ދޭތެރެދޭތެރެއިން އަހުރެންގެ ހިތަށް ވެރިވާ ޝުޢޫރު ކޮޅެއް

ކިޔާފައިވާ ޢަދަދު: 4032
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ހިންދީ ލަވައެއްކަމަށްވާ ” ކަބީކަބީ މެރެދިލްމޭ “ގެ ދިވެހިތަރުޖަމާއެއް)

ތަރުޖަމާކުރީ: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
 

ލަވައިގެ ކުރު ޚުލާސާއެއް

މިލަވައިގައި ބަޔާންކުރެވިފައިވަނީ މީހެއްގެ ހިތުގައި އޭނާލޯބިވާ އަންހެނަކާއި ދޭތެރޭ އުތުރިއަރާ ޝުޢޫރުތަކެއްގެވާހަކައެވެ. އޭނާ ލޯބިވާ ހަމައެކަނިމީހަކީ އެއަންހެނާއެވެ. ދުނިޔެއަށް، މަލާއިކަތެއް ފަދަ އެ އަންހެންމީހާ ފޮނުނުނީ ވެސް ހަމައެކަނި އޭނައަށްޓަކައެވެ. އެނާގެ ހަވާލުގައި ލެހެއްޓިފައިވާ އަމާނާތެއްގެ ގޮތުގައެވެ.

ސަރާ (1)

ކިޔާފައިވާ ޢަދަދު: 7379
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ ލިޔުންތެރިންގެ ގުޅުމުގެ މެންބަރެއް ކަމުގައިވާ، މަޝްހޫރު އަދި މަޤުބޫލު ވާހަކަލިޔުންތެރިޔާ، އަލްފާޟިލް މޫސާ ޞާޢިދު، މި ސައިޓަށް ހަދިޔާކުރައްވައިފައިވާ ވަރަށް ރީތި ވާހަކައެކެވެ. ވާހަކަ ހަދިޔާކޮށްދެއްވި ކަމަށްޓަކައި ލިޔުންތެރިޔާ މޫސާ ޞާޢިދަށް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ. އިތުރު ވާހަކަތައް ވެސް ލިބޭނެ ކަމަށް އުންމީދުކުރަމުންނެވެ.  ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!

މޫސާ ސާޢިދު، މަރަދޫ
މޫސުމް އެހާ ރަނގަޅު ނޫން ކަމުގައި ވިޔަސް، ރީތި ހަނދުވަރެއް ދިއްލައިފައިވާ ރެއެކެވެ. ހިސާބަކަށް ވިއްސާރައިގެ އަސަރު ފާޅުވަމުން ދިޔަ ކަމުގައިވިޔަސް، އެ އަސަރުތަކަށް އެ ހިތްގައިމު ހަނދުވަރުގެ އަލިގަދަ ކުރަމުން ބާރުފޯރުވަމުންދާ ކަހަލައެވެ. 

އެންމެ ފަހު ފަތް

ކިޔާފައިވާ ޢަދަދު: 9759
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: އޯ ހެންރީ
ތަރުޖަމާ: އަޙްމަދް ސަމީރު އަލީ
އެމެރިކާގެ ފަގީރު ހިސާބެއްގައި އޮންނަ ވަރަށް ކުޑަ އަވަށެކެވެ. އެ އަވަށުގެ މަގުތައް ހީވަނީ އޮޅުންސުވާއްޔެއް ހެންނެވެ. އެއްކޮޅަށް ދާ ދެމަގު ދިހަ ބާރަ ފަހަރު، ދިހަ ބާރަ ހަތަރު އަނގޮޅިން ބައްދަލުވެ ދިހަ ބާރަ ފަހަރު ބުރަފަތި ވާތަންވެސް އާދެއެވެ. މިހެން ދިމާވުމުން ގެތައް ހުންނާނެ ގޮތް ހިތަށް އަރުވައިލާށެވެ. މޮޔައިންތަކެއް ފަރުމާކޮށްފައިވާ އަވަށެއްކަހަލަ މި ސަރަހައްދަށް މަޑުމަޑުން ޖަމާވާން ފެށީ ފަގީރު ފަންނާނުންނެވެ. އެންމެ ގިނައީ ކުރެހުންތެރިންނެވެ.

ކިޔާނޭނަމެއް ނޭނގުނު ވާހަކައެއް

ކިޔާފައިވާ ޢަދަދު: 6173
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
އިންސާނީ ދަރިދަރިކޮޅާއި ޢާއިލާތައްހޯދައި ބެލުމަކީ އެކަމަށްޝައުޤުވެރިވާ ބަޔަކު ކުރާކަމެކެވެ. މިއީ ގިނަ ޙާލަތްތަކުގައި ބޭނުންތެރިކަމަކަށް ވާއިރު މިފަދަ މަސައްކަތެއްކުރާ ބަޔަކަށް ލާޒިމްކަންކަމެއް ހުރެއެވެ. އޭގެތެރޭ ހޯދުނުއެއްޗެއް ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ތިމާފިޔަވައި އަނެކުންނަށްވެސް އޭގެ ބޭނުމެއް ޖެހިދާނެކަމަށްޓަކައި އެހޯދުނުއެއްޗެއް އަނެކުންނަށްވެސް ރައްދުކޮށްދިނުން ހިމެނެއެވެ.

އިޝްތިހާރު

ކިޔާފައިވާ ޢަދަދު: 146
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދުގެ ވަރަށް ރީތި އަސަރުގަދަ ވާހަކަ އެއް 

މިރޭ 12:00ގައި ޝާއިޢުކުރަން ފަށަނީ!

ހަފުތާއަކު ބައެއް.
ހަމަ އެކަނި www.liyuntherin.org އިން… 
އިންތިޒާރުކޮށްލައްވާ!

