އައްޑުއަތޮޅުގެ ޢިލްމީ ޝަޚުޞިއްޔަތެއް

ކިޔާފައިވާ ޢަދަދު: 5547
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަވޮއްޑޭ މޭނާ ކަލޭގެފާނު

ޢަބުދުﷲ ޙިލްމީ

ހަވޮއްޑޭ މޭނާ ކަލޭގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅަކީ ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާ ކައިވެނިކުރައްވައިގެން އެ ރަށުގައި ވެސް ހުންނެވި މީދޫ ޝަމްސުއްދީން  ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާތުމާ ބީފާނުގެ، މޫސާ ކުޑަ ބަނޑޭރި ތަކުރުފާނުގެ، ޙަސަން ތައްޚާނުގެ، ޙުސައިން ތައްޚާނުގެ، އާމިނާފާނުގެ، ޢަލިތައްޚާނު (މޭނާ ކަލޭގެފާނު) އެވެ.

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން (3)

ކިޔާފައިވާ ޢަދަދު: 3484
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސިކުނޑިއަށް އުނިކަން ލިބިފައިވާ ކުދީން

ދެނެގަތުމާއި – އެހީތެރިވުން

މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު

(8 އޮކްޓޯބަރ 2012 (ހޯމަ) ގުޅޭ)
(ބ) ބުއްދިހަމަނުޖެހޭ ކުދީންގެ ސިކުނޑި އޮޕްރޭޝަން ކުރުމުން އެކަން ރަނގަޅުވާނެހެއްޔެވެ؟
ބުއްދި ހަމަނުޖެހޭ ކުދީންގެ ސިކުނޑިއަށް ލިބިފައިވާ އުނިކަން ފޫބެއްދުމަށްޓަކައި އޮޕްރޭޝަން ކުރުމުން އެކަން ރަނގަޅުވުމަކީ ނާދިރު ކަމެކެވެ. އެ ގޮތަކީ ބުއްދި ހަމަނުޖެހުމަކީ ސިކުނޑިއަށް ލިބޭ އުނިކަމަކާއި ގުޅިގެން ސިކުނޑީގެ ވިސްނުމުގެ މަސައްކަތަށް ދިމާވާ ކަމެކެވެ. ސިކުނޑި އޮޕްރޭޝަންކުރި ނަމަ ވެސް މި އުނިކަން ފޫބައްދައެއްނުދެއެވެ.

މަންމަ އާއި މައިދައިތަގެ ތަފާތު

ކިޔާފައިވާ ޢަދަދު: 10014
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ހަމަ ޔަގީނުން ވެސް، މައިދައިތަ ވާނީ މަންމައަކަށްތާއެވެ. މައިދައިތަ ކިޔާ މީހާގެ މަންމައަކަށް ނުވަނީއެވެ! ހަމަ އެހެންމެ މައިދައިތަ ވެސް އެއްދުވަސްވަރެއްގައި އޭނާގެ މައިދައިތަ ދެކެ ބިރުން ކަންބޮޑުވެގެން އުޅުނު ދުވަސްވަރެއް ވެސް ދެކިފައިވުން ވަރަށް ގާތެވެ.  މަންމަ އާއި މައިދައިތަ (ޚާއްސަކޮށް، ފިރިހެން ދަރީގެ އަންހެނުންގެ) ކުރިމަތީގައި މާ ބޮޑު ތަފާތެއް ހުންނަން ޖެހޭ ކަމަކަށް ބުއްދިއަކަށް ނުފެނެއެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު ކޮންމެވެސް ކަހަލަ އިދިކީލި ކަންތަކެއް ހުރެއެވެ!

ރަސްގެފާނާއި ފައިރޫޒް ޣުލާމު

ކިޔާފައިވާ ޢަދަދު: 3569
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ކިޔުންތެރިއެއް
ރަސްގެފާނުގެ އާދައިގެ މަތީން ހެނދުނު ވަގުތު ގަނޑުވަރުގެ ފުރާޅުމަތިން ބޭރު ފެންނަ ގޮތަށް ހަދާފައިވާ ތަނަށް އަރުއްވައި، ވަށައިގެން ބައްލަވައިލެއްވިއެވެ. އެކި ދިމަދިމާއަށް ނަޒަރު ހިންގަވަނިކޮށް ގަނޑުވަރާއި މާދުރުނޫން ހިސާބެއްގައި ހުރި ގެއަކުން ވަރަށް ރީތި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ކާކުތޯ އަރިހުގައި ތިއްބެވި ބޭފުޅުންކުރެން ސުވާލުކުރެއްވުމުން، އެއީ ރަސްގެފާނު ގެންގުޅުއްވާ ފައިރޫޒް ނަމަކަށް ކިޔުނު ޣުލާމުގެ އަންހެނުންކަން އެނގިވަޑައިގަތެވެ. ރަސްގެފާނު އެއަންހެނާއާއި ހިތްޕުޅާވެ، އެކަމުގެ ފިކުރާއެކު ތިރިއަށް ފައިބާވަޑައިގަތެވެ.

ލޭ ބޯ ފަނި (7)

ކިޔާފައިވާ ޢަދަދު: 8681
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(21 ސެޕްޓެމްބަރ 2012 (ހުކުރު) ގުޅޭ)
ދެމަފިރިން ހެމުން ހެމުން އައިސް ޑޭމްގެ ވަށައި ފާރު ކައިރިއަށް އަތުވެއްޖ ެއެވެ. ހުރަސް ކުރަން ހަދާފައި ހުރި ފާލަން މަތީގައި ފާލަމުގެ އެއް ފަރާތު އަރިމަތީގައި ދިގަށް ދަމާފައި ހުރި ވަލުގައި ހިފަހައްޓައިގެން ހުރެ ސަލްމާ ބުންޏެވެ. “އަޅުގަނޑު އެބަ ބިރު ގަނޭ. ފެންގަނޑު ދެމޭލެއް ބާރު ކަމުން ފެނާ އެކު އަޅުގަނޑުވެސް އޮޔާ ހިނގައިދާނެއޭވެސް އެބަ ހީވޭ. އެންމެ ފަހުން ގޮސް މި ފެންގަނޑުގެ ތެރެއަށް އަޅުގަނޑު ގެނބިގެން ހިނގައިދާނެއޭވެސް އެބަ ހީވޭ.”

ހާދަހާ ބޮޑު ދެރައެކޭ

ކިޔާފައިވާ ޢަދަދު: 5123
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ތިޔަ ދިނީ  ޤައުމަށް  ދަރިންނޭ  ހާދަހާ ބޮޑު ދެރައެކޭ
                 ތިޔަ  ކުދިން ހެދިޔަސް  ތިއީ ހެދި  ހާދަހާ ބޮޑު ގޯހެކޭ           

އެފަދައެއް  ނެތް  މީހެކޭ   ދުކްތޫރު  އަފްރާޝީމަކީ
                 ސަފުތަކުން  ކުރިއަށް  ނުކުމެ ތިބެ ތިޔަމެރީ ވާ މީހެކޭ

ދޭތެރެދޭތެރެއިން އަހުރެންގެ ހިތަށް ވެރިވާ ޝުޢޫރު ކޮޅެއް

ކިޔާފައިވާ ޢަދަދު: 4067
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ހިންދީ ލަވައެއްކަމަށްވާ ” ކަބީކަބީ މެރެދިލްމޭ “ގެ ދިވެހިތަރުޖަމާއެއް)

ތަރުޖަމާކުރީ: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
 

ލަވައިގެ ކުރު ޚުލާސާއެއް

މިލަވައިގައި ބަޔާންކުރެވިފައިވަނީ މީހެއްގެ ހިތުގައި އޭނާލޯބިވާ އަންހެނަކާއި ދޭތެރޭ އުތުރިއަރާ ޝުޢޫރުތަކެއްގެވާހަކައެވެ. އޭނާ ލޯބިވާ ހަމައެކަނިމީހަކީ އެއަންހެނާއެވެ. ދުނިޔެއަށް، މަލާއިކަތެއް ފަދަ އެ އަންހެންމީހާ ފޮނުނުނީ ވެސް ހަމައެކަނި އޭނައަށްޓަކައެވެ. އެނާގެ ހަވާލުގައި ލެހެއްޓިފައިވާ އަމާނާތެއްގެ ގޮތުގައެވެ.

ސަރާ (1)

ކިޔާފައިވާ ޢަދަދު: 7421
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ ލިޔުންތެރިންގެ ގުޅުމުގެ މެންބަރެއް ކަމުގައިވާ، މަޝްހޫރު އަދި މަޤުބޫލު ވާހަކަލިޔުންތެރިޔާ، އަލްފާޟިލް މޫސާ ޞާޢިދު، މި ސައިޓަށް ހަދިޔާކުރައްވައިފައިވާ ވަރަށް ރީތި ވާހަކައެކެވެ. ވާހަކަ ހަދިޔާކޮށްދެއްވި ކަމަށްޓަކައި ލިޔުންތެރިޔާ މޫސާ ޞާޢިދަށް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ. އިތުރު ވާހަކަތައް ވެސް ލިބޭނެ ކަމަށް އުންމީދުކުރަމުންނެވެ.  ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ!

މޫސާ ސާޢިދު، މަރަދޫ
މޫސުމް އެހާ ރަނގަޅު ނޫން ކަމުގައި ވިޔަސް، ރީތި ހަނދުވަރެއް ދިއްލައިފައިވާ ރެއެކެވެ. ހިސާބަކަށް ވިއްސާރައިގެ އަސަރު ފާޅުވަމުން ދިޔަ ކަމުގައިވިޔަސް، އެ އަސަރުތަކަށް އެ ހިތްގައިމު ހަނދުވަރުގެ އަލިގަދަ ކުރަމުން ބާރުފޯރުވަމުންދާ ކަހަލައެވެ. 

އެންމެ ފަހު ފަތް

ކިޔާފައިވާ ޢަދަދު: 9801
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: އޯ ހެންރީ
ތަރުޖަމާ: އަޙްމަދް ސަމީރު އަލީ
އެމެރިކާގެ ފަގީރު ހިސާބެއްގައި އޮންނަ ވަރަށް ކުޑަ އަވަށެކެވެ. އެ އަވަށުގެ މަގުތައް ހީވަނީ އޮޅުންސުވާއްޔެއް ހެންނެވެ. އެއްކޮޅަށް ދާ ދެމަގު ދިހަ ބާރަ ފަހަރު، ދިހަ ބާރަ ހަތަރު އަނގޮޅިން ބައްދަލުވެ ދިހަ ބާރަ ފަހަރު ބުރަފަތި ވާތަންވެސް އާދެއެވެ. މިހެން ދިމާވުމުން ގެތައް ހުންނާނެ ގޮތް ހިތަށް އަރުވައިލާށެވެ. މޮޔައިންތަކެއް ފަރުމާކޮށްފައިވާ އަވަށެއްކަހަލަ މި ސަރަހައްދަށް މަޑުމަޑުން ޖަމާވާން ފެށީ ފަގީރު ފަންނާނުންނެވެ. އެންމެ ގިނައީ ކުރެހުންތެރިންނެވެ.

ކިޔާނޭނަމެއް ނޭނގުނު ވާހަކައެއް

ކިޔާފައިވާ ޢަދަދު: 6203
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
އިންސާނީ ދަރިދަރިކޮޅާއި ޢާއިލާތައްހޯދައި ބެލުމަކީ އެކަމަށްޝައުޤުވެރިވާ ބަޔަކު ކުރާކަމެކެވެ. މިއީ ގިނަ ޙާލަތްތަކުގައި ބޭނުންތެރިކަމަކަށް ވާއިރު މިފަދަ މަސައްކަތެއްކުރާ ބަޔަކަށް ލާޒިމްކަންކަމެއް ހުރެއެވެ. އޭގެތެރޭ ހޯދުނުއެއްޗެއް ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ތިމާފިޔަވައި އަނެކުންނަށްވެސް އޭގެ ބޭނުމެއް ޖެހިދާނެކަމަށްޓަކައި އެހޯދުނުއެއްޗެއް އަނެކުންނަށްވެސް ރައްދުކޮށްދިނުން ހިމެނެއެވެ.