުގަނޑަށް ކުރެވުނު މަސައްކަތު މުޙައްމަދު ފަހުމީ ދިރިއުޅުއްވާ ޤައުމު ސާފުވާ ގޮތެއް ނުވިއެވެ.
 

ޙިކްމަތްތެރިޔާ (1) – ޙިކްމަތްތެރިންގެ ޙިކްމަތްތެރި ނިންމުން

ކިޔާފައިވާ ޢަދަދު: 402
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

އަޙްމަދު ޢަބްދުﷲ ސަޢީދު

އަޢުރާބީންގެ ތެރޭގައި އުޅުނު ޞާލިޙު އަޅުވެރިއެކެވެ. އޭނާގެ ތިން ފިރިހެން ދަރިން ތިއްބެވެ. އެ ތިން ދަރިންގެ ނަމަކީ ވެސް ޢަބްދުﷲ އެވެ. މި ޞާލިޙު އަޅުވެރިޔާ މަރަށް ޙާޟިރުވި ހިނދު އޭނާގެ ތިން ދަރިން ގެނެސް ބުންޏެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ލިބޭނެ އެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ނުލިބޭނެ އެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ލިބޭނެ އެވެ. މިހެން ބުނުމާއެކު އޭނާގެ އެންމެ ފަހު ނޭވާ މި ދުނިޔެއަށް ދޫކޮށްލި އެވެ.

 

ބައްޕަގެ ޖަނާޒާގެ ކަންތައް ނިންމުމަށް ފަހު ތިން ދަރިންގެ މެދުގައި މަޝްވަރާކުރެވުނެވެ. ވާރުތައިން ނުލިބެނީ ކާކަށްތޯ ބެލުމަށެވެ. ވަކި ގޮތަކަށް އެއްބަސްނުވެވުމުން ތިން ދަރިންނަށް ވެސް ގަބޫލުކުރެވުނީ އެކަމުގައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމަށް ޤާޟީއެއްގެ އަރިހަށް ދިޔުމަށެވެ.

ޙިކްމަތްތެރިންގެ ޙިކްމަތްތެރި ނިންމުން

ކިޔާފައިވާ ޢަދަދު: 748
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙިކުމަތްތެރިޔާ (1)

ޙިކްމަތްތެރިންގެ ޙިކްމަތްތެރި ނިންމުން

އަޙްމަދު ޢަބްދުﷲ ސަޢީދު

އަޢުރާބީންގެ ތެރޭގައި އުޅުނު ޞާލިޙު އަޅުވެރިއެކެވެ. އޭނާގެ ތިން ފިރިހެން ދަރިން ތިއްބެވެ. އެ ތިން ދަރިންގެ ނަމަކީ ވެސް ޢަބްދުﷲ އެވެ. މި ޞާލިޙު އަޅުވެރިޔާ މަރަށް ޙާޟިރުވި ހިނދު އޭނާގެ ތިން ދަރިން ގެނެސް ބުންޏެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ލިބޭނެ އެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ނުލިބޭނެ އެވެ. ޢަބްދުﷲ އަށް ތިމަންނަގެ ވާރުތައިން ލިބޭނެ އެވެ. މިހެން ބުނުމާއެކު އޭނާގެ އެންމެ ފަހު ނޭވާ މި ދުނިޔެއަށް ދޫކޮށްލި އެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (10)

ކިޔާފައިވާ ޢަދަދު: 999
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
28. އިސްލާމީ ފިޤްހު އާކުރުން
އިސްލާމް ދީނަކީ މެދުމިނުގެ ދީންކަން ހާމަވާ ސިފަތުގެ ތެރޭގައި އިސްލާމީ ފިޤްހު އާވެއާވެ ހުރުން ހިމެނެއެވެ. ކީރިތި ޤުރްއާނާއި ނަބަވީ ސުއްނަތް ފަހްމުކޮށްގަތުމުގައި އަބަދާ އަބަދު ވިސްނަން ޖެހެއެވެ. އަލްއަންޢާމް ސޫރަތުގެ 98 ވަނަ އާޔަތުގައި ވަނީ ” قَدْ فَصَّلْنَا الْآَيَاتِ لِقَوْمٍ يَفْقَهُونَ” މާނައަކީ: “ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާން ކޮށްދެއްވަނީ ވިސްނާ ބަޔަކަށެވެ”. ކީރިތި ރަސޫލު صلى الله عليه وسلم ގެ ބަސްފުޅެއްގައި ވަނީ “من يرد الله به خيرا يفقهه في الدين” މާނައަކީ: “ﷲ ހެޔޮގޮތް އިރާދަކުރައްވައިފި މީހަކު ނަމަ އެމީހަކު ދީނުގައި ފިޤްހުވެރިކުރައްވާނެތެވެ.”

މިހާރު މިފެންނަ ތަރައްޤީ ބައްޓަންކުރުމުގައި މުސްލިމުންގެ އީޖާދުތައް

ކިޔާފައިވާ ޢަދަދު: 1042
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ސަލީމް

ވަރަށް ގިނަ އައު ފިކުރުތަކާއި އައު އެއްޗެހިތަކުގެ އަޞްލަކީ ކޮބައިކަން އަހަރުމެން މިއަދު މިވަނީ ހަނދާން ނެތިފައެވެ. ބައިސިކަލުން ފެށިގެން މިއުޒިކް އާލަތްތަކާއި ހަމައަށް ވެސް އީޖާދުކުރީ ކޮންބައެއްކަން މިވަނީ ހަނދާން ނެތިފައެވެ. މިގޮތުން  “1001 އީޖާދު” މި ފޮތް ނެރުން ފާހަގަކުރުމުގައި “ހަނދާންނެތިގޮސްފައިވާ” މުސްލިމުންގެ އެއްހާސް އަހަރުގެ ތަރިކައަށް ބަލައިލާނަމެވެ.

ބައްޕަގެ ހަނދާނުގައި….!

ކިޔާފައިވާ ޢަދަދު: 1284
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
ބައްޕަގެ ހަނދާންތައް މިހިތުގައި ތަކުރާރުކޮށް އާލާވަނީ
                    ބައްޕަގެ ވަފާތެރި ލޯބިދިން އެހަނދާންތަކޭ ނުފިލާވަނީ
 
ހެޔޮހާ ނަސޭހަތްދެއްވަމުން ގެންދެވި ހަނދާތައް މިހިތުގައި
                     ދެމެހެއްޓެނިވި ގޮތުގައި ވަކިން ހަރުލާފައޭ ދެމިހުންނަނީ