އެ ދުވަސްވަރާއި މި ދުވަސްވަރު

ކިޔާފައިވާ ޢަދަދު: 1450
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުﷲ ނަޢީމް އިބްރާހީމް
 

 
މިއީ އިންޑިއާގެ މަޝްހޫރު ޣަޒަލް ކިޔުންތެރިއެއް ކަމުގައިވާ ޕަންކަޖް އުދާސް ކިޔާފައިވާ ޣަޒަލެއްގެ ތަރުޖަމާއެވެ. ޣަޒަލް ހަދާފައިވަނީ ޒަފަރް ގޯރަކްޕޫރީ އެވެ.
 

 
ދުކް ސުކްތަ އޭކް ސަބްކާ، އަޕްނާހޯ ޔާ ބޭގާނާ
އެކް ވޯ ބީތާ ޒަމާނާ، އެކް ޔޭ ބީހޭ ޒަމާނާ
(ގާތް މީހަކަށް ވިޔަސް، ބީރައްޓެއްސަކަށް ވިޔަސް، އެންމެންގެ ހިތާމަޔާއި، އުފަލަކީ އެކައްޗެކެވެ.
އެއީވެސް ދުވަސްވަރެކެވެ. މިއީވެސް ދުވަސްވަރެކެވެ.)

ޙިއްޞާގައި އިންވެސްޓްކުރުމުން ލިބޭ ފައިދާ

ކިޔާފައިވާ ޢަދަދު: 872
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ޙިއްޞާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގައި އިންވެސްޓްކޮށްގެން 2 ގޮތަކަށް ފައިދާ ލިބެއެވެ. އެއީ ބެހުނުފައިދާ (ޑިވިޑަންޑް) އާއި އަދި “ކެޕިޓަލް ގެއިން” އެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (4)

ކިޔާފައިވާ ޢަދަދު: 958
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (4)

ޢަބްދުﷲ ފާރޫޤް ޙަސަން
 
އިސްލާމްދީނުގެ ނަބިއްޔާ صلّى الله عليه وسلّم މުސްލިމުންނަށް ރައްދު ހަމަލަދިނުމަށް އަމުރުކުރެއްވިއިރު މުޝްރިކުން ތިބީ ވަރަށް ބޮޑަށް ލޮޑުވެފައެވެ. ބުންވަރު އެލިފައެވެ. އަނެއްކޮޅުން ޞަޙާބީން އޭގެ ކުރިން ގެންދެވީ ހަމައެކަނި މުޝްރިކުންގެ ޙަމަލަތައް މަތަކުރައްވަމުންނެވެ. އެހެންކަމުން އެބޭކަލުން ތިއްބެވީ ވަރުބަލިފުޅުކަމެއް ނެތި ފުރިހަމަ ފޯރިއާއި ޖޯޝުގައެވެ. އެބޭކަލުން މުޝްރިކުން ގިއްގަޅުއްވަމުން ފަހަތަށް ކޮއްޕަވަމުން އެއުރެން ހައްޔަރުކުރައްވަމުން ޤަތުލުކުރައްވަމުން ކުރިޔަށް ވަޑައިގަންނަވާން ފެއްޓެވިއެވެ.

އެއްހަރުފަ އަނެއް ހަރުފަ ކައިލުން

ކިޔާފައިވާ ޢަދަދު: 1312
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 
ހަރުފައިގެ އެތައް ހާސް ވައްތަރުތަކުގެ ތެރެއިން ކޮބްރާ އަކީ ޕޯޗުގީޒުބަހެކެވެ. މިހާރު އަޅުގަނޑުމެން އެންމެން ދަންނަ ކޮބްރާ ހަރުފަޔަށް ފުރެތިކާލުން ކިޔައި އުޅުނު ދިގު ނަމަކީ ކޮބްރާ ޑި ކަޕޭލޯ އެވެ. ތޮފިއެޅި ހަރުފައެވެ. އެއީ ހަރުފައިގެ ކަރަށްވާ ހިސާބު ފުޅާކޮށް، އަޅުގަނޑުމެންގެ އަތްތިލައަށް ދިޔާ އެއްޗެއް އަޅަންވެގެން ގޮނިކޮށްލީމައި އެ ފެންނަ ކަހަލަ ގޮތަކަށް ކޮބްރާ ހަރުފައިގެ ކަރު ޒާތަކަށް ‘ ފުއްޕައިލާތީ’ އެވެ!

ޒަމާންވީ ބަސްތައް ގޮނޑަށް އެއްލައިލާން ޖެހޭ ބާއެވެ؟

ކިޔާފައިވާ ޢަދަދު: 1336
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 
ގޭގައި މާ އިހުންސުރެ ހިފައި ގެންގުޅޭ އެއްޗެއް ބާވުމުން އަޅުގަނޑުމެން ދިވެހިން މިހާރު މި ކުރާކަމަކީ އެ ބާވި އެއްޗަކާއި އެކީގައި އޭގެ ނަންވެސް ގޮނޑަށް އެއްލައިލުމެވެ.

ސޯނާ ގަޑިއަކީ ދާދި ފަހަކާއި ޖެހެންދެން އަޅުގަނޑުމެނަށް ލައްކަ ހޭހަން ކޮށްދިން ވަފާތެރި، އެހައިމެ ނިދިމަޑު، ފިސާރި ހުޝިޔާރު އަދި މުރާލި ޚާދިމެކެވެ. ފަތިސް ނަމާދު ބަންގީގެ  ފަސްމިނެޓު ކުރިން ނުވަތަ ދިހަ މިނެޓު ކުރިން ހޭލައްވައިދޭށޭ ބުނެ އަމުރު ކުރަންވީއެވެ! ކިތަންމެ ވިއްސާރަ ދުވަހެއްގައިވެސް ހަމަ ބޭނުންވެގެން ސޯނާ ކުރި ވަގުތަކަށް ސޯނާވާނެއެވެ.  އަޅުގަނޑުމެން ދިވެހިން އައު ކަންތަކާއި އައު ފެޝަނާއި ފަހުގެ އީޖާދުތައް ބަލައިގަންނަލެއް އަވަސްކަމުން، ތަރައްގީގެ ދުވެލީގެ އެންމެ ހަލުވި މަގު މި އޮންނަނީ ދިވެހިރާއްޖޭގެ މެދުންބާއެވެ ހިތަށް އަރާވަރުވެއެވެ!

ވިސްނައިލަމާ (4) – އަމުދުން ނުކުރުމަށްވުރެ ލަހުން ކުރުންވެސް ރަނގަޅު

ކިޔާފައިވާ ޢަދަދު: 1130
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ބައްޕަ މަރުވީ އިރު ހާރލަންގެ ޢުމުރަކީ އެންމެ ފަސް އަހަރެވެ. ޢުމުރުން ސާދަ އަހަރުގައި އޭނާ އިސްކޫލުން ކެނޑިގެން ދަނޑެއްގައި މަސައްކަތް ކުރާން ފެށިއެވެ. އެކަމަކު އެއީ އޭނާ ގަޔާވާ މަސައްކަތަކަށް ނުވިއެވެ. ޢުމުރުން ސޯޅަ އަހަރުގައި ޢުމުރު އޮޅުވާލައިގެން އެމެރިކާގެ ސިފައިންގެ ތެރެއަށް އޭނާ ވަނެވެ. އެކަމަކު އެންމެ އަހަރަކު މަސައްކަތް ކޮށްފައި ސިފައިންގެ ވަޒީފާއިން ކެނޑިގެން ދަގަނޑުގެ މަސައްކަތް ކުރާ ތަނަކުން ވަޒީފާއެއް ހޯދައިގެން މަސައްކަތް ކުރާން ފެށްޓިއެވެ. އެކަމަކު އެ މަސައްކަތަކުންވެސް ކުރިއަކަށް ނުދިޔައެވެ. އެންމެ ފަހުން ރޭލު އިސްޓޭޝަނަކުން ވަޒީފާއެއް ހޯދައިފިއެވެ. އެއީ އޭނާ ގަޔާވާ މަސައްކަތަކަށްވެސް ވިއެވެ. އެހެންވީމާ އޭނާއަށް ހީ ކުރެވުނީ ދިރިއުޅުން ހަމަ މަގަށް އެޅުނީ ކަމުގައެވެ.

ޙައްޖު މަހުގެ ދިހަ ދުވަސް

ކިޔާފައިވާ ޢަދަދު: 1153
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
 
ޙުރްމަތްތެރި މަހެއް
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކޮށް ދެއްވައި، ވަޙީ ކުރައްވަނީ ” وَٱلْفَجْرِ وَلَيَالٍ عَشْرٍ  – ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ.” އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުވައިލަ ދެއްވި ޚައިރާތުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ  އެކަލާނގެ ޙަޟްރަތަށް  އަލުން އައުމަށެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (3)

ކިޔާފައިވާ ޢަދަދު: 1074
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ (2)

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (3)

ޢަބްދުﷲ ފާރޫޤް ޙަސަން
 އިތުރު ސާހިބާ ސަފުތައް އެއްވަރުކުރައްވައި ނިމިވަޑައިގަތުމުން ލަޝްކަރަށް އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނުގެ “ފަހުބަސްފުޅު” ލިބުމުގެ ކުރީން އެކީއެކައްޗަކަށް ހަމަލަނުދޭން އެންގެވިއެވެ. ހަނގުރާމަކުރިޔަށް ގެންދަންވީގޮތާ ބެހޭ ގޮތުން ވިދާޅުވިއެވެ. ދުޝްމިނުން ކައިރިޔަށް އަތުވެއްޖެނަމަ ދުނިއުކާށެވެ. ތީރުތައް ބޭކާރުވިޔަނުދޭށެވެ. އެބައިމީހުން ތިޔަބައިމީހުންގެ އަތްފޯރާފަށަށް ނާންނަނީސް ކަނޑި އުރައިން ދަމައިނުގަންނާށެވެ. ކެތްތެރިވެ ސާބިތުވެތިބޭށެވެ. އެއަށްފަހު އަބޫބަކުރުގެފާނު ގޮވައިގެން ވަޑައިގަތީ އެކަލޭގެފާނުގެ ޢަރީޝަށެވެ. ސަޢުދު ބިން މުޢާޛު އެކަލޭގެފާނުގެ ގެމަ އާއިގެން ޢަރީޝު ވަށައިގެން އެތުރިވަޑައިގެންނެވިއެވެ.

ބަދުރު ހަނގުރާމަ- 2: ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން(2)

ކިޔާފައިވާ ޢަދަދު: 201
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ- 2:

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން(2)

ކައު ސާހިބާ މައިދާން ރޭއްވެވީ ދުވާލުގެ އެއްވެސް ވަގުތެއްގައި މުސްލިމުންގެ ލޯތައް އިރާދިމާ ނުވާނެ ގޮތަށެވެ. މުސްލިމުންގެ ފުރަގަހުގައި ނުވަތަ އަރިމައްޗެއްގައި އިރު ހުންނާނެ ގޮތަށެވެ. ހަމައެއާއެކު މުސްލިމުންނަށް ހުރިހާ ވަގުތެއްގައިވެސް ވައިމަތީގައި ތިބެވޭ ގޮތަށެވެ. ވަޔާއެކު އުފުލޭ ވެއްޔާއި ހިރަފުހުގެ ރާޅުތައް ދުޝްމިނުންނާ ސީދާވާ ގޮތަށެވެ. ދުޝްމިނުންގެ ލޯތަކާ އަބަދުވެސް އިރާ ދިމާވާގޮތަށެވެ.

އިންސާނުންގެ މަގާމު

ކިޔާފައިވާ ޢަދަދު: 1612
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 


މިއީ ޢައްލާމާ އިޤްބާލްގެ ޅެމެއްގެ ތަރުޖަމާއެކެވެ.
 

ہر شے مسافر ہر چيز راہی
کيا چاند تارے، کيا مرغ و ماہی

ހަރް ޝޭ މުސާފިރް، ހަރް ޗީޒް ރާހީ
ކިޔާ ޗާނދް ތާރޭ، ކިޔާ މުރްޣޯ މާހީ
މާނަ:
ކޮންމެ އެއްޗަކީ ދަތުރުވެރިއެކެވެ. ކޮންމެ އެއްޗެއްމެ ވަނީ ދަތުރުމަތީގައެވެ.
ހަނދާއި، ތަރިތައް ކަމުގައި ވިޔަސް، އެއްގަމާއި، ކަނޑުގެ މަޚްލޫޤުން ކަމުގައި ވިޔަސް މެއެވެ.