 

ދެވަނަ ބަހެއް ދަސްކުރުމުގައި މާދަރީބަހުގެ ހުނަރުތައް ތަރައްޤީކޮށް ދަމަހައްޓަންޖެހެއެވެ.

ކިޔާފައިވާ ޢަދަދު: 11285
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުއްޖާގެ މާދަރީބަސް ފިޔަވައި އެހެން (ދެވަނަ) ބަހަކަށް ކުއްޖާ މޮޅުކުރުމަށް ޓަކައި ކުރަން އެންމެ މުހިއްމު ކަމަކީ ކޮބައިތޯ އެވެ؟ މުހިއްމު ސުވާލެކެވެ. މިކަމަށް ޓަކައި ކުރަން އޮތް އެންމެ މުހިއްމު ކަމެއް ކަމަށް ދިރާސާތަކުން ދައްކާ ގޮތް ހާމަކޮށް ބަޔާންކޮށްދިނުމަށް ބަސްވާރުން ބޭނުންކުރައްވައިފައި ވަނީ ހަމަ އެންމެ ޢިބާރާތެކެވެ. 

(Historia de unamor) ލޯބީގެ އަފުސާނާއެއް

ކިޔާފައިވާ ޢަދަދު: 4326
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުލްމަޖީދު 
“މިލަވަ އަކީ ޕެނަމާގެ ކާރްލޯސް އެލީޓާ އަލްމަރާން، އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން، ލޯބިވެރިޔާ މަރުވުމުން، އޭނާގެ ހަނދާނުގައި ހެދިލަވައެކެވެ. ބުނެވޭ ގޮތުގައި މި ލަވައަކީ އިސްޕޭނުބަހުގެ އެންމެ މަޝްހޫރު، އަދި އެތައް ފަންނާނުންނެއް ކިޔައިފައިވާ ލަވައެކެވެ. މިއީ މެކްސިކޯގެ އެނާ ގެބްރިލްގެ ކިއުމެވެ.

އިސްލާމްވީ ކީއްވެތޯއެވެ؟

ކިޔާފައިވާ ޢަދަދު: 3273
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނަސްރީނާ އިބްރާހީމް

މިއީ، މިޞްރު (އޭރުގެ އެކުވެރި ޢަރަބި ޖުމްހޫރިއްޔާ) ގައި ތިބޭ “ދިވެހި ކިޔަވާ ކުދިންގެ ޖަމްޢިއްޔާ”ގެ ފަރާތުން ނެރެފައިވާ މަޖައްލާ “ރޭނީސް” ގެ ފުރަތަމަ ޢަދަދުގައި މ. އެންދެރިމާގޭ އަލްފާޟިލާ ނަސްރީނާ އިބްރާހީމް، ލިޔުއްވާފައިވާ މަޒުމޫނެކެވެ. 
(“ރޭނީސް” މި ޢަދަދު ނުކުތް ތަރީޚެއް އެ މަޖައްލާއިން އެނގޭކަށް ނެތެވެ. “ރޭނީސް” ގެ 2 ވަނަ ޢަދަދު ނުކުމެފައިވަނީ 26 ޖުލައި 1971 ގައެވެ.)

މިއަދުވެސް އިސްލާމް ދީން ފެތުރެމުން ވަކިވަކިން ނަމަވެސް މީހުން މިދީނަށް ވަންނަމުންދަނީ ކީއްވެތޯއެވެ؟ އެހެނިހެން ދީންތައް ފަތުރަނީ ފާދިރީންނާއި މިޝަނަރީންގެ ޒަރީޢާއިންނެވެ. ގިނަ މީހުން އިސްލާމް ދީނަށް ވަންނަނީ، މިފަދަ ޖަމާޢަތްތަކުގެ ދަޢުވަތަކުން ނޫނެވެ. 

ދުނިޔޭގެ ޙަޤީޤަތުގެތެރެއިން…..

ކިޔާފައިވާ ޢަދަދު: 3144
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނާހިދު ޢަލީ، ސަމާ،   އއ. މާޅޮސް
 
މާދަން  ތިމާއަށް    ވާނެގޮތް  ނޭނގޭނެޔޭ 
                  ވަގުތާ  ދުވަސް  ނިމިދާނެ ގޮތް  ނޭނގޭނެޔޭ
އަވަހަށް ފަށައި ނިންމަން އެދޭ ހުރިހައި ކަމެއް،
                  ވަގުތަށް  ނުނިމި ހުއްޓަސް ތިމާ ދާންވާނެޔޭ.

ޅެންވެރިއެއްގެ ހާސަރެއް

ކިޔާފައިވާ ޢަދަދު: 3387
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު

“ނޯޓް: ތިރީގައި މިވަނީ، އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު ތަރުޖަމާކުރައްވައިފައިވާ އަރަބި ޅެމެއްގެ ދިވެހި ތަރުޖަމާއެކެވެ. މިޅެމަކީ ޢިރާޤުގެ ޅެންވެރިޔެއްކަމަށްވާ މަޢުރޫފުއްރަސާފީގެ ޅެމެކެވެ. މިޅެން ހެދިފައިވަނީ ޢިރާޤު މުސްތަޢުމަރުންގެ އަތްދަށުވެފައިވާ ދުވަސްވަރެއްގައެވެ. މިޅެމުގައި އެދުވަސް ވަރު ޢިރާޤުގެ އާއްމު މީހުންގެ ކަންތައްތައް ހުރިގޮތުގެ މައްޗަށް ބައްލަވައިލައްވައި ހިތްޕުޅާނުވެ ފާޑުކިޔުއްވައިފައިވެއެވެ. މިޅެމުގެ އަސްލާއެކު ދިވެހިތަރުޖަމާ ހުށަހަޅައިލަމެވެ.”