ދަންމަރު (6)

ކިޔާފައިވާ ޢަދަދު: 8480
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކާމިޔާބީގެ ނަފްސިއްޔާތު

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ދުނިޔޭގެ ޗެމްޕިއަނުންނަށް ބަލާ އިރު ވާދަ ކުރާ ގިނަ މީހުންގެ ކިބައިގައި ހުންނަ ޤާބިލިއްޔަތާއި ހުނަރުގައި މާ ބޮޑު ތަފާތެއް ނުހުރެ އެވެ. އެންމެންނަށް ލިބެނީ ދާދި އެއް ވަރެއްގެ ތަމްރީނު ތަކެކެވެ. އެހެން ކަމަށް ވާ ނަމަ އެކަކަށް ކާމިޔާބީ ލިބިފައި އަނެކަކަށް ނާކާމިޔާބީ އާ ކުރިމަތި ލާން ޖެހެނީ ކީއްވެގެންތޯއެވެ؟ މި ސުވާލަށް ޖަވާބެއް ހޯދޭތޯ އެމެރިކާ ގައި އެކި ކަހަލަ ދިރާސާ ތައް ކުރެވެމުން ދާތާ ތިން އަހަރު ވެދާނެ އެވެ.

ޙަޔާތުގެ ހިޔަނި (6)

ކިޔާފައިވާ ޢަދަދު: 4512
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު

ނޯޓް: ދިމާވި ސަބަބަކާހުރެ “ޙަޔާތުގެ ހިޔަނި” ޝާއިޢުނުކުރެވި ދުވަސްތަކެއް ފާއިތުވިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެވެ. 

(7 އޮކްޓޯބަރ 2012 (އާދީއްތަ) ގުޅޭ)
އެހުރިހައި ފޮތެއް ހުދާ ހާވައެވެ. ފުށުންޖަހައެވެ. ފޮތްކާ ކަތުރުފަންޏެއް ހެންނެވެ. އަތްލުންމަނައީ އެންމެފޮތެއްގައެވެ. “ކާމަސުތުރާ” ގައެވެ. އެފޮތް އޮންނަތަން ފަހަކަށްއައިސް ހުދާއަށް ފެންނަނީ ހުހަށް ހުއްޓައެވެ.

މި ބާވަތުގެ ކަންތައް އެކަކުވެސް ނުކުރާތި!

ކިޔާފައިވާ ޢަދަދު: 2967
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ސާޖިދު، ގަހާކޯޅި، ހއ.އިހަވަންދޫ
ދުވަސްވަރަކީ މަދަރުސާގެ ފުރަތަމަ ފަހަރަށް އިނގިރޭސި ބަސް ކިޔަވައިދޭން ފެށި ދުވަސްވަރެވެ. ނަމަވެސް މަދަރުސާގެ ދަރިވަރުން އިނގިރޭސި ގަޑިދެކެ ވެސް އަދި އިނގިރޭސި ޓީޗަރު ދެކެ ވެސް ފޫހިވެ އެވެ. އެކުދިން އިނގިރޭސި ގަޑިދެކެ ރުޅިއަންނަ ސަބަބެއްކަމަށް ބުނަނީ އެ ގަޑީގައި ދިވެހިބަހުން އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކަ ނުދެއްކޭތީ އެވެ.

އަމީރު ތައިމޫރާއި ތުރުކީ އަންހެނެއް

ކިޔާފައިވާ ޢަދަދު: 5131
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ރަސްގެފާނުގެ ދަރުބާރުގައި ވަޒީރުންނާއި އަމީރުން އަދަބުވެރިކަމާއެކު އިށީނދެ ވަޑައިގެން ތިއްބެވިއެވެ. ދަރުބާރުއޮތީ ފެށިފައެވެ. މިހެން އޮއްވައި ފުލުހުންގެ ބަޔަކު ޒުވާނަކު، ހިފައި ހައްޔަރު ކޮށްގެން އައިސް ދަރުބާރަށް ވަދެއްޖެއެވެ. ބޮޑުވަޒީރު ވަރަށް އަދަބުވެރިކަމާއެކު ތެދުވެ ވަޑައިގެން ރަސްގެފާނަށް ވިދާޅުވިއެވެ.

ސަރާ (3)

ކިޔާފައިވާ ޢަދަދު: 6055
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ސާޢިދު، މަރަދޫ
(20 އޮކްޓޯބަރ 2012 (ހޮނިހިރު) ގުޅޭ)
ފަހީމާ އާއި ޝާޢިރާ މިހާރު ރާވަމުންދަނީ ޢިމްރާން މާލެ އައިހާ އަވަހަކަށް ޢިމްރާނާއި މަލަކާގެ ކައިވެނި ކުރުވުމަށެވެ. ދެޢާއިލާގެ ވިޔަފާރި ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އެހެން ނަމަވެސް، މަލިކާވެސް ކޮންމެހެން އެހާވަރަކުން އެގުޅުމައިގެން އުޅޭ ކަމަކަށް ނުބެލެވެއެވެ. ގެއިން ބޭރުގައި ހޭދަވާ ވަގުތުތަކުގައި މިހާރަކަށްއައިސް އަބަދުވެސް މަލަކާ ފެންނަނީ ކޮންމެވެސް ފިރިހެނަކު ގޮވައިގެން އުޅޭތަނެވެ. ތަފާތު މައިޒާންތަކުންނާއި ރެސްޓޯރެންޓް، ކެފެޓޭރިޔާފަދަ ތަންތަނުންނެވެ.

ދިވެހި ތާރީޚުގެ ޞަފްޙާތަކުން

ކިޔާފައިވާ ޢަދަދު: 7504
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަޞީރު
އަޅުގަނޑުގެ މި ބަޔާނުގައި ބަލައިލައިފައި މި ވަނީ، ސެޕްޓެމްބަރ 24، 2012 މިވަނަ ތާރީޚުގައި “ލިޔުންތެރިންގެ ގުޅުމަށް” އަޕްލޯޑް ކޮށްފައިވާ  (އެ ސައިޓްގައި ޝާއިޢުކޮށްފައިވާ) “ވާދޫ ގައްދަޑު މަނިކުފާނު” މި ސުރުޚީގެ ދަށުން ޢަބްދުﷲ ޙިލްމީ ލިޔުއްވައިފައިވާ ލިޔުއްވުމަކަށެވެ.

ދަންމަރު (5)

ކިޔާފައިވާ ޢަދަދު: 8048
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަމެއް ނުކޮށް ހުރުން

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އިސްލާމީ ދެވަނަ ޚަލީފާ ސައްޔިދުނާ ޢުމަރު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނަށް ރަނގަޅު ކަމަށް ފެނިވަޑައިގަންނަވާ ބޭކަލުންގެ ވާހަކަފުޅު ދައްކަަވަމުން ވަޑައިގެން އެއިން ބޭކަލަކު އެއްވެސް މަސައްކަތެއް ނުކުރައްވާ ހުހަށް ހުންނަވާ ކަން އެނގިވަޑައިގަތީމާ ނުރުހިވަޑައިގެން އެ ވާހަކަފުޅު ދައްކަވައި ހައްދަވަ އެވެ. އެއްވެސް މަސައްކަތެއް ނުކުރައްވާ ބޭކަލަކީ ތިމަން ކަލޭގެފާނުގެ ކުރިފުޅުމަތީގައި އެއްވެސް އަގެއް ނެތް ބޭކަލެކޭ ވިދާޅު ވެއެވެ.

މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށް ކުޑަކުޑަ ކަމެއް

ކިޔާފައިވާ ޢަދަދު: 9643
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ބިނާވެފައި އޮންނަނީ  އެ މުޖުތަމަޢެއްގެ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ގުޅުންތެރިކަމުގެ މައްޗަށެވެ. މި ގުޅުން ބަދަހިކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތަކީ އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާންކުރުމެވެ. މިއީ ދުނިޔޭގެ ހުރިހާ ޙަޟާރަތަކާއި ސަޤާފަތެއްގައި ވެސް އޮތް ކަމެކެވެ. އޮންނަ ކަމެކެވެ. 

އެ އުފާތައް ކަލާގެ ފަރާތުން ދެން ލިބޭނީ ކާކަށް ބާވައެވެ؟

ކިޔާފައިވާ ޢަދަދު: 4316
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު
މި ލަވަޔަކީ ޝާރލް އަޒްނަވޫރގެ ފަރަންސޭސި ލަވައެއް ކަމަށްވާ “ކީ؟” (ކާކުހެއްޔެވެ؟)ގެ މައްޗަށް ބިނާކޮށް ލިޔެވިފައިވާ ލަވައެކެވެ. މި ލަވައިގައި ފާޅުކޮށްފައި ވަނީ ފިރިޔަކު އޭނާ މި ދުނިޔެއާ ވަކިވެ ދިޔުމުން އޭނާގެ ހަޔާތުގެ ބައިވެރިޔާ, ކަންތައް ކުރާނެ ގޮތަކާ މެދު ހިތުގައި އުފެދޭ ސުއާލު ތަކެއްގެ ވާހަކައެވެ. އޭނާގެ ބައިވެރިޔާ ވައުދުވެފައިވާ ފަދައިން އޭނާއަށްޓަކައި އިޚުލާސްތެރިކަން މަތީ އެހެން އަތަކަށްފިރާނުލައި ދެމި ހުންނާނެބާވައެވެ؟ ނޫނީ އެހެން ބައިވެރިޔެއް ހޯދައި އޭނާއާ އެކު އަލުން ހަޔާތެއް ފަށައި ކުރީގެ ފިރިމީހާގެ ލޯބީގެ ހަނދާންތައް ހިތުން މުޅީން ފޮހެލާނީ ބާވައެވެ؟ 

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން (5)

ކިޔާފައިވާ ޢަދަދު: 3367
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން
ދެނެގަތުމާއި – އެހީތެރިވުން

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
(21 އޮކްޓޯބަރ 2012 (އާދީއްތަ) ގުޅޭ)

ސިކުނޑިޔަށް ލިބިފައިވާ އުނިކަމެއްގެސަބަބުން  ދަރިފުޅު ހެދިބޮޑުވުމަށް ހުރަސްއެޅިފައި ވާނަމަ އެކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟

ކޮންމެ ކުއްޖެއްގެ ވެސް ސިކުނޑި ހެދިބޮޑުވެ ތަރައްޤީވަމުން އަންނަނީ ޤުދްރަތީ ގޮތުން ރޭވި ހަމަޖެހިފައިވާ ވަކި އުޞޫލުތަކަކާއި އަދި ވަކި ނިޒާމެއްގެ މަތީންނެވެ. ނަމަވެސް ދިމާވާ އެކިއެކި ޙާލަތުތަކާ ގުޅިގެން ބައެއް ކުދީންގެ ސިކުޑިއަށް އުނިކަން ލިބޭ ގޮތް ދިމާވަނީ އެވެ. މި ގޮތަށް ދިމާވެއްޖެ ނަމަ ދަރިފުޅުގެ ހެދިބޮޑުވުމަށް ހުރަސްއެޅޭ ގޮތް ދިމާވެއެވެ.