ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ޢާއިލާ

ކިޔާފައިވާ ޢަދަދު: 6190
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ     
ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނަކީ، އައްޑުއަތޮޅު މީދޫ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ، މީދޫ ގެދަރު އާމިނާ މަނިކުފާނުގެ، ޢާއިޝާފާނުގެ، އައިސާބީގެދަރު ޚަދީޖާފާނު(ޚަދީޖާމަނިކެ)ގެ، ޢަލިމަނިކުފާނު(ހުޅުދޫ ރަހާ)ގެ، ޢީސާފުޅު ކަލޭގެފާނެވެ. ކަލޭގެފާނު ކަން ދެއްވުމުގެކުރިން އޭނާ މަޝްހޫރުވެފައި ވަނީ ގައުމާތުގޭ ޢީސާފުޅުގެ ނަމުންނެވެ. 
 

ފަގީރު ކޮއިގެ ބަރަބޯ

ކިޔާފައިވާ ޢަދަދު: 3195
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ރީތިކަމުން ނަން ވިދާ         ރަސްރަންޏަކު ޝަހަރުގައި
ރީތިއުޅުން އުޅުމުގާ           މަސްތައް އަހަރުން ގުނާ
އެކުވެރިކަން ނިންމަތީ        ގެވެހި އުޅުން ބިންމަތީ
އެވެރިން ހިތް ކުދިކުރީ         ދެގޮތެއް ނެތް އުޅުމުގައި

އަމާން ބަނދަރަކަށް…!

ކިޔާފައިވާ ޢަދަދު: 2962
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ޤަޢުމީ އަޚްވަންތަކަން    ޤަޢުމީ ރޫޙީ އުފާ
ޤަޢުމުން ނެތި ގެއްލެނީ   ކަޅިއެއް ފަހެ ހިންގަމާ
ޤަޢުމުގެ ހައިބަތު އެކީ     ކަޢުނުން މުޅި ފަނޑުވަނީ
މައުޤޫލެއް ނުވި ބަލިން     މިތުރުން ތިބެ ފޯވެގެން

ރޭވި ކާވެނި

ކިޔާފައިވާ ޢަދަދު: 4148
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖްމީ
އޭނާއާ އިނުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ.
 
އެންމެ ކުޑައިރުން ފެށިގެންވެސް ޖަލީލަކީ އަހަރެން ދަންނަ ކުއްޖެކެވެ. ގެ ހުންނަނީ އެއް މަގެއްގައެވެ. ބާޒާރު ކުރަން ދާންޖެހެނީ އެގޭ ފިހާރަޔަށެވެ. އެނޫން ފިހާރައެއް އެ ހިސާބުގައިވެސް ނުހުރެއެވެ.
ޖަލީލުގެ ބައްޕަ ތައުފީގުބެއާއި އަހަރެންގެ ބައްޕައަކީ ދުރުތާ ތިމާގެ ކަމަށްވުރެން ބޮޑަށް ގާތް ރައްޓެހީންނެވެ. ތައުފީގުބެ އަހަރެމެންގެއަށް އައިސް އެތައް އިރަކު ބައްޕައާ ވާހަކަ ދައްކަން ކޮންމެ ދުވަހަކުވެސް އިންނާނެއެވެ. އަދި ތައުފީގުބެއަށް ސައިހަދައިގެން ގެނަސް ދިނުމަކީ އަހަރެންގެ ކަމެކެވެ. ބައެއް ދުވަސް ދުވަހު ތައުފީގުބެ އަހަންނާ ވެސް ވާހަކަ ދައްކައެވެ. އަހަރެން ލިބާސް ލައްވަނީ ކޮން ދުވަހަކުތޯ އަހާނެއެވެ.

މާވަޑިޔާގެ ކީސް ތޫނުކުރުން، ފަލްސަފީ ވިސްނުމަކުން

ކިޔާފައިވާ ޢަދަދު: 9143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 ގޭގައި ކުޑަ މަސައްކަތެއް ކުރަން ޖެހިފައި އޮތުމުން، އީދު ބަންދުގެ ދެތިންދުވަސް ހޭދަ ކުރެވުނީ އަތްދަށު ވަޑިއެއްގެ ގޮތުގައެވެ. މާވަޑިމީހާއަށް ދުރު ގާތްކޮށްދިނުމުގައެވެ. ކޮންމެ މަސައްކަތެއްވެސް އެކަމަކަށް ފަރިތަ މީހުން ކުރާއިރު އެއީ ހަމަ ބަލާހިތުން ބެލޭ ކަންކަމެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި، އަޅުގަނޑުގެ ރަޙުމަތްތެރި މާވަޑިޔާގެ މަސައްކަތް އެހާ ލުއިފަސޭހަކޮށް، ‘ދަތްކުނޑި ނުވިކައި’ އެ ކުރެވޭ އެއް ސަބަބަކީ، އެއް މަސައްކަތެއް ރަނގަޅަށް ދަސްވަންދެން އެމަސައްކަތުގައި ދެމިހުރުމެވެ.  ދެވަނަ ސަބަބަކީ އޭނާ ގެންގުޅޭ ރޮންދާ، ވަޑާންކަށި އަދި ކީހުގެ ތޫނުކަމެވެ. 
 

ޙަޔާތުގެ ހިޔަނި (7)

ކިޔާފައިވާ ޢަދަދު: 3978
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު
(31 އޮކްޓޯބަރ 2012 (ބުދަ) ގުޅޭ) 
އިރުގެ އައްޔާއި ހަނދުވަރެވެ. އަހަރެންގެ ދާވަނިން އޭނާ ނިވައިކޮށްގެން ދުނިޔޭގެ ލޮލަށް ފޮރުވައިގެންވެސް ގެންގުޅެފާނަމެވެ. ލޯބި މިއީ ކިހާ ރީތި އިޙްސާސެއް ހެއްޔެވެ؟ ކިހާ އުފާވެރި ދުނިޔެއެއް ހެއްޔެވެ؟ މި އިޙްސާސް ސިފަކުރަން ބަސް ބަހުގައި ހުންނަ އެންމެ މާނަފުން   ލަފްޒުތަތައްވެސް ނުފުދޭނެއެވެ. އެންމެ އޮމާން، މިޔުޒިކީ އަޑުތައްވެސް ނުކުޅެދޭނެއެވެ.

ބޭރުބަސްބަހުގެ ލަފުޒު ދިވެހިކުރުން

ކިޔާފައިވާ ޢަދަދު: 9751
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ބަހެއް މުއްސަނދިކުރުމުގެ އެއް ވަސީލަތަކީ ބޭރު ބަސްބަހުގެ ލަފުޒުތައް އެ ބަހެއްގެ ތެރެއަށް ވަނުމެވެ. އާދެ! އެ ބަހެއްގައި ނުހުންނަ ލަފުޒުތަކެވެ. އާ އުފެއްދުންތަކެވެ. އާ ނަންތަކެވެ. އާ ކަންކަމެވެ. އެކަންކަމާ ގުޅޭ ލަފުޒުތަކެވެ.
މިކަން އޮތީ މި ގޮތަށް ކަމަށް ވިޔަސް މިކަން ކުރަން ޖެހޭ އުޞޫލުތަކެއް އޮވެއެވެ. ޝަރުޠެއް އޮވެއެވެ. އެއީ އާ ލަފުޒު އުފެއްދުމުގެ ހަމަތަކާ ޚިލާފު ނުވާ ގޮތަށް އެކަން ކުރުމެވެ. ބަހުގެ ސަގާފަތާއި ހަމަތަކަށް އިޙުތިރާމްކުރުމެވެ.

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން (6)

ކިޔާފައިވާ ޢަދަދު: 3617
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން 
ދެނެގަތުމާއި – އެހީތެރިވުން

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
(27 އޮކްޓޯބަރ 2012 (ހޮނިހިރު) ގުޅޭ)
ދަރިފުޅުގެ ސިކުނޑިއަށް އުނިކަން ލިބިފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ އެކަން ކަށަވަރުކުރުމަށްޓަކައި ކުރާނެ އިތުރުކަމަކީ ކޮބައިހެއްޔެވެ؟
ދަރިފުޅުގެ ހެދިބޮޑުވުމުގެފިޔަވަހިތަކަށް ބަލާއިރު ބުނެވި ދިޔަ އެއްވެސް ހަރަކާތެއް ނުވަތަ ކަމެއް ބަޔާން ކުރެވުނު އުމުރުފުރާގައި ކުރަން ނުފަށާ ލަސްވެއްޖެކަމަށް ފާހަގަކުރެވިއްޖެނަމަ އެދަރިފުޅަކީ ސިކުނޑިއަށް އުނިކަމެއް ލިބިފައިވާ ކުއްޖެއްގެގޮތުގައި ނޯޓުކުރެވިދާނެއެވެ. 

ދަންމަރު (8)

ކިޔާފައިވާ ޢަދަދު: 8244
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވަކިވަކި ފަރުދުންނަށް ބެލުން

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އެއް ދުވަހަކު މީހަކު ބައިސްކަލެއް ދުއްވާފައި ދިޔަ އެވެ. ކުއްލިއަކަށް ބުރަކި ތާށި ވެގެން ބައިސްކަލު ހުއްޓިއްޖެ އެވެ. ނަސީބު ރަނގަޅު ކަމުން ވަރަށް ކައިރީގައި ބައިސްކަލު ހަދާ ތަނެއް ހުއްޓެވެ. އޭނާ ބައިސްކަލު މަރާމާތު ކުރުވަން އެ ތަނަށް ހިނގައްޖެ އެވެ. އޭނާ ހީކޮށްގެން ހުރީ ބައިސްކަލު ހަދާ މީހާ އެންމެ ފުރަތަމަ ބަލާނީ ފުރޮޅާ ދިމާއިން ބުރަކި ތާށި ވެފައި ހުރި ތަނަށް ކަމަށެވެ.

ސަރާ (5)

ކިޔާފައިވާ ޢަދަދު: 5957
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(2 ނޮވެމްބަރ 2012 (ހުކުރު) ގުޅޭ)
“މަންމާ…މަންމަ އެންމެ ފަހަރަކުވެސް ނުބުނަމެއްނު، އަހަރެން އިންނަންވާނީ މަލަކާޔާއޭ. ކުރިން ސާފުބަހުން މަންމަ ބުނިނަމަ، އަހަރެން މަންމަމެންގެ އެދުން ފުއްދަދިނީމުސް.” ޢިމްރާން މިހެން ބުނީމަ ފަހީމާ ކޮންމެވެސް ވަރަކަށް ހަމަޖެހުނު ނަމަވެސް، ވަކި އެއްޗެކޭ ނުބުނެއެވެ. އޭރު ޢިމްރާންގެ ވާހަކަ އަޑުއަހަން ދޮރުމަތީގައި ޢިމްރާންގެ ބައްޕަ ރަފީޤު ވެސް ހުއްޓެވެ.