އިޝްތިހާރު

ކިޔާފައިވާ ޢަދަދު: 172
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދުގެ ވަރަށް ރީތި އަސަރުގަދަ ވާހަކަ އެއް 

މިރޭ 12:00ގައި ޝާއިޢުކުރަން ފަށަނީ!

ހަފުތާއަކު ބައެއް.
ހަމަ އެކަނި www.liyuntherin.org އިން… 
އިންތިޒާރުކޮށްލައްވާ!

 

ދެވަނަ ބަހެއް ދަސްކުރުމުގައި މާދަރީބަހުގެ ހުނަރުތައް ތަރައްޤީކޮށް ދަމަހައްޓަންޖެހެއެވެ.

ކިޔާފައިވާ ޢަދަދު: 11407
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުއްޖާގެ މާދަރީބަސް ފިޔަވައި އެހެން (ދެވަނަ) ބަހަކަށް ކުއްޖާ މޮޅުކުރުމަށް ޓަކައި ކުރަން އެންމެ މުހިއްމު ކަމަކީ ކޮބައިތޯ އެވެ؟ މުހިއްމު ސުވާލެކެވެ. މިކަމަށް ޓަކައި ކުރަން އޮތް އެންމެ މުހިއްމު ކަމެއް ކަމަށް ދިރާސާތަކުން ދައްކާ ގޮތް ހާމަކޮށް ބަޔާންކޮށްދިނުމަށް ބަސްވާރުން ބޭނުންކުރައްވައިފައި ވަނީ ހަމަ އެންމެ ޢިބާރާތެކެވެ. 

(Historia de unamor) ލޯބީގެ އަފުސާނާއެއް

ކިޔާފައިވާ ޢަދަދު: 4358
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. ޢަބްދުލްޣަފޫރު ޢަބްދުލްމަޖީދު 
“މިލަވަ އަކީ ޕެނަމާގެ ކާރްލޯސް އެލީޓާ އަލްމަރާން، އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން، ލޯބިވެރިޔާ މަރުވުމުން، އޭނާގެ ހަނދާނުގައި ހެދިލަވައެކެވެ. ބުނެވޭ ގޮތުގައި މި ލަވައަކީ އިސްޕޭނުބަހުގެ އެންމެ މަޝްހޫރު، އަދި އެތައް ފަންނާނުންނެއް ކިޔައިފައިވާ ލަވައެކެވެ. މިއީ މެކްސިކޯގެ އެނާ ގެބްރިލްގެ ކިއުމެވެ.

އިސްލާމްވީ ކީއްވެތޯއެވެ؟

ކިޔާފައިވާ ޢަދަދު: 3302
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނަސްރީނާ އިބްރާހީމް

މިއީ، މިޞްރު (އޭރުގެ އެކުވެރި ޢަރަބި ޖުމްހޫރިއްޔާ) ގައި ތިބޭ “ދިވެހި ކިޔަވާ ކުދިންގެ ޖަމްޢިއްޔާ”ގެ ފަރާތުން ނެރެފައިވާ މަޖައްލާ “ރޭނީސް” ގެ ފުރަތަމަ ޢަދަދުގައި މ. އެންދެރިމާގޭ އަލްފާޟިލާ ނަސްރީނާ އިބްރާހީމް، ލިޔުއްވާފައިވާ މަޒުމޫނެކެވެ. 
(“ރޭނީސް” މި ޢަދަދު ނުކުތް ތަރީޚެއް އެ މަޖައްލާއިން އެނގޭކަށް ނެތެވެ. “ރޭނީސް” ގެ 2 ވަނަ ޢަދަދު ނުކުމެފައިވަނީ 26 ޖުލައި 1971 ގައެވެ.)

މިއަދުވެސް އިސްލާމް ދީން ފެތުރެމުން ވަކިވަކިން ނަމަވެސް މީހުން މިދީނަށް ވަންނަމުންދަނީ ކީއްވެތޯއެވެ؟ އެހެނިހެން ދީންތައް ފަތުރަނީ ފާދިރީންނާއި މިޝަނަރީންގެ ޒަރީޢާއިންނެވެ. ގިނަ މީހުން އިސްލާމް ދީނަށް ވަންނަނީ، މިފަދަ ޖަމާޢަތްތަކުގެ ދަޢުވަތަކުން ނޫނެވެ. 

ދުނިޔޭގެ ޙަޤީޤަތުގެތެރެއިން…..

ކިޔާފައިވާ ޢަދަދު: 3187
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނާހިދު ޢަލީ، ސަމާ،   އއ. މާޅޮސް
 
މާދަން  ތިމާއަށް    ވާނެގޮތް  ނޭނގޭނެޔޭ 
                  ވަގުތާ  ދުވަސް  ނިމިދާނެ ގޮތް  ނޭނގޭނެޔޭ
އަވަހަށް ފަށައި ނިންމަން އެދޭ ހުރިހައި ކަމެއް،
                  ވަގުތަށް  ނުނިމި ހުއްޓަސް ތިމާ ދާންވާނެޔޭ.

ޅެންވެރިއެއްގެ ހާސަރެއް

ކިޔާފައިވާ ޢަދަދު: 3422
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު

“ނޯޓް: ތިރީގައި މިވަނީ، އަލްމަރްޙޫމު ޢަބްދުއްރަޙީމު ޢަބްދުލްމަޖީދު ތަރުޖަމާކުރައްވައިފައިވާ އަރަބި ޅެމެއްގެ ދިވެހި ތަރުޖަމާއެކެވެ. މިޅެމަކީ ޢިރާޤުގެ ޅެންވެރިޔެއްކަމަށްވާ މަޢުރޫފުއްރަސާފީގެ ޅެމެކެވެ. މިޅެން ހެދިފައިވަނީ ޢިރާޤު މުސްތަޢުމަރުންގެ އަތްދަށުވެފައިވާ ދުވަސްވަރެއްގައެވެ. މިޅެމުގައި އެދުވަސް ވަރު ޢިރާޤުގެ އާއްމު މީހުންގެ ކަންތައްތައް ހުރިގޮތުގެ މައްޗަށް ބައްލަވައިލައްވައި ހިތްޕުޅާނުވެ ފާޑުކިޔުއްވައިފައިވެއެވެ. މިޅެމުގެ އަސްލާއެކު ދިވެހިތަރުޖަމާ ހުށަހަޅައިލަމެވެ.”

ސްކޮޓްލަންޑުގެ މަސްވެރިންގެ ބަހުރުވައަކުން ވާހަކަދެއްކި އެންމެ ފަހުމީހާ ނިޔާވުން

ކިޔާފައިވާ ޢަދަދު: 7807
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ބައިނަލް އަޤްވާމީ އަދަބީ މުރާސިލު
 
ސްކޮޓްލަންޑްގެ އެންމެ އުތުރުގައިވާ  ކްރޯމާޓީ ސަރަހައްދުގެ މަސްވެރިން އެކަނި ވާހަކަ ދައްކައި އުޅުނު ބަހުރުވައިން ފަރިތަކަމާއެކު ވާހަކަ ދައްކައި އުޅުނު އެންމެ ފަހު މީހާ ފާއިތުވި އާދީއްތަ ދުވަހު ނިޔާވެއްޖެއެވެ.  ސްކޮޓްލަންޑަށް އުފަން މިސްޓަރ ބޮބީ ހޮގް ނިޔާވީ އުމުރުން 92 އަހަރުގައެވެ. މިދިޔަ އަހަރު، އުމުރުން 86 އަހަރުގައި  މިސްޓަރ ހޮގް ގެ ކޮއްކޮ  ގޯޑްން ހޮގް ނިޔާވުމުން އެބަހުރުވައިން ވާހަކަ ދައްކާނެ މީހަކު ނެތި މިސްޓަރ ހޮގް އެކަނިވީ އެވެ.

ހުވަފެނެއް

ކިޔާފައިވާ ޢަދަދު: 4402
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާކުރީ: އަބްދުލްޣަފޫރުއަބްދުއްރަހީމު ގ.މަންޒިލް
ނޯޓު: މިލަވައަކީ ‘މޭކިންގް ބިލީވް’ ގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައިގައި ކިޔައިދެވެނީ މީހަކައަށް ކާމިޔާބު ނުކުރެވުނު ލޯތްބެއްގެ ވާހަކައެވެ. އެކަމުގެ ސަބަބުން އޭނާގެހިތުގައި އުފެދުނު ޝުއޫރުތަކެއްގެ ވާހަކައެވެ. އެ ލޯބީ ހާސިލުނުވެ ފޭލިވުމުން، އެނާގެ ލޯބިވާމަތިން ހަދާންކޮށް ހާސިލު ނުކުރެވުނު ކަންތައްތައް، ކުރެވުނު ކަންތައްތަކެއް ކަމަށް ހީކޮށްއިލައިގެން ހުރެ ހިތަށް ހަމަޖެހުން ގެންނަ ވާހަކައެވެ.

އަލްމަރުޙޫމް ޝަހީދު ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި…

ކިޔާފައިވާ ޢަދަދު: 3359
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޙީމް ޢަބްދުﷲ އަރާއިރު، ލ. ފޮނަދޫ
ގެއްލިގެން ދިޔައީ މިގައުމުން ހާދަ އަގުހުރި ދަރިއެކޭ
              ގެއްލުމުގެ އުނިކަން އަބަދު އިޙްސާސްވާ އެކުވެރިއެކޭ 
ޢިލްމުވެރި،ޤާބިލް،ހުނަރުވެރި ޢާލިމެއް އަދި ވާޢިޟެއް
              ޙިލްމުވެރިކަން  ދައްކުވައިދިން  ލާމަސީލު މިސާލެކޭ

ލަވަ ކިޔާ ކުއްޖާ

ކިޔާފައިވާ ޢަދަދު: 8576
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް

ނޯޓު: މިއީ އަފްޣާނިސްތާނުގެ ލިޔުންތެރިއެއް ކަމަށްވާ ޢަބްދުލްވަކީލް ސުލަމާލް ޝިންވާރީ ލިޔުއްވައިފައިވާ ކުރު ވާހަކައެއްގެ ތަރުޖަމާ އެކެވެ. ސުލަމާލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1964 ވަނަ އަހަރުއެވެ. އޭނާ ތަޢުލީމު ހާސިލު ކުރެއްވީ އަފްޣާނިސްތާނުންނާއި، ކުރީގެ ސޯވިއެޓް ޔޫނިއަނުންނެވެ. އޭނާ ލިޔުންތެރިކަމުގެ މަސައްކަތް ފަށްޓަވައިގަތީ 1994 ވަނަ އަހަރު ޕާކިސްތާނުގެ ޕިޝާވަރުގައެވެ